ވޭމަންޑޫގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި

ތ. ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނޮވެންބަރު މަހުގެ ތެރޭގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ތ.ވޭމަންޑޫ ގައި ހުޅުވައިދެއްވާނެކަމަށް ވަނީ ވަޢުދުވެވަޑައިގެންފައެވެ. މިއަދު ތ. ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި އައުޓްރީޗް ސެންޓަރު ހުޅުވައިދެއްވީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ބެލެހެއްޓުމާ ހަވާލުވެހުރި، ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ. މިރަސްމިއްޔާތުގައި ތ އަތޮޅު ކައުންސިލްގެ ރައީސް އަބްދުالله ޝަރީފް […]