ޓްރަމްޕް މިފަހަރު ފުރަތަމަ ބައްދަލު ކުރައްވާ ބޭރުގެ ލީޑަރަކީ ނަތަންޔާހޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ރައީސްކަމުގެ ދެވަނަ ދައުރުގައި ފުރަތަމަ ބައްދަލް ކުރައްވާ ބޭރުގެ ލީޑަރަކީ އިސްރޭލްގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ކަމަށް ނިންމަވައިފިއެވެ.މި ބައްދަލު ކުރެއްވުމަށްޓަކައި ފެބްރުއަރީ 4 ވަނަ ދުވަހު ވައިޓްހައުސް އަށް ވަޑައިގެންނެވުމަށް ނަޔަންޔާހޫ އަށް ވަނީ ޓްރަމްޕް ދައުވަތު ދެއްވާފައެވެ.މިކަން ވަނީ ނަތަންޔާހޫގެ އޮފީހުންވެސް ޔަގީން ކޮށްދީފައެވެ. ނަތަންޔާހޫ ދާދިފަހުން ވަނީ ޕްރޮސްޓްރޭޓް ސާޖަރީ ހައްދަވާފައެވެ.އަދިވެސް އެކަމުން މުޅިން ގަދަ ވެފައިނުވިނަމަވެސް މިދަތުރުފުޅު ކުރައްވާނެކަން ވަނީ ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައެވެ. […]
200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް، ސިއްރުން ރާއްޖެއަށް އެތެރެކުރި މައްސަލައެއް ބަލަނީ

ރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން ރާއްޖެއަށް އެތެރެކުރި މައްސަލައެއް ފެންމަތިވެ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، 2024 އޮކްޓޯބަރ 24 […]
ރައީސް މުޢިއްޒު ތަކަންދޫ ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވައިފި

ހއ. ތަކަންދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.ރައީސް މުޢިއްޒު އެ ޕޮލިސް ޕޯސްޓު ހުޅުއްވާދެއްވާފައި ވަނީ ހއ.އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މި ކަމަށްޓަކައި މިއަދު ތަކަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ތަކަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ ނަންގަވައި ދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. ޕޮލިސް ޕޯސްޓް […]
ތަކަންދޫ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށަނީ

ހއ.ތަކަންދޫ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ ތަކަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ތަކަންދޫ ޕްރީސުކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ބަނދަރު އެއްކޮށް ނިމިގެންދާއިރު ރަށް ގިރުމުގެ މައްސަލައަށްވެސް ޙައްލެއް ލިބިގެންދާނެ ގޮތަށްކަމަށެވެ. މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ތަކަންދޫއަކީ ޤައުމީ ވިސްނުމެއްގައި ސަމާލުކަންދޭންޖެހޭ ރަށެއްގެ ގޮތުގައި […]
ވަފާތެރި ލޯތްބަކަށް ލިބުނު ބަދަލު

ދެމަފިރިއެއްގެ ތެރެއިން ފިރިހެންމީހާ ވަރަށް ބޮޑަށް ބަލިވެ ކޯމާއަކަށް ހިނގައްޖެއެވެ. ބައެއްފަހަރު ހޭވެރިކަމަށް އައިސް އަނެއްކާ ކޯމާއަށް ގޮސް މިކަހަލަ ގޮތެއްގައި އެތައް މަހެއް ވަންދެން އޮވެއްޖެ އެވެ.މިހުރިހާ ދުވަހުވެސް ޒަރޫރީ ބޭނުމަކު މެނުވީ ފިރިމީހާގެ ކައިރިން ދުރަށް ވެސް ނުގޮސް އޭނާގެ އަނބިމީހާ،އޭނާގެ ޚިދުމަތުގައި ދެމިހުއްޓެވެ.ދުވަހަކަށް ފަހު ދުވަހެއް މާޒީ އާއި އެކުވަމުން ދާއިރު އޭނާގެ ފިރިމީހާގެ މައްޗަށް އޮތް ލޯތްބަށް ދެގޮތެއް ނުވެއެވެ. ފިރިމީހާގެ އަތުގައި ހިފަހައްޓާލައިގެން ފިރިމީހާ ކައިރީގައި އަންހެން މީހާ ރެޔާ […]
ޓީވީ ޝޯތައް ހޯސްޓް ކުރާ ފަރާތަކުން އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިމައްސަލައެއްގައި ސްޓޭޝަންގެ އެންމެމަތީވެރިން އިސްތިއުފާދީފި

ޖަޕާންގެ އެންމެ ބޮޑުއެއް ޓީވީ ނެޓްވަރކް ކަމަށްވާ ފުޖީ ޓީވީގެ ޗެއާމަން އަދި ރައީސް އިސްތިއުފާދީފިއެވެ. ޓީވީ ނެޓްވަރކްގެ އެންމެ މަތީ ވެރިން އިސްތިއުފާދީފައި މިވަނީ އެނެޓްވަރަކަށް ނިސްބަތްވާ މަޝްހޫރު ހޯސްޓަކު،އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މަސްއަލައަކާއި ގުޅިގެން އާންމު ބެލުންތެރިންގެ ނުރުހުން ނެޓްވަރކް އަށް ރައްދުވާން ފެށުމުންނެވެ. ފުޖީޓީވީގެ މުވައްޒަފުން ބޭއްވި ޕާޓީއެއްގައި ހިނގިކަމަށްބުނާ އެހާދިސާ އަށް ފަހު ނެޓްވަރކްގެ ފަރާތުން އެކަން އޮއްބާލާ ފަސްއަޅަން މަސައްކަތް ކުރިކަމަށް ވެއެވެ. މިއާއެކު އާންމުންގެ ނުރުހުން ސްޓޭޝަނަށް އަމާޒުވެ […]
މުރައިދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ 3 މަޝްރޫޢުއެއް ފައްޓަވައިދެއްވައިފި

މުރައިދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ 3 މަޝްރޫޢުއެއް ފައްޓަވައިދެއްވައިފިއެވެ. މި މަޝްރޫޢުތައް ފައްޓަވާދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ހއ.އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުުރުފުޅުގައި މިކަމަށްޓަކައި މިއަދު މުރައިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ރައީސް ވަނީ ވަރަށް ސާފުކޮށް ސަރުކާރުން ކުރާނެ ކަންކަން ތަރުތީބުކުރެވިގެންދާނެ ގޮތް އަބަދުވެސް ހާމަކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ ކުރިން ވަނީ މުރައިދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތާއި […]
ސަރުކާރުން ކަންކަން ޢިއުލާންކުރަނީ، އެކަންކަން ކުރެވޭނެ ގޮތްތައް ކަނޑައެޅުމަށްފަހު: ރައީސް މުޢިއްޒު

ސަރުކާރުން ކަންކަން ޢިއުލާންކުރަނީ، އެ ކަންކަން ކުރެވޭނެ ގޮތްތައް ކަނޑައެޅުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ.އަތޮޅުގެ ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ހއމުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށު ސުކޫލުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ސަރުކާރުން ކަންކަން ޢިއުލާންކުރަނީ، ކުއްލިއަކަށް އެއްވެސް ކަމެއް ނުބައްލަވައި ނޫންކަމަށާއި، އޭގެ ބަދަލުގައި ކަންކަން ޢިއުލާން ކުރައްވަނީ، އެ ކަންކަން ރާވައި އެކަންކަން ކުރުމަށް މަޝްވަރާކުރުމަށްފަހު، […]
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ޝަންހާއީއަށް ވައިޑް ބޮޑީ ދަތުރުތައް ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އާ ވައިޑް ބޮޑީ ދަތުރުތައް ޝަންހާއީއަށް ރަސްމީކޮށް ފަށައިފި އެވެ. މި މަހުގެ ކުރީކޮޅު ޗެންގްޑޫ އާއި ބެއިޖިންއަށް ކާމިޔާބުކަމާއެކު ދަތުރުތައް ފެށުމަށްފަހު ޝަންހާއީ ވެފައިވަނީ ޗައިނާގައި އެ އެއާލައިންގެ ތިން ވަނަ މަންޒިލަށެވެ. އެ އެއާލައިނުން ޗައިނާއަށް ކުރާ ދިގު ދަތުރުތަކަކީ އެ އެއާލައިނުން އަލަށް ހޯދި ވައިޑް ބޮޑީ އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓުތައް ބޭނުންކޮށްގެން ކުރާ ދަތުރުތަކެކެވެ. ޗައިނާގެ ތިން މަންޒިލަކަށް ވެސް ހަފުތާއަކު ދަތުރުތައް ޝެޑިއުލްކޮށްފައިވާއިރު، […]
އަދާކުރި ވަޒީފާއެއްގެ ސަބަބުން ދައުލަތަށް ބަލަދު އަރައިގެން ނުވާނެ

ސުރުޚީގައި އެވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން ވަރަށް ކުޑަ އެތިކޮޅެކެވެ. ވަރަށްބޮޑު ތެދެކެވެ. ކޮންމެ ކޮންމެ މީހަކީ އޭނާ އަދާކުރި ވަޒީފާއެއްގެ ސަބަބުން މުޅި އުމުރަށް ދައުލަތުން ބަލަހައްޓަންޖެހޭ މިސްކިތު ވަކަރަކަށް ވެގެން ނުވާނެއެވެ. މާލޭގެ މަގުމަތިން އަޑުއިވޭ ގޮތުގައި ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ ގާނޫނު އަސާސީއަކީ އެމެރިކާގެ ފެންވަރުގައި ލިޔެފައިވާ ގާނޫނު އަސާސީއެކެވެ. އެހެންނަމަވެސް ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ދެވަނަފަހަރަށް ހަވާލުވެ […]