ނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޑީއެސްސީން ހޯދައިފި

ނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ހޯދައިފިއެވެ. ރޭ ކުޅުނު ނޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި، ވާދަވެރި، ކުލަބް އެޗްޑީސީ ބަލިކޮށް ޑީއެސްސީން ޗެމްޕިއަންކަން ހޯދީ 1-3 ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީއެސްސީގެ ޖާޒީ ނަންބަރު 10، ލާންސް ކޯޕްރަލް ޙުސައިން ރައްޒާނެވެ. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މި މެޗު ޝަރަފުވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑެލި ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ […]

މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އެން.ޖީ.އޯތައް އަދާކުރޭ:ސާޖިދާ

މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އެން.ޖީ.އޯތައް އަދާކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މަމްސް އެއިޑްގެ 6 ވަނަ އަހަރީ ގާލާ އެންޑް ފަންޑްރައިސިންގް ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ. ވިލާ ކޮލެޖުގެ ކިއު އައި ކެމްޕަހުގައި ބޭއްވި މި ޙަފްލާގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އެން.ޖީ.އޯތައް އަދާކުރާ ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކަށް ވާސިލު ނުވެވި ތިބޭ ފަރާތްތަކާ ހަމަޔަށް […]

ލޯބިން ގުޅޭ ދެހިތެއް ވަކިނުކުރެވޭނެއެވެ.

ވަރަށް ރީތި އަންހެންކުއްޖަކު ދެކެ ހަމައެހާރީތި ޒުވާން ފިރިހެނަކު ލޯބިވެ،ކައިވެނި ކުރިއެވެ.ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ.އެހެން ކަމުން ދެމީހުން ވެއަތު ކުރަމުންގެންދިޔައީ ވަރަށްވެސް އުފާވެރި ހަމަޖެހޭ ދިރިއުޅުމެކެވެ. އެކަކު އަނެކަކަށް އަޅާލާ އެކަކު އަނެކަކަށް އޯގާތެރިކަމާއި ލޯބިން ފުރިގެންވާ ދިރިއުޅުމެކެވެ. މިގޮތުގައި ދުވަސްތައް ކުރިޔަށް ދަނިކޮން އަންހެން ކުއްޖާޔަށް ގޮތްނޭނގޭ ހަމުގެ ބައްޔެއް ޖެހުނެވެ.މިކަމުގެ ސަބަބުން އޭނާގެ ރީތި ސިފަޔަށް މަޑުމަޑުން ބަދަލު އަންނަމުން ދިޔައެވެ.އޭނާގެ ރީތި ސިފަ ގޭއްލޭތަންފެނި ފިރިމީހާ ކުރިމައްޗަށް ނިކުންނަން […]

ސަފާރީއަކުން ދިވެހި ފިރިހެނަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަން ފަށައިފި

އދ. އަތޮޅު ރިސޯޓެއްގެ ކައިރީގައި އޮތް ސަފާރީއަކުން ދިވެހި ފިރިހެނަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނީ ނ. ހޮޅުދޫ ސީވީޑް އަލީ އަރުޝަދު ކަމަށެވެ. ސަފާރީގެ ސީސީޓީވީ ފުޓޭޖުން ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކްމަތީ އޭނާ ހުއްޓާ ވެއްޓި ސަފާރީގެ އަރިމަތީ ޖެހިފައި މޫދަށް ވެއްޓޭ މަންޒަރު ސަފާރީގެ ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އެމްއެންޑީއެފް އިން ބުނީ އޭނާ ކަނޑަށް ވެއްޓިފައި ވަނީ […]

ރައީސް މުޢިއްޒު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި އަދި ބައްދަލުނުކުރެއްވި ހުރި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައި ވެއެވެ. އެ މަނިކުފާނު ވަނީ މިދަތުރުފުޅުގައި ޒިޔާރަތްކުރެއްވި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. މި ދަތުރުފުޅުގައި ރައްޔިތުންނާ […]

މިހާރުވެސް ސަރުކާރުން މަސައްކަތް ފަށާފައި ވަނީ، ބޭރުގެ އެހީއާއެކު މަސްވެރި ސިނާޢަތް ފުޅާކުރުމަށް:ރައީސް

މިހާރުވެސް ސަރުކާރުން މަސައްކަތް ފަށާފައި ވަނީ، ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް، އެ ސިނާޢަތަށް މީހުން އިތުރުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، ގއ. ދެއްވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ރަނގަޅަށް މަސައްކަތްކޮށްފިނަމަ މަސްވެރިކަމަކީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާދާރަށް ހެދިދާނޭކަމަށެވެ. އަދި މިއީ ދިވެހިންގެ […]

ދެއްވަދޫ ބަނދަރުގެ ޖާގައިގެ ދަތިކަމާއި،ރަށް ގިރުމާއި ކުނިކޮށީގެ މައްސަލަ ޙައްލުކޮށްދޭނަން:ރައީސް

ގއ. ދެއްވަދޫއަށް މިވަގުތު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ކުރިމަތިވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ރަށް ގިރުމާއި ކުނިކޮށީގެ މައްސަލައަށް އެކުއެކީގައި ޙައްލު ހޯއްދެވުމުގެ މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ދެއްވަދޫއަށް މިއަދު ހެނދުނު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރައީސް ވަނީ ދެއްވަދޫ ކައުންސިލުން ކޮންސްޓްރަކްޝަން މިނިސްޓްރީއާ […]

ރޯދަމަހުގެ ކުރިން ފްލެޓް ލިސްޓު އާންމުކުރަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބުނު މީހުންގެ ލިސްޓު ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އާންމު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ގއ. އާއި ގދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް މަސައްކަތްޕުޅު ކުރައްވާފައި ވަނީ އެ މަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް ފްލެޓާއި […]

ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް:ރައީސް

ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައިއޮތް ރަނުގެ ފުރުޞަތެއް ކަމަށާ، ހުރިހާ ރައްޔިތުންވެސް މި ފުރުޞަތުގެ ބޭނުން ހިއްޕެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިގޮތަށް އިލްތިމާސް ކުރައްވާފައި ވަނީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހިނގަމުން މިދާ ރިޔާސީ ދައުރު ނިމޭއިރު، ދިވެހި ކޮންމެ ރައްޔިތަކީ ގެދޮރުގެ […]

ހުއްޓިފައިހުރި ބިނާރުގެ މަސައްކަތްތައް އަލުން ފެށުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަނީ

ހުއްޓިފައިހުރި ބިނާރުގެ މަސައްކަތްތައް އަލުން ފެށުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ގދ. ރަތަފަންދޫއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ މެޓީރިއަލް އަދި ފައިސާގެ ތާށިކަމާ ހެދި މަޑުޖެހިފައިހުރި މަޝްރޫއުތައް އަލުން ފެށްޓެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގެ އެކިއެކި ރަށްތަކުގައި މިގޮތަށް ހުއްޓިފައިހުރި މަޝްރޫއުތަކަށް ބޭނުންވާ ތަކެތި […]