އެއްޖިންސުން ކައިވެނި ކުރުން ތައިލޭންޑުގެ ގާނޫނު ހުއްދަކޮށްފި

އަޅުގަނޑުމެންގެ މި ލިއުމުގެ ބޭނުމަކީ ތައިލޭންޑަކީ އެކިއެކި ބޭނުންތަކަށް ދިވެހިން ގިނަގިނައިން ދަތުރުކޮށްއުޅޭ ގައުމަކަށްވެފައި އެ ގައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނިކުރުން ގާނޫނީ އިމުގެ ތެރެއިން ހުއްދަ ދިނުމާއެކު އެ ގައުމަށް ދަތުރުކުރާ ދިވެހިންގެ މައުލޫމާތަށްޓަކައި މިކަން އަންގާދިނުމެވެ. އަދި ދީނީ ނަޒަރަކުން ލޫތުގެ ފާނުގެ ގައުމަށްވީގޮތް ހަނދާންކޮށްދިނުންވެސް މެއެވެ. އަވަށްޓެރި ގައުމަކަށްވެސް ވެފައި އަދި ގިނަ ދިވެހިން އެކި އެކި ބޭނުމުގައި އާންމުކޮށް ދަތުރުކުރާ އެއް މަންޒިލަކީ ތައިލޭންޑްގެ ބޭންކޮކެވެ. އެ ގައުމުގައި އެތައްބަޔަކު އެއްޖިންސުން […]
އޭއައިގެ އެހީގައި ތަޢުލީމީ ނިޒާމަށް ފުރުޞަތު ފަހިވެފައިވާ މި ދަނޑިވަޅުގައި ފަންނިއްޔާތާއި ތަޢުލީމު އެކުއެކީގައި އެކުލެވިގެންދިއުމަކީ ލާޒިމުކަމެއް:ރައީސް

އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތަޢުލީމީ ނިޒާމަށް ފުރުޞަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ތަޢުލީމު ދުވަހާ ގުޅޭގޮތުން ހިއްސާކުރެއްވި ޚާއްޞަ މެސެޖުގައެވެ. މި އަހަރުގެ ދުނިޔޭގެ ތަޢުލީމު ދުވަހުގެ ޝިޢާރުކަމަށްވާ، ”އޭ.އައި އެންޑް އެޑިއުކޭޝަން: ޕްރިޒަރވިންގް ހިއުމަން އޭޖެންސީ އިން އަ ވަރލްޑް އޮފް އޮޓޮމޭޝަން“އެވެ. އެގޮތުން މިކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި […]
ފޭސް 2ގެ އެޕާޓްމަންޓަކުން ވަގަށްނެގި 2000 ޑޮލަރުގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ހުޅުމާލެ ފޭސް 2ގެ އެޕާޓްމަންޓަކުން ވަގަށްނެގި 2000 ޑޮލަރުގެ ތަކެތި ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައި ވަނީ މި މަހު 22 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފޭސް 2 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، ތުހުމަތުކުރެވޭ މީހާ ހޯދައި ސުވާލުކޮށް އެ ތަކެތި ހޯދާފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ ވަގަށް ނެގި ތަކެތީގެ […]
ކުރު ވާހަކަ:ދަރިފުޅު ކަދުރު ގެނެސްފައި އޭގެ އޮށް ނުނަގަމެއް ނޫން ހެއްޔެވެ؟

ފަތިސް ނަމާދަށް ފަހު، އަބޫ ބަކުރުގެފާނު، ކޮންމެ ދުވަހަކު ވެސް، މަދީނާގެ ރަށް ބޭރަށް ވަޑައިގެން، ކުޑަކުޑަ ގެގަނޑަކަށް ވަންނަވައި، ވަގުތުކޮޅެއް ހޭދަކޮށްލައްވާތީ އެކަމާ ދިމާއަށް އުމަރުގެފާނުގެ ސަމާލުކަން ދިޔައެވެ. އާންމު ގޮތެއްގައި، އަބޫ ބަކުރުގެފާނު ކުރައްވާ ކަންކަން އުމަރުގެފާނު ދެނެވަޑައިގަނެއެވެ. ނަމަވެސް، ރަށްބޭރުގައި ހުންނަ މި ގެއަށް އަބޫ ބަކުރު ވެދެވަޑައިގަންނަވީ ކީއްވެގެން ކަމެއް، އެކަމުގެ ސިއްރަކީ ކޮބައި ކަމެއް، އެއްގޮތަކަށް ވެސް އުމަރުގެފާނަކަށް އެނގިވަޑައިގެން ނުވެއެވެ. ކޮންމެއަކަސް، މިގޮތުގައި، ދުވަސްތައް ހޭދަވަމުން ދިޔައެވެ. އަބޫ […]
ސުލްހައިގެ ވާހަކަތައް އަވަސް އަރުވާލުމުން ނަތީޖާ ރަނގަޅެއް ނުވާނެ:ޔޫކްރެއިން

ހަނގުރާމައިގެ މައިދާނުގައި ޔޫކްރެއިނަށް ފައިހަރުކޮށްލުމުގެ ރަނގަޅު ފުރުސަތުތަކެއް ލިބުމުގެ ކުރިން އަވަސް އަރުވާލައިގެން ސުލްހައިގެ ވާހަކަތައް ފެށުމުން ނަތީޖާ ވަރަށް ނުރައްކާ ވެދާނެކަމަށް ޔޫކްރެއިނުން އެމެރިކާގެ ރިޔާސަތަށް ޓްރަމްޕް ހަވާލުވެ ވަޑައިގަތުން ކުޑަތަންވެފައިވަނިކޮށް އިންޒާރު ދީފިއެވެ. ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިނުން ކުރަމުންގެންދާ ހަނގުރާމައިގާ އެމެރިކާއިން ޔޫކްރެއިނަށް ދެމުން ގެންދާ އެހީ ހުއްޓާލާފާނެކަމުގެ ބިރާއެކު ރައީސް ޒެލެންސްކީ އެދިވަޑައި ގަންނަވަމުން ގެންދަވަނީ މި ވަގުތު އަވަސް އަރުވާލައިގެން ސުލްހައިގެ ވާހަކަތައް ފެށުމުގެ ބަދަލުގައި ޔޫކްރެއިނުން ހަނގުރާމައިގާ ނަސްރު […]
ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި އެ ރަށްތަކުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ ރަށްރަށަށް ވަޑައިގެން، […]
ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭނެ ޔުނިޓެއް ގާއިމުކުރަނީ

މި ހިނގާ 2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުކުރައްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް އެ ޔަޤީންކަން ދެއްވާފައި ވަނީ މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާކުރަތަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ ރ.އަތޮޅުގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭ މަރުކަޒު ގާއިމުވެގެންދާނީ ރ. މާކުރަތުގައިކަމަށެވެ. ރައީސް ވަނީ ތަރައްޤީއަށް ހިންގާ ގިނަ […]
އެމެރިކާގެ އައު ޚާރިޖީ ވަޒީރު މާކޯ:ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަންޖެހޭ

އެމެރިކާގެ އާ ޚާރިޖީ ވަޒީރު މާކޯ ރުބިއޯ ވަނީ އިސްރާއީލާއި ހަމާސް އާ ދެމެދު ޣައްޒާގައި ހަދާފައިވާ ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާގައި ބަންދުކޮށްފައިވާ މީހުން ދޫކޮށްލުމުގެ އެއްބަސްވުން ތަންފީޒުކުރުން ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ޔޫއޭއީގެ ޚާރިޖީ ވަޒީރު އަބްދުالله ބިން ޒައިދާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އައު ޚާރިޖީ ވަޒީރު މާކޯ ރުބިއޯ ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބަންދުކޮށްފައިވާ މީހުން ދޫކޮށްލުމާއި، މި ސަރަޙައްދަށް އިންސާނީ އެހީ ދިނުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. […]
ޚިޔާލީ ފަރަންސޭސި މަތިފުށް! މަތިފުށް އޮޅުވާލި ހުރަވީން!

ހިލާލީ ދަރިކޮޅުގެ އައްސުލްޠާން ޙަސަން ސިރީ ދިރިކުސަ ލޯކަ މަހާރަދުން މީލާދުން 1550 އިން 1551 އަށް ޙިޖުރީ ގޮތުން 957 އިން 958 އަށް / ރަސްކަން ކުރެއްވީ 01 އަހަރައި 10 މަސް (ނުވަ ވަނަ ޙަސަން ރަސްގެފާނު) އިންޑިއާގެ ކޮޗިން އަށް ވަޑައިގެން ޕޯޗުގީޒުންގެ މަތިވެރި ބޭކަނބަލެއް ކަމަށްވާ ޑޮނާ ލިއޮނޯ އާއި ކައިވެނި ބައްލަވައިގެން ލިބުނު ދަރީންގެ ތެރެއިން ޑޮމް ޖޯ ކިޔާ ދަރިކަލެއް ހުރެއެވެ. މި ޑޮމް ޖޯއަށް ޑޯނާ […]
އަމިން ކޮންސްޓްރަކްޝަނަށް ދައުވާކޮށްފި

ފީފާ އިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އަމިން ކޮންސްޓްރަކްޝަނާ ދެކޮޅަށް ދައުވާކޮށްފިއެވެ. މި މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރަނީ މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އުފުލި ދައުވާގައި ބުނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލް، އެފްއޭއެމްގެ ފައިސާއިން 1,919,950 ޑޮލަރު ޖަމާކުރުމުން، އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށްޓަކައި، އެ ފައިސާގެ ތެރެއިން 1,000,000 ޑޮލަރު ނެގޭ ގޮތަށް ބައްސާމު އެ […]