މާފުށީ ޖަލުގައި ދަންޖެހުނު ޢަބްދުލްޣަނީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު އާއިލާއާ ހަވާލުކޮށްފި

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ދަންޖެހިގެން މަރުވި ގ.އެއްތެޔޮމާގޭ ޢަބްދުލްޣަނީ އިސްމާޢީލްގެހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ. ޢަބްދުލްޣަނީ އިސްމާޢީލް (62 އ) މަރުވީ މިދިޔަ ސެޕްޓެމްބަރު 24 ގައެވެ. ގޮޅީގައި ދަންޖެހިފައި ހުއްޓާ އޭނާ ފެނުނީ އެ ދުވަހުގެ ހެނދުނު 6:52 ގައެވެ. އެގޮތުން ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރު، އެ ދުވަހުގެ 7:21 ގައި އޭނާ ނިޔާވެފައިވާކަމަށް ޑޮކްޓަރު ވަނީ ކަނޑައަޅާފައެވެ. ޢަބްދުލްޣަނީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް […]