ކުޑަކުދިންނަށް ޖިންސީގޯނާ ކޮށްފައިވާ މީހުންގެ މަޢުލޫމާތު އިންޓަރޕޯލް ޤައުމުތަކަށް ދެނީ

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީގޯނާ ކޮށްފައިވާ މީހުންގެ ތެރޭން ހުކުން ތަންފީޒުކޮށް ނިމިފައިވާ މީހުންގެ މަޢުލޫމާތު އިންޓަރޕޯލުގެ ޤައުމުތަކަށް ލިބޭގޮތަށް ގްރީން ނޯޓިސް ނެރެން ފަށައިފި ކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ، ގާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނު)ގެ 57 ވަނަ މާއްދާގެ ދަށުން، ”ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު“ އާންމުކޮށްފައި ވާކަމަށެވެ. މި ދަފްތަރުގައި ހިމެނޭ މީހުންގެ ތެރޭން، ހުކުން ތަންފީޒުކޮށް، މުޖުތަމަޢަށް […]
ބޮޑުތަކުރުފާނުމަގުގައި ގަވައިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވކުރަނީ

ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް، ބޮޑުތަކުރުފާނުމަގުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުަރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް އުޅަނދުތައް ޕާކުކުރަމުންދާތީ އެކަން ހުއްޓުވައި، ދަތުރުފަތުރަށް ފަސޭހަވާނެގޮތަށް މަގުތައް ތަރުތީބުކުރުމުގެ ގޮތުން އެ ޚިދުމަތުން ކުރާ ކަމެއް ކަމަށެވެ. އަދި މިގޮތަށް ޓޯވކުރެވޭ އުޅަނދު ދުއްވި ފަރާތާމެދު ފިޔަވަޅުއަޅާނެ ކަމަށާއި، އެ އުޅަނދު އަނބުރައި ލިބޭނީ 48 […]
ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ

މާލޭން ގެއްލިގެން ހޯދަމުންދިޔަ ޒުވާން އަންހެންކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން މަޢުލޫމާތުދީފިއެވެ. ފުލުހުން ބުނީ، އޭނާ ފެނިފައިވަނީ މާލޭން ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖޫން 17ވަނަ ދުވަހުގެ މެންދުރުފަހު 1:00 ހާއިރު ކަމަށާއި، އެ ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ، ޢާއިލާއިން މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖޫން 16ވަނަ ދުވަހުގެ ރޭ ގޭން ނުކުތް ފަހުން އޭނާގެ ޚަބަރެއް […]
މާލެއިން 18 އަހަރުގެ ޒުވާން އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން 18 އަހަރުގެ ޒުވާން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، 18 އަހަރުގެ އަންހެނަކު ގެއްލިފައިވާ މައްސަލައެއް މިއަދު 13:00 ހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ފުލުހުން ބުނީ އޭނާ ހޯދަނީ ރޭ ގެއިން ނިކުތް ގޮތަށް ޚަބަރެއް ވެފައިނުވާތީ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ކަމަށެވެ. މީގެ އިތުރުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. […]
ކޮނޑޭގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ގއ. ކޮނޑޭއަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ ރަށަކަށްވުމާއެކު އެ ރަށުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލް މެމްބަރުންނާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. އެ ބައްދަލުވުން ބާއްވާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު ޝަހީދު ޙުސައިން އާދަމް ބިލްޑިންނގގައެވެ. ފުލުހުން މިއަދު ބުނީ އެ ބައްދަލުކުރެއްވުމުގައި ކޮނޑޭގައި މީހުން ދިރިއުޅެންފެށިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ހަމަޖެހިފައިވާތީ އެކަމާގުޅޭ މަޝްވަރާތައްވެސް ކުރައްވާފައިވާ ކަމަށެވެ. […]
މަސްތުވާތަކެތި ހުއްޓުވޭނީ ކަމާބެހޭ މުއައްސަސާތައް ގުޅިގެންކަމަށް ސީޕީ ވިދާޅުވެއްޖެ

މަސްތުވާތަކެތީގެ މައްސަލަ ހުއްޓުވޭނީ އެކަމަށްޓަކައި ހެދިފައިހުރި ހުރިހާ މުއައްސަސާއެއް ގުޅިގެން އެއް ލަނޑުދަނޑިއަކަށް މަސައްކަތްކޮށްގެން ކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. ނަވީން ވިދާޅުވީ، މިކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. މި ގޮތުން، އެމީހުންނަށް ދޭންޖެހޭ ފަރުވާ ދިނުމާއި، އެ ތަކެއްޗަށް އޮންނަ ޑިމާންޑް މަދުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށާއި، އެއްވެސް ގޮތަކަށް ޑިމާންޑް އޮންނަ ކަމަށްވާނަމަ އެކަން […]
ޔޯގާ ދުވަހުގެ މައްސަލާގައި ހިމެނޭ ބައެއް ފަރާތްތަކަށް ދަޢުވާ ނުކުރަން ނިންމައިފި

21 ޖޫން 2022ވަނަ ދުވަހު ގަލޮޅު ބޯޅަދަނޑުގައި ފާހަގަކުރި ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތްތަކަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި ހިމެނޭ ބައެއް ފަރާތްތަކަށް ދަޢުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ. މިކަން ހާމަކޮށް، އެ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ކަމުގައި ހިމެނޭ ބައެއް ފަރާތްތަކުން ދަޢުވާ މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހަޅާފައި ވާކަމަށެވެ. މި ދަޢުވާ މުރާޖަޢާ ކުރުމަށްފަހު އެ އޮފީހުން ނިންމާފައިވަނީ، ޔޯގާ ހަރަކާތުގެ ބައިވެރިންނަށް ސީދާ ހަމަލަދީ […]
މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި / ފުނަމާގެ، މުޙައްމަދު ޢާލިމް (22އ) އެވެ. ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ 00:41 އެހާކަންހާއިރު ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 7 ގެ ގްރައުންޑް ފްލޯ ޕާކިންގ ޒޯނުން ކަމަށެވެ. އޭނާ ހައްޔަރު ކުރީ ޕާކިން ޒޯނަށް ސައިކަލެއްގައި ވަދެ ފުލުހުން ފެނުމުން އަވަސް އަވަހަށް ސައިކަލް ޕާކްކޮށްފައި […]
މަސްތުވާތަކެތީގެ މައްސަލައެއްގައި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. އިނގުރައިދޫން 62 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަމްބަރު 2689، ޢަލީ ޝަރީފެވެ. ފުލުހުން ބުނީ، ރ. އިނގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ، ޑްރަގް ގެންގުޅެ، އެތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، ޑްރަގް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 4 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް […]
ސީޕީ ކަޕް ފުޓްސަލް މުބާރާތް ފަށައިފި

ކޮންމެ އަހަރަކު ބާއްވާ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ)ގެ ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްސަލް މުބާރާތް ފަށައިފިއެވެ. މިއީ ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. އެ މުބާރާތް ރޭ ފަށާފައި ވަނީ ރެހެންދި ފުޓްސަލް ދަނޑުގައެވެ. އެ މުބާރާތަކީ ފުލުހުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކޮށް ކުޅިވަރުގެ ތެރެއިން ފުޓްސަލް ކުޅުމަށް ޝައުގުވެރިވާ ފުލުހުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ފުލުހުންގެ މެދުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކުރުމަށް ބާއްވާ މުބާރާތެކެވެ. އެގޮތުން އެއީ މުވައްޒަފުންނަށް […]