ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އއ.ގަންގެހި ރިސޯޓް ބޭރަށް ސްނޯކްލިންގއަށް ގޮސް އުޅުނު ފަތުރުވެރިއެއް މަރުވެފައިވާކަމުގެ ރިޕޯޓު ލިބުނީ އިއްޔެ 11:22 ހާއިރު ކަމަށެވެ. ފުލުހުން ބުނީ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެ މީހާއަކީ ރަސްދޫ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ 27  އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. […]

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީމިއަދު ހެނދުނު ހުޅުމާލޭ ފޭސް 1 ގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިިބި 4 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، އެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ […]

ކަފިހި ހުރަހުން މަގު ހުރަސް ކުރަން އުޅުން ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް

މަޖީދީމަގުގައި މިއަދު މަގު ހުރަސް ކުރަން އުޅުނު ތިން އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން މިއަދު ބުނީ މަޖީދީމަގު،ވިލާ މާޓު ކައިރި ކަފިހި ހުރަހުން މަގު ހުރަސް ކުރަން އުޅުނު ތިން އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓް ވެފައިވާކަމަށް މިއަދު 03:40 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން މި ހާދިސާގައި އެ ކުއްޖާ ވެއްޓި ނިތްކުރިމަތި ދުޅަވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.އަދި އެ ކުއްޖާ ވަނީ […]

ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ރިޕޯޓު ލިބުނީ ރޭ 22:01 ހާއިރުު ކަމަށެވެ. ފުލުހުން ބުނީ އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ […]

ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ތަހުގީގުކުރަނީ

ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ސޯޝަލްމީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ފުލުހުން ބުނީ އާންމުވެފައިވާ ވީޑިއޯގައި ހިމެނޭ ލޯންޗުތަކަކީ މިދިޔަ އޮގަސްޓް 13 ވަނަ ދުވަހު އއ.އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރަމުންދާ […]

ތޭރަ ފުލުހަކު ތަމްރީނު ޕްރޮގްރާމް ތަކެއްގައި ބައިވެރިވާން ތުރުކީ، ސިންގަޕޫރު އަދި ޔޫއޭއީ އަށް ފުރައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ 13 ފުލުހަކު ބައިނަލްއަގުވާމީ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށް ތުރުކީ،ސިންގަޕޫރު އަދި ޔޫއޭއީއަށް ފުރައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މި 13 ފުލުހުން ސިންގަޕޫރު އަދި އެމިރޭޓްސްގައި އެ ޕްރޮގްރާމަކަށް ހޮވުނު ފުލުހުން ހާއްސަ ތަމްރީނުތަކެއް ފުރިހަމަ ކުރާނެ ކަމަށެވެ. އެގޮތުން ތުރުކީގެ ނޭޝަނަލް ޕޮލިސް އެކަޑަމީން އިންތިޒާމުކޮށްގެން ހިންގާ ދެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް 10 ފުލުހަކު ތުރުކީއަށް ވަނީ ފުރާފައެވެ. މި ފުލުހުން ބައިވެރިވާނީ އަންޑަރގްރެޖުއޭޓް އަދި މާސްޓާސް […]

މަރުވެފައި އޮތް ދިވެހި ފިރިހެނަކު ކަނޑުމަތިން އޮޔާދަނިކޮށް ފެނިއްޖެ

މަރުވެފައި އޮތް ދިވެހި ފިރިހެނަކު ކަނޑުމަތިން އޮޔާދަނިކޮށް ފެނިއްޖެއެވެ. އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ހ. ވެލަސްފަރުގެ އުމުރުން 62އ ގެ އިބްރާހިމް ޖައުހަރެވެ. ފުލުހުން ދެންމެ ބުނީ އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ކަނޑުމަތީގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހަވީރު 5:06 ހާއިރު ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. އެއީ ދިވެހި […]

އަހަރުގެ ފުރަތަމަ 8 މަހުގައި 282 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި 282 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖެނުއަރީން ފެށިގެން އޮގަސްޓުގެ ނިޔަލަށް މަސްތުވާތަކެއްޗާ ގުޅޭ 113 އޮޕަރޭޝަނެއް ހިންގާފައިވާއިރު، އެ އޮޕަރޭޝަންތަކުގައި 8،554 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަންތަކުގައި 712 މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އޮޕަރޭޝަންތަކުގައި 158.8 ކިލޯގެ މަސްތުވާތަކެއްޗާައި 5,252 ބަނގުރާ ފުޅި އަތުލައިގަނެފައިވާއިރު، އެ ތަކެތީގެ މަގުމަތީ އަގު […]

ފޭކް ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ

ބެންކު ޓްރާންސްފަރ ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާތީ، ސަމާލުވުމަށް ފުލުހުން މިއަދުއެދިއްޖެއެވެ. ފުލުހުން މިއަދު ބުނީ އޮޅުވާލައިގެން ބެންކު ޓްރާންސްފަރ ސްލިޕްތައް ފޮނުވާ ފަރާތްތަކުން ވަކި ޚާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްހަ ނޫން ޓްރާންސްފަރ ސްލިޕް އުފައްދާކަން ފާހަގަކުރެވެމުންދާ ކަމަށެވެ. އަދި ޚާއްސަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން މިފަދަ ސްލިޕްތައް ފޮނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ […]

ސައްހަ ނޫން ބަޔާން ދައުރުކުރި މައްސަލައިގައި ޠައްޔިބު ފުލުހަށް ހާޒިރުކޮށްފި

ފުލުހުންގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރުކުރި މައްސަލާގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ޝަހީމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ޠައްޔިބު އެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އޭނާ ހާޒިރުކޮށް ސުވާލުކުރީ ކޮން ދުވަހަކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 12 ވަނަ ދުވަހު ވަނީ ޠައްޔިބު ފޯނާއި އިލެކްޓްރޯނިކްސް ބައެއް ސާމާނު ހިފަހައްޓާފައެވެ. އޭގެތެރޭގައި ލެޕްޓޮޕަކާއި […]