ަފޯޅަވަހި ގެއްލުމަކީ އެމެރިކާ މިލިޓްރީއަށް ބޮޑު ގެއްލުމަކަށްވާނެ

ފޯޅަވަހި މޮރިޝަސްއާއި ހަވާލުކުރުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ސަރ ކީރް ސްޓެމަރ ނިންމެވުމުން އެމެރިކާގެ މިލިޓްރީއަށް ފޯޅަވަހި ބީވެގެންދިއުން ވަރަށް ބޮޑު ގެއްލުމަކަށްވާނެކަމަށް އެމެރިކާ މިލިޓްރީގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ 8 ޖެނެރަލަކު ރައީސް ޓްރަމްޕްއަށް އިންޒާރު ދެއްވިތާ 48 ގަޑިއިރު ނުވަނީސް ރައީސް ޓްރަމްޕް ދެކޮޅުވެރިކަން ފާޅުކޮށްފިއެވެ. އެމެރިކާގެ އާރމީ، ނޭވީ އަދި އިންޓެލިޖެންގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ މި 8 ބޭފުޅުންގެ ސިޓީގައި އިނގިރޭސި ވިލާތުން ފޯޅަވަހި މޮރިޝަސްއަށް ހަވާލުކުރުމުގެ އެއްބަސްވުން […]

ބިލިއަނަރު އަނަންތު އަމްބާނީގެ ބުދު ހިމަނައިގެން 1.5 މިލިއަން ޑޮލަރުގެ އަގުހުރި އަތުކުރީ ގަޑިއެއް ހަދައިފި

އޭޝިޔާގެ އެންމެ މުއްސަނދި މަހުޖަނު،ބިލިއަނަރު މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު ބިލިއަނަރު އަނަންތު އަމްބާނީގެ ސޫރަ ނުވަތަ ބުދު ހިމަނައިގެން ވަރަށް އަގުބޮޑު އަތުކުރީ ގަޑިއެއް ހަދައި އިންޑިޔާގައި ”އަންވެއިލް“ ކޮށްފިއެވެ.   ލަގްޒަރީ އަތުކުރީގަޑި އުފައްދާ ކުންފުނި ”ޖޭކަބް އެންޑް ކޯ“ އިން ހަދާ ނެރުނު އަތުކުރީ ގަޑީގައި ގިނަ އަދަދަކަށް ޖަވާހިރު ޖަހާފައިވާއިރު،އަނަންތު އަމްބާނީގެ ސޫރައިގެ އިތުރުން އެތަކާއި ބެންގޯލީ ޓައިގަރަކާއި ލަޔަން އެއްގެ ސޫރަވެސް ހިމަނާފައި ވެއެވެ. އަނަންތު އަމްބާނީ އިންނަނީ […]

ދުނިޔޭގެ ޗާޓުން އީރާން ފޮހެލުމަށްޓަކައި މިލިޓްރީ ހަރަކާތެއް އެކަށައަޅަން ޓްރަމްޕް އަންގަވައިފި

ދުނިޔޭގެ ޗާޓުން އީރާނު ފޮހެލުމަށްޓަކައި ކާމިޔާބު މަޝްރޫއެއް އެކުލަވާލަން އެމެރިކާގެ އަސްކަރިއްޔާއަށް ރައީސް ޓްރަމްޕް އަންގަވައިފިއެވެ. އެހެންނަމަވެސް މުޅި އީރާނަށް ހަމަލާދިނުމުގެ ބަދަލުގައި ހަމައެކަނި އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑުންގެ މިލިޓަރީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދިނުމަށް އެމެރިކާގެ ބައެއް އޮފިޝަލުން ބުރަވާކަމަށް ވޯލްސްޓްރީޓް ޖާރނަލުން ޚަބަރުދީފައިވެއެވެ. ރައީސްޓްރަމްޕްގެ ފުރާނަފުޅަށް ގެއްލުންދޭނެކަމަށް އީރާނުން އިންޒާރު ދެމުންގެންދާތީވެ އީރާން އެކުގައި ގޮއްވާލާނެކަމަށް މިދިޔަ އަންގާރަދުވަހު ހަވީރު އެމަނިކު މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ. އަހަރެންގެ ފުރާނައަށް ގެއްލުމެއް ދީފިނަމަ އީރާންއެވެ ކިޔުނު ގައުމެއް […]

ނިއުޒިލަންޑަށް ކުރިމަތިވި މޫސުމީ ކާރިސާއެއްގައި 2 މީހުން މަރުވެއްޖެ

ނިއުޒިލަންޑްގެ ”ވެލްކަމް ބޭ“ ކިޔާ ސަރަހައްދުގެ ގޮނޑުދޮށުހިސާބަށް ކުރިމަތިވި ފެންބޮޑުވުމާއި ކިސަޑު ދެމިގެންދިއުމުގެ ހާދިސާއެއްގައި ދެމީހުން މަރުވެ އެތައް ގެއްލުމެއް ލިބިފައިވާ ކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން ޓުއަރިސްޓުންގެ މަގްބޫލް ސަރަހައްދެއް ކަމަށްވާ ”މައުންޓް މައުންގަނުއީ“ އަށްވެސް ކުރިމަތިވި މިފަދަ ލޭންޑް ސްލައިޑްއަކާއި ގުޅިގެން އެތައްބަޔަކު ގެއްލިފައިވާކަމަށް ވެސް ޚަބަރު ލިބެއެވެ. މިއީ ގިނަބަޔަކު ކޭމްޕް ކުރުމަށްވެސް ދާސަރަހައްދަކަށްވާއިރު އެހިސާބު ބެލިބެލުމުން މީހަކު ނުފެނުނު ކަމަށް އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވެއެވެ. އެހެން ނަމަވެސް […]

އީގަލް-44ގެ ވާހަކަ އަޑުއެހީމުތަ؟

ސުރުޚީގައި އެވާ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ޖެހޭނީ ތިންހާސް އަހަރުގެ ކުރީގެ ތާރީޚަކުން ފަށައި ގަންނާށެވެ. ތިންހާސް އަހަރުގެ ކުރީގެ ތާރީޚުގައިވެސް ފާރިސީންނަކީ ގަނާތު ކޮނުމުގައި ވަރަށް ކުރިއަރާފައިވާ ބައެކެވެ. އިންސާނުން ދިރިއުޅޭ އާބާދީތަކަށާއި ދަނޑުބިންތަކަށް ފެން ފޯރުކޮށްދިނުމަށްޓަކައި ފަރުބަދަތައް ކަނޑައިގެން ފެންދެމޭނެގޮތަށް ކޯރު ކެނޑުމަކީ ގަނާތު ކަމުގައި ބުނެވެއެވެ. މިއީ މިހާރުގެ ފާރިސީން ވެސް ވަރަށް ކުރިއަރާފައިވާ މަސައްކަތެއް ކަމުގައި ބުނެވެއެވެ.ފާރިސީންގެ މި ހުނަރު ހިތުތެރޭގައި ބާއްވައިގެންވިޔަސް ފައިޓަރޖެޓް އުދުއްސައި ޖެއްސުމަށްޓަކައި ފަރުބަދަތަކުގެ އަޑީގައި އެއާރޕޯރޓެއް […]

ސްޕެއިންގައި އަނެއްކާވެސް ރޭލު އެކްސީޑެންޓެއް ހިނގާ ރޭލު ޑްރައިވަރު މަރުވެއްޖެ

ސްޕެއިންގެ ބާސެލޯނާއާއި ކައިރި ހިސާބެއްގައި ރޭލެއް، ޓްރެކްމައްޗަށް ވެއްޓިފައިވާ ފާރެއްގައި ޖެހި، ހިނގި އެކްސީޑެންޓްގައި ރޭލު ދުއްވަން އިން މީހާ މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. ބާސެލޯނާ އާއި 40 ކިލޯމީތަރު ދުރުގައިވާ ގެލީޑާ ކިޔާ ސަހައްދުގައި އަންގާރަދުވަހު އެކްސީޑެންހިނގާފައި މިވަނީ އޭގެ ދެދުވަސްކުރިން އަންދަލޫސިޔާ ކިޔާ ސަރަހައްދުގައި ހިނގި ރޭލު އެކްސީޑެންޓެއްގައި 42 މީހުން މަރުވެފައި ވަނިކޮންނެވެ.އަންގާރަ ދުވަހުގެ އެކްސީޑެންޓްގައި އެކަކު މަރުވެ 37 މީހުންނަށް އަނިޔާވެފައިވާއިރު އޭގެތެރެއިން ބައެއްމީހުންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައިކަމަށް […]

ކުވޭޭތުގައި ކައިވެންޏާއި ވަރި ގިނަވަމުންދިއުން ހައްލުކުރަންޖެހިފައި

ކުވޭތުގެ ޖުމުލަ އާބާދީއަކީ ގާތްގަނޑަކަށް 5 މިލިއަނެވެ. އޭގެތެރޭގައި ކުވޭތަށް ނިސްބަތް ކުރެވެނީ ހަމައެކަނި 1.55 މީހުންނެވެ. ދެންތިބީ އެހެން ގައުމުތަކަށް ނިސްބަތްކުރެވޭ އެކަމަކު ކުވޭތުގެ ރަށްވެހިންނެވެ. އޭގެތެރޭގައި އަރަބި ގައުމުތަކަށް އުފަން މީހުންގެ ނިސްބަތަކީ ގާތްގަނޑަކަށް %27 އެވެ. އަދި ދެކުނު އޭޝިއާއަށް ނިސްބަތްކުރެވޭ ގާތްގަނޑަކަށް %37 އާއި އެފްރިކާގެ ގައުމުތަކަށް ނިސްބަތްކުރެވޭ %2 ރައްޔިތުން ހިމެނެއެވެ. ބިދޭސީ މަސައްކަތްތެރިން ގިނަވުމުގެ ސަބަބުން ކުވޭތުގެ ފިރިހެނުންގެ އާބާދީ އަކީ %61 އެވެ. ކުވޭތުގެ ޕަރކެޕިޓާ ޖީ […]

އިނގިރޭސިވިލާތުގައި ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރަން މަޝްވަރާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާ ކުރުމާ މެދު އިނގިރޭސިވިލާތުގެ ސަރުކާރުން މަޝްވަރާ ކުރަން ފަށައިފި އެވެ. އިނގިރޭސިވިލާތުން މި މަޝްވަރާތައް ފަށާފައި މި ވަނީ، އޭއައި ބޭނުންކޮށްގެން އުފައްދާ ކުޑަކުދިންގެ އުމުރާ ނުގުޅޭ ކޮންޓެންޓު ވަރަށް ބޮޑަށް އިތުރުވެ އެ ކަމުގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށެވެ. އެގޮތުން އޭއައި ބޭނުންކޮށްގެން މީހުންގެ ފޮޓޯ ބަރަހަނާކުރެވޭ ގޮތް މަނާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. އަދި ކުޑަކުދިން ގެންގުޅޭ ޑިވައިސްތަކުން ބަރަހަނާ މަންޒަރުތައް ނުބެލޭނެ […]

ސްޕެއިންގައި ހައިސްޕީޑް ދެރޭލު ޖެހުމުގެ ސަބަބުން 40 މީހުން މަރުވެއްޖެ 

ސްޕެއިންގެ ދެކުނުގެ ހިސާބެއްގައި ހައިސްޕީޑް ދެރޭލު ޖެހި، ހިނގި ހާދިސާގައި މަދުވެގެން 40 މީހުން މަރުވެ އިތުރު އެތައް ބަޔަކަށް އަނިއްޔާތައް ލިބިއްޖެ ކަމަށް ޚަބަރު ލިބެއެވެ. އާދީއްތަދުވަހުގެރޭ ހިނގި މި ހާދިސާގައި މެޑްރިޑަށް ދަތުރުކުރި ރޭލެއް، ދަގަނޑު މަތިން ނައްޓާލުމާއި ގުޅިގެން ބައެއް ބައިތައް ޖެހިގެން އޮތް ރޭލުޓްރެކަށް ފުރޮޅާލާފައިވަނިކޮށް އިދިކޮޅުން އައި ރޭލެއް މި ބައިތަކުގައި ޖެހިފައިވާކަމަށް ވެއެވެ. ދެ ރޭލުގައި އެކު ޖުމްލަ 400 ފަސިންޖަރުންނާއި ކްރޫ ތިބިއިރު ،އިމަޖެންސީ ސަރވިސަސްގެ ފަރާތުން […]

ޕާކިސްތާނުގެ ޝޮޕިންގ މޯލްއެއްގައި ރޯވެ ހަ މީހުން މަރުވެއްޖެ

ޕާކިސްތާންގެ ކަރާޗީގެ ޝޮޕިންގ މޯލް އެއްގައި އަލިފާނުގެ ބޮޑުހާދިސާއެއް ހިނގުމުގެ ސަބަބުން ހަ މީހުން މަރުވެ އިތުރު ވިއްސަކަށް މީހުންނަށް އަނިޔާތައް ލިބިއްޖެއެވެ. ވަރަށް ބައިބޯ ވިޔަފާރި މަރުކަޒެއް ކަމަށްވާ ގުލްޕްލާޒާ ޝޮޕިންގ މޯލްގެ ގްރައުންޑް ފްލޯގެ ފިހާރައެއްގައި ހޮނިހިރު ދުވަހުގެރޭ ރޯވި އަލިފާން، އެތައް ފިހާރަޔަކަށް ވަނީ ފެތުރިގެން ގޮސްފައެވެ. އަދި އާދީއްތަ ދުވަހަށް އަލިވިލުނު އިރު ކޮންޓްރޯލް ކުރެވިފައިވަނީ އަލިފާން ގަނޑުގެ 30 އިންސައްތަކަމަށް އޮފިޝަލުން ހާމަ ކޮށްފައި ވެއެވެ. ސައުތު ޑެޕިއުޓީ އިންސްޕެކްޓަރ […]