އަދީބުގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާ ކޮށްފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމާއެކު މިނިވަންވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ މިރޭ ކަމަށެވެ. ފުލުހުން ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ޖިނާއީކުށްތަކާއި ގުޅޭގޮތުން ކްރިމަނަލް ކޯޓުގައި އުފުލިފައިވާ ދައުވާތައް މިއަދު ބާތިލުކުރުމުން އެމައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރުމަށްޓަކައި އެމައްސަލައިގައި ހިމެނޭ ކުރީގެ ނައިބު ރައީސް […]