ސިޔާސީ ހަރި: ނަޝީދަކީ އެމްޑީޕީ އެއް ނޫން! ނަޝީދު ނެތަސް އެމްޑީޕީ އޮންނާނެ.

1122

ދިވެހި ލޮބުވެތި ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއްގެ ތެރެއިން ހެޔޮވެރިކަމެއް ކުރުމަށް އަނެއްދިވެހި ރާއްޖެއަށް ދިއުމަށް ކުރިދަތުރު ފެށުނުގޮތާއި އެއޮޑި ފަރަށް އަރާއި އޮޑީގެ މާލިމީކަމާ ޙަވަލުކުރުވުނެ މީހާ ޗާޓުން ބޭރުވެ އޮޑިއުރުވާލައި އޮޑިން ފުންމާލި ކާރިސާއަކީ ކޮންމެހެން ދެނެގަނެ އެއިން ޢިބުރަތެއް ޙާސިލުކުރަންޖެހޭ ކާރިސާއެކެވެ. އެހެނީ އެ ރުންކުރު ޒިންމާދާރު ޢަމަލުގެ ސަބަބުން ބޮޑު މުސީބާތެއްގެ ތެރަށް އޮޑީގެ އެންމެހާ ފަޅުވެރީންނާއި އޮޑިވެރީން ލެވިގެން ދިޔަކަމެވެ. އަދި އޮޑިވެރީންގެ އަތުން އޮޑި ބީވެގެން ދިޔަގޮތް އުނގެނެން ޖެހެއެވެ. އެއީ ދެން ފެށުނު ދަތުރުވެސް ސަލާމަތުގެ އައްސޭރިއަކަށް ނަގިލި ވައްޓާލެވޭތޯއެވެ.

ނަޝީދު ނެތަސް އެމްޑީޕީ އޮންނާނެއެވެ. އެކަމަކު އެމްޑީޕީ ނެތިއްޔާ ރައީސް ނަޝީދެއް ނުހުންނާނެއެވެ.

މިޙަގީގަތްތައް މިހާރު އެމްޑީޕީ ހަނދާން ނެތިއްޖެކަހަލައެވެ. އެގޮތުން ސިޔާސީ ހަރީގައި ނަޝީދުގެ ފެކްޝަނާއި ރައީސް އިބޫގެ ފެކްޝަނުގެ ބަސްމަގު އަޑުއަހާލުމުން އެނގިގެން ހިގައްޖެއެވެ.

ފޮތް ފަންސޫރަކީ ހަމައެކަނި ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުންނަށް ލިބެންފެށި އެއްޗެއްނޫނެވެ. އެކަމަކީ އެމްޑީޕީ ނުއުފެދެނީސް ރައްޔަތުންގެ މަޖިލިސްގައި، އޭރު ތިބި މެމްބަރުންގެ ތެރޭގައި ކުރެވުނު ބަހުސެއްގެ ތެރެއިން އެއްބަސްވުމަކަށް އާދެވިގެން ކުރީގެ ރައީސް މައުމޫނުގެ ދައުރުގައި ފެށުނުކަމެކެވެ. ރަނގަޅެވެ! އެއީ އެމްޑީޕީ ފިކުރުގެ މީހުންގެ ތެރެއިން އުފެދިގެން އައި ވިސްނުމެކެވެ. އެއީއަކީ ނަޝީދު ދެއްވިއެއްޗެއް ނޫނެވެ. އަދި އޭނާގެ ފިކުރެކޭ ވެސް ނުބުނެވޭނެއެވެ.

ރައީސް ނަޝީދު ވެރިކަމުގައި ކުރި ކޮންމެ ކަމަކީ އޭނާ ރަނގަޅުކަމުން ހެޔޮފުޅުކަމުން ކޮށްދެވާފައިހުރި ކަންތައްތަކެއް ނޫނެވެ. އެކަން އެގޮތަށް ގަބޫލުކުރުން އެއީ ކުށްހީއެކެވެ. އެއީ އެމްޑީޕީ ފިކުރުގެ ހެޔޮވިސްނުމާއި ރަނގަޅުކަމުން ކުރެވިފައި ހުރި ކަންތައްތަކެވެ.

އެމްޑީޕީ ވުޖޫދަށް ގެނައުމަށް ވަރަށް ގިނަބަޔަކު ނިކުމެ މަސައްކަތްކުރިއެވެ. އެމްޑީޕީއަކީ އެތައް ބައެއްގެ ފިކުރެކެވެ. އެމްޑީޕީ އަކީ ނަޝީދެއް ނޫނެވެ. އެމްޑީޕީ އުފެއްދީއަކީ ވެސް ނަޝީދެއް ނޫނެވެ. އަދި އޭނާއަކީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ބޭފުޅެއްވެސް ނޫނެވެ. އޭނާއަކީވެސް ޕާޓީއަށް ޓަކައި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ނަޒާކީ ޒަކީ، ނަޝީދު (އަންނި)، ޙާމިދު

އެމްޑީޕީއަށްޓަކައި މަސައްކަތް ކުރެއްވި އެހެން ބޭބޭފުޅުން ފަދައިންނެވެ. އޭރު ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

އެމްޑީޕީ އުފެއްދީ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ހޯދައިދީ 30 އަހަރުވީ ޚުދުމުޚުތާރު ވެރިކަމެއް ބަދަލުކުރުމަށެވެ. ނަޝީދަކީވެސް އޭގެ ބައިވެރިއެކެވެ. މައުމޫނުގެ ވެރިކަން ނިމުމަކަށް ގެންނަން ޚިޔާލު ފާޅުކުރުމުގެ ބޭނުން ހިފި ކިތަންމެ ބަޔަކު އޭރުވެސް ޢުމުރު ދުވަހުގެ ޖަލު ޙުކުމެއްގައިވެސް ތިއްބެވެ. އެތަކެއް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބެމުން ދިޔައެވެ.

ނަޝީދު ޖަލަށް ލީ ކޮންމެ ފަހަރަކު ޖަލަށްލީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވައިގެނެއް ނޫނެވެ. ވައްކކަން ކުރުމާއި ތަންތަން ގޮއްވުމުގެ ތުހުމަތުގައިިވެސް ނަޝީދު ޖަލަށް ލެވިފައިވެއެވެ.

ހަމަ އެހެންމެ ބަޔަކު ގެއްލިފައިވެސް ވެއެވެ. އެ އަނިޔާތައް ރައްޔަތުންނަށް ކުރި ބޮޑުންނަށް މިހާރު ވަނީ ނަޝީދުގެ ލޯބިލިބިފައެވެ. އެގޮތުން އެވެރީންގެ ކަރަޕްޝަންގެ ވާހަކައެއް ވެސް އަނިޔާގެ ވާހަކައެއްވެސް މިހާރަކު ނަޝީދެއް ނުދައްކަވާނެއެވެ.

ގޭގައަށް ބަޔަކުގޮސް ޑޯޓުޑޯ ޖައްސައި އޭރުއޮތް ޑިކްޓޭޓަރޝިޕަށް ދޫނުދީ އެތަކެއް ބަޔަކު ކުރި މަސްކަތުގެ ނަތީޖާ އެއީ އެމްޑީޕީ ވުޖޫދުވެ، ދިރިދެމިގެން ދިއުމުގެ އަސްލެވެ.

ގައުމުގައި ކޮށްދޭނީ ކޮންކަމެއްތޯ ޕާޓީން ނިންމީ ރައްޔަތުންގެ ޝުޢޫރުތައް ހޯދައި ބެލުމަށް ފަހުގައެވެ. އެއީ އަކީ ނަޝީދަށް ފެނުނު ހުވަފެނަކުން ހޭލެވިގެން އަނެއްދުވަހު ނިންމެވި ނިންމެވުމެއްނޫނެވެ. އެއީ އެކުލަވައި ލެވުނު މެނިފެސްޓޯއެއްގެ އަލިވިލުމެކެވެ.

އެމްޑީޕީން ކުރާ ހުރިހާ ކަމަކީ ނަޝީދު ކޮށްދެއްވާކަމެކޭ ބައެއް މެންބަރުން އެހާ ހަރުއަޑުފުޅަކުން އެ ވިދާޅުވަނީ ކީއްވެގެން ބާވައެވެ؟ އަޑަށް ބާރުލައްވާފައި އެހެން އެ ގޮވަނީ އެ ދޮގު ގޮވެލިފަތި އެ ގޮވަނީ އޭރުއޮތް ޑިކްޓޭޓަރ ޝިޕް ބަދަލުކުމަށް އެމްޑީޕީގެ ފިކުރުގައި އޭރު ބައިވެރިވެސް ނުވާ މީހުންތަކެކެވެ. އޭގެތެރޭން ބައެއްމީހުން ނަކީ މިބަދަލު އަޔަނުދިނުމަށް މަރުދިން މީހުންނެވެ. މިވަރަށް އޮޅުވާލިޔަދެވިގެން ނުވާނެއެވެ.

އެމްޑީޕީ އަކީ ރައީސް ނަޝީދެއް ނޫނެވެ. އެގޮތަށް ވިސްނައި އެހިސާބަށް ވިސްނުން ތަޣައްޔަރުވުމުން އެވަނީ ގޯހެވެ. ނަޝީދު ނެތަސް އެމްޑީޕީ އޮންނާނެއެވެ. އެކަމަކު އެމްޑީޕީ ނެތިއްޔާ ރައީސް ނަޝީދެއް ނުހުންނާނެއެވެ. މިހާރު މިގޯސް ވެގެން މިދިއައީ ބަޔަކު ގަސްދުގައި އަމިއްލަ ފައިދާތަކެއް ހޯދުމަށް “ރައީސް ނަޝީދު! ނަޝީދު! ނަޝީދު! ތަސްބީޙަ” ކިޔަން ފެށިހިސާބުންނެވެ. ޙުޝާމަތުކޮށް ހެއްދުމުގައިވެސް މިންގަނޑެއް ނެތިދިޔައިމައެވެ.

ގައުމުގައި ވެފައިވާ ނުވަތަ ވަމުންދާ ހުރިހާ ރަނގަޅުކަމެއް އޭނައަށް ކުރެޑިޓް ޙައްގުކަމުގައިވާނަމަ ގައުމުގައި މިހިނގާ ހުރިހާ ގޯސްކަމަކީވެސް ނަޝީދުގެ ފިކުރާއި އޭނާ އެކަމުގައި ބައިވެރިވާ ކަންތައްކަމަށް ނުވެދާންވީ ކީއްވެތޯއެވެ؟ އެހެން ބުނާއަޑެއްނީވެއެވެ. އެހެއް ނުކިޔައެވެ. ގައުމުގައި ކުރެވޭ ކޮންމެ ރަނގަޅުކަމަކީ ނަޝީދު ކުރައްވާކަމެއް ކަމަށް ކަނޑައެޅުމަކީ މާ ހަމަޖެހޭ ބުއްދި ގަބޫލު ކުރެވޭ ގޮތެއްނޫނެއް ނޫންތޯއެވެ؟

ޙަގީގަތަކީ ލާދީނީ ބިލެއްގެ މައްސަލައިގައި ނަޝީދު ބޭނުންވާގޮތަށް ކަންތައްތައް ކުރިއަށް ނުދިއުމުން

އެމްޑީޕީގެ ސަރުކާރު ދޫކޮށް ޕާޓީގެ އެތެރޭގައި ގަޑުބަޑު އުފައްދައި ޕާޓީ ދޫކުރައްވައި ނިކުންނަވައި މިއަދު މުޅި ދުނިޔޭގެ ކުރިމަތީ ދިވެހިރާއްޖެ އާއި ދިވެހި ސަރުކާރު ބަދުނާމު ކުރައްވަމުން ނަޝީދު ގެންދަވާކަމެވެ.

ރައީސް ނަޝީދު ޢަމިއްލަ އެދުމެއްނެތި ކުރެއްވީ ކޮންކަމެއްތޯއެވެ.؟ ތިމާ އާއި ތިމާގެ ކުދިންކޮޅާއި ލާދީނީ ވެގެންގޮސް ތިމާއާއި ދިމާލަށް އެހެން މީހުން ލާދީނީ ކިޔާތީ އެކަން ހުއްޓުވުމަށް ބިލެއްފާސް ނުކުރެވިގެން ގައުމުގައި މިފަދަ ބޮޑު ފިތުނަ އުފައްދަވައި އަމިއްލަ ޕާޓީގެ ރައީސުލް ޖުމްހޫއްޔާއާވެސް އެ ޖެހިގަތީއެވެ.

އެއީ ތިބުނާ ނަޝީދު (އަންނި) އެވެ. މައުމޫނާ ދިމާއަށް އެހުރިހާ ހަޔާތެއް އޭރު އެމްޑީޕީ މީހުން ގޮވިއިރު ހަމަ އޭރު އޯކޭ އެވެ. ހަމަ މީނަޔާ ޖެހުނީމާ މީނާ މިގައުމުގައި ލާދީނިއްޔަތު ފަތުރަންވީމާ ވަކި ބިލެއް ކޮންމެހެންވެސް ފާސްކުރަން ވީއެވެ.

ބަލަ އަހަންމަދާއެވެ! އެބިލު ފާސްނުކުރަން ފޫގަޅައިގެން އެ އުޅުއްވަނިއަކީއެއް އިބޫ ސާލިޙެއެއް ނޫނެވެ.

އެ ބިލު ހިފެހެއްޓިފައި އޮތީ މި ގައުމުގައި ކިޔަވައިގެން ތިބި 100 އަށް ވުރެ ގިނަ ދީނީ ޢިލްމުވެރީންގެ ތެރޭގައި ބަހުސް ކުރެއްވުމަށް ފަހު ރައީސުލް ޖުމްހޫރިއްޔާ އަރިހު ދަންނަވަކައިގެންނެވެ. ޑިމޮކްރަސީއަކީ އެއީ ނޫންތޯއެވެ؟

ޢިލްމުވެރިންގެ ބައްދަލުވުން:

ނަޝީދު ބޭނުންވާ ކޮންމެ ގޮތަކީ މިގައުމަށް ބޭނުންވާ ޑިމޮކްރަސީ ކަމަކަށް އެމްޑީޕީ އެއް ނުދަނެއެވެ. ގައުމަށް ވުރެ މީހާ ބޮޑުވެގަނެގެން އުޅުމަކީ މިގައުމަށް މިދިމާވި އެންމެ ބޮޑު މައްސަލައެވެ. އޭނާގެ އެކުވެރިޔަކު ބުނެފައިވާ ފަދައިން ތިމާއަރާ ބޫޓު ތިމާގެ ފަޔަށްވުރެ ބޮޑުވެއްޖެނަމަ ދެންވާނެ ހައެތި ނުވެނުދާނެއެވެ.

ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ޑިމޮކްރަސިއެއްގައި އިސްލާމީ ކަންތައްތަކާވެސް ބަސްބުނާނީ އަދި ޙާކިމާ (ރައީސް) އެމައްސަލައިގައި އަޑުހަންވާނީވެސް ޢިލްމުވެރިންގެ ނިންމަށެވެ. ޑިމޮކްރަސީގެ ރިވެތި އަޚުލާޤަކީ އެއީ ނޫންތޯއެވެ؟

ނަޝީދަކީ އަދި ރައީސް ޞާލިޙަކީވެސް ދީނީ ޢިލްމް ދެނެވަޑައިގަންނަވާ ދެ ބޭފުޅުންނެއް ނޫނެވެ. މިއީ ހަގީގަތެވެ. ހަގީގަތް ހަޖަމު ކުރަން ދަސްކުރަން ޖެހެއެވެ. ޙަގީގަތަކީ އަބަދުވެސް ނަޝީދަކީ ދީނީ ޢިލްމުވެރީންނާއި އިދިކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ވީމާ އެމްޑީޕީއިން ކަންކަން ނިންމަން ހިފަންވާނީ ކަންކަމުގައި ވާހަކަ ދައްކަވާއިރު ކަންކަމުގެ ދެކޮޅުވެސް ބަލައިގެން ތެދު ޙަގީގަތް ބުރަވެ ތިބެގެންނެވެ.

އަހަންމަދާއެވެ! މިގުރޫޕުގައި ބައެއް ބޭފުޅުން ވާހަކަ ދައްކަވާއިރު އަޅުގަނޑަށް ފާހަގަ ކުރެވެނީ އެމްޑީޕީގެ ބައެއް މެމްބަރުންނަކީ އަޅުން ހެންނެވެ. އެމީހުން ތިބެން ޖެހެނީ ނަޝީދު ވިދާޅުވެއްޖެއްޔާ ހަމަ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ. އެހެނީ ނަޝިދު ކޮށްނުދެއްވައިފިނަމަ ރައްޔިތުންނަށް އެއްވެސް ކަމެއް ނުވާނޭހެން ހީވާކަހަލައެވެ. ހަގީގަތަކީ އެއެއް ނޫނެވެ.

ކަން އޮންނަ ގޮތަކީވެސް އެއެއް ނޫނެވެ. މިހާރު ގަބޫލުކުރަންވީ ނަޝިދަކީވެސް އެމްޑީޕީ އިން ގައުމުގެ ރައީސްކަން ކުރުމަށްޓަކައި ޕާޓީއިން އައްޔަންކުރި ބޭފުޅެއްކަމެވެ. އެގޮތުން އެމްޑީޕީ އާއި އެފިކުރަށް ތާއިދުކުރާ މީހުންގެ ވަރަށްބުރަ ކެރޭ މަސައްކަތުން ރައީސްކަން ލިބިދިން ބޭފުޅެއްކަމެވެ. ނަޝީދުއާއި ރައީސުލް ޖުމިހޫރިއްޔާކަން ޙަވާލުކުރުމަށް އެމްޑީޕީއިން ނިންމި ހިނދު އެކަން ކުރެވުނީ ޝަރުޠުތަކެއްގެ މަތީންނެވެ. އެއީ ރައްޔިތުންނަށް މިވެނި އެވެނި ކަންތައްތަކެއް ކޮށްދޭށެވެ. އެ ހުރިހާ ކަމެއް ރައްޔިތުންނަށް ލިޔެކިޔުމުން ދެއްކުމަށްފަހު ރައްޔިތުން އޯކޭ ދީފައި ރައްޔިތުން އެއަށް ވޯޓް ދިނީއެވެ.

ރައްޔިތުން އެއަށް ވޯޓްދިނީމާ ދެން ވެރިކަމުގައި ހުންނަވާފައި ރައްޔިތުންނަށް އެއިންކަމެއް ކޮށްދެއްވާފައި މިއީ އަހަރެން ކޮށްދިން ކަމެކޭ ވިދާޅެއް ނުވެވޭނެއެވެ. އަޅުގަނޑު ނޫން މީހަކުނަމަ މިކަމެއް ނުކުރެވޭނެއޭ ވިދާޅެއް ނުވެވޭނެއެވެ. ނަޝީދު ކޮށްދެއްވިއޭ ބުނާކަންކަން އެހެން ވެރިން އެއަށްވުރެ މޮޅަށް ކުރައްވާފައި އެބަހުއްޓެވެ. އެއިން ދޭހަވަނީ ނަޝީދުގެ ވެރިކަމުގައި ނޫނަސް އެފަދަ ކަންކަން އެއަށްވުރެ ފުރިހަމަކޮށްވެސް އެހެން ބައެއް ބޭފުޅުން ކޮށްދެއްވާފައި އެބަހުރިކަމެވެ.

ރައީސް ނަޝީދުގެ ރައީސްކަމުގައި އެމްޑީޕީއިން ނިކަމެތި އެކަނިވެރި މައިން ނަށް ދެއްވީ ދެހާސް ރުފިޔާއެވެ. އޭގެފަހުން ރައީސް ޔާމީނުގެ ސަރުކާރުން ކޮންމެ މީހަކަށް ފަސްހާސް ރުފިޔާ ދީފައިވެއެވެ. ނަޝީދުގެ ވެރިކަމުގައި އާސަންދަ ދިނީ ބަހާލައިގެން ވަކި ލިމިޓެއްގެ ތެރޭގައެވެ.

އެވެރިކަމުގައި ރައްޔިތުންނަށް ދެއްވީ ހުސްވާ އާސަންދައެކެވެ. އޭގެ ފަހުން އައި ސަރުކާރުން ދެއްވީ ދުވަހަކު ހުސްނުވާ އާސަންދައެކެވެ. ބޭސް ކިތަންމެ ވަރަކަށް ކުރިޔަސް ރައްޔިތުމީހާއަށް އާސަންދަ ހުހެއްނުވެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުމީހާ ބޭސްކުރަން ފަށާއިރަށް އާސަންދަ އޮންނަނީ ހުސްވެފާނޫންތޯއެވެ.

ވެރިކަމުގައި ހުންނަވާ ބޭފުޅަކު ރައްޔިތުންނަށް ކަންތައް ކޮށްދެއްވަނީ އެބޭފުޅެއްގެ ހެއުފުޅުކަމަކުންނެއް ނޫނެވެ. އެއީ ރައްޔިތުންނަށް ވެރިމީހާ ކޮންމެހެންވެސް ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަންތައްތަކެވެ. ކޮށްދެއްވަން ވެރިމީހާގެ މައްޗަށް ލާޒިމުވެފައިވާ ކަންތައްތަކެވެ.

ރައްޔިތުން ދައުލަތަށް ޓެކްސް ދައްކައިގެން އެޓެކުހުން ދައުލަތް ހިންގަން ސަރުކާރަކާ ޙަވާލުކޮށް އެސަރުކާރަކުން ވީ ވަޢުދުތަކުން ކަމެއްކޮށްދީފައި ރައްޔިތުންނަށް ކަލަގޮވޭކަށް ނޯންނާނެއެވެ.

ރައްޔިތުން ޚާދިމުމަނިކުފާނާއި ވެރިކަން ޙަވާލުކުރަނީ ވެފައިވާ ވައުދުތައް ފުއްދުމަށެވެ. އެއީ ޙަވާލުކުރެވޭ ޒިންމާދާރު ވަޒީފާއެކެވެ. އެހެން ތިމާހެއްދެވިފަރާތް ގަންދީ ހުވާކޮށްގެން އެޒިންމާއާއި ޙަވާލުކުވަނީވެސް.

ރައިސް ނަޝީދަށްވެސް ރައީސްކަމުގެ މުސާރައާއި މަޖިލިސް ރައީސްކަމުގެ މުސާރައާއި އަދި އެހެނިހެން މުސާރަތަކާއި އިނާޔަތްތައް އެނަންގަވަނީ ނޫންތޯއެވެ؟ ކަން އެހެން އޮތްއިރު ރައީސް ނަޝީދަށް ރައްޔިތުންގެ ޙައްގުގައި ކުރެއްވިގެން އުޅުއްވަނީ މާބޮޑު ކޮންކަމެއްތޯއެވެ؟ އޭނަޔަށްވެސް އެފަދަ ލާބައާއި މަންފާތައް ލިބިވަޑައި ނުގަންނަވާނަމަ މަރުދެއްވައިގެން ވެރިކަން ކުރައްވާކަށް ނޫޅުއްވާނެކަން މިހާރު އެނގި ސާބިތު ވެއްޖެނޫންތޯއެވެ؟

އަމިއްލަ އެދުމެއްނެތި ރައްޔިތުންނަށް ހެޔޮއެދިގެން ކަމެއް ކޮށްދެނީ ކާކުތޯއެވެ؟

ފަސް ހަ ބޮޑީގާޑުން ގޮވައިގެން ބައިސްކަލް ދުއްވާ އެބޮޑީގާޑުން ފައިމަގުގައި އޭނާގެ އަޅުންހެން އެހިންގުވައި ވީޑީއޯކޮށްވެސް އެ އިޝްތިހާރު ކުރުވަނީ ކީއްވެގެން ކޮންކަމެއް ޙާސިލު ކުރައްވަންތޯއެވެ؟ ތިމާގެ ބޮޑޭކަން ދައްކާކަށް ނޫންތޯއެވެ؟

ރައީސް ނަޝީދުވެސް ހަމަ އެގޮތަށް އެ އުޅުއްވަނީ ޖާހަތާއި އާރާއި ބާރު ބޭނުންފުޅު ވާތީއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް ލައްކަ ރުފިޔާއެއް ކޮންމެ މަހަކު އެބަ ނަންގަވައެވެ. ޖަރުމަނާއި އިނގިރޭސިވިލާތާއި އެހެން ގައުމުތަކުން ބޭސްފަރުވާ ކުރެއްވުމާއި ހެޕީ އަވާރސް ތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާއެއް އެބަ ހޭދަކުރައްވައެވެ.

ނަޝީދަކީވެސް އަމުދުން މިހާރު މުސާރަ ނަންގަވައިގެން ވަޒީފާ އަދާ ކުރައްވާ، މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ރައްޔިތުންނަށް ޚިދުމަތް ކުރައްވާ ބޭފުޅެއް ނޫނެވެ. ނަޝީދަކީވެސް އަމިއްލަ ފައިދާއެއް ނެތި ރައްޔިތުންނަށް ކަމެއް ކޮށްދެއްވަން އުޅުއްވާ ބޭފުޅެއްނޫނެވެ. ރައްޔިތުންގެ ޚިދުމަތުގައި އުޅުއްވާނަމަ އެތައް ތަނަކުން މުސާރަތަކާއި އިނާޔަތްތައް ނެންގެވުމުގެ ބޭފުންފުޅަކީ ކޮބައިހެއްޔެވެ؟ އަދި ކުރީގެ ރައިސްގެ އޮފިސް ހިންގާށޭ ވިދާޅުގެންވެސް އެބަ މުސާރަ އާއި އިތުރު ޢިނާޔަތް ނަންގަވައެވެ.

އެ ހުރިހާ މުސާރައަކާއި ޢިނާޔަތަކާއި ބޭރު ގައުމުތަކުން ގައުމުގެ ރައީސަށް ދެއްވާ ހަދިޔާ ބަދިޔާތަކާއި އެނަންގަވަނީ ހަމައެކަނި ރައްޔަތުންނަށް ޓައިތޯއެވެ؟

ރައްޔިތުން ވާ ގުރުބާނީގެ މަތިންވެސް އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެއެވެ. ދެން ހަމަ ބޮޑުވަޒީރަކަށް އަނބުރާ ހޭރިޔާކުރައްވައިގެން ނަމަވެސް، (އިބޫއާއި ޑީލް ހައްދަވައިގެން ނަމަވެސް) ނުވެވުނީމާ ރައީސް ނަޝީދު މުޅި އެމްޑީޕީ ފުނޑާލައްވަން ކުރިންބުނަމުން އައި ޚުދުމުޚުތާރު ވެރިންނާ ގުޅިވަޑައިގެން އެމްޑީޕީގެ ކޯލިޝަން ވެރިކަން ދުއްވާލައްވަން ފާޅުގައި ޖެއްސެވުމަކީ އެއީވެސް ރައްޔިތުންދެކެ ވާލޯބިން ކުރައްވާ ކަމެއްތޯއެވެ؟

ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް އޭނާ މާލެގެންނަންވެގެން އަޅުގަނޑުމެން ރައްޔިތުން އެންމެން ވި ގުރުބާނީ ކޮބައިތޯއެވެ؟ ހަމަ ނަޝީދު ބޭނުންފުޅުވާ ކަމެއް ބޭނުންފުޅު ވާހާގޮތަކަށް އެމްޑީޕީގެ ތެރެއިން ވާންޖަހޭނެ ކަމަށް ތިޔަ ގަބޫލު ކުރެއްވެނީ ކޮން ގޮތަކަށް ވިސްނާ ވަޑައިގަންނަވާތީ ބާވައޭ ހިތަށް އަރައެވެ. ކަލޭމެންނާ ޖިންނި އަވަލީތޯއޭ ވެސް އަހާފާނަމޭ ހިތަށް އަރައެވެ.

ޖަލުގައި ގުދު ބިންދާލީ ކިތައް މީހުންގެ ތޯއެވެ؟ އެ ގުރުބާނީތައް ކޮބައިތޯއެވެ؟ ކިތައް މީހުންގެ ވިޔާފާރި ފުޑާލެވިފައި ވޭތޯއެވެ؟ ކިތައް ޢާއިލާ ނިކަމެތި ޙާލުގައި ޖެހި ނަފުސާނީ ބަލިޖެހިގެން ދިޔަ ތޯއެވެ؟ ކަނޑަށް އެއްލައިލައި ލޯންޗްގައި ވާޖަހައިގެން ކަނޑުގައި ދެމީ ކިތައް މީހުން ތޯއެވެ؟ އެ ރައްޔިތުން ވީ ބޮޑު ގުރުބާނީ ކޮބައިތޯއެވެ؟ ނޫސްވެރިންނާއި އެކްޓިވިސްޓުންވީ ގުރުބާނީ ކޮބައިތޯއެވެ؟

މައުމޫނުގެ 30 އަހަރުގެ ޑިކްޓޭޓަރޝީޕް ބަދަލުވީ ހަމައެކަނި ނަޝީދުގެ ބޯހަރު ވިސްނުމުންނޭ ކިޔާފައި ކަލޭމެން ފުއްޕާއިރު ވެރިކަން ހޯދުމަށް އޭނާ ކުރައްވާފައި ނުކުރައްވާނެ ކަމެއް އެބައޮތްތޯ އަމިއްލައަށް ސުވާލުކޮށްބަލާށެވެ!

ކުރީގެ ރައީސް މައުމޫނާއި އޭނާގެ ބައިވެރީންނަށް ހުރިހާ ޙަޔާތަކާއި އެތިފަހަރެއް ގޮވާފައި ރަން 30 އަހަރުގެ ލަވަ އެމްޑީޕި ހަރުގައި ޖަހައި ނެށީ އިހަށްދުވަހުއެވެ. އިމްރާނަކީ އިސްލާމީ ހަރުކަށި ފިކުރުގެ ބޭފުޅެކޭ ކިޔައި މުޅިދުނިޔޭގައި އެވާހަކަ ފަތުރާއިފައި އިލެކްޝަން ކާމިޔާބު ހޯދަން އެމްޑީޕީ ޕޯޑިއަމްއަށް ޢިމްރާން އަރުވައިގެން ބައިސާ ކެނޑުވީ އިހަށްދުވަހުއެވެ. ޤާސިމް އަރިހަށް ގޮސް ރޮއިހޭރި ތަކުރާރުކޮށް އާދޭސް ދަންނަވައިގެން ވެރިކަން ހޯދުމަށްޓަކައި ސަނާކީ އިހަށްދުވަހުއެވެ.

އެމްޑީޕީގެ ސްޓޭންޑް ކޮބައިތޯއެވެ؟ ހަމަ ނަޝީދު ބޭނުންފުޅުވާއިރަށް ބޭނުންފުޅުވާކަމެއް ކުރައްވެން ޖެހޭނެ ތޯއެވެ؟ ކޮންމެގޮތަކުން ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް އެކުރައްވާ ހީލަތްތެރި ކަންތައްތަކުގެ ސަބަބުން މުޅިގައުމު ދަރައި އަދި ނުރައްކަލުގެ ތެރަށް މި ގެނބެނީ އެވެ. އަދި މި އުދަގޫ ދަނޑިވަޅު ރައީސް ޞާލިޙަށް ވެސް ކޮވިޑްގެ މުސީބާތައްވުރެ ނަޝީދުގެ އުނދަގޫ މިވަނީ ބޮޑުވެފައެވެ. ކަން މިހެން އޮތް އިރު ރައްޔިތުން މިކަމާމެދު ވިސްނައި މި ހުރިހާ ވާހަކައެއް ދައްކަން އެބަޖެހެއެވެ.

ޕާޓީގެ ރައީސް ބޭނުންވާހާ ކަމެއް ބޭނުންވާ މުއްދަތެއްގެ ތެރޭގައި ބޭނުންވާ ގޮތަކަށް ނުވުމުން ޕާޓީއާއި ގައުމު ފަޟީޙަތްކުރުމަކީ ޕާޓީގެ ރައީސަށް ލިބިގެންފައިވާ ޙައްގެއް ނޫނެވެ. ހަމަ މިގޮތަށް އޭނާ ޕާޓީއަށް ޚިޔާނާތްތެރިވެ ވަޑައިގަތުމުން، ޕާޓީގެ އަސާސީ ގަވައިދާ ޚިލާފުވެވަޑައިގަތުމުން، ޕާޓީގެ ރައީސް ކަމުން ވަކިކުރެވެން ވެސް ޖެހޭނެއެވެ.

އެނޫނީ އެމްޑީޕީގެ އުރަތްޕެއް އަދި ޑިމޮކްރެސީގެ އެއްވެސް އުސޫލެއް ނެތްކަން ހާމަވެ ބޭޒާރުވެގެން ދާނެއެވެ. އެހެންކަމަށްވަންޏާ ދެން މިގައުމަށް ބޭނުން ވާނީ ކޮން އެމްޑީޕީއެއް ހެއްޔެވެ؟ މޯލްޑިވްސް ޑަސްޓްބިން ޕާޓީ އޭ އެތިން އަކުރަށް ކިޔަސް ހެވެއްނޫންހެއްޔެވެ. ދައްކާނެވާހަކަ ވަރަށްގިނަ އެހެންވީމާ ނިންމާލީއެވެ.

 

އެޑިޓަރގެ ނޯޓު:

ތިޔަ ވިދާޅުވީ މިހާރު ހެދިފައިވާ ސިޔާސީ ހަރި އަދި ކުލަބު ގެތަކުގައި އެމްޑީޕީގެ ނަގާކިޔާ މެމްބަރުންގެ އިހުސާސްތަކެވެ. އެއްގޮތަކަށްވެސް ސިއްރިޔާތުގައި ދެކެވޭ ވާހަކަތަކެއް ނޫނެވެ. ބޭނުންވަނީ އެ ގުރޫޕްތަކަށް ގިނަމީހުން އެއްކޮށް އެ ޒުވާބުތައް އަޑުއިއްވުމެވެ. ގިނަބައެއްގެ އަޑާއި އެބަޔަކު ފާޅުކުރައްވާ ޚިޔާލުތައް ކިޔުންގެތެރީންނާ ހިސާބަށް ގެނެސް ދިނީއެވެ. އެމްޑީޕީގެ ސިޔާސީ ކޯޅުމަކީ ސިޔާސީ ގޮތުން ގައުމަށް ލާބަޔާއި މަންފާ ކުރާނެ ކަމެއް ނުމެ ނޫންމެއެވެ.

 

6 ހިޔާލުތައް

  1. އެމް.ޑީ.ޕީ ގެ ކަންކަން ދާގޮތާ ގެންދާނެ ގޮތް އިނގޭނީ އެހެން ޕާޓީ ތަކުގެ މެންބަރުންނަކައް ނޫން އިނގޭތޯ…
    އެމް.ޑީ.ޕީ އަކީ މި ރާއްޖޭގަ އެހެން ހުރިހާ ޕާޓީތައް ނަނޫނާ އަކައް ބަލަންޖެހޭ ޕާޓީ.. ސަންދާނުގެ ހުރިހާ ލިޔުމެއްވެސް އެމް.ޑީ.ޕީ އާ ދެކޮޅުކަން އިނގޭނެ ބަލާ އެންމެންނައް…
    ބުއްދި ވެރިވާނެ އަދިވެސް ޕީ.ޕީ.އެމް ގެ ކަން ކަމާ ބެހުނީއްޔާ…..

  2. ވެރިކަންކުރެވޭވަރުގެ ޢިލްމެއް ނެތިފާ އަދި ޙިލްމް ނެތުނީމާ ޖެއްސޭނީ މަގުމަތިން. މަގުމަތިން ޖެއްސީމާ ވަކަރުގޭ ކުދިންނާއި ހިނދުކޮޅު ކުދިވެރީންނާއި އެކުވެގެން އަސްލު ފޮނަ އެރުވޭނެއެވެ. އެފޮނައަކީ މާގިނަ ވަގުތަކަށް ދެމިގެންދާނެ ފޮނައެއްނޫނެވެ. ފޮނަގަނޑު ހިދޭއިރު އެއްގޮތަކީ އެ ކެއްކިއެތި ދުންގަތުމެވެ. އަނެއްގޮތް 7 ފެބްރުއަރީގައި އެ ދިމާވީއެވެ.

  3. އެމް.ޑީ.ޕީ.ގެ ކަންކަން ކުރިޔަށް ގެންދާނެގޮތް ކަނޑައަޅާނީ އެމް.ޑީ.ޕީ.ގެ މެންބަރުންނެވެ. އެއަކީ ސިކަންދަރަށް، ހައިދަރަށް ގޮތް ކަނޑައެޅޭނެ ކަމެއް ނޫނެވެ.

  4. މިހިރަ ކޮމެންޓްތަކުން އެބަ އެނގޭ އެމްޑީޕީގައި ހުރީ އެއްމެ ގަމާރެއް ނޫންކަން. ރަނގަޅު ހިއްވަރުގަދަ ބަޔަކު ފެށި މަސައްކަތަކަސް ބަކީވެފައިތިބި އެތައްބައިވަރު ސޮހަލުންނާ ވަކަރުގޭ ކުދިންނަށްވެސް ކަމުދިޔައީ ވެރިކަން ބަދަލުކުރުން. އެ އެންމެންވެސް ހިމެނުނީ އެމްޑިޕީގައި. ޕްރިންސިޕަލެއް ނެތި އެކްޝަންގައި ބައިވެރިވީ ބޮޑު ޕަސެންޓެއް އެމްޑީޕީގައި ވޭ. އޭގެ ފައިދާ ނަގާ އިސް ޓީމެއް ނަޝީދު އެ ލީޑްކުރަނީ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ