ކަނޑުދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތީ ސްޓްފިކެޓާއި ލައިސަންސްގެ މުއްދަތު އިތުރުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓާއި ލައިސަންސްގެ މުއްދަތު މިދިޔަ މަހު 25 ވަނަ ދުވަހުން ފެށިގެން ހަމަވެފައިވާނަމަ އެ ލައިސަންސްގެ މުއްދަތު އަންނަ މަހުގެ 24 ގެ ނިޔަލަށް އިތުރު ކޮށްދީ ފައވާކަމަށެވެ.
އެ މިނިސްޓްރީން ބުނީ މުއްދަތު އިތުރު ކުރީ ކޮވިޑް-19 ފެތުރުން ކޮންޓުރޯކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެ މިދިޔަ މަހު 26 ވަނަ ދުވަހުން ފެށިގެން ފުރަބަންދުގެ ހާއްސަ ފިޔަވަޅުތައް އަޅާފައިވާތީކަމަށެވެ.
މި ގޮތަށް ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިންކަމުގައި ވީނަމަވެސް، އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމްކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު އުޅަނދު ފަހަރު އޮޕަރޭޓް ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީއިލްތިމާސް ކޮށްފައެވެ.
އެ މިނިސްޓްރީން ބުނީ އަލަށް އުޅަނދެއް ރަޖިސްޓަރީކޮށް މިދިޔަ މަހުގެ 25ގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަންނަ މަހުގެ 24 ގެ ކުރިން ހެދުމަށް ނުވަތަ އެ އުޅަނދަކީ އޮޕަރޭޓް ނުކުރާ އުޅަނދެއްކަން ބަޔާންކޮށް ރަށްރަށުގެ ރަށުކައުންސިލްތަކުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ލިޔުން ހޯއްދަންޖެހޭނެކަމަށެވެ.