ޝިޕިން އެޖެންޓުންނަށް ވެވޭނީ ޓްރާންސްޕޯޓުގައި ރެޖިސްޓްރީ ވެގެން

ރާއްޖޭގައި ޝިޕިން އެޖެންޓުންގެ ގޮތުގައި ވެވޭނީ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގައި ރެޖިސްޓްރީ ވެގެން ކަމަށް ބުނާ ގަވައިދެއް އެކުލަވާލައިފި އެވެ. ޓްރާންސްޕޯޓު އޮތޯރިޓީ އިން އެކުލަވާލާ އާންމު ކުރި ގަވައިދުގައި ބުނީ ރާއްޖޭގައި ޝިޕިން އޭޖެންސީގެ ހިދުމަތް ދެވޭނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަމަށް ކަމަށެވެ. ޝިޕިން އޭޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ، ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކުންފުނިތައް ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ. […]