އައްޑޫ ކޮންސިއުލޭޓް: ރާއްޖެއާއި އިންޑިޔާއާ ދެމެދު ބޮޑު ޚިޔާލު ތަފާތުވުމެއްގެ ފެށުން؟

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙުގެ ދައުރުގައި ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތްގުޅުން ވަރުގަދަ ކުރުމުގެ ގޮތުން އެތައް މަސައްކަތެއް އެމަނިކުފާނު ކުރައްވަމުން އެބަ ގެންދަވައެވެ. ނަމަވެސް މިހާރު ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދަނީ ރާއްޖޭގެ މައްޗަށް އިންޑިޔާއަށް ލިބިދެމުގެންދާ ބާރުތައް ކުޑަކުރުމަށް އިލްތިމާސްކޮށް އެކި ގޮތްގޮތުން ކެމްޕޭނުތައް ހިންގައި އެކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ދިވެހިރާއްޖެ ގުދުރަތީގޮތުން އޮންނަ ސަރަހައްދުގެ ގޮތާމެދު ވިސްނައި ފާއިތުވި އަހަރުތަކުގައި މި ގައުމުގެ ވެރިކަން ކުރައްވާފައިވާ ބޭފުޅުންވެސް އިންޑިޔާއާއި ދޭތެރޭ ޚާއްޞަ ސަމާލުކަމެއް ދީފައިވާކަން ފާހަގަކުރެވެއެވެ.

ތާރީޚީ ގޮތުން ބަލާއިރު އިންޑިޔާގެ ބާރުގެ ދަށަށް މަލިކު ގޮސް، މަލިކުގެ އަޚުން ދިވެހިންނަށް ގެއްލިގެން ދިއުން ވެގެންގޮސްފައި ވަނީ ދިވެހިންނާއި އިންޑިޔާއާއި ދެމެދު އުފެދުނު ހިމޭން މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް ބޮޑު މައްސަލައެއްގެ ގޮތުގައި އެކަން އެއްވެސް ދައުރެއްގައި ނަގާފައެއްނުވެއެވެ.

ރާއްޖޭގެ އުތުރުގެ ރަށެއްގެ ގޮތުގައި ކުރިން އޮތް މަލިކަށް އިންޑިޔާގެ ބާރާއި ނުފޫޒު ފެތުރިގެންދިޔަ ހާދިސާ ތާރީޚުގެ ފަތްފުށްތަކުގައި އަސަރާއެކު ލިޔެފައި އެބަހުއްޓެވެ.

މިހާރު އިންޑިޔާގެ ޕްރައިމް މިނިސްޓަރ ނަރެންދްރާ މޯދީގެ ސަރުކާރުގައި ”ނޭބަހުޑް ފަސްޓް“ މަޝްރޫޢުގެ ދަށުން މަލިކުގައި ރާއްޖޭގައި ކުރަމުންދާ ގޮތަށް ފަތުރުވެރިކަމުގެ ސިނާއަތް ފެށުމުގެ މަސައްކަތް ވަނީ ފަށްޓަވާދެއްވާފައެވެ. މި މަޝްރޫޢަކީ ހަގީގަތުގައި އިންޑިޔާއިން ރާއްޖެއާބެހޭ އިންޓެލިޖެންސް ހޯދުމަށް ޖައްސާފައިވާ ސްޓަންޓެއް ކަމުގައި ގިނަބަޔަކު ދަނީ ސިފަކުރަމުންނެވެ.

މި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި ދެން އަޑުއިވިގެން ދިޔައީ އިންޑިޔާގެ ޕްރެސް އިންފޯމޭޝަން ބިއުރޯ( ޕީ.އައި.ބީ) އިން ނެރެފައިވާ ޚަބަރެކެވެ. މި ޚަބަރުގައިވާ ގޮތުގައި އައްޑޫ ކޮންސިއުލޭޓް ޕްރޮޕޯސަލްގެ ދަށުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް މާލެ ނުގޮސް ވިސާގެ ކަންކަން ހަމަޖެއްސޭނެ މަގު ފަހި ކޮށްދިނުމަށް އިންޑިޔާއިން ދަނީ ތައްޔާރުވަމުންނެވެ. މިއީ 1958 ވަނަ އަހަރު އައްޑޫގައި އުފެއްދި ޔުނައިޓެޑް ސުވައިދީބް ރިޕަބްލިކްވެސް ފެށިގެން އައި ގޮތް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އައްޑޫގައި ހުޅުވަން ބޭނުންވާ ކޮންސިއުލޭޓު އޮފީހާ ގުޅޭ ގޮތުން ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އެއްވެސް މައުލޫމާތެއް ދީފައި ނުވާއިރު މިފަދަ ބޮޑު ކަމެއް ރާއްޖޭގައި ހިންގަމުން ދާތީ ރައްޔިތުން ދަނީ ޝަކުވާކުރަމުންނެވެ.

ސަރުކާރަށް ފާޑުވިދާޅުވާ ޑީއެންއޭގެ ބާނީ އަދި ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވަނީ މި ކޮންސިއުލޭޓް ޕްރޮޕޯސަލް އަކީ އިންޑިޔާއިން ރާއްޖެއަށް އަތްގަދަކުރުމަށް މަސައްކަތް ކުރަމުން ދާކަމުގެ އަލިގަދަ ހެއްކެއް ކަމުގައި ސިފަކުރައްވާފައެވެ. އަދި މިއީ އިންޑިޔާ ސަރުކާރުން ރާވައިފައިވާ މަކަރުވެރި ރޭވުމެއް ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިކަމާގުޅިގެން ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙާ ނޫސް ކޮންފަރެންސެއްގައި ކުރެވުނު ސުވަލަކަށް ޖަވާބުދެއްވައި އެމަނިކުފާނު ވަނީ އިންޑިޔާއިން މިފަދަ އެއްވެސް ޕްރޮޕޯސަލްއެއް އަދި ހުށަހަޅާފައި ނުވާކަމަށް ވިދާޅުވެފައެވެ. އަދި މި ޕްރޮޕޯސަލް ހުށަހެޅުމުން އެކަށީގެންވާ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

މިހާރު އުފެދޭ ސުއާލަކީ އިންޑިއާގެ ހުށަހެޅުން ލިބުމުން ދިވެހި ސަރުކާރުން ނިންމާނީ ކޮން ނިންމެވުމެއް ބާވައެވެ! ރައީސް ސޯލިޙުގެ މައްޗަށް ގަދަބަސް ވިދާޅުވާ އެމަނިކުފާނުގެ ޕާޓީ (އެމްޑީޕީ)ގެ ރައީސް ނަޝީދު ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އިންޑިއާގެ ކޮންސުލޭޓް އައްޑޫގައި ގާއިމުކުރުމަށް ގެންދަވަނީ ކެމްޕޭން ކުރަށްވައި އެކަމުން އައްޑޫ ރައްޔަތުންނަށް ލިބިދޭނޭ ”މަންފާއާއި އަމާންކަން“ ވިދާޅުވެ ދެއްވަމުންނެވެ. މިހެން ކަން އޮތްއިރު ރައީސް ސާލިޙުގެ ސަރުކާރުން އިންޑިއާ ނުރުހޭ ފިޔަވަޅެއް އަޅަން ޖެހިލުމެއް ނުވާނެ ބާވައެވެ!

ރައީސް ސާލިޙުގެ ބައެއް މިނިސްޓަރުންނަކީވެސް އިންޑިއާ ބޭނުންނަމަ ދިވެހި ރާއްޖެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިފިދާނެކަމަށް ބުނާ މީހުންނަށް ވާއިރު ސުވާލަކީ އައްޑޫގެ ވަރަށް ގިނަ ރައްޔިތުންގެ ރުހުމާ ދެކޮޅަށް ސަރުކާރުން އިންޑިއާ ރުއްސަން މަސައްކަތް ނުކުރާނެ ބާވައެވެ!

ޢުމަރު ނަސީރު ވިދާޅުވިހެން އައްޑޫގައި އިންޑިއާއިން ހަދާ ކޮންސިއުލޭޓް އޮފީހަކީ އިންޑިޔާއިން ރާއްޖެއަށް އަތްގަދަކުރުމަށް ކުރާ މަސައްކަތެއް ކަމުގައި އައްޑޫގެ ގިނަ ރައްޔަތުންވެސް ގަބޫލުކޮށް އެކަމާ ވަރަށް ބޮޑަށް މިހާރު ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި ސަބަބު ތަކެއް ނެތިއެއްނޫނެވެ.

އުތުރުގައި (އުތުރު ތިލަފަޅު) ހަނިމާދޫގައި އިންޑިއާ ސިފައިން، އޭގެ އުތުރުން އިންޑިއާގެ ރާޑަރ ސްޓޭޝަން، ލ.ގަމުގައި އިންޑިއާސިފައިން، އައްޑޫގައި ޕޮލިސް އެކަޑަމީ މިހެންގޮސް އިންޑިއާއިން އަތްނުކޮށްޕާ ރާއްޖޭގެ އެއްވެސް ސްޓްރެޓިޖިކް ލޮކޭޝަނެއް ނެތޭ ބުނުން ދޮގަކަށް ނުވާހާލުގައި ތިބި އިރު އިންޑީއާގެ އަޅުވެތިކަމަށް ދިވެހިރާއްޖެ ގެންދަން ކުރަމުން ގެންދާ މަސައްކަތެއް ނޫންކަމަށް ވިސްނޭނެ ބުއްދިއެއް ނާންނަކަމުގައި އައްޑޫ ގިނަ ރައްޔަތުން ދަނީ ބުނަމުންނެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ އައްޑޫގައި ހެދޭ ”ޕޮލިސް އެކަޑަމީ“އަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ކަމުގައެވެ.

 

Loading

5 Responses

  1. ތިއަބުނާ ބަޔަކު އިންޑިއާ ވެކުސިން ނުޖަހަން އުޅުނު އެކަމަކު އެންމެ ފުރަތަމަ ވެކުސިން ޖަހަން ދުއްވައިގަތީ ތިއަބުނާބަޔަކު

  2. އިންޑިޔާގެ ކޮންސްލޭޓެއް އައްޑޫގައި ހުރުމުން އައްޑޫ ރައްޔިތުންނަށް ފައިދާވާނެކަން ތައުލީމީ އެތައް ބަޔަކު ތިބި އައްޑޫ ރައްޔިތުންނަށް ނުއެގި އައްޑުއާއި އެއްވެސް ގުޅުމެއްނެތް މީހަކަށް އެގި އޭނާ ބޭނުންވާގޮތަށް ކަންކަން ކުރުމަށް ނުފޫޒު ފޯރުވަން އުޅުމަކީ ދިވެހި ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް.

  3. Zinmaadhaaru kan kudakoh Addu Indiage adudhashun dhookohliyya aharamen Addu meehun bodu Indiage adudhashun salaamaiy vaan massakkaiy kuraane beynumeh neiy. Eyge badhalugai jeheynee vaguthu dhanmaanah Addugai Indiaa dhidha nagaa Indiaage vaseelaththakuge faidhaa nagan. Veemaa thihaa dheelathikoh Addu Modi ah vedhun nukurey.

  4. ވަރަށް ދެރަވަރު. ރައީސް ސޯލިހަށް ރެއަކާވެސް ނުލާ އެމްޑީޕީގެ ރައީސް ނަޝީދު ބޭރުގެ ގައުމުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތާއި ކުޅެން ފުރުސަތު ހޯދިގެންނުވާނެއެވެ. ރައީސް ސޯލިޙުއަށް ގައުމު ނުހިންގޭހާ ނަޝީދުގެ ދަށުވެފައިވާނަމަ އިސްތިޢުފާދެއްވާ ދިވެހި ދައުލަތުގެ ހައިބަތު ހިފެހެއްޓޭވަރުގެ މީހަކާއި ސަރުކާރު ޙަވާލުކުރުން ރަނގަޅެވެ. ހަމަ ނިދައިފަ ހުރެވެސް 5 އަހަރު ދުވަހުގެ ދައުރެއް ނިންމާލާފަ ކުރީގެ ރައީސް ނުވަތަ ރައީސް ސޯލިޙު ކިއުއްވަން ނިޔަތް ލެއްވުމަށްވުރެ ގައުމަށް ގައުމުގެ ރައްޔަތުންނަށް ވަފާތެރިވެ ތާރީޚުގައި އެގޮތައް ލިޔެލުން މާބޮޑަށްވެސް ރަނގަޅުކަމުގައި ދެކެމެވެ.

  5. މަށަށް ޔަގީން ސިއްކަ އަށްވެސް މިގޮތް މިގޮތަށް ކަމުނުދާނެކަން. ގާތް މީހަކު އަޅެ އަހާލަބަލަ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް