ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް ގޮސް ތަހުގީގު ފަށައިފި
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ މިއަދު ފެނުނު ޒަކިއްޔާ މޫސާ50އ ގެ މަރާ ގުޅިގެން މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް ގޮސް އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ. އެނގިފައިވާ ގޮތުގައި ފުލުހުންގެ ޓީމު އެ ރަށަށް ގޮސްފައި ވަނީ ހަވީރުގެ ވަގުތެއްގައެވެ. އެގޮތުން ފުލުހުން މިހާރު ދަނީ ފޮރެންސިކް ހެކި އެއްކުރަމުންނެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އެ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. އޭނާ ފެނިފައި […]
ހުޅުމާލޭ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިއެވެ. ހުޅުމާލޭ ފޭސް 1 ގެ ޕޮލިސް ސްޓޭޝަންގެ ހުޅަނގު ފަރާތު ދޮރުގެ ލައިޓް ތަޅައިލި މީހަކު ރޭ 4:15 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ހ.ހެމަވަތި ޒައިދާން މުޙައްމަދު ޒާހިރެވެ. އޭނާއަކީ ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން އޭނާގެ ސައިކަލު ފުލުހުން ޓޯ ކުރުމުން ސައިކަލާ ހަވާލުވުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވި މީހެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި […]
ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހިއްސާކޮށް، މާލީ މަންފާ ހޯދަމުންގެންދާ ޓެލެގްރާމް ޗެނަލްތަކެއް ސީޒްކޮށްފި
ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހިއްސާކޮށް، މާލީ މަންފާ ހޯދަމުންގެންދާ ޓެލެގްރާމް ޗެނަލްތަކެއް ސީޒްކޮށްފިއެވެ. ފުލުހުން ބުނީ ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފައި ކަމަށެވެ. އެގޮތުން ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް […]
ޝާދިޔާއާއި ޑރ. ޝަޛުރާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟްގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާއާއި ޑރ. ޝަޛުރާ އިބްރާހިމްގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ. ސަޢޫދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމާ ގުޅިގެން މ.ބަޑިކުޅިމާގެ ޝާދިޔާ (47 އ) އާއި ގދ.ރަތަފަންދޫ ލިލީގެ ޑރ. ޝަޛުރާ އިބްރާހިމް (36އ) ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުން […]
ރާއްޖެ އަމާން ތަނަކަށް ހެދުމަށް ފުލުހުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ރައްޔިތުން ގަބޫލުކުރޭ: ސީޕީ
ދިވެހިރާއްޖެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ދިވެހި ފުލުހުން ރެޔާއި ދުވާލު ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ދިވެހި ރައްޔިތުން ގަބޫލުކުރާނެކަން ޔަގީންކުރައްވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ. ސީޕީ ޝުޖާއު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތް ދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމަށް އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ޖަލްސާގައެވެ. ސީޕީ ވިދާޅުވީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ރާއްޖެއަކީ އަމާން ރައްކާތެރި […]
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މެލޭޝިޔާ ދެ މީހަކު ހައްޔަރުކޮށްފި
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނަކާއި އުމުރުން 44 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީ މެލޭޝިޔާއަށް ނިސްބަތްވާ ދެ މީހުންނެވެ. މި ދެ މީހުންގެ މައްޗަށް ފުލުހުން ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހަށް ދެ މީހުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މި ދެ މީހުންގެތެރެއިން އެކަކަށް މެލޭޝިޔާ […]
ރޭ ފެނިގެންދިޔައީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ފުލުހުން ޖެހިލުން ނުވާނެ ކަމުގެ މިސާލެއް:ސީޕީ ޝުޖާޢު
ރޭ ހިނގި ރަހީނުކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންގެ ފަރާތުން ފެނިގެން ދިޔައީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެ ކަމުގެ މިސާލެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ. މިއަދު އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ މެނޭޖްމަންޓްގެ ބައެއް އޮފިސަރުންނާއި، ރޭގެ ހާދިސާގެ ކޮމާންޑަރުންނާއި، ހަރަކާތްތެރިވި ޓީމްތަކުގެ ލީޑަރުން އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުންނާ ސީޕީ ޝުޖާޢު ވަނީ […]
ޑރ. އިޔާޟްގެ އަނބިކަނބަލުންނާއި ޑރ. ޝަޛުރާ 3 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟްގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާއާއި ޑރ. ޝަޛުރާ އިބްރާހިމް 3 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. ސަޢޫދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމާ ގުޅިގެން މ.ބަޑިކުޅިމާގެ ޝާދިޔާ (47 އ) އާއި ގދ.ރަތަފަންދޫ ލިލީގެ ޑރ. ޝަޛުރާ އިބްރާހިމް (36އ) ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. މި […]
ޑރ. އިޔާޟްގެ އަނބިކަނބަލުންނާއި ޑރ. ޝަޛުރާ ހައްޔަރުކޮށްފި
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟްގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާއާއި އިތުރު އަންހެނަކު ހައްޔަރުކޮށްފިއެވެ. މިއަދު މެންދުރު 13:00 ހާއިރު ހައްޔަރުކުރީ މ.ބަޑިކުޅިމާގެ ޝާދިޔާ (47 އ) ގެ އިތުރުން ގދ.ރަތަފަންދޫ ލިލީގެ ޑރ. ޝަޛުރާ އިބްރާހިމް (36އ) އެވެ. މިކަން ހާމަކޮށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ދެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލެވުމާއި […]
ވާނުވާ އޮޅިއްޖެ
ބޭންކް އޮފް މޯލްޑިވްސްއާއި އިދިކޮޅު އެމްޑީޕީން ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ބަޣާވާތެއް ހިންގަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތުކުރާއިރު، ސަރުކާރުން މި މައްްސަލާގައި ދައްކާފައިވާ ވާހަކަތަކުން ކަމުގެ ވާނުވާ އޮޅިއްޖެއެވެ. ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން ނިންމައި އެކަން އިއުލާނުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. ނަމަވެސް ސަރުކާރުން ޕްރެޝަރުކޮށް އެ ނިންމުން ބަދަލުކުރި ފަހުން ކޮންގްރެސް ޕާޓީން ބުނީ ބޭންކާ ގުޅިގެން އިދިކޮޅު އެމްޑީޕީން ގެންނަން އުޅުނީ […]