ރަހަފަތް: ސްޓްރޯބެރީ ފަލޫދާ

ބޭނުންވާ ތަކެތި1 ލީޓަރު ސްޓްރޯބެރީ ފްލޭވަރ ކިރު1 ޖޯޑު ކޮށާފައި ހުރި ޖެލީ (2 ކުލައެއްގެ ޖެލީ ހިމެނޭހެން)2 މޭޒުމަތީ ސަމުސާ ޗިއާ ސީޑްދޮންކެޔޮވަކެއް ތުނިކޮށް ފޮތިކޮށްފައިމޭބިސްކަދުރު ފަޅިކޮށްފައިވެނީލާ އައިސްކްރީމް ތައްޔާރުކުރާނެ ގޮތް:ޗިއާ ސީޑް 2 ޖޯޑު ހޫނު ފެނަށް އަޅާފައި ގަޑިއެއްހާއިރު ބަހައްޓާށެވެ.އެއަށްފަހު ކިރު އެތީގެ ތެރެއަށް ކޮށާފައި ހުރި ތަކެތި އަޅައި އެއްކޮށްލުމަށްފަހު ޗިއާ ސީޑް ކޮޅު އަޅާފައި އައިސްއަލަމާރިއަށް ލައި ފިނިކުރާށެވެ.ބޯންވީމާ ތައްޓަށް އެޅުމަށްފަހު މައްޗަށް އައިސްކްރީމް އަޅާލާށެވެ. ނޯޓް: ޗިއާ ސީޑުގެ […]
ރަހަފަތް: ލަންޗަން މީޓް އާލިއޯ އޮލިއޯ

1 ޖޯޑު ލަންޗަން މީޓް (ތުނިކޮށް، ކުދިކޮށް ކޮށާފައި) 7-8 ލޮނުމެދު (ތުނިކޮށް ކޮށާފައި)ހިކިމިރުސް (ބުރިކޮށްފައި) 1 ޕެކެޓް ޕާސްތާ ޒައިތޫނި ތެޔޮޕާސްތާ ޕެކެޓުގައި ބުނެފައި އޮތް ގޮތަށް ޕާސްތާ ކައްކާލުމަށްފަހު ފުރާނާލާށެވެ. އަދި އޭގެ ތެރެއަށް 1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ތަވައަށް 2 މޭޒުމަތީ ސަމުސާ ޒައިތޫނިތެޔޮ އަޅާފައި ލޮނުމެދާއި ހިކިމިރުސް ކުޑަކޮށް ތެއްލާލާށެވެ. ލޮނުމެދުތަކަށް މުށިކުލަ އަރަންފެށުމުން ތެޔޮގަނޑުން ނަގައި ޕާސްތާގެ މައްޗަށް އަޅާލާށެވެ. ތަވާގައި ބާކީ […]
ކިއުކަންބާ ކިރުގަރުދިޔަ

ބޭނުންވާ ތަކެތި:1 ކިއުކަންބާ1 ފިޔާ2 ތޮޅިމިރުސް3 ލޮނުމެދު1/2 އިންޗި ހުންނަހާ އިނގުރުކޮޅެއް1 ހިކަނދިފަތް6 އިންޗި ހުންނަހާ ރާނބާފަތްކޮޅެއް1/2 ޖޯޑު ކާށިކިރުލޮނުވަޅޯމަސް (ބޭނުންނަމަ) ތައްޔާރުކުރާނެ ގޮތް:ކިއުކަންބާގެ އޮށްތައް ނަގާފައި 1 އިންޗި ވަރުގެ ގޮޅިއަށް ކޮށާލާށެވެ. ބޭނުންނަމަ މަށާވެސް ލެވިފާނެއެވެ.ފިޔާ، ލޮނުމެދު ތުނިކޮށް ކޮށާލާށެވެ.މިރުސް ދެ ފަޅިއަށް ފަޅާލާފައި، އިނގުރުކޮޅު ތުނިކޮށް ކޮށާލާށެވެ.ކޮށާފައި ހުރި ސާމާނު، ހިކަނދިފަތް، ރާނބާފަތް، ލޮނު، ރީނދޫ، (ބޭނުންނަމަ މަސް) އަޅާފައި 1 ޖޯޑު ފެން އަޅައިގެން ކައްކާލާށެވެ.ކިއުކަންބާ މަޑުވުމުން ކާށިކިރުފޮދު އަޅާފައި އުނދުން […]
ހަވާދުލީ އަލުވި

ބޭނުންވާ ތަކެތި:1 ކިލޯ އަލުވި2 ފިޔާ (މެދު ސައިޒުގެ)2 ހިކިމިރުސް1/4 ސައިސަމުސާ ރީނދޫ1/4 ސައިސަމުސާ މުގުރި އަސޭމިރުސް1/4 ސައިސަމުސާ ލޮނުމިރުސް ހަވާދުލޮނު ތައްޔާރުކުރާނެ ގޮތް:ރިހަޔަށް ކޮށާގޮތަށް އަލުވި ކޮށާފައި ލޮނުކޮޅެއް ލައިގެން ފެނުކައްކާލާށެވެ. އަލުވިތައް މަޑުވުމުން ބާލާފައި ފެން ފުރާނާލާށެވެ.ފިޔާ ތުނިކޮށް ކޮށާފައި، ހިކިމިރުސް ބޮޑެތިކޮށް ބުރިކޮށްލާށެވެ.ލޮނާއި ރީނދޫ އަޅައިގެން ތެޔޮފޮދެއްގައި ފިޔާ މީރުކޮށްލާށެވެ.އެއަށްފަހު ލޮނުމިރުސް ހަވާދު، އަސޭމިރުސް، އަޅައި އެއްކޮށްލާފައި އަލުވިކޮޅު އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. މި ގޮތަށް ފަސްވަރަކަށް މިނިޓު ވަންދެން އެއްކުރަމުން ކައްކާލާފައި […]
ކުކުޅު ރިހަ

ބޭނުންވާ ތަކެތި:1 ކިލޯގެ ކުކުޅެއް1 ތަށި ޕްލެއިން ޔޯގަޓް1/2 ސައިސަމުސާ ރީނދޫ1/2 ސައިސަމުސާ މުގުރި މިރުސް1 ސައިސަމުސާ ލޮނު1 ލޮނުމެދު (ގާނާލާފައި)1 އިންޗި އިނގުރު (ގާނާފައި)2 ލޮނުމެދު (ކޮށާފައި)2 ހިކަނދިފަތްބޮޑު ފިޔައެއް (ތުނިކޮށް ކޮށާފައި)2 އަލުވި (ރިހަޔަށް ކޮށާފައި)2 މޭޒުމަތީސަމުސާ ކުކުޅު ހަވާދު1 ޖޯޑު ފެން ތައްޔާރުކުރާނެ ގޮތް:ކުކުޅު ސާފުކޮށްލާފައި ބޭނުންވާ ބޮޑުމިނަކަށް ކޮށާލާށެވެ.އެއަށްފަހު ވަކިން ތައްޓަކަށް ޔޯގަޓް، ރީނދޫ، އިނގުރު، ލޮނުމެދު، މުގުރި މިރުސް، ލޮނު، އަދި 1 މޭޒުމަތީސަމުސާ ކުކުޅު ހަވާދު އަޅައި ކުކުޅުތަކުގައި […]
އޯރިއޯ ޕުޑިންގ

1 ޕެކެޓް އޯރިއޯ1/2 ޖޯޑު ދިޔާ ކިރު އޯރިއޯގެ ކްރީމްތައް ނަގާފައި ވަކިން ބަހައްޓާށެވެ.އެއަށްފަހު ބިސްކޯދުތައް މުގުރާލާށެވެ.މުގުރާފައި ހުރި ބިސްކޯދުގެ ތެރެއަށް ކިރުފޮދު އަޅައިގެން މޮޑެލާށެވެ.އެއަށްފަހު ކުޑަ ތަބަކެއްގައި ފަތުރާލާފައި އާވިން ކައްކާލާށެވެ.ޕުޑިންގ ހިހޫވުމުން ކްރީމްކޮޅު އޭގެމަތީގައި ހާކާލާށެވެ.ބޭނުންނަމަ ދޮންކެޔޮ ފޮތިކޮށްފައިވެސް އަތުރާލެވިފާނެއެވެ. ނޯޓް: މިއީ ދެ މީހުންނަށް ފުދޭވަރުގެ ޕުޑިންގެކެވެ.ގިނަ މީހުންނަށް ތައްޔާރުކޮށްލާނަމަ ބޭނުންވާ ސާމާނު އިތުރުކޮށްލުމުން ރަނގަޅުވާނެއެވެ.
ރަަހަފަތް: މުގު ސުރުވާ

ބޭނުންވާ ތަކެތި:1/2 ޖޯޑު މުގު1/2 ސަނާމުގު (ދަޅުގައި ބަންދުކުރި)ފިޔާ ފަޅިއެއް1 ލޮނުމެދު1 ހިކަނދިފަތް1/2 ޖޯޑު އަލުވި (ކުދިގޮޅިއަށް ކޮށާފައި)1/2 ސައިސަމުސާ އަސޭމިރުސް1/2 ސައިސަމުސާ ލޮނު1 ސައިސަމުސާ ލުނބޯހުތް1/2 ޖޯޑު ކާށި ބޯކިރު ނުވަތަ ކުކިންގ ކްރީމް1 މޭޒުމަތީސަމުސާ ކޮށާފައިހުރި ކޮތަނބިރިފަތް (ބޭނުންނަމަ) ތައްޔާރުކުރާނެ ގޮތް:މުގާއި ސަނާމުގު އަދި އަލުވި 1 ޖޯޑު ފެނުގައި ކައްކާލާށެވެ. ކައްކާނީ ލޮނު އަޅައިގެންނެވެ.ފިޔައާއި ލޮނުމެދު ކުދިކޮށް ކޮށާލުމާށްފަހު އޭގެތެރެއަށް އަޅާލާށެވެ.ހުރިހާ އެއްޗެއް މަޑުވުމުން ހިކަނދިފަތާއި އަސޭމިރުސްކޮޅު އަޅާލާށެވެ. އެއަށްފަހު އުނދުން ނިވާލާފައި […]
ރަހަފަތް: ޒުވާރިފުށު ކިރުބޯކިބާ

ބޭނުންވާ ތަކެތި:1 ޖޯޑު ޒުވާރިފުށް (ކޯންފްލާރ)7 ޖޯޑު ފެން4 އިންޗީގެ 3 ރާނބާފަތްބުރި3/2 ޖޯޑު ހަކުރު2 ޖޯޑު ކާށިހުނި1 މޭޒުމަތީސަމުސާ ފިނިފެން (ރޯސްވޯޓަރ)1 ސައިސަމުސާ މުގުރި ފޮނިތޮށި ތައްޔާރުކުރާނެ ގޮތް:7 ޖޯޑު ފެނަށް ރާނބާފަތް އަޅައިގެން ކައްކާލާށެވެ. ރާނބާފަތުގެ ކުލަ މުށިކުލައަކަށް އެރުމުން އުނދުންމަތިން ބާލައި ހިހޫކޮށްލަން ބަހައްޓާށެވެ. ހުނީގެތެރެއަށް އެއިން 1 ޖޯޑު ފެން އެޅުމަށްފަހު ހިމުންވަންދެން މިކްސަރުން ގިރާލާށެވެ. ހިމުން ފުރޭންޏަކުން ހުނިތައް ފުރާނާލައި ފެލާލާށެވެ. ރާނބާފަތްތައް ނެގުމަށްފަހު ކާށިކިރުގެ ތެރެއަށް ރާނބާފަތު ފެންފޮދާއި […]
ރަހަފަތް: ކުކުޅު ހިކިރިހަ

ބޭނުންވާ ތަކެތި:1 ކިލޯ ކުކުޅުފައި1 ޕްލެއިން ޔޯގަޓް2 މޭޒުމަތީސަމުސާ ކުކުޅުހަވާދު1 ސައިސަމުސާ ލޮނުމިރުސްހަވާދު2/1 ސައިސަމުސާ ރީނދޫބޮޑު ފިޔައެއް4 ލޮނުމެދު1 އިންޗީގެ އިނގުރުކޮޅެއް2 ހިކަނދިފަތް2/1 ސައިސަމުސާ މުގުރި އަސޭމިރުސް1 ސައިސަމުސާ ލޮނު1 މޭޒުމަތީސަމުސާ ތެޔޮ ތައްޔާރުކުރާނެ ގޮތް:ކޮންމެ ކުކުޅުފައެއްގެ ދެފަރާތުގައި ޅިޔަ އަޅާށެވެ. 1 ލޮނުމެދާއި 2/1 އިންޗީގެ އިނގުރު ގާނާލާށެވެ. އޭގެތެރެއަށް ކުޑަ ލޮނުކޮޅެއް، މުގުރި އަސޭމިރުސް އަޅައި އެއްކޮށްލާފައި ކުކުޅުފައިތަކުގައި ހާކާލާށެވެ. އެއަށްފަހު ކެއްކުމުގެ ކުރިން މަދުވެގެން 30 މިނިޓުވަންދެން މަތިޖަހާފައި ކުކުޅުފައިތައް ބަހައްޓާލަންވާނެއެވެ.ފިޔާ ތުނިކޮށް […]
ރަހަފަތް: ޕޮޓޭޓޯ ލަޒަނިޔާ

ބޭނުންވާ ތަކެތި:2 އަލުވި (ބޮޑު)1 ދަޅު މަސް1 ފިޔާ6 ލޮނުމެދު4/1 ގިތެޔޮމިރުސް1 ހިކަނދިފަތް2 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް1 ސައިސަމުސާ ޗިލީ ސޯސް2 ސައިސަމުސާ ލޮނު1 ސައިސަމުސާ ވިނެގާރގާނާފައިހުރި ޗީޒް ނުވަތަ 6 ޗީޒް ސްލައިސް1 ސައިސަމުސާ ފުށް3/1 ޖޯޑު ކިރު1 ސައިސަމުސާ އަސޭމިރުސް1 ސައިސަމުސާ ބަޓަރު2 ސައިސަމުސާ ތެޔޮ ތައްޔާރުކުރާނެ ގޮތް:އަލުވިތައް ތުނިތުނިކޮށް ވަށްފޮއްޗަށް ކޮށާލާށެވެ. އެއަށްފަހު އަލުވިތަކުގެ މައްޗަށް ކިރިޔާ ހުންނަވަރަށް ފެން އަޅާފައި 2/1 ސަމުސާ ލޮނު އަޅައިގެން ކައްކާލާށެވެ. ކައްކާނީ އަލުވިތައް ޗަސްނުވާވަރަށެވެ.ފިޔައާއި […]