ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ފުރާވަޑައިގެންފި

ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ އުތުރުބުރީގެ ދިހަ ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ ރަށްތަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، […]
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކޮށްފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިބްރާހިމް ފައިސަލް ވަކިކޮށްފިއެވެ. ފައިސަލްއަކީ މި ސަރުކާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުންނެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ. ހަމައެހެންމެ އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ހާމަކުރައްވާފައި ވެއެވެ. […]
ނުދުއްވާ ބާއްވާފައިއޮތް މަތިންދާބޯޓުތަކެއްގެ ކުލީގެ ގޮތުގައި 3 އަހަރުވަންދެން މަހަކު 9މިލިއަން ޑޮލަރު ދައްކައިފި

އިންޖީނުގެ ސްޕެއާ ޕާޓްސް ނެތިގެން ނުދުއްވާ ބާއްވާފައި އޮތް ސްރީލަންކަން އެއާލައިންސްގެ ތިން މަތިންދާބޯޓުގެ ކުލީގެ ގޮތުގައި ތިންއަހަރުވަންދެން މަހަކު 9 މިލިއަން ޑޮލަރު އެ ކުންފުނިން ދައްކާފައިވާކަމަށް މިހާރުގެ ސަރުކާރުގެ މިނިސްޓަރަކު ވިދާޅުވެއްޖެއެވެ. ޓްރާންސްޕޯޓް ހައިވޭސް ޕޯޓްސް އެންޑް ސިވިލްއެވިއޭޝަން މިނިސްޓަރ ބިމާލް ރަތުނަޔަކަ ވިދާޅުވީ މި ތިންބޯޓުގެ ތެރެއިން އެއްބޯޓު މިހާރު ބޭނުންކުރަން ފެށިފައިވާ ކަމަށާ އަނެއް ދެ ބޯޓުވެސް އެޕްރިލް މަހު އޮޕަރޭޝަނަށް ނެރެވޭނެ ކަމުގައެވެ.މިނިސްޓަރު ވިދާޅުވީ ސްރީލަންކަން އެއާލައިންސް ޕްރައިވަޓައިޒް ކުރުމަށް […]
ޓުއަރިސްޓު ވިސާގައި ރާއްޖެއައި އަންހެނަކު ގެއްލިގެން ހޯދަނީ

ޓުއަރިސްޓު ވިސާގައި ރާއްޖެއައި ޗައިނާ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންގ (30އ) އެވެ. ފުލުހުން މިއަދު ބުނީ ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން، ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ 2025 ޖަނަވަރީ 22 ވަނަ ދުވަހު ކަމަށެވެ. މި މައްސަލަ ފުލުހުންނަށް […]
ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެންސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި ކައްޕިންނަށް ދައުވާކުރަނީ

ދެހާސް ތޭވީސް ވަނަ އަހަރުގެ އޭޕްރީލް 29 ވަނަ ދުވަހުގެ 16:42 ހާއިރު “ސަސް އީ ސްޕީޑް” ލޯންޗާއި “އެމްޑަބްލިޔުއެސްސީ މެރިން 2”ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި، އެތަނުން އެއް ލޯންޗުން ދަތުރުކުރި މީހަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލަ ތަހުގީގުކޮށް ނިންމައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އެ ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި ނިޔާވެފައިވަނީ 52 އަަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ އެ […]
ސަރުކާރު ބަދަލު ކުރަންޖެހޭ މިންވަރަށް ސަރުކާރުން ހިންގާ ޖަރީމާތައް ގިނަވެއްޖެ

ސަރުކާރަށް ނިސްބަތްވާ ސިޔާސީ ވެރިން ރައީސްގެ ނަންފުޅުގައި ތަފާތު ވައްތަރު ވައްތަރުގެ ލިސްޓްތައް ތައްޔާރުކޮށް ގާނޫނުތަކާއި ގަވާއިދުތައް މުގުރާލާ އުސޫލުން ބޭރުން އެކިފަރާތްތަކަށް ބިން ވިއްކުމާއި ރިޝްވަތު ހިމެނޭ ގޮތަށް މަޝްރޫޢުތައް އެކި ފަރާތްތަކަށް އެ ގެންދަނީ ދެމުންނެވެ. އަދި ޖަލުތަކުގައި ތިބޭ މީހުންނަށް ކާންދިނުމަށް ބިޑަށް ލައި ބިޑު ހުޅުވައި އެބިޑު ކާމިޔާބު ކުރާފަރާތަށް އެ ކޮންޓެކްޓް ވެސް ޙަވާލު ކުރަނީ އެތައްލައްކަ ރުފިޔާއެއް އަތުލުމަށްފަހުގައި ކަމަށް މިފަދަ ބިޑެއް ކާމީޔާބު ކުރި ފަރާތަކުން ސޯސަލް […]
ސާފު ހަކަތައަކީ ރާއްޖެ ހިމާޔަތްކުރުމަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ދުނިޔެ ޙިމާޔަތްކުރުމުގައި، ސާފު ހަކަތައަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ ”ބައިނަލްއަޤްވާމީ ސާފު ހަކަތައިގެ ދުވަސް“ ފާހަގަކުރުމުގެ ގޮތުން އެކްސްގައި ފޮނުއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިޢާދަކުރަނިވި ވަސީލަތްތަކުން އުފެއްދުމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ރަސްމީ މެސެޖުގައި، […]
4.6މިލިއަން ރުޕީސްގެ ރެންޓް ދެއްކެވުމަށް ސަރުކާރުން މަހިންދަރާޖަޕަކްސާއަށް އަންގައިފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ،ސަރުކާރުގެ ޚަރަދުގައި ދިރިއުޅުއްވަމުންގެންދަވާ ބޮޑުގެޔަށް 4.6މިލިޔަން ރުޕީސްގެ ރެންޓް ދެއްކެވުމަށް ނުވަތަ ގެ ހުސްކުރެއްވުމަށް މިހާރުގެ ރައީސް އަނުރާ ކުމާރަ ޑިސަނާޔަކަ އަންގަވައިފިއެވެ. ކަޓުކުރުންޑާ ކިޔާ ސަރަހައްދުގައި އާދީއްތަދުވަހު ބޭއްވި ރަސްމީ އިހްތިފާލެއްގައި ވާހަކަފުޅު ދައްކަވަމުން ޑިސަނާޔަކަވަނީ ރާޖަޕަކްސާ ބޭނުންކުރައްވާ ގޭގެ ރެންޓް ކަނޑައަޅާފައިވަނީ ސަރުކާރުގެ ވެލުއޭޝަން ޑިޕާޓްމަންޓުން ކަމުގައެވެ.އަދި މަހަކު 4.6މިލިއަން ރުޕީސް އެއީ ބިމުގެ އަގުނުލާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.އަނޫރާ ކުމާރަ ޑިސަނާޔަކަ ވިދާޅުވީ ރައީސްކަން ކުރެއްވި ބޭފުޅުންނަށް ގާނޫނީ […]
ކެލިފޯރނިޔާ އަދިވެސް އަނދަމުންދަނީ

ދެކުނު ކެލިފޯރނިޔާގައި ރޯވެ އަނދަމުންދާ އަލިފާނަށް އަދިވެސް ނިމުމެއް ނާދެއެވެ. މިދިޔަ ހުކުރު ދުވަހު އިތުރު 9 ސަރަހައްދެއްގައި ވަނީ ރަތްދިދަ ނަގާފައެވެ. ކެލިފޯރނިޔާގައި އަނދަމުންދާ އަލިފާނުންލިބެމުންދާ ގެއްލުންތައް ބައްލަވާލެއްވުމަށްޓަކައި ހުކުރު ދުވަހު ރައީސް ޓްރަމްޕް ކެލިފޯރނިޔާއަށް ވަޑައިގެންނެވިއެވެ. ލޮސް އެންޖަލްސް ބައިނަލް އަގްވާމީ އެއާރޕޯރޓުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެއްވުމަށް ވަޑައިގެން ހުންނެވީ ޑިމޮކްރެޓިކް ޕާރޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކެލިފޯރނިޔާގެ ގަވަރނަރ ގާވިން ނިއުސަމް އެވެ. ކެލިފޯރިޔާއަކީ ޑިމޮކްރެޓުންގެ ބާރު އޮންނަ ސަރަހައްދަކެވެ. މިސަބަބަށްޓަކައި […]
އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓް ކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުން ލާޒިމުކަމެއް:ރައީސް

އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުމަށް ލާޒިމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައި މި ވަނީ، ސާފު ހަކަތައިގެ ދުވަހުގެ މުނާޞަބަތުގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖުގައެވެ. ރައީސް ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ހިރާސް ބޮޑު، ބިންތިރި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުމަށް ލާޒިމުކަމެއްކަން ފާހަގަކުރައްވާފައެވެ. އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ޚާއްޞަކޮށް ސޯލަރ ޕަވަރ އިނީޝިއޭޓިވްސް ނުވަތަ އިރުގެ އަވިން […]