ސީޕީ ކަޕް ފުޓްސަލް މުބާރާތް ފަށައިފި

ކޮންމެ އަހަރަކު ބާއްވާ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ)ގެ ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްސަލް މުބާރާތް ފަށައިފިއެވެ. މިއީ ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. އެ މުބާރާތް ރޭ ފަށާފައި ވަނީ ރެހެންދި ފުޓްސަލް ދަނޑުގައެވެ. އެ މުބާރާތަކީ ފުލުހުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކޮށް ކުޅިވަރުގެ ތެރެއިން ފުޓްސަލް ކުޅުމަށް ޝައުގުވެރިވާ ފުލުހުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ފުލުހުންގެ މެދުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކުރުމަށް ބާއްވާ މުބާރާތެކެވެ. އެގޮތުން އެއީ މުވައްޒަފުންނަށް […]

ޖެމްކިއުއަކީ ޤާނޫނާ ޚިލާފަށް ހިންގާ ސްކީމެއް، ފިޔަވަޅު އަޅާނަން

ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ މުޢާމަލާތަކީ ޤާނޫނާ ޚިލާފަށް ހިންގާ މަކަރުވެރި ސްކީމެއްކަމަށް، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފިއެވެ. ޤާނޫނު ނަންބަރު 02/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީއާ ބެހޭ ޤާނޫނު)ގެ ދަށުން އެކުލަވާލާފައިވާ ”އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ޤަވާޢިދު“ގައި ވާގޮތުން މިފަދަ ސްކީމްތައް ހިންގަންވާނީ ސީއެމްޑީއޭގައި ރަޖިސްޓްރީކޮށް ހުއްދަ ނަގައިގެންނެވެ. ނަމަވެސް މި ބަޔާނުގައި ބުނެފައިވާގޮތުގައި، ޖެމްކިއު ސްކީމަކީ ރަޖިސްޓްރީކޮށްގެން ހިންގާ ސްކީމެއް ނޫނެވެ. އަދި […]

ވަގަށް ނަގާފައިވާ ސައިކަލަކާއި އިތުރު ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ސައިކަލަކާއި އިތުރު އެހެން ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39 އ)އެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކުރީ، މި ޖޫން މަހުގެ 13ވަނަ ދުވަހު މާލެތެރޭގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ހުއްޓުވައި ބެލިބެލުމުގައި، އޭނާ އަރައި އިން ސައިކަލަކީ ވަގަށް ނަގާފައިވާ އެއްޗެއްކަން އެނގުމުން ކަމަށެވެ. އަދި އޭނާ ބަލައިފާސްކުރިއިރު ވަގަށްނަގާފައިވާ ފޯނުތަކެއް ފެނިފައިވާކަމަށާއި، މި ފޯނުތަކަކީ […]

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒުވާން އަންހެނަކު ހޯދަނީ

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒުވާން އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. މި މައްސަލައިގައި ހޯދަން އިއުލާނުކޮށްފައި ވަނީ ހދ. މަކުނުދޫ / ލުބޯގަސްދޮށުގެ، ޢާއިޝަތު މަލީހާ (22އ) އެވެ. ފުލުހުން މިއަދު ބުނީ އެ އިދާރާގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ. މިގޮތުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން […]

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ، ފަރުވާދިނުމަށް މިއަދު ހެނދުނު މައްޗަންގޮޅީ ގެއަކުން މީހަކު އައިޖީއެމްއެޗަށް ގެންދިޔަކަމަށާއި، ނަމަވެސް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައިކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވާން ފުލުހުން އެދިއްޖެ

Maldives Dhivehi News

އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އެދިއްޖެއެވެ. އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވުމަށް އެދި އެންޓި ސްކޭމް ސެންޓަރުން މިއަދު ބުނީ މިފަދަ ސްކޭމްތަކުގައި ހިމެނެނީ އާދަޔާ ޚިލާފް ބޮޑެތި ފައިދާ ލިބޭނެ ކަމަށް ބުނެ ހިންގާ އަސްލެއް ނެތް ސްކީމްތަކެއް ކަމަށެވެ. އެގޮތުން ހަމައެކަނި CMDA ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއެކު މުޢާމަލާތްކުރުމަށާއި އިންވެސްޓްމަންޓް ޕްލެޓް ފޯމްތައް ވެރިފައި ކުރުމަށްވެސް އެންޓި ސްކޭމް ސްނެޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެ ސެންޓަރުން ވަނީ މިފަދަ […]

ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ނަވީން އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކްޓިންގ ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި އިސްމާޢީލް ނަވީން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މިއަދު އައްޔަންކުރައްވައިފިއެވެ. މި މަޤާމަށް ކުރިމަތިލެއްވުމުގެ މުއްދަތު ނިމުނު ހަފުތާގެ ހޯމަ ދުވަހަށް ހަމަވިއިރު، މަޤާމަށް ކުރިމަތިލައްވާފައިވަނީ އެ އިދާރާ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާޢީލް ނަވީންއާއި، ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާއި، އަދި އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝަމީމެވެ. މި ތިން ބޭފުޅުންގެވެސް ޝަރުޠު ހަމަވާކަމަށް ޕޮލިސް ބޯޑުން ލަފާއެރުވުން، ނަވީން […]

ރައުދުއަށް ދަޢުވާކޮށްފި – ހުކުމުގެ މުއްދަތަކީ އެއް މަހާއި ހަ ދުވަސް

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޙައްވާ ޔުމްނު ވެއްޓުނު މައްސަލާގައި ރައުދު އަޙްމަދު ޛިލާލުގެ މައްޗަށް ދަޢުވާކޮށްފިއެވެ. ރައުދުގެ މައްޗަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ މި ޖޫން މަހުގެ 4 ވަނަ ދުވަހުއެވެެ. އޭނާގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް، އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދަޢުވާއެވެ. އޭގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުން ކަމަށްވާއިރު، ރައުދު […]

ލ. ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލ. ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ، އެކްސިޑެންޓު ހިނގާފައިވަނީ ރޭ 7.00ހާއިރު ލިންކު ރޯޑުން ދެކުނަށް ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. މި ހާދިސާގައި، ސައިކަލުގައި ތިބި 44 އަހަރުގެ ދެ މީހުންގެ ފައިގެ ދެ ތަނަކުން ބިނދި އަދި ބޯ ފަޅައިގެން ގޮސްފައިވާއިރު، ކާރު ދުއްވަންއިން 62 އަހަރުގެ މީހާއަށް އަނިޔާއެއް ވެފައި ނުވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުހުން ބުނީ، މި […]

މަރުވެފައި އޮތް މީހަކު ހޮސްޕިޓަލަށް ލާފައި ބަޔަކު ދިޔަ މައްސަލައެއް ބަލަން ފަށައިިފި

މަރުވެފައި އޮތް މީހަކު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ލާފައި ބަޔަކު ދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ އެ މީހާ ގެނައިއިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 6.00 ހާއިރު ކަމަށާއި، ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިވަނީ ހެނދުނު 8:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.