ޑރ. އިޔާޒު ރައީސް ނަޝީދަށް: މަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ގެންގުޅުއްވާ ހުވަފެން ދޫކޮށްލައްވާ

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު  ރާއްޖޭގެ ވެރިކަމަށް އަލުން ވަޑައިގަތުމަށް ގެންގުޅުއްވާ ހުވަފެން ދޫކޮށްލެއްވުމަށް ސަރުކާރު ހިންގާ ކޯލިޝަންގެ އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

މަޝްހޫރު އިލްމުވެރިޔާ ޑރ. އިޔާޒް މިހެން ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ކޮމެންޓްކުރަމުންނެވެ.

ރައީސް ނަޝީދު ޓްވީޓްކުރެއްވީ އެމަނިކުފާނު އެލެކްސް އަހުމަދުގެ ނަމުގައި ގެންގުޅުއްވާ އައިޑީންނެވެ.

ނަޝީދުގެ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގެ ސާވޭއަކުން ސާފު ވަނީ، އިންޑިއާ އައުޓް އާއި އެފްޖީއެމް އަދި ނަފްރަތުގެ ބިލާ ދެކޮޅު ހަދާ މީހުންގެ 92 އިންސައްތަ މީހުންނަކީ އެއް ބައެއް ކަމެވެ. އަދި އެފަދަ މީހުންގެ ތާއީދު ހޯދައިގެން ކުރަން ބޭނުންވާ ސިޔާސީ މަސައްކަތެއް ނެތްކަމަށެވެ.

ރައީސް ނަޝީދުގެ އެ ޓްވީޓަށް ރައްދު ދެއްވަމުން މަޝްހޫރު އިލްމުވެރިޔާ ޑރ. އިޔާޒް ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ގެންގުޅުއްވާ ހުވަފެން ދޫކޮށްލެއްވުމަށެވެ.

“ މަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ގެންގުޅުއްވާ ހުވަފެން ދޫކޮށްލައްވާ. އިންޝާﷲ ދެނެއް ދުވަހަކުވެސް އެކަމެއްނުވާނެ“ އިޔާޒް ޓްވީޓްގައިވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ޑރ. އިޔާޒް ވިދާޅުވީ އިސްލާމްދީން ގޮވާލަނީ އަންހެންކުދިން ރައްކާތެރިކޮށް އިއްފަތްތެރިކޮށް ބޮޑުކޮށް ފިރިމީހާ އާއި ހަވާލުކުރުން ކަމަށާ ނަމަވެސް ނަޝީދު އެދިވެޑައިގަންނަވީ އެހެންނޫންކަމަށެވެ.

“ އިސްލާމްދީން ގޮވާލަނީ އަންހެންކުދިން ރައްކާތެރިކޮށް އިއްފަތްތެރިކޮށް ބޮޑުކޮށް ފިރިމީހާ އާއި ހަވާލުކުރަން. މަނިކުފާނު ގޮވާލަނީ އެކުދިން ނުވިހާގޮތްހަދައިގެން ފާހިޝްއަމަލުހިންގަން. އެފްޖީއެމް އަށް ވުރެ މަނިކުފާނުގެ ގޮވެލި ނުރައްކާ“ ރައީސް ނަޝީދަށް ރައްދު ދެއްވައި ޑރ. އިޔާޒު ކުރެއްވި ޓްވީޓްގައި ވެއެވެ.

ޑރ އިޔާޒު ކުރެއްވި އިތުރު ޓްވީޓްތަކެއްގައި ވިދާޅުވީ ނަފްރަތުގެ ބިލުގެ ފޯކަސް ގެއްލުވާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށެވެ. އެކަން އޮތަށް ވިޔަ ނުދިނުމަށް އެބިލާ ދެކޮޅަށް އަޑު އުފުލުމަށް ޑރ. އިޔާޒު ވަނީ ގޮވާލައްވާފައެވެ.

Loading

2 Responses

  1. ޑރ ގެ ކަންތައްވެސް ބޮޑުވީ. އެހެނަސް ވަޒީފާއިން ވަކިނުކުރެވޭނެކަމަށް ފެންނަނީ. އެއީ ކަންކަމުގައި އޭނާގެ ޚިޔާލު ޓުވިޓްކުރުމުގެ ޙައްގު އޮންނަންވާނެ. ނަޝީދު ޗައިނާ އެމްބަސެޑަރާއި އަޅައިގަނެގެން ޓުވިޓް ކުރާފަދައިން ނުވަތަ ތަޅާނެ ކކުދިން ކޮޅެއް ހޯދަން މާރީ ކައިރީ އެދޭ އެދުމެވެ. ޑރ އަށް ފިޔަވަޅުއަޅާފަ ލާދީނީ މީހުނަށް ފިޔަވަޅު ނޭޅޭތީ ހަރުކަށި ދެފަރާތުންވެސް އުފެއްދެނީ. ޑރ ގެސް އެހާ ޓުވިޓަރ އާއި ހިތާވެގެން އުޅުމީ ދެރަކަމެކެވެ.

  2. ހަމަ ސީދާ އިމްރާނު މޫނުމަތީ ޖެހި ވަރުގަދަ ސައްޕެއް. ދެން ސޯލިހު ރަނގަޅު ނަޝީދު ނުބައި. އަދާލަތަށް ވާ ނުވާ އޮޅި މަގުވެސް އޮޅިފަޔޯލަ! ބަލިކަށިވީމާ ދެން އުޅެން ޖެހޭނީ އުނގު ބުޑު ގައެވެ.

Leave a Reply to މުހުސިން އިސްމާޢީލު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް