ރައްޔިތުންނާމެދު އިޙުސާންތެރި ނަޒަރަކުން ނުބައްލަވަނީ ކީއްވެތޯ؟

ވެރިކަމުގެ ތަޚުތަށާއި ރައްޔިތުންގެ މަޖިލީހަށް މެންބަރުންނާއި ރައީސަކު ހޮވައިދެނީ ރައްޔިތުން ވާރެއާ އަވީގައި ކިޔޫ ހަދައި ވޯޓުލައިދީގެންނެވެ. މި އެންމެހައިފަރާތްތަކަށް ވޯޓުދީ މަގާމްތަކާއި ޙަވާލުކޮށް ގެދޮރާއި ބޭސްފަރުވާއާއި ކެއިންބުއިމާއި އަދި މިނޫންވެސް ގިނަގުނަ ޢިނާޔަތްތައް މިދެންނެވި ބޭފުޅުންނަށް ދެނީ ރައްޔިތުން ކަމަގައި ވީހިނދު މަގާމުގެޢިއްޒަތާ ލައްޒަތު ލިބުމުން ރައްޔިތުންގެ މައްޗަށް ކުލުނެއް ޢަގަލެއް ނެތީ ފަހެ ކޮންސަބަބަކާހެދި ތޯއެވެ. ރައްޔިތުންގެ ކިބައިން މިކަންކަން ޙާޞިލްކުރަން އުޅުއްވާއިރު ރައްޔިތުންގެ ގާތަށް ދަތުރުހައްދަވައި ވަޑައިގެން ރައްޔިތުންނަށް ތަރިބާލަދޭންވެ ވަޑައިގަންނަވާ ވަޢުދުތަކާ […]

ކެލިފޯނިއާގެ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 24އަށް އަރައިފި

ކެލިފޯނިއާގައި ރޯވަމުންދާ ނުރައްކާތެރި އަލިފާނުގެ ސަބަބުން މިހާތަނަށް 24 މީހުން މަރުވެއްޖެއެވެ. އަދި އޮފިޝަލުން މަޢުލޫމާތު ދެއްވާ ގޮތުގައި އަލިފާން އިރުމަތީ ފަރާތަށް ފެތުރި، ބްރެންޓްވުޑް އަދި އެންސިނޯގެ ރަށްތަކަށް ނުރައްކާވެފައިވެއެވެ. ހޫނު މޫސުމުގެ ސަބަބުން އަވަހަށް ފެތުރެމުންދާ އަލިފާން، ނިއްވުމަށް ފަޔަރ ފައިޓަރުން ގަދައަޅައި މަސައްކަތް ކުރަމުންދާއިރު، އަލިފާން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ. އެންމެ ފުރަތަމަ ސްޓޭޓްގެ އުތުރުގައި ރޯވި އަލިފާން މިހާރު ވަނީ އާބާދީ ބޮޑެތި ސަރަޙައްދުތަކަށް ފެތުރިފައެވެ.އަލިފާނުގެ ނުރައްކާތެރި […]

ޖިންސީ ގޯނާކުރާތީ އަމިއްލަ ދަރިން ބައްޕަ ގައިގައި ރޯކޮށް މަރާލައިފި

ޕާކިސްތާންގެ ޕަންޖާބް ސްޓޭޓްގައި އުމުރުން 18 އަހަރުން ދަށުގެ ދެއަންހެން ކުދިންނަށް،އެކުދިންގެ ބައްޕަ ޖިންސީ ގޯނާ ކުރާތީ ބައްޕަގަޔަށް ޕެޓްރޯލް އަޅާ ރޯކޮށްލައިފިއެވެ.އަދި މި ހާދިސާ އަށްފަހު އެމީހާ ވަނީ ހޮސްޕިޓަލުގައި މަރުވެފައެވެ. ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި ޖެނުއަރީ 6ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 48 އަހަރުގެ އަލީ އަކްބަރު ކިޔާ މީހެކެވެ.އަލީ އަކްބަރަށް ތިން ކައިވެންޏަކަށް 10 ދަރިން ލިބިފައިވާ ކަމަށް ވެއެވެ.ފުރަތަމަ އަނބިމީހާ މަރުވެފައިވާއިރު ދެންތިބި ދެއަނބިންނާއި […]

ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ދެ ރަށެއްގައި ފުލުހުންގެ އޮޕަރޭޝަނެއް ފަށައިފި

ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ދެ ރަށެއްގައި ފުލުހުންގެ އޮޕަރޭޝަނެއް ފަށާފައިވާކަަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުންގެ މީޑިއާ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ސިހުރު ހަދާކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައަކާއި ގުޅިގެން ރ. މީދޫ އަލި ރ. އަލިފުށީގައި އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މިކަމާއިގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ޑިމޮކްރެޓްސްގެ ރައީސްކަމުން އިސްތިއުފާދެއްވި ޙަސަން ލަޠީފް އެމްޑީޕީއަށް ސޮއިކުރައްވައިފި

ދަ ޑިމޮކްރެޓްސް (ޑެމްސް) ގެ ރައީސްކަމުން އިސްތިއުފާދެއްވި ޙަސަން ލަޠީފް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. މިވަގުތު ޑިމޮކްރެޓްސްގެ ރައީސްކަމުން އިސްތިއުފާދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެ، ޙަސަން ލަޠީފް އިސްތިއުފާދެއްވީ އިއްޔެގައެވެ. ޙަސަން މިއަދު ވަނީ އެމްޑީޕީއަށް އަލުން ސޮއިކުރައްވައިފައެވެ. ޙަސަން އެމްޑީޕީއަށް އަލުން ސޮއިކުރައްވާފައިވާއިރު، އޭނާގެ ކުރިން ޑިމޮކްރެޓްސްގެ އިސް 3 ބޭފުޅަކު އެމްޑީޕީއަށް ސޮއިކުރައްވާފައިވެއެވެ. އެއީ މިދިޔަ ރިޔާަސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ރަނިންގމޭޓްގެ ގޮތުގައި ހުންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރާއި، […]

ހިޔާ ޓަވަރަކުން މީހަކު ވެއްޓި އަނިޔާވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ޓަވަރަކުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ މީހާ ވެއްޓުނީ ހިޔާގެ 3 ވަނަ ޓަވަރުގެ ދެވަނަ ފަންގިފިލާއިންނެވެ. ނަމަވެސް އެ މީހާއާ ގުޅޭ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ނުލިބެއެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. ފޮޓޯ: ދައުރު

ޗައިނާއިން އަލަށް އުފައްދާ މެޝިންބަޑިން ހައިޕަރސޯނިކް މިސައިލަށް ހަމަލާ ދެވޭނެ

ޗައިނާއިން އަލަށް އުފައްދަމުން ގެންދާ ހައިޕަރސޯނިކް މިސައިލަށްވެސް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާނެ މެޝިންބަޑީގެ އަމާޒަކަށް ވެގެންދާ ކޮންމެ އެއްޗެއް ފުނޑުފުނޑު އަރުވާލާނެކަމަށް އިންޑިއާ ޑޮޓް ކޮމް އިން ހާމަކޮށްފިއެވެ. ޗައިނާއިން މި އުފައްދާ މެޝިންބަޑިން މިނިޓަކު 450000 ވަޒަން ގަޑިއަކު 9000 މޭލުގެ ބާރުމިނުގައި ބުރައިގެންދާނެކަންވެސް ވަނީ ހާމަކޮށްފައެވެ. ދުނިޔޭގައި މިވަގުތު އޮތް އެންމެ ބާރުގަދަ މެޝީންބަޑިއަކީ އެމެރިކާ ސިފައިން ބޭނުންކުރާ ފަލަންކްސް އެވެ. އެއިން ގަޑިއަކު 4500 ވަޒަން ބުރައިގެންދާ ކަމަށް ބުނެފައިވެއެވެ.                                                        […]

ނަރަކައިން ގަނޑުފެން ލިބުނަސް ކެނެޑާއަކީ އެމެރިކާގެ ބަޔަކަށް ނުވާނެ:ޓްރޫޑޯ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕް ގެ ސިކުނޑީގައި އަވަށްޓެރި ބައެއް ގައުމުތަކަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ވަކި ސްޓޭޓްތަކަކަށް ހެދުމުގެ ވިސްނުންފުޅު މި ގެންގުޅުއްވަނީ ކީއްވެގެންތޯ ބައިނަލް އަގްވާމީ މީޑިއާތަކުގައި ގިނަ ސުވާލުތަކެއް އުފައްދަމުން އެބަ ގެންދެއެވެ. ޑޮނާލްޑް ޓްރަމަޕް ދެކިވަޑައިގަންނަވާގޮތުގައި ކެނެޑާއާއި މެކްސިކޯފަދަ ގައުމުތަކުގެ ދިފާއަށްޓަކައި އެމެރިކާއިން އެތައް ބައިވަރު ފައިސާއެއް ޚަރަދު ކުރަމުންގެންދާއިރު ބަދަލުގައި އެމެރިކާއަށް ދުއްތުރާތަކެއް ނޫނީ ނުލިބެއެވެ. އެ މަނިކުފާނުގެ ރިޔާސަތުގައި މިއީ ތާއީދު ކުރައްވާނެ ސިޔާސަތެއް ނޫނެވެ. […]

ދޮންމަންމަ އަހަރެންނަށް އަގުބޮޑު ވެކޭޝަންހޯމް ދޫކޮށްފަދިޔައީ ކީއްވެގެންބާވައެވެ.

އަހަރެންގެ އުމުރުން 12 އަހަރުގައި މަންމަ މަރުވުމުން ބައްޕަ ދެވަނަ ކައިވެންޏެއް ކުރިއެވެ.އޭނާގެ ދެއަންހެން ކުދިން ތިބެއެވެ.ބައްޕަގެ އެކައިވެންޏަށްފަހު އަހަރެންނަށް އުޅެން ޖެހިފައިއޮތީ ހިތްދަތި ދިރިއުޅުމެކެވެ.އަބަދުވެސް ހުންނަންޖެހުނީ އެމީހުންގެ ހިޔަނީގެ ނިވަލުގައެވެ.އާއިލާގެ ތަރިންނަކީ ދޮންމަންމަގެ ދެދަރިންނެވެ.ބައްޕަގެ ބާރެއް ނޯންނަ ކަހަލައެވެ.ޗުއްޓީގަ ދާނެ ތަނެއް ނިންމާނީވެސް އެމީހުންނެވެ.އަހަރެންކައިރީ އެއްވެސް ކަމެއް އަހާލުމެއް ނޯވެއެވެ.އެމީހުން ސިޓިންގރޫމްގަ ހޭން ތިބޭއިރު އަހަރެންނަށް ހުންނަން ޖެހިފައޮތީ ބަދިގޭގަ ތަށިދޮންނާށެވެ.ބޭނުން ކުރަން ލިބެނީ އެމީހުންގެ ބާހެދުމެވެ. ދޮންމަންމަ އަހަރެންނަށް ސީދާ އަނިޔާކޮށް އިހާނެތިކޮށް ނުހެދިނަމަވެސް […]

މި ރޯދަމަހު ސަރުކަރުން ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރާނެ:މިފްކޯ

މި ފެށޭ ރޯދަމަހު ސަރުކަރުން ދޭ އިނާޔަތެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރާނެ ކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން މިއަދު ބުނެފި އެވެ. އެގޮތުން މިފްކޯއިން ނިންމާފައި ވަނީ ކޮންމެ ގެއަކަށް 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް ދޫކުރާށެވެ. މިފްކޯއިން މިއަދު ބުނީ އެ ކުންފުނިން ރޯދަ މަހަށް އާންމުކޮށް އުފައްދާ މަސްދަޅުގެ އަދަދަށްވުރެ އިތުރަށް ލައްކައެއްހާ މަސްދަޅު މި ރޯދަމަހު އުފައްދަންޖެހޭ ކަމަށެވެ. އަދި އެކަމަށް ތައްޔާރުވަމުން […]