ޖަލަށްލާފައިވާ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤު ގޭބަންދަށް ބަދަލުކުރަނީ

ކޮރަޕްޝަންގެ ކުށުގައި މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ގޭބަންދަށް ބަދަލު ކުރުމަށް ހުއްދަދޭ ޑޮކިއުމަންޓެއް ކޯޓަށް ހުށަހެޅުމުގެ ހުއްދަ މެލޭޝިޔާގެ އެޕީލްސް ކޯޓުން ނަޖީބަށް ދީފިއެވެ.ކޯޓުގައި ތިއްބަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ވަނީ އެ ބުނާ ޑޮކިއުމަންޓް ނުވަތަ ޑިކްރީ ހައިކޯޓަށް ހުށަހެޅުމުގެ ހުއްދަ ދިނުމަށް ފާސްކޮށްފައެވެ. ނަޖީބް ރައްޒާޤްގެ މައްޗަށް ވަނީ ގައުމުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ […]
އިންޑިޔާގައި ކޯލްމައިނެއްގައި ބަންދުވެފައިތިބި ބަޔަކު ސަލާމަތް ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ

އުތުރު އިންޑިޔާގެ ސްޓޭޓެއްކަމަށްވާ އާސާމްގައި، ކޯލް ނުވަތަ ބޯޓުދެލި ނެގުމަށް ހަދާފައިވާ ވަޅެއް ކަހަލަ މައިނެއްގައި،އެރޭނެ ގޮތެއްނުވެ ބަންދުވި ނުވަ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ދާކަމަށް ހަބަރު ލިބެއެވެ. ނުވަ Bމީހުންގެތެރެއިން މަދުވެގެން ތިންމީހުން މިހާރު މަރުވެފައިވާ ކަމަށް ރޮއިޓާސްއާއި ހަވާލާދީ ލިބޭ ހަބަރުތައް ބުނެއެވެ.”ރެޓްހޯލް“ މައިން ނުވަތަ މީދާ ހޮރުގެ ނަމުން ނަންދީފައިވާ މައިންގައި ހޯމަދުވަހު މީހުން ބަންދުވާން ދިމާވީ މައިންގައި ފެންބޮޑުވުމުން ކަމަށް ވެއެވެ. މިފަދަ ދަތިގޮތް ގޮތަށް ހަދާފައިވާ […]
ޓިބެޓަށް މިއަދު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 106އަށް އަރައިފި

ހިމާލިޔާ ސަރައްދުގެ ގައުމެއް ކަމަށްވާ ޓިބެޓަށް އަންގާރަ ދުވަހު ހެނދުނު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 106 އަށް އަރައިފިއެވެ.ބިންހެލުމުގެ ގުޑުންތައް އެސަރަހައްދުގެ އެހެން ބައެއް ގައުމުތައް ކަމަށްވާ ނޭޕާލް،ބޫޓާން އަދި އުތުރު އިންޑިޔާ އަށްވެސް އައިސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ. 7.1 ގެބާރުމިނުގައި އެތާ ގަޑިން ހެނދުނު 9ޖެހިއިރު ބިމުގެ 10 ކިލޯ މީޓަރު އަޑިން އައި ބިންހެލުމަށް ފަހު ވަރަށް ގިނަ އާފްޓާ ޝޮކްތައް އައިސްފައިވާކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާއި ހަވާލާދީ ލިބޭ […]
މި މަސްތެރޭގައި ނަޑެއްލާގައި އާ ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯދަން އިޢުލާންކުރަނީ

މި ޖަނަވަރީ މަހުގެ ތެރޭގައި، ގދ. ނަޑެއްލާގައި އާ ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯއްދަވަން އިޢުލާންކުރައްވާނޭ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނަޑެއްލާގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނަޑެއްލާގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ، 2008 ވަނަ އަހަރު ތަރައްޤީކޮށްފައިވާ، ރަށަށް މިހާރު އައިސްފައިވާ ތަރައްޤީއާ ނުބައްދަލު ބަނދަރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އާ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަވާނީ، ރަށަށް […]
ގައުމީ ކޮމްޕިއުޓަރ ވިއުގަގެ ކެޕޭސިޓީ އިތުރުކުރުމަށް ދިރާސާ ހަދަން ލަންކާގެ ކުންފުންޏަކާއި ހަވާލުކޮށްފި

ގައުމީ ކޮމްޕިއުޓަރ ވިއުގަ، ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯކް (އެންސީއެން)ގެ ހިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ދިރާސާ ހެދުމަށް، ސްރީލަންކާގެ ކުންފުންޏަކއެކު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ހަތަރުމަސްދުވަހުގެ މުއްދަތަކާއެކު މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްގެ […]
އިސްރާއިލުން ދެވަނަ ސުއޭސް ކެނޭލެއް ބިނާ ކުރަނީ

ޣައްޒާގެ ހަނގުރާމަ ކުރިޔަށްދާ މިދަނޑިވަޅުގައި ސުއޭސް ކެނޭލް އަށް ”އޯލްޓަނޭޓިވް“ އެއް(ދެވަނަ ގޮތެއް) ހޯދުމުގެ ގޮތުން އެފަދަ އިތުރު ކެނޭލް އެއް ގާއިމްކުރަން އިސްރާއިލުން ތައްޔާރުވަމުން ދާކަމަށް ހަބަރުލިބެއެވެ.މިއައު ކެނޭލް އަށް ދޭން ނިންމާފައިވާ ނަމަކީ ބެން ގުރިއޯން ކެނޭލްއެވެ. (BEN GURION CANAL)މެޑިޓަރޭނިއަން ކަނޑާ އެރޭބިން ކަނޑު ގުޅުވާދޭ ގޮތަށް އައު ކެނޭލް ގާއިމް ކުރަނީ ސުއޭސް ކެނޭލްގެ ބަދަލުގައި ބޭނުން ކުރެވިދާނެ ކެނެލް އެއްގެގޮތުގައެވެ.މިހާހަމައިން އުފެދޭ ސުވާލަކީ ސުއޭސް ކެނޭލް ނޫންގޮތެއް ހޯދަން އިސްރާއިލުން […]
މާފުށީ ޖަލުގައި ހައިހޫނުކަމުގެ ހަޅުތާލެއް!

މާފުށީ ޖަލުގައި ހައިހޫނުކަމުގެ ހަޅުތާލެއް ހިނގަމުން އެބަދާކަމަށް ޖަލުގައި ތިބި ފަރާތްތަކުގެ ބެލެނެވެރިންގެ ފަރާތުން ބުނަމުން އެބަދެއެވެ. ޚަބަރު ލިބޭގޮތުގައި މި ހަޅުތާލަކީ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރެވިފައިވާ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޙައްގުތައް ނުލިބޭ ކަމަށް ބުނެ ފަށާފައިވާ ހަޅުތާލެކެވެ. ބައެއް ޢާއިލާތަކުން ބުނާ ގޮތުގައި ވާނުވާގައި ޖަލަށް ލާފައިވާ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޙައްގުތަކުގެ ތެރޭގައި ހިމެނޭ ބޭސްފަރުވާ ނުލިބުމާއި ކަރަންޓް ނުލިބުމާއި ގޮޅިން ބޭރަށް ނުނެރެ ގިނަދުވަސްވުމާއި ކާންދޭ ތަކެތި ކަމުނުދިއުމާއި […]
ސަންދާނު އަހަންމައިދީ: ގައުމީ ކަމެއްގައި “ނޫނެކޭ“ ވިދާޅުވާކަށް ނުވެސް އެގެނީ

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމަށް ފާޑުވިދާޅުވެ، އީމެއިލުން ފޮނުވި ”ސަންދާނު“ ނޫހުގެ މައްސަލައިގައި ޖަލަށްލި ސަންދާނު އަޙްމަދު އިބްރާހިމް ދީދީ ނުވަތަ މަޝްހޫރު ސަންދާނު އަހަންމައިދީއަކީ ރާއްޖެއަށް ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރެއްވި ޑިމޮކްރެސީގެ އެއް ބަތަލެވެ. އޭނާއަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ “އަނިޔާވެރި“ 30 އަހަރުވީ ވެރިކަމަށް ފާޑުކިޔުމުގައި ދެމިހުންނަވައި، މުޙައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށް 2008 ގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މަސައްކަތް ކުރައްވައި އަދި ނަޝީދުގެ ވެރިކަން […]
ރާއްޖެއަކީ މިހާރު މިނިވަން ގައުމެއް ނޫން: ޔާމީން

ރާއްޖެއަކީ މިހާރު މިނިވަން ގައުމެއް ނޫން ކަަަަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ ދުސްތޫރުގައި މިއީ މިނިވަން ގައުމެއް ކަމަށް ބުނި ނަމަވެސް، ރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތު މިނިވަނެއް ނޫން ކަމަށެވެ. ސަަބަަބަކީ ރާއްޖެއަކީ މިނިވަން ގައުމެއްނަމަ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ނުތިބޭނެ ކަމަށެވެ. “މިތަނަކީ މިނިވަން ގައުމެކޭ ބުނެވިދާނެ. އެކަމަކު މިއީކީ މިނިވަން ގައުމަކަށް މިހާރު ނުވޭ […]
ކަރަޕްޝަނުގެ މައްސަލަތައް ރިޕޯޓުކުރަމުންދިޔަ އިންޑިއާގެ ނޫސްވެރިއަކު ސެޕްޓިކް ޓޭންކެއްތެރޭ މަރުވެފައި އޮއްވާ ފެނިއްޖެ

ކަރަޕްޝަނުގެ މައްސަލަތައް ރިޕޯޓުކުރަމުންދިޔަ އިންޑިއާގެ ނޫސްވެރިއަކު ޗައްޓީސްގަރް ސްޓޭޓްގެ ސެޕްޓިކް ޓޭންކެއްގެތެރޭ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ސެޕްޓިކް ޓޭންކެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ މުކޭޝް ޗަންދްރަކަރު28އ އެވެ. އޭނާ މަޝްހޫރުވެފައިވަނީ އިންޑިއާގެ ޗައްޓީސްގަރް ސްޓޭޓުގައި ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓް ކުރުމަށެވެ. މި އަހަރު ފެށުނު ދުވަހު ގެއްލުނު ޗަންދްރަކާރު މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާގެ މޯބައިލް ފޯނުގެ ރެކޯޑްތައް ފުލުހުން ޓްރޭސް ކުރުމުން ބިޖާޕޫރުގެ […]