އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެއްބަސްވުމާ ހިލާފަށް ފަޅުރަށް ދިން މައްސަލަ ތަހުގީގު ކުރުމަށް އޮޑީޓާ ޖެނެރަލް ހަސަން ޒިޔަތު އަންގަވައިފިއެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެބްރުއަރީ 1، 2010ގައި ދަތުރުފަތުރު ހިދުމަތް ގާއިމުކުރުމަށް ދީބާޖާއާ ހަވާލު ކުރީ، ރ. ކުޑަކުރަތު ދޫކުރުމަށްފަހު އެވެ. އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ނުދޭތީވެ، ރައީސް ޔާމީންގެ ސަރުކާރުގައި މެއި 30، 2013ގައި ވަނީ އެއްބަސްވުން ބާތިލުކޮށްފައެވެ. އަދި މައްސަލަ ބާތިލު ކުރި މައްސަލައިގައި ސިވިލް ކޯޓުން ވަނީ ދައުލަތުން 374 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކޮށްފައެވެ. އެ ހުކުމް ސްޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ.
އެއްބަސްވުމުގެ މައްސަލައިގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު އޮޑިޓް ރިޕޯޓުގައި ބުނީ، ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް މީހުން ދިރިނޫޅޭ ރަށަކުން 15 ހެކްޓަރުގެ ބިން ދީބާޖާ އަށް ދިނުމަށް ހަމަޖައްސާފައިވީ ނަމަވެސް މެއި 5، 2010 ގައި ސޮއި ކުރި ލީސް އެގްރިމެންޓްގެ ދަށުން ދީބާޖާ އަށް ކުޑަކުރަތު ދޫކޮށްފައިވަނީ އެ ރަށުގެ މުޅި ބިމާއި ފަޅު ހިމެނޭ ގޮތަށް 37.6 ހެކްޓަރުގެ ބިން ކަމަށެވެ. އަދި އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް ރިޕޯޓުގައި ބުންޏެވެ.
އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި މި ސަރުކާރުން ވަނީ، ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، 174 މިލިއަން ރުފިޔާ ބަދަލެއްގެ ގޮތުގައި ދިނުމަށް ނިންމާފައެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ސްޕްރީމް ކޯޓުގެ ހުކުމް ރިވިއުކުރުމަށް ހުށަހަޅާފައެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ، އެއްބަސްވުން ބާތިލް ކުރީ އެއްބަސްވުމާ ހިލާފުވެފައިވާތީ ކަމަށާއި، އެއްބަސްވުން ބާތިލު ކުރުމުގެ ހައްގު ސަރުކާރަށް ލިބިގެންވާ ކަމަށެވެ. އަދި ބަދަލުގައި ފައިސާ ނުދިނުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފައެވެ.
މި ސަރުކާރަށް ތާއީދު ކުރާ ބައެއްގެ މަސްލަހަތު އޮންނަ ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދިނުމަށް ނިންމީ، ސަރުކާރުން އުފައްދާފައިވާ ސެޓްލްމެންޓް ކޮމިޓީން ދީބާޖާއެކު ކުރި މަޝްވަރާތަކަށް ފަހު، އެ ކޮމިޓީން އެގޮތަށް ލަފާ އެރުވުމުންނެވެ. ސްޕްރީމް ކޯޓުގެ ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން، އަދި މިހާތަނަށް އެ ފައިސާ އެ ކުންފުންޏަށް ނުދެއެވެ. ސްމްރިމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވީނަމަވެސް، އަދި ޝަރީއަތްތައް ކުރިއަށް ނުދެއެވެ.
3 Responses
ހެޔޮވެރިކަމޭ ކިޔައިގެން ވެރިކަމަށް އަންނީ ޖީބްފުރާލަން އެކުވެރި ކުދިން ކޮޅެއް ގޮވައިގެން! މިނިވަން މުއައްސަސާއެއް އޮޕަރޭޓޭއް ނުވޭ. ވަޒީފާތަކަށް ލަނީ ކުރީ ސަރުކާރުން ލޯވަޅު އަޅުވާލި މީހުން! 1978 ވެށިގެން މިއަދާ ހަމައަށް އިންސާފެއް ލިބެނީ ކޮން ދިމާލަކުން! ސަންދާނު މީހުންނަށް އަންލިމިޓް ކޮށް އަނިޔާ ކުރި އިރު ހިމުންރައިޓްސްގައި ތިބެ ގިނަ މީހުން މިއަދު ތިބޭ ކޮންތާކު! ހަމަ ހެޔޮވެރިކަމޭ ދޯ ކިޔަނީ!! މިޒާތުގެ ޤައުމުތަކަށް އިންސާފު ލިބި ކަރަޕްސަން ނެތި ގޮސް ފައި އޮތްކަމަށް ދައްކަނީ މިލިޓަރީ ވެރިކަމެއް ކޮށްގެން. މިލިޓަރީ ވެރިކަމެއް ގައި ގިނަ ކޯޓްތަކެއް ބޭނުމެއްނުވާނެ! ފުލުސްކޯޓުން ފުދޭނެ!! ހިއުމަން ރައިޓެއް ވެސް ބޭނުމެއް ނުވާނެ!
އެ ސަރުކާރު ގެ އޮޑިޓަރު މިހާރުވެސް. އޮޑިޓް ކުރަނީ ރީދޫ ކުލައިގެ މިނިސްޓަރުން ނުތިބޭ ވުޒާރާތައް! މީރޭވުމެއް ކަމެއް ޕާޓީ ތަކުގެ ލީޑަރުންނަކަށް ނޭންގޭ. ލީޑަރުން ބަލަނީ އަނބި މިހާގެ ގޮނޑި ސަލާމަތް ކުރެވޭތޯ އާއި ފަހަރި ޅިޔަނުން ދަރިން ދަނބި ދަރިންނާއި ކުދިންކޮޅުގެ ވަޒީފާ ހިމާޔަތް ކުރެވޭތޯ. ވޯޓް ކައިރިވީމާ ރައްޔިތުން ވަރަށް މުހިންމު!! ކުލަ ބަދަލު ކޮއްލާފައި ހެޔޮވަރިކަމެއް ފެށޭއިރަށް އޭގެ ފޮނި ކޮޅުބޯލާނީ! މިކަމަށް މި ކިޔަނީ އިންސާފު!
ތްރީ އޭ ކުދިން ކޮޅު 3 އަހަރު ވަންދެން މަގުމަތީ މުޒާހަރާ ކުރަން އުޅުނީ ވެސް އިންސާފު ހޯދަން. ހެޔޮވެރި ކަން އައުމާއި ގުޅިގެން މީރާއަށް ދައްކަންޖެހިފައި އޮތް އެތަކެއް މިލިއަން ރުފިޔާ ނުދައްކާ ރިސޯޓްތައް އޮޕަރޭޓް ކުރަމުގެ ހުއްދައަކީ އިންސާފުތޯ؟؟ ރޔ އެކަނި ތޯ ވައްކަން ކުރީ!! ކޮބައިތޯ އޭނަ އާއި އެކު ކޭކް ކާލި 275 މީހުން!! އެ މީހުން ތެރޭގައި ހުރިހައި ކުލަތަކެއް ހިމެނޭނު! އިންސާފު އެބަލިބޭ؟؟ އެހެންވީމާ އަލި ކޮއި ވިދާޅުވަނީ މިލިޓަރީ ވެރިކަމުން އިންސާފު ލިބޭ!!