ގެއްލިގެން ހޯދަމުންދިޔަ ސާއިފް ފެނިއްޖެ
ގެއްލިގެން ހޯދަމުންދިޔަ ހއ. ހޯރަފުށި/ ހީރާ، މުޙައްމަދު ސާއިފް 30އ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އޭނާ ގެއްލިގެން ހޯދަން އިއުލާނުކުރީ މިއަދު މެންދުރުއެވެ. އޭގެ ފަހުން މިރޭ އިރުއޮއްސުނުހާއިރު ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ އެ ޒުވާނާ މާލެއިން ފެނިފައިވާ ކަމަށެވެ. އަދި ހާލުވެސް ރަނގަޅު ކަމަށެވެ. ފުލުހުން މިއަދު މެންދުރު ކުރި ޕޯސްޓެއްގައި ބުނީ ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފުލެޓް 205-2-35 ޚަބަރެއްނުވެ […]
ސާއިފް ގެއްލިގެން ހޯދަން އިއުލާނުކޮށްފި
ޤައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފް ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފުލެޓް 205-2-35 ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓުކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންކުރަމުން އަންނަ ކަމަށެވެ. މުޙައްމަދު ސާއިފް އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެންބަރު 24 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު، ހުޅުމާލެ […]
ޑޯގް ސްކޮޑް ބޭނުންކޮށްގެން ވީއައިއޭގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް
ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކޮށްގެން ޚާއްސަ އޮޕަރޭޝަނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމް ސަރވިސް އަދި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން ޑޯގް ސްކޮޑް އެއާޕޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި އޮޕަރޭޝަނާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން […]
ހޯރަފުށީގައި ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ހއ.ހޯރަފުށީގައި ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި / ރަތްބަގީޗާގެ، އަޙްމަދު ޝީބާން (42އ) އެވެ. ުފުލުހުން ބުނީ އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 50.6 ގްރާމު […]
މާލޭގެ ގެއެއްގެތެރެއިން މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ފާހަގަކުރެވިފައެއް ނުވޭ
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ. މަރުވެފައި އޮތް މީހަކު ފެނިފައި ވަނީ މާލޭގެ މާފަންނު ގެއެއްގެ ތިންވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރެއިންނެވެ. މަރުވެފައި އޮއްވާ ފެނުނީ މ. ނަލަހިޔާ މަންޒިލް، އަހުމަދު ފަޔާޒް އެވެ. މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް […]
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކެރޭނެއް ފުރޮޅާލައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކެރޭނެއް ފުރޮޅާލައިފިއެވެ. ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ވިނަރެސް ފްލެޓްތަކާއި އެމްޕީއެލް ޓަވަރުތަކާއި ދޭތެރޭގައެވެ. ފުލުހުން ބުނީ ހުޅުމާޅެ ފޭސް ދޭއްްގައި ކެރޭނެއް ފުރޮޅާލައިގެން އުޅޭ ކަމުގެ ރިޕޯޓެއް މިއަދު ލިިބިފައިވާ ކަަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. ސޯޝަލް މީޑިއާގައި މި ހާދިސާގެ ފޮޓޯތައް މިހާރު އަންނަނީ ދައުރުވަމުންނެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާ […]
ދެ ހަފުތާވީއިރު ވެސް ތަސްލީމް ނުފެނޭ، ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިއްޖެ
ކ.ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފަސްގަނޑަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުޙައްމަދު ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މ.އަސަރީހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގެ 13:20 ހާއިރުއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ރިޕޯޓު ކުރުމާއެކު ތަސްލީމް ދަތުރު ގޮސް އުޅުނު ފަސްގަނޑު ބަލައި ފާސްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. […]
ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސައުތު ޕޮލިސް (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އޭޕްރީލް 14 ގައި ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 57 އަހަރުގެ ދިވެހި ފިރިހެނެއް […]
ކުޅުދުއްފުށި ސިޓީގެ ފަޅު ތެރެއިން ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ކުޅުދުއްފުށި ސިޓީގެ ފަޅު ތެރެއިން ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނީ ކުޅުދުއްފުށި ސިޓީ, ޑެއިޒީފެހި,މުހައްމަދު ހަސަން36އ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ކުޅުދުއްފުށި އުތުރު ފަރާތު ބަނދަރުގެ ފަޅުތެރެއިން މިއަދު ހެނދުނު ގާތްގަނޑަކަށް 8:15 ހާއިރުއެވެ. ފުލުހުން ބުނީ ކުޅުދުއްފުށި އުތުރު ބަނދަރު ފަޅު ތެރޭގައި މީހަކު ނިޔާވެފައި އޮތް ކަމަށް މިއަދު 8:17 ހާއިރު ފުލުހުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިގޮތުން އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ […]
ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފި
ނ. ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ 50އ މަރުވެފައި އޮއްވާ އިއްޔެ ފެނުނު މައްސަލަ އިތުރު ތަހުގީގު ކުރުމަށް އޭނާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. އޭނާ ފެނިފައި ވަނީ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި މަރުވެފައި އޮއްވައެވެ. އޭނާ މަރުވެފައި އޮތް އިރު ގައިގާ ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާއި އަދި ކައިރީގައި މަސްކަނޑާ ވަޅިއެއްވެސް އޮތް […]