ޑޮލަރު މާރުކުރަންޖެހޭ ޕްރޮގްރާމްގެ ދަށުން އެއްމަސްތެރޭގައި 25 މިލިއަން ޑޮލަރު ބޭންކިންގ ނިޒާމަށް
ދިވެހިރާއްޖޭގައި ދިގު މުއްދަތެއް ވަންދެން ދެމިގެންދިޔަ ޑޮލަރު ލިބުން ދަތިކަމަށް ނިމުން އަންނާނެ ކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. ސަރުކާރުގެ ބޭރު ފައިސާގެ އިސްލާހީ ޕްރޮގްރާމްގެ ދަށުން އެންމެ މަހެއްގެ ތެރޭގައި 25 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް ބޭންކުތަކަށް ބަދަލުކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. އެތައް އަހަރެއް ވަންދެން، ދިވެހި ރައްޔިތުން ވަނީ ޑޮލަރުގެ ބޮޑު ދަތިކަމަކާ ކުރިމަތިލާންޖެހި، ގިނަ ބަޔަކު ބްލެކް މާކެޓުން ބޮޑު އަގުގައި ޑޮލަރު ގަންނަން […]
އުކުޅަހަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ
އއ.އުކުޅަހަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ދެންމެ ބުނީ އއ. އުކުޅަސް އަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެފައިވާކަމަށެވެ. އަދި އޭނާ މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 17:20 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ މި ގެނބިގެން މަރުވެފައި ވަނީ އުޒްބަކިސްތާނަށް ނިސްބަތްވާ އުމުރުން 72 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިހެން ވާނެކަން ވިސްނާލަން ވެސް ނުއެނގުނެވެ. މިދިޔައީ ވަރަށް ދެރަކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ރައީސްކަމަށް ހޮވުނު ދުވަހު އަހުރެން އުފަލުން ރޮވުނެވެ. ޝުކުރުގެ ސަޖިދައެއް ކުރީމެވެ. ހެޔޮ އިޙްސާންތެރި ވެރިއަކަށްވާނެ ކަމަށް އުއްމީދުކޮށް އޭނާ ހޮވުމަށް ކުރި މަސައްކަތް ކާމިޔާބުވި ކަމަށްޓަކައެވެ. ނަމަވެސް މިއަދު ތަފާތެވެ.މިއަދު ރޮވެނީ، އޭނާ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީއެވެ. ދަންނަ މީހުންނާއި ނުދަންނަ އެތައްބަޔަކު އެކަމާ ހިތާމަ އެބަ ކުރެއެވެ.މިހާ އަވަހަށް ރައްޔިތުންގެ ތާއީދު ގެއްލުނު ވެރިކަމެއް ނުދެކެމެވެ. މިއީ އަޅުގަނޑު ނޫން ކިތަމެ ބަޔަކު ބުނާތީ އިވޭ ވާހަކައެކެވެ. ބޮޑެތި […]
ދެ މިނިސްޓްރީ އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު!
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަނު ކުރައްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޢައްޔަނު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި ޠާރިޤު އިބްރާހީމް ވަނީ ހުވައި […]
މައްސަލަ ހައްލުކޮށް މުޅިމާލެއަށް އަލުން ކަރަންޓު ދީފި
ދިމާވި މައްސަލަ ހައްލުކޮށް މުޅިމާލެއަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެ ކުންފުނިން ވަނީ ކަރަންޓުގެ ހިދުމަތް ނުލިބޭ ފަރާތެއް ވާނަމަ އެ ކުންފުނީގެ އެމަރޖެންސީ ހޮޓްލައިން 104 އަށް ގުޅުމަށް އެދިފައެވެ.ސްޓެލްކޯއިން މިއަދު ބުނީ މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށެވެ. އަދި މިހާރު މައްސަލަ ހައްލުކޮށް ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން […]
ދިވެހި ޔޫތު ލީގުގެ ނިމުން ފާހަގަކޮށް، މުބާރާތުގެ ވަނަތަކަށް އެވޯޑުދީފި!
މިދިޔަ 2024 ވަނަ އަހަރު ފެށި ”ދިވެހި ޔޫތު ލީގު“ގެ ނިމުން ފާހަގަކޮށް، އެ މުބާރާތުގެ އެކިއެކި ވަނަތަކަށް އެވޯޑުދީފިއެވެ. ރޭ ބޭއްވި ދިވެހި ޔޫތު ލީގު މުބާރާތުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. އެގޮތުން އެ ރަސްމިއްޔާތަށް ވަޑައިގަތުމުން ޤައުމީ ފުޓުބޯޅަ ދަނޑުން ނައިބު ރައީސްއަށް މަރުހަބާ ދެންނެވީ މޯލްޑިވްސް ސޮކަރ މޭޓްސްގެ ރައީސް ޙަސަން މަނިކެވެ. މޯލްޑިވްސް ސޮކަރ މޭޓްސްއިން، ފުޓްބޯލް އެސޯސިއޭޝަން އޮފް […]
މިއަދު ހެނދުނު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު ނިޔާވެއްޖެ
މިއަދު ހެނދުނު ސިނަމާލޭ ބުރިޖު ހައިވޭ މަތީގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު ނިޔާވެއްޖެއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލެއިން މާލެއަށް އަންނަ ލޭންގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯންއެއްގައި ޖެހި އެކްސިޑެންޓެއްވެފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓު ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:19ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައިވާކަން ހާމަކޮށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން […]
ކޮންމެ ހެއްލުމަކީ ގެއްލުމެކެވެ.
ކޮންމެވެސް ރަށެއްގައި ވަރަށް ގިނައަދަކަށް ރާމާމަކުނު އުޅެއެވެ. މަކުނުގެ އުނދަގުލާއި ހެދި އެރަށުގެ މީހުންނަށް އޮންނަނީ އާންމު ދިރިއުޅުމުގެ ކަންތަކައިގެން ކުރިޔަށް ދިއުމަށްވެސް ދަތިވެފައެވެ. އެކަމަކު ހަދާނެ އެއްވެސް ގޮތެއް ނެތިފައި ތިބެނީ އެވެ. މިހެން ތިއްބާ މިރަށަށް އެއްދުވަހަކު ކޮންމެވެސް އެހެން ރަށެއްގެ ބޮޑު ވިޔަފާރިވެރިޔަކު ކަމަށް ބުނާ މީހަކު އަޔެވެ.އަދި އެރަށުގެ ރައްޔިތުން އެއްކުރުމަށްފަހު ބުންޏެވެ. މިރަށުގައި ރާމާމަކުނު ގިނަ ކަމުން ކަލޭމެންނަށް އުނދަގޫ ވެގެން އުޅޭ ޚަބަރު އަހަރެން އަހައިފީމެވެ.އަހަރެން ތިޔަ މައްސަލަޔަށް […]
ވެރިރަށް މާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ
ވެރިރަށް މާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯ އިން ދެންމެ ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.އަދި “މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން“ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.ހަމައެހެންމެ ޚިދުމަތް މެދުކެނޑިފައިވާތީ ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.