ވ. ފުލިދޫ ލޯންޗެއްގެ ޕެޓްރޯލު ޓޭންކު ގޮވައި މީހަކަށް އަނިޔާވެއްޖެ އެވެ.
މިއަދު ހެނދުނު ހިނގި މިހާދިސާގައި އަނިޔާވެފައިވަނީ އެ ލޯންޗް ދުއްވަން އިން މީހާއެވެ.
އޭނާ މިހާރު މާލެ ގެނެސް ދަނީ ފަރުވާދެމުންނެވެ. އޭނާ އަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމަެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އޭނާގެ މައިބަދައަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާކަމަށް ބެލެވޭކަމަށް ރަށު ކައުންސިލުން ބުނެއެވެ.
ލޯންޗް ގޮވި އިރު ހަ މީހުން ލޯންގައި ތިއްބެވެ. އޭގެ ތެރެއިން އަނިޔާވި މީހާފިޔަވައި ދެންތިބި ފަސް މީހުންނަކީ ފަތުރުވެރިންނެވެ. މި ހާދިސާގައި އެއްވެސް ފަތުރުވެރިއަކަށް އަނިޔާއެއް ނުވެ އެވެ.
މި ހާދިސާ ހިންގަން މެދުވެރިވީ އިންޖީނުން ކަނިކެޑިގެން ގޮސް ލޯންޗުގެ ވަތު ތެރޭގައި ހުރި ޕެޓްރޯލްގައި ޖެހިގެން ޓޭންކް ގޮވައިގެންކަމަށް ކައުންސިލުން ބުނެއެވެ.މ
އެ ހާދިސާއަށް ފަހު ލޯންޗް ވަނީ އެރަށު ފަޅު ތެރެއަށް އަޑިއަށް ގޮސްފަ އެވެ. އިއްޔެގަވެސް މާލޭގައި ފަޅުތެރޭގައި ހުރި ލޯންޗްތަކެއްގައި ރޯވެ ހިނގި އަލިފާނުގ ހާދިސާގައި ބިދޭސީއެއް ވަނީ ފިހިފައެވެ.