އެމެރިކާއާއި ނުލައި ނޭޓޯއިން ރަޝިޔާއާ ދެކޮޅަށް ނިކުތުމަކީ ވަރަށް ގެއްލުން ހުރި ކަމެއް

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ ޔޫރަޕްގެ ގައުމުތަކަށް ފުޅާވެގެން ހިނގައިދާނެކަމަށާއި އެހާލަތުގައި އެމެރިކާގެ ބައިވެރިވުން ނުލިބިއްޖެނަމަ ނޭޓޯއަށް ޔޫރަޕް ދިފާއުކުރުމަކީ ވަރަށް އުދަނގޫ ވާނެކަމަށް މިލިޓްރީ ތަޖްރިބާކާރުން ބިޒްނަސް އިންސައިޑަރަށް މައުލޫމާތު ހާމަކޮށްދީފިއެވެ. މި ވާހަތައް ފެންމަތި ވެގެން މިއައީ އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ބަސްމަގުހުރިގޮތުން ނޭޓޯއަށް އެމެރިކާގެ މިލިޓްރީއެހީ ނުލިބިދާނެކަމަށް ބެލެވެން ފެށުމުންނެވެ. ޔޫރަޕްގެ ގައުމުތަކު ދިފާއުގެ ބޮޑު ހިއްސާއެއް އޮންނަނީ އެމެރިކާގެ ބޮލުގައި އަޅާފައެވެ. ޔޫރަޕުން އެމެރިކާޖަހާ ބެރަށް ނަށަން […]

ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރޭގައި ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އުންމީދުތައް ފަނޑުވެއްޖެ

އިސްރާއީލާއި ހަމާސްއާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލު ނުކުރެވި އޮތުމުން، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ ބްރޯކަރުން ކުރާ މަސައްކަތްތައް އަނެއްކާވެސް ވަނީ ފުނޑުފުނޑުވެފައެވެ. ޑިސެމްބަރު މަހު އުއްމީދުތައް އުފެދިފައި ވާއިރު، ބައިޑަންގެ ވެރިކަމުން ނިމި، އެމެރިކާގެ ރައީސްއަކަށް އަންނަ ޓްރަމްޕް ވަނީ އެއްބަސްވުމަކަށްގެންނަން ޑިޕްލޮމެޓިކް ޕްރެޝަރުކޮށްފަ އެވެ. ހުށަހެޅި އެއްބަސްވުމުގައި ހަނގުރާމަ ހުއްޓާލުމާއި ހަމާސްއިން އަދިވެސް ހިފަހައްޓާފައިވާ އިސްރާއީލުގެ 100 އަށް ވުރެ ގިނަ ރަހީނުން ދޫކޮށްލުން ހިމެނެއެވެ. ނަމަވެސް ބޮޑެތި ހުރަސްތަކުގެ ސަބަބުން އެއްވެސް […]

ސިއްހީ ވުޒާރާއިން ދުންފަތް އުފެއްދުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމަށް ކަސްޓަމްސްއަށް އަންގައިފި

ސިއްހީ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން، އިމްޕޯޓްކުރެވޭ ހުރިހާ ދުންފަތުގެ އުފެއްދުންތަކެއް ހިފެހެއްޓުމަށް މޯލްޑިވްސް ކަސްޓަމްސްއަށް ސިއްހީ ވުޒާރާއިން އަންގައިފިއެވެ. މިއީ ފާއިތުވި ނޮވެމްބަރުގައި ދުންފަތު ކޮންޓްރޯލް ޤާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން، ވޭޕް އިމްޕޯޓްކުރުމާއި ބޭނުންކުރުން މަނާކުރުމާއެކު، ރާއްޖޭގައި ދުންފަތުގެ އުފެއްދުންތައް އުފެއްދުން މަނާކުރުމަށްފަހު އެޅުނު ފިޔަވަޅެކެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހު ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާއަށް ފޮނުވާފައިވާ ސިޓީއެއްގެ ސައްހަކަން ސިއްހީ ވުޒާރާއިން ކަށަވަރުކޮށްދީފައިވެއެވެ. ސޯޝަލް މީޑިއާގައި ފުޅާ […]

ޖިމްނާސްޓިކްސް އިން ފަސް ފަހަރު އޮލިމްޕިކް ރަން މެޑަލް ހޯދި އެގްނެސް ކެލެޓީ މަރުވެއްޖެ

ޖިމްނާސްޓިކްސް އިން ފަސް ފަހަރު އޮލިމްޕިކް ރަން މެޑަލް ހޯދި ހަންގޭރީގެ އާޓިސްޓިކް ޖިމްނާސްޓިކް ކޯޗު އެގްނެސް ކެލެޓީ އުމުރުން 103 އަހަރުގައި މަރުވެއްޖެއެވެ.9 ޖެނުއަރީ 1921 ގައި ބުޑަޕެސްޓަށް އުފަން އެގްނެސް މަރުވެފައި ވަނީ މިއަދު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ. އެގްނެސް މަރުވެފައި ވަނީ މިދިޔަ ހަފްތާގައި ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފައި ވަނިކޮށެވެ. އެގްނެސްގެ ދަރިފުޅު ރަފައެލް ބިރޯ-ކެލެޓީ ލޯކަލް ޕްރެސްއަށް ބުނީ އާއިލާއެއްގެ ގޮތުގައި އެކުގައި 9 ޖެނުއަރީގައި […]

އިސްރާއީލުން ޣައްޒާއަށްދިން ހަމަލާގައި ޝަހީދުވި 11 މީހުންގެތެރޭގައި ހަމާސްގެ ޕޮލިސް ޗީފް ހިމެނޭ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި ޝަހީދުވި 11 މީހުންގެ ތެރޭގައި ހަމާސްގެ ޕޮލިސް ޗީފް ހިމެނޭކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާއަށް މިއަދު ދިން ހަމަލާތަކެއްގައި ހަމާސްގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕޮލިސް މަހުމޫދު ސަލާހާއި އޭނާގެ އެހީތެރިޔާ ހުސާމް މުސްތަފާ ޝަވާން ވަނީ ޝަހީދުކޮށްލާފައެވެ. މަހްމޫދު ސަލާހު ޝަހީދުވެފައި ވަނީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ އަލް މަވާސީ ޑިސްޓްރިކްޓްގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީންގެ ޓެންޓްތަކަށް ދިން […]

މާލެ އަދި ހުޅުމާލޭގައި އިތުރު ފެން ޕްލާންޓްތައް މި އަހަރު އަޅާނެ:އެމްޑަބްލިޔުއެސްސީ

މާލެ އަދި ހުޅުމާލޭގައި އިތުރު ފެން ޕްލާންޓްތައް މި އަހަރު އަޅާނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ. މަތީން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.އިތުރުވަމުން އަންނަ އާބާދީއާއެކު މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ އިތުރުކުރަންޖެހިފައިވާކަން ހާމަކޮށް މަތީން ވިދާޅުވީ މާލެއާއި ހުލުމާލެ ހިމެނޭހެން، 5000 ޓަނުގެ ފެން އުފައްދާ އިތުރު 2 ޕްލާންޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަމާޒަކީ 2025 ވަނަ އަހަރު މި ޕްލާންޓް ބަހައްޓާ […]

ކޮވިޑް 19 ފެށިގެން އައިގޮތުގެ މައުލޫމާތު ހިއްސާކުރުމަށް ޑަބްލިއު އެޗްއޯއިން އަނެއްކާވެސް ޗައިނާ އަށް ގޮވާލައިފި

ކޮވިޑް 19 ޕެންޑަމިކް ފެށިގެން އައި ގޮތް ދެނެގަތުމަށްޓަކާ ބައްޔާބެހޭ ތަފްސީލް މައުލޫމާތު ނުވަތަ ޑޭޓާ ހިއްސާކުރުމަށް ޑަބްލިއު އެޗްއޯއިން އަނެއްކާވެސް ޗައިނާއަށް ގޮވާލައިފިއެވެ.ކޮވިޑް 19 ޕެންޑަމިކް ފުރަތަމަ ފެނިފައިވަނީ މީގެ ފަސް އަހަރު ކުރިން ޗައިނާގެ ވޫހާން އިންނެވެ.ވޫހާންގައި ”ނިއުމޯނިޔާ“ ޒާތު ބައްޔެއް ފެތުރެމުންދާކަން އެސިޓީގެ ސިއްހީއިދާރާ ތަކުން ފާހަގަކޮށްފައިވާތީ އެކަން ބަޔާންކޮށް 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ޑަބްލިއުއެޗްއޯއިން ބަޔާނެއް ނެރުނެވެ.ބަލި ފެތުރެމުންދާލެއް ބާރުކަމުން، އޭގެ 3ހަފްތާފަހުން ޗައިނާ ސަރުކާރުން،11 […]

މޭވާއަޅާ ގަހެއްގައި މޭވާއެޅުން ހުއްޓުނު ނަމަވެސް އެގަހުގެ ހިޔާ އެތައް ހިސާބަކަށް ފެތުރިފައި ވެއެވެ.

ކޮންމެވެސް ރަށެއްގައި ޒުވާންފުރައިގެ ދެމަފިރިންނާއި އުމުރުން ދުވަސްވީ ދެމަފިރިން އަވަށްޓެރިންގެ ގޮތުގައި އުޅެން ދިމާވިއެވެ. މިގޮތުގައި އުޅެމުން ދިޔައިރު ޒުވާން ދެމަފިރިންގެ ހިތުގައި މުސްކުޅި ދެމަފިރިންގެ މައްޗަށް ކުލުނާއި ހަމްދަރުދީ އުފެދި،އެކުވެރިކަން ބަދަހި ކުރަމުން ގެންދިޔައެވެ. މިގޮތުން ކޮންމެ ހަފްތާބަންދެންގައި މުސްކުޅި ދެމަފިރިންގެ ގެޔަށް ގޮސް ކޮފީއެއް ނުވަތަ ސައިތައްޓެއް ބޯލާ ހަދާލުމަކީ އެދެމަފިރިންގެ އާދަޔަކަށް ވަނީ ހަދާފައެވެ.މިގޮތުން އެގެޔަށްދާދުވަސްތަކުގައި،މުސްކުޅި އަންހެންމީހާ އައިސް ކޮންމެވެސް ފުޅިއެއްގެ ނޫނީ ދަޅެއްގެ މަތި ނަގަން މުސްކުޅިފިރިހެން މީހާ އަތަށް ދޭކަން […]

ކޮންގްރެސް އިން ބޭނުންނަމަ ޓްރަމްޕް ރިޔާސީ ގޮނޑީގައި އިށީނުން ހުއްޓުވިދާނެ

އެމެރިކާގެ ކޮންގަރެސް އިން ބޭނުންވާނަމަ އިންތިޚާބީ ރައީސް ޓްރަމްޕް ރިޔާސީ ގޮނޑީގައި އިށީންދެ ވަޑައިގަތުން މިހާރުވެސް ހުއްޓުވިދާނެކަމަށް ދަ ހިލް ގެ އޮޕީނިއަނުން ހާމަ ވެއްޖެއެވެ. އެކަމަކު ކޮންގްރެސްއަށް ލިބިފައިވާ އެ ފުރުސަތު އަންނަނީ ކުޑަތަންވަމުންނެވެ. ތިމާ ކޮށްފައިވާ ހުވަ އާއި ޚިލާފް ވެފައިވާ މުޖުރިމަކު އެމެރިކާގެ ރިޔާސީ ތަޚްތަށް އިންތިޚާބު ކުރުމަށް އެމެރިކާގެ ގާނޫނު އަސާސީ ހުއްދައެއް ނުކުރެއެވެ. އެމެރިކާގެ ގާނޫނު އަސާސީގެ މަޝްހޫރު 14 ވަނަ އެމެންޑްމެންޓުގެ 3 ވަނަ ނަންބަރުގައި ހުދު ކަރުދާހުގައި […]

60 ފޫޓުގެ އުސް ރާޅުތަކުން ކެލިފޯރނިޔާގެ ގޮނޑުދޮށު ސަރަހައްދުތައް ވީރާނާ ކޮށްލައިފި

އެމެރިކާގެ ހުޅަނގު ބިތުގައި އުފެދުނު އެޓްމޮސްފެރިސިކް ރިވަރ އެއްގެ ބާރު ގަދަވެ ކެލިފޯނިޔާގެ ސެންޓާ ކުރުޒް ސަރަހައްދަށް ބަންޑުން ވުމުގެ ސަބަބުން އުފެދުނު 60 ފޫޓުގެ ބިޔަ ރާޅުތަކުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ޚަބަރުތައް ބުނެފައިވާ ގޮތުގައި އެބިޔަ ތަކުން ސެންޓާ ކުރުޒް ބަދަރުގެ ގުދަންތަކާއި އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު އުކާލާފައިވަނީ ހިކި ހޯލި ދަރުތަކެއް ބާރުގަދަ އޮއިވަރެއްގެ ތެރެއަށް ދަމައިގަންނަ ބީދައަކުންނެވެ. ސެންޓާ ކުރުޒްގެ މަގަތު ފާލަމަކީ މަސްބޭނުމާއި […]