ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރކުރުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރި ކަމުގެ ތުހުމަތުގައި ފުވައްމުލައް ސިޓީއިން ބަޔަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުވައްމުލައް ސިޓީގައި 2024 ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން ”އޮޕަރޭޝަން ވެށި ރައްކަލް“ ގެ ނަމުގައި ފުލުހުން ދަނީ ޚާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ހިންގަމުންނެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 4,048 ހޮޓްސްޕޮޓް ބަލައި ފާސްކޮށް، 1,147 މީހުން ހުއްޓުވައި ސުވާލުކޮށް ބަލައި ފާސްކޮށް، 58 […]