ހަމަހަމަ ކަމާއެކު އިންސާފު ޤާއިމު ކުރުން!

Loading

Facebook
Twitter
WhatsApp

އަބަދުވެސް ހަމަހމަ ކަމާއިއެކު އިންސާފު ގައިމުކޮށް ދިނުމަކީ ކޮންމެހެންވެސް ޒީރޯ ޓޮލަރަސްގެ ދަށުން ވާޖިބުކަމެކޭ ދެންނެވިދާނެއެވެ. ނިމިދިޔަ ސަރުކާރުން ދަޢުލަތުގެ ތަރިކަ، ހަމަތަކާއި އުސޫލުތަކުން ބޭރުވެ އެކި ފަރާތްތަކަށް ވިއްކާ ނިންމާފައިވާކަމަށް ތަކުރާރުކޮށް މިސަރުކާރު އައުމަށް ކެމްޕޭން ތަކުގައާއި މީސްމީޑިއާގައި ގޮވަމުން ދިޔައެވެ. ދަޢުލަތުގެގެ ފަޅުރަށްތަކާއި ފިނޮޅުތައްވެސް ވަނީ މިއުސޫލުން ދައުލަތައް ވަގަށް ވިއްކާ ނިންމާފަކަމުގައި ބުނަމުންދިޔަ އަޑު އެހީމުއެވެ. މިރަށްތަކާއި ފަޅުތައް ގަތް ފަރާތްތަކުން ރަށްތައް ތަރައްޤީކުރަން ފެށުމުން އޭ.ސީ.ސީ އިން މަސައްކަތް ހުއްޓުވާ، ހަމަ އެރަށް އެހެން ފަރާތަކަށް ވިއްކާ، އެއްރަށެއް އެތައް ބަޔަކަށް ވިއްކާ، ވަރަށް ބޮޑެތި ވައްކަމާ ކޮރަޕްޝަނުގެ ޢަމަލުތަކެއް ހިންގާފަވާކަމީ ދޮގެއްވެސް ނުމެނޫނެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، އެ ވެރިކަމުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބާއި، މިދެބޭފުޅުން ބޭނުންފުޅު ގޮތަކަށް ބޭނުންފުޅު ބަޔަކަށް ދަޢުލަތުގެ ފަޅުރަށްތަކާއި ފަޅުތައް ވިއްކާ، އެފައިސާއިން، ދަޢުލަތުގެ އެފަދަ ކަންކަމާއި  ބެހޭ އެންމެހާ މުއައްސަސާތަކުގެ ވެރިންނަށް ރިޝްވަތު ދީ މިދެންނެވި މުޢާމަލާތްތަކާ ބެހޭ ޙަޤީޤަތް އޮޅުވާލައިފައިވާކަން ކަށަވަރާއި ގާތަށް އެގެން އެބަހުށްޓެވެ.  މިދެންނެވި މުއައްސަސާތަކުގެ ވެރިންގެ އިތުރުން މިކަންކަން ތަޙުޤީޤުކުރާ އިދާރާތަކުގެ ޓީމްތަކަށްވެސް ވަނީ ރިޝްވަތުދީ ޙަޤީޤަތް އޮޅުވާލަން މަސައްކަތްތަކެއް ކޮށްފާކަން ވަރަށް ސާފުކޮށް އެގެން އަބައޮތްކަމުގައި މިސަރުކާރުން ދަނީ ބުނަމުންނެވެ. މިފަދަ ވައްކަމާއި ފަސާދަ ހިންގި އޭރުގެ ރައީސް އޭނާގެ ދައުރު ހަމަވުމުންވެސް، ގެންދެވީ މިދެންނެވި މައްސަލަތަކުގެ ހެކި ފޮރުވަމުންކަމުގައި ވަނީ ސާބިތުވެފައެވެ. ކުރިން މިދެންނެވިހެން، މުއައްސަސާތަކުގެ ވެރިން ރިޝްވަތުގެ ދަށުވެފައި ތިބުމުގެ ސަބަބުން، ކުރީގެ ރައީސް ބަންދު ނުކޮށް ބަހައްޓައިގެން އޭނާގެ މައްޗަށް ތުޙުމަތު ކުރެވުނު މައްސަލައެއްގެ ތަޙުޤީޤު ހިންގާފައިވެއެވެ. މިމައްސަލައިގެ ޙުކުމާ ހަމަޔަށް ދިޔައިރު މައްސަލަ ބެއްލެވި ފަނޑިޔާރަށްވަނީ ރިޝްވަތު ދީފަކަމުގައިވެސް ބުނެއެވެ. މި ވައްކަމާއި ފަސާދަތަކުން އެއްކަމެއް ސާބިތުވެ މިހާރު އެވަނީ ރައީސް ޔާމީނުގެ މައްޗައް ޖަލުގެ ޙުކުމެއް ކުރެވިފައެވެ. އަދި ބޮޑެތި އެހެން ޚިޔާނާތުގެ މައްސަލަތަކެއްގެ ތަޙުގީގުވެސް ކުރިއަށް އެދަނީއެވެ.

މިދެންނެވި ޚިޔާނާތާއި ފަސާދާގައި ޙިއްސާ ލިބިގަނެވިފައިވާ ބޮޑެތި ޚިޔާނާތްތެރިން އެއްވެސް ތަޙުގީގެއް ނުހިންގި މިސަރުކާރަށް ދެ އަހަރު ފުރުގެން ދިއުމަކީ ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމަކަށް ނުވެއެވެ. މިހެންވުމުން މިހާރު މިސަރުކާރު ގެނައުމަށް ޖާނާއި މާލުން މަސައްކަތްކުރި ގިނަބައެއްގެ ހިތުގައި ނުތަނަވަސް ކަމާއި ޝައްކުތަކެއް މިވަނީ އުފެދިފައެވެ. އެހެނީ  މިދެންނެވި އެބުނެވިދިޔަ ވައްކަމާއި ފަސަދައިގެ ތެރެއިން ލިބިފައިވާ ރަށްތަކާއި ފަޅުތައް ބައެއް ފަރާތްތަކުން ފައިސާ ދައްކާ ތަރައްޤީކުރަމުން ދިޔަ ރަށްތަކުގެ މައްސަލަ އެގްރީމެންޓްތަކާއި ޚިލާފަށް އެވެމެ އެވަނީ  ގިނަފަރާތްތަކަކަށް ތައްޔަތުންގެ މާލިއްޔަތުން ގެއްލުމުގެ ބަދަލު ދީފައިވެއެވެ. މީގެ ތެރެއިން ބައެއްބަދަލު ދެއްވަން ކޯޓުތަކުން ޙުކުމްކޮށް، އެޙުކުމްގެ ތަންފީޒީ މަރުޙަލާއަށް ދިއުމުން ބައެއް ކުންފުނިތަކަށް ބަދަލުގެ ފައިސާ ލިބުން ލަސްވެ، ބައެއްދޭން އެއްބަސްވެ، އެބައިވެސް ނުލިބޭ ފަރާތްތަށް ވެސް އެބަވެއެވެ. ބާރުގަދަ މުއްސަނދި ޢާއިލާތަކާ ވެރިކަމުގެ ބޮޑުންނާއި ގުޅިފައިވާ ފަރާތްތަކަށް ބަދަލު ލިބުނު ނަމަވެސް، ނިކަމެތިންގެ ކުންފުނިތަކަށް ލިބިފައިވާ ގެއްލުމަކީ ސަރުކާރަށް މާބޮޑު ކަމަކަށްވާތަނެއް ނުފެނެއެވެ.

އެގޮތުން ދީބާޖާ މޯލްޑިވްސް ކިޔާ ކުންފުންޔެއްގެ ވާހަކަޔަކީ އެނެމެވަރުގަދަ އެއް ވާހަކައެވެ. އެކުންފުންޔަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 150 މިލިއަން ދިނުމަށް ކޯޓުންވެސް ވަނީ ޙުކުމް ކޮށްފައެވެ. މިއަދަދު ބޮޑު ކަމަށް ދަޢުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ވިސްނިގެން ދެފަރާތް ވާހަކަ ދައްކާ އޭގެ ދެބައިކުޅަ އެއްބައި ދީބާޖާއަށް ދިނުމަށް އެއްބަސްވިއެވެ. ނަމަވެސް މިހާރު އޮޑިޓަރ ޖެނެރަލް އެވިދާޅުވަނީ އެއްވެސް ލާރިއެއް ދީބާޖާއަށް ދޭން ނުޖެހޭ ވާހަކައެވެ. މިހެނެ މިކަން ނިންމޭނަމަ ޝަރުޢީ ކޯޓަކަށްގޮސް މައްސަލައެއް އިންސާފުވެރި ގޮތެއްގައި މިގައުމުގައި ނިންމޭނެ ގޮތެއް އެވެދާނެތޯ ސުވާލު އުފެދެއެވެ.  މިފަދަ ގޮތަކަށް މިފަދަ ޙުކުމް ތަކާއިމެދު ޢަމަލު ކުރެވިއްޖެނަމަ ޝައްކެއްވެސް ނެތްގޮތުގައި ކޯޓުތަކުގެ ބާރު ކެނޑިގެންދިޔައީއެވެ.

އެންމެން ހަމަ ހަމަ ދަޢުލަތެއްގައި ޝަރުޢީ ކޯޓު މަރުޙަލާގެ ބޭރުންވެސް ސެޓުލްމަންޓް ބިއުރޯއަކުން ބަދަލުތައް ދެމުންގެންދާއިރު އަމުދުން ޝަރުޢީ ކޯޓަތަކުން ޙުކުމެއްކޮށް ބައެއްގެ ޙައްގުގެއްލި ބަދަލުދޭން ޖެހިއްޖެނަމަ ސަރުކާރުގައި ތިބޭ ބޮޑުންގެ ބަޔަކަށް ފެންނަގޮތަށް އެފަދަ ކިންތައް ކުރެވިދާނެތޯ ގިނަބަޔަކު ސުވާލުކުރެއެވެ.

ކަންކަން މިހެން ދާނަމަ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި އިޚްތިރާމު ގެއްލި، ރުޅިވެރިކަން އުފެދި، ޤައުމުގެ އެތެރޭގައި ފިތުނައިގެ ހުޅުރޯވާން ފަށާނެއެވެ.

”ހިތުގެ ޤަދަރެއް ނުވާ ލޯތްބަކީ ފިތުނައޭ

ފިތުނަވެރިކަމުގެ އަލިފާނަކީ ކަރުނައޭ“

Loading

3 Responses

  1. ދީބާޖާ ތިއީ އަންނިގެ ގޭސްގަޑެއް. ހަމަ ދޮންބިލެއްވެސް އެއީ އަންނިގެ ގޭސްގަނޑު. ކޮބާ ދަތުރުފަތުރުގެ ނިޒާމު. އެކަން ނުކޮށް ކޮން ރަށްތަކެއް މި މީހުނަށް ލިބެންވިއްޔަކީ؟ ޔާމީނު ނަންވާނީ ހަމަ ހުސް ލަނޑާ!

  2. ލޯތްބާ އިޙްތިރާމްގެ ހުޅުކޮޅު ނިވިއްޖެއެވެ. ރައްޔިތުންނަށްޓަކައި ވެރިކަންކޮށްދެއްވި މަދު ބޭފުޅަކު މުޅި ދިވެހިތާރީޚުންވެސް ފެންނަނީ ވަރަށް އިހުގެ މާޒީންނެވެ. ގައުމު ތަރައްގީ ކުރެވުނު ވަރަކުން ވެރިކަންވެސް ދިޔައީ އަމިއްލަ ވަމުންނެވެ. ރައްޔިތުންނަށް ވެރިކަންކޮށްދޭނެ މީހަކު އައުމަށް އެދި ދުޢާކުރުންނޫން ގޮތެއް ނެތެވެ. ކޮންމެ ފެށުމަކަށް ނިމުމެއް އަންނާނެއެވެ.

  3. ރައްޓެއްސަކު ވިދާޅުވި ބަސްފުޅެއް ހަނދާނަށް އަންނަވަރުން ޙިއްސާ ކޮށްލާނަމެވެ. ރާއްޖެތެރޭގެ ރަށެއްގެ ދެމަފިރިއަކު ގިނައަހަރުތަކަކު އެކުގައި ދިރިއުޅުމަށްފަހު ވަރިވާން އެދި ކޯޓަށް ހިނގައްޖެއެވެ. ދެމީހުންކައިރީ ވަކިވަކިން ފަނޑިޔާރު ސުވާލު ކުރެއްވިއެވެ. މިހާގިނަދުވަހު އެކުގައި އުޅުމަށްފަހު ވަރިވާން ތިޔައުޅެނީ ކޮންކަމަކާހުރެ ހެއްޔެވެ ؟ ދެމީހުންގެ ޖަވާބަކަށްވެސް ވީ މިހާރު ލޯބި ނުވަނީއެނެ. ފަނޑިޔާރު ހުކުމް ކުރެއްވިއެވެ. އެދެމީހުން ލޯބިވަންދެން ދުއްރައިން ތަޅާށެވެ. އިސާހިތަކު ދެމީހުންގެ ލޯބި އިއާދަވެއްޖެއެވެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް