އޮސްޓްރޭލިޔާގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހައިވޭއެއް ދެބުރިވެއްޖެ
އޮސްޓްރޭލިޔާގެ ކުއީންސްލަންޑަށް ބޯކޮށްވާރޭވެހި ފެންބޮޑުވެ ކުރިމަތިވަމުންދާ ކަންކަމަށް ހައްލު ހޯދާދިނުމަށް އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރުލިބެއެވެ.ފެންބޮޑުވުމުގެ ސަބަބުން އެތައްހާސްބަޔަކު ގެދޮރުދޫކޮށް ރައްކާތެރިކަން ހޯދުމަށް މަޖްބޫރުވެފައިވާއިރު ބޮޑެތި ހިސާބުތަކަކުން ވަނީ ކަރަންޓް ވެސް ކެނޑިފައެވެ. ފެންބޮޑުވުމުގެ ސަބަބުން ކުއީންސްލަންޑްގެ މުހިންމު ހައިވޭއެއް ދެބުރިވެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.އަދި މިކަމުގެ ސަބަބަބުން އެހީގެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ. ފެންބޮޑުވުމުގެ ސަބަބުން ދިމާވި ހާދިސާއެއްގައި 63 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު ،ކުއީންސްލަންޑްގެ އުތުރުގެ ހިސާބުތައް ކަމަށްވާ […]
މިނިސްޓަރ ތޯރިޤު ޓޫރިޒަމް-އެންވަޔަރަންމަންޓް މެންޑޭޓް ފުރިހަމައަށް ތަންފީޒުކުރެވޭނެކަމުގެ ޔަޤީންކަން ދެއްވައިފި
އަލަށް އެއްކުރެވުނު ޓޫރިޒަމް އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ މެންޑޭޓް ފުރިހަމައަށް ދެމެހެއްޓޭނެކަމަށް މިނިސްޓަރ އިބްރާހިމް ތޯރިޤު ޔަޤީންކަން ދެއްވައިފިއެވެ. މަޤާމާ ހަވާލުވުމަށްފަހު ދެއްވި ފުރަތަމަ އިންޓަވިއުގައި، ތަޖުރިބާކާރު ފަންނީ މީހުން މެދުވެރިކޮށް މިނިސްޓްރީގެ މަސައްކަތް ކާމިޔާބު ކުރެވޭނެކަމަށް މިނިސްޓަރ ތޯރިޤު ވިދާޅުވިއެވެ. ”އަޅުގަނޑުމެން ގެންނަން ޖެހޭ ބަދަލުތައް ދެނެގަންނަމުން މިދަނީ، އަދި މިކަން ކުރެވޭނެކަމަށް އަޅުގަނޑަށް ޔަޤީން“ އެމަނިކުފާނު ވިދާޅުވިއެވެ. ފަތުރުވެރިކަމާއި ތިމާވެށި ވަރަށް ބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމަށް އެމަނިކުފާނު […]
ނުބައި އަމަލުގެ ޝަޒާ ތިމާއަށް ލިބޭނެކަން ޔަގީނެވެ.
ކޮންމެވެސް ރަށެއްގެ ފަގީރު ހިސާބެއްގައި އުޅުނު އަންހެނެކެވެ.އޭނާ ކޮންމެ ދުވަހަކުވެސް އާއިލާގެ ކެއުމަށް ރޮށިފިހާއިރު އިތުރަށް އެއްރޮށިފިހެއެވެ.އަދި އެރޮށި ކުޑަދޮރުމަތީގައި ބާއްވައެވެ.އެއަށް ބޭނުން ޖެހިފައިވާ ކޮންމެވެސް އެހެން ފަގީރަކު ނަގާނެކަމަށް ބަލާފައެވެ. މިގޮތަށް ބާއްވާ ރޮށި ކޮންމެ ދުވަހަކުވެސް ނަގާ ސަލާންޖަހާ މީހަކު އުޅެއެވެ. އެހެން ނަމަވެސް އެމީހާ ރޮށިނަގައިގެން ދަމުން ކުޑަމިނުން ޝުކުރުގެ ބަހެއްވެސް ނުބުނެއެވެ. މިކަމާ އަންހެން މީހާ ހުންނަނީ ވަރަށް ރުޅިއައިސްފައެވެ. ސަލާންޖަހާމީހާ ޝުކުރުގެ ބަހެއް ނުބުނި ނަމަވެސް ކޮންމެ ދުވަހަކުވެސް ދަނީ […]
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި 16 ރަށެއްގައި ދަރުސްތަކެއް ބާއްވަނީ
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި 16 ރަށެއްގައި ދަރުސްތަކެއް ބާއްވަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ’މަޖާސިލް ރަމަޟާން’ގެ ނަމުގައި ސިލްސިލާ ދަރުސްތަކެއް ބާއްވަން ފަށާފައިވާ ކަމަށެވެ. މި ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ތިން ހަފްތާގެ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭތަކުގައި މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުން 16 ރަށެއްގައެވެ. މި ސިލްސިލާގެ ދަރުސްތައް ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވުޒާރާއާއި […]
ވެރިކަމަށް ގެނައުމަށް ކިތަންމެ ބުރަ މަސައްކަތެއްކޮށްދިން ކަމުގައިވީ ނަމަވެސް ދައުލަތުގެ އެއްބާރު ޙަވާލު ކުރާކަށް ނުޖެހޭނެ!
ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯދައިދިނުމަށްޓަކާ ގިނަގުނަ މަސައްކަތް ކޮށްދިނީތީ ބަދަލުގައި ދައުލަތުގެ ބާރެއް ހިބަކޮށްދޭކަށް ނުޖެހޭނެއެވެ. ދައުލަތުގެ ތިންބާރުގެ ވެރިންގެ ގޮތުގައި ތިއްބަވަން ވާނީ ކިޔަވައިގެން ތިއްބެވި ޢިލްމީ ގާބިލް ބޭފުޅުންނެވެ. އަދި އެފަދަ ބޭފުޅުން ވާން ވާނީ އަބުރުވެރި ނަޒާޙަތްތެރި ބޭފުޅުންނަށެވެ. ތިމާއަށް ރަނގަޅުގޮތް ވުމަށްއެދި މަސްކަތެއް ކުރުމަކީ ރައްޔިތުންގެ ބާރު އެމީހާއަށް މިލްކު ކޮށްދޭން ޖެހޭ ސަބަބެއްވެސް ނޫނެވެ. ތަޢުލީމެއް ތަރުބިއްޔަތެއް ލިބިފައިނުވާ އަދި ވައްކަމުގެ ރެކޯޑު އޮތް އަބުރުކަތިލެވިފައިވާ މީހަކަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި […]
އެމްޕީއެލްގެ ސީއީއޯގެ މަޤާމުން ވަޖީހު ވަކިކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ގެ މަޤާމުން މުހައްމަދު ވަޖީހު އިބްރާހިމް ވަކިކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ދެންމެ ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން ދަފްތަރު ނަންބަރު ރސ 4589، އަލްފާޟިލް މުޙައްމަދު ވަޖީހު އިބްރާހީމް، މިއަދު ވަކި ކޮށްފައިވާ ކަމަށެވެ
ހެޕިނަސް އިންޑެކްސް ލޯންޗްކޮށް ރާއްޖޭގެ ”ހެޕިނަސް އިންޑެކްސް“ ލޯގޯ އިފްތިތާޙުކޮށްފި
ދިވެހިންގެ އުފާވެރިކަން މިންކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާ ”ހެޕިނަސް އިންޑެކްސް“ ލޯންޗްކޮށް ރާއްޖޭގެ ”ހެޕިނަސް އިންޑެކްސް“ ލޯގޯ އިފްތިތާޙުކޮށްފިއެވެ. ހެޕނަސް އިންޑެކްސް ލޯންޗްކޮށް ރާއްޖޭގެ ހެޕިނަސް އިންޑެކްސް ލޯގޯ އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ ކޮންމެ އިންސާނަކާއެކުގައި ވެސް އުފާވެރިކަންވާ ކަމަށާއި، އެ މީހަކަށް ހިތާމައެއް […]
މެޑިކަލް ޓްރާންސްޕޯރޓް ޖެޓެއް ވެއްޓި އެތައް އިމާރާތެއްގައި ރޯވެއްޖެ
އެސޯޝިއޭޓެޑް ޕްރެސްއިން މިއަދު ހެނދުނު ދީފައިވާ ޚަބަރުތަކުގެ ތެރެއިން 6 މީހުންނާއެކު މެޑިކަލް ޓްރާންސްޕޯރޓް ޖެޓެއް ފިލަޑެލްފިޔާއިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ސަރަހައްދުގެ އަވަށަކަށް ކްރޭޝްވެ އެތައް ގެއެއްގައި އަލިފާން ރޯވެއްޖެއެވެ. އޭރު އެ ޖެޓުން ދަތުރުކުރަމުން ދިޔައީ ބަލި ކުޑަ އަންހެންކުއްޖަކާއި އޭނާގެ މަންމައާއި އަދި ހަތަރު ފަޅުވެރިންނެވެ. މި ހުރިހާ މީހުންނަކީވެސް މެކްސިކޯގެ ރައްވެހިން ކަމަށާއި އެ ބަލި ކުއްޖާއަށް ފަރުވާދިނުމަށްޓަކައި ފިލަޑެލްފިޔާއަށް ގެނެވިފައި ވަނީ ކަމަށް ޚަބަރުގައި ބުނެފައިވެއެވެ. […]
އުފާވެރި ކައިވެންޏެއް ދެމެހެއްޓުމަށް އިތުބާރު ކުރަން ޖެހެއެވެ.
އުފާވެރި ކައިވެންޏެއްގެ ތެރޭގައި ހަޔާތް ވެއަތު ކުރަމުންދިޔަ ޒުވާން ދެމަފިރިން އުޅުނެވެ. ދެމީހުންގެ ދެމެދު ހުރިހާކަމެއް އޮމާންކޮށް ކުރިޔަށް ދިޔަނަމަވެސް ރަގަޅު ކޮށްލަންޖެހޭ ކަމެއް ފިރިމީހާގެ އޮވެއެވެ.އެއީ އޮފީސް ގަޑި ނިމުމަށްފަހު ރައްޓެހިންނާއެކީ ބޭރަށް ގޮސްފަ ގެޔަށް އާދެވޭލެއް ލަސް ވުމެވެ. މިކަމާ އަންހެން މީހާ ވާހަކަ ދައްކާ ދައްކާވެސް އެކަން ރަނގަޅުވާ ގޮތެއް ނުވިއެވެ. މިގޮތަށް ދިމާވި އެއްރެޔެކެވެ. އަންހެން މީހާ ހިތަށް އެރިއެވެ. މިރޭ ލަނޑެއް ދޭނަމެވެ.މިހެން ހިތާ ފިރިމީހާއަށް ކުރު ނޯޓެއް ލިޔުނެވެ.އޭގައިވަނީ، […]
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު ފަސް ވަނަ އިސްލާހާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގުޅުންހުރި އިދާރާތަކާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައެވެ. ފުލުހުން ބުނީ މި މަޝްވަރާ ބައްދަލުވުމަކީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އެގޮތުން މި ބައްދަލުވުމުގައި، ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއާއި ދިރާގު އަދި އުރީދޫއާއި ބެންކު އޮފް މޯލްޑިވްސްއާއި މޯލްޑިވްސް […]