އިސްރާއީލު އުފަންވެގެން އައި ގޮތް ނަތަންޔާހޫއަށް އެނގެންޖެހޭނެ: ފަރަންސޭސި ރައީސް

ސުރުޚީއަކީ ފަރަންސޭސި ރައީސް މެކްރޯން ފަރަންސޭސި ރިޔާސީ ގަނޑުވަރުގައި ބޭއްވި ފަރަންސޭސި ވަޒީރުންގެ މަޖިލީހުގެ މިދިޔަ ހަފުތާގެ ސިއްރު ބައްދަލުކުރެއްވުމުގައި ވިދާޅުވެފައިވާ ބަސްފުޅެއްކަން ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް އެ މައުލޫމާތު އެނގޭ 2 އޮފިޝަލަކު އެސޯޝިއޭޓެޑް ޕްރެސްއަށް ވަނީ ކިޔާދީފައެވެ. އެ ބައްދަލު ކުރެއްވުމުގައި ދެކެވުނު ވާހަކަތަކަށް ބިނާކޮށް އެސޯޝިއޭޓެޑް ޕްރެސްއަށް އެ 2 އޮފިޝަލުން ކިޔާދީފައިވާ އިތުރު މައުލޫމާތުތަކުގެ ތެރޭގައި އިސްރާއީލު އުފަންކުރެވުނީ 1947 ގައި ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީގެ ގަރާރަކުން ފަލަސްތީނުގެ ބިމުގައި […]