ބޮޑެތި ހޭންޑްބޭގަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ހަބަރެއް

ތިޔައީ ގެއިން ބޭރަށް ނިކުތުމަށްފަހު ދެން ކުރިމަތިވެދާނެ ކޮންމެ ކަމަކަށް ތައްޔާރުވުމުގެ ގޮތުން،ބޭނުންވެދާނެ ހުރިހާ އެއްޗެތި ހިފައިގެން ނިކުންނަން ބޭނުންވާ މީހެއްނަމަ އުފާވެރި ހަބަރެއް އެބައޮތެވެ.އެއީ ބޮޑެތި ހޭންޑްބޭގް އަނެއްކާވެސް ފެޝަންއަށް އައިސްފިކަމުގެ އުފާވެރި ހަބަރެވެ. އެންމެ ފަހުގެ އެކްސެސަރީ ޓްރެންޑަކީ ސުޕަރސައިޒްގެ ހޭންޑްބޭގްއެވެ.މޭކަޕް ބޭގާ ފޯނު ޗާޖަރު،ފައިވާނެއް،ފެންފުޅިއާއި ކިޔަމުންދާފޮތް،އަތްމަތީ ކުޑައެއް،މިހެންގޮސްބޭނުން ހުރިހާއެއްޗެއް އަޅާލެވޭވަރުގެ ބޮޑު އަތްދަބަހެވެ.ޑިޒައިން ކުރާ ފަރާތްތަކުން އާންމުގޮތެއްގައި އެއްޗެއް ނެރޭއިރު ކޮންމެހެން އެއެއްޗަކުން ހިފޭ ބޭނުމަކަށް ނުބަލައެވެ.ނަމަވެސް އަތްދަބަހުގެ ކަންތަކުގައި ފަހުގެ ޓްރެންޑްތަކުން […]
ރާއްޖޭގައި ފާލުބެލުމުގެ ހިދުމަތް ދިނުމަށް އިޝްތިހާރު ކުރި ބިދޭސީބަޔަކު އިމިގްރޭޝަނުން ހިފަހައްޓައިފި

ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއްދޭ ކަމަށް އިސްތިހާރުކުރި ބިދޭސީ ބަޔަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ. އިމިގްރޭޝަނުން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ފާލުބެލުމުގެ ހިދުމަތް ދިނުމަށް ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރި 3 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިފަހައްޓާފައިވާ ކަމަށެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 18 އަހަރާއި 25 އަހަރާއި 39 އަހަރުގެ 3 ފިރިހެނުންނެވެ. އަދި އެ މީހުން ހިފަހައްޓާފައި ވަނީ އެ މީހުންނަށް ދޫކޮށްފައިވާ ވިސާއާ ހިލާފުވެގެން ކަމަށް އިމިގްރޭޝަނުން ބުނެފައި […]
ހުޅުދުއްފާރުގެ ދަނާލުގެ ޢަމަލީ މަސައްކަތްތައް މި ދެ އަހަރު ތެރޭގައި ހިންގަވައިދެއްވާނަން:ރައީސް

ރ.ހުޅުދުއްފާރުގައި ޤާއިމްކުރާ ދަނާލުގެ ޢަމަލީ މަސައްކަތްތައްވެސް މި ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު އެ ޔަޤީންކަން ދެއްވީ ރ.އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ހެނދުނު އެ އަތޮޅު ހުޅުދުއްފާރަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ވެ ވަޑައިގެންފައިވާ އެއްވެސް ވަޢުދުފުޅެއް ހަނދުމަނެތި ނުދާ ކަމަށް ވިދާޅުވެ ރ. ހުޅުދުއްފާރުގެ ތަރައްޤީއަށްޓަކައި އަދުގެ […]
އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރ.އަތޮޅުގައި ފަށައިފި

އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރ.އަތޮޅުގެ ވެރިކަންކުރާ ރަށް އުނގޫފާރުގައި ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ. އެގޮތުން އެ ޚިދުމަތް ފައްޓަވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އާއި ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފެވެ. މިނިސްޓަރ އިހްސާން ވަނީ އެ ޚިދުމަތް […]
ކެއްސަކަށް ކެއްސެއް

އަހުމަދު ބޯޓު ދަތުރު ކުރަން ދިޔައީ ވަރަށްވެސް ފޮނި އުންމީދު ތަކަކާއި އެކުގައެވެ. އޭނާ އެންމެ ލޯބިވާ އައިޝާ އާއި ކައިވެނިކޮށް އުފާވެރި ހަޔާތެއް ފެށުމަށް ފައިސާ އެއްކުރުމުގެ އުންމީދުގައެވެ.ދެއަހަރު ދުވަސްވަންދެން ދެކެމުން އައި ހުވަފެންތަކުގައި ކުލަޖައްސާލަން ކުރާ އިންތިޒާރު ހަގީގަތަކަށް ހެދުމުގެ އުންމީދެވެ. އައިޝާ އަކީ މާލޭގެ ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ އަންހެން ކުއްޖެއް ނަމަވެސް އަހުމަދަކީ ހދ އަތޮޅުގެ ރަށަކަށް ނިސްބަތްވާ ޒުވާނެކެވެ.ދެމީހުން ބައްދަލްވީ އެކުގައި ކުރި ޕިކްނިކް ދަތުރަކުންނެވެ.އެއަށްފަހު ރައްޓެހިކަމެއް އުފެދި،އެގުޅުން މަޑުމަޑުން […]
ސެޕްޓެމްބަރު މަސް ފެށެންވާއިރަށް ހުރިހާ ކްލާސްރޫމުތަކެއްގައި އޭސީ ހަރުކޮށް ނިންމުމަކީ އަމާޒެއް:ރައީސް

ސެޕްޓެމްބަރު މަސް ފެށެންވާއިރަށް ހުރިހާ ކްލާސްރޫމުތަކެއްގައި އޭސީ ހަރުކޮށް ނިންމުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރ.އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ހެނދުނު އެ އަތޮޅު ހުޅުދުއްފާރަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ މި އަހަރުގެ ބާކީ އޮތް މަސްތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސް ރޫމްތަކެއް އިއާދަކުރަނިވި ހަކަތައިގެ ބޭނުންކޮށް އޭސީކޮށްދީ، […]
ޖުލައި މަސް ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް ފަށަނީ

ޖުލައި މަސް ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި ހިނގާ 2025 ވަނަ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ރ.އަތޮޅުގައި އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި […]
ރައްޓެހިން ބީރައްޓެހިންނަށްވެ ބީރައްޓެހިން ރައްޓެހިންނަށްވުން ސީރިޔާގެ މިއަދު

ކީވް އިންޑެޕެންޑެންޓުން ބުނެފައިވާގޮތުގައި ރަޝިޔާއާއި އީރާން އަދި އިސްރާއީލުގެ އެއްވެސް އުފެއްދުމެއް ސީރިއާއަށް އެތެރެ ނުކުރެވޭނެކަމަށް ސީރިޔާގެ މިހާރުގެ ސަރުކާރުން ނިންމައިފިއެވެ. އެ ނިންމުމުގައި ވާ ގޮތުން ސީރިޔާގެ އެއްވެސް ހިސާބަކުން ނުވަތަ ސީރިޔާގެ ބޯރޑަރުން ވިޔަސް އެއިން ގައުމެއްގެ އުފެއްދުމެއް ފެނިއްޖެނަމަ އެ ތަކެތި ސަރުކާރަށް ނަގައި ނައްތާނެލޭވޭނެއެވެ. ސީރިޔާގެ މި ނިންމުމުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުމަށް މަގުފަހިވުން ކައިރި ކަމުގައިވެސް އެ ނޫހުން ބުނެފައިވެއެވެ. ސީރިޔާގެ ރައީސް ކަމުގައި ހާފިޒުލް އަސަދާއި އަދި […]
ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއްދޭ ކަމަށް އިސްތިހާރުކުރި ފާދީރީއެއްގެ މައްސަލަ ބަލަން ފަށައިފި

ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއްދޭ ކަމަށް އިސްތިހާރުކުރި ފާދީރީއެއްގެ މައްސަލަ ފެންމަތިވެ އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ”މާސްޓަ ދުރްގާ ރާއޯ ގުރުޖީ“ ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން […]
ޓްރަމްޕް ސޮއި ކުރެއްވި ބައެއް އަމުރުތަކަށް ބަލާލުމެއް

ޓްރަމްޕް ސޮއި ކުރެއްވި ބައެއް އަމުރު ތަކަށް ބަލާލުމެއްއެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި ހޯމަ ދުވަހު ސަރުކާރާ ހަވާލުވެވަޑައިގެންނެވި،45 ވަނަ ރައީސްގެ ގޮތުގައި ކުރިންވެސް ރައީސްކަން ކުރައްވާފައިވާ ޑޮނަލްޑް ޓްރަމްޕް، ހަމަ އިއްޔެ ވަނީ ގިނަ އަދަދެއްގެ އެގްޒެކެޓިވް އޯޑަރ ނުވަތަ އަޅުއްވާނެ ފިޔަވަޅުތަކުގެ އަމުރު ގައި ސޮއި ކުރައްވާފައެވެ. އަލުން ވެރިކަމާ ހަވާލުވެވަޑައިގެންވުމަށްފަހު ގެންނަވާނެކަމަށް ވިދާޅުވި ބޮޑެތި ބަދަލުތައް،އޯވަލް އޮފީހުގެ ފުރިހަމަ ބާރުވެރިކަން ބޭނުންކުރައްވައިގެން، ހަމަ ފުރަތަމަ ދުވަހުންފެށިގެންވެސް ވަނީ ގެންނަވަން ފައްޓަވާފައެވެ.ޓްރަމްޕް ފުރަތަމަ […]