ސެނަހިޔާ ހޮސްޕިޓަލު ކައިރިން ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިއްޖެ

ސެނަހިޔާ ހޮސްޕިޓަލު ކައިރިން ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހެނދުނު ސެނަހިޔާ ހޮސްޕިޓަލް ކައިރިން ޒަހަމްތަކަކާއެކު މީހަކުވެއްޓިފައި އޮއްވާ ފެނިގެން އެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެއީ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ މައްސަލައިގެ ރިޕޯޓް ލިބިގެން އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނައިރު އެ މީހާއަށް އިތުރު ފަރުވާދިނުމަށް ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާއާ ގުޅޭ […]
ކިތަންމެ ފައިސާއެއް އަތުގައި ހުއްޓަސް ދުނިޔެއާއި ވަކިވެދާންޖެހޭނީ ހުސްއަތާއެވެ.

ކޮންމެ ވެރިޔަކުވެސް އަދި ކިތަންމެ ބާރުގަދަ ސިޔާސީ މަގާމެއް ފުރުއްވާ ބޭފުޅަކަށް ވިޔަސް އަދި ކިތަންމެ ގިނަފައިސާއާއި މުދާ އަތުގައި ހުއްޓަސް ކޮންމެ ބޭފުޅަކުވެސް މި ދުނިޔެދޫކުރައްވާ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ހުސްއަތާއެވެ. މީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ. މިދެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް މަގާމާއި ޙަވާލުވެ ވަޑައިގަންނަވަނީ ރައްޔިތުންގެ މުދަލާ ފައިސާ އަމާނާތްތެރި ކަމާއެކު ބަލަހައްޓައި ދިނުމަށާއި ރައްޔިތުންގެ ޙައްގުތަކާއި ވާޖިބުތައް އަދާކުރުމުގައި އިޚުލާސްތެރިވެ ތެދުވެރިކަންމަތީގައި ދެމިހުންނެވުމަށް ހުވާކުރެއްވުމަށްފަހުގައެވެ. ކަން މިހެން ހުރި […]
ކަޝްމީރުގެ އިންޑިޔާ ކޮންޓްރޯލްކުރާ ފަޅިއާއި ނުލާ އިންޑިޔާ ފުރިހަމައެއް ނުވޭ:ރާޖްނާތު

ކަޝްމީރުގެ ޕާކިސްތާނުން ކޮންޓްރޯލް ކުރާ ފަޅި (ޕީއޯކޭ)އާއި ނުލާ،ގައުމެއްގެ ގޮތުގައި އިންޑިޔާ ފުރިހަމަ ނުވާކަމުގައި އިންޑިޔާގެ ޔޫނިއަން ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.އަދި އެސަރަހައްދު ޕާކިސްތާނަށްވާނީ ”ފޮރިން“ ސަރަހައްދަކަށް ކަމުގައި ސިންގ ވިދާޅުވިއެވެ. މީގެ އިތުރުން ޕާކިސްތާނުން ކަޝްމީރުގައި ޓެރަރިސްޓް ޓްރެއިނިންގ ކޭމްޕް ތައް ހިންގާކަން ފާހަގަ ކުރައްވަމުން، މިކަމަކީ އިންޑިޔާއިން ރައްދު ފިޔަވަޅު އަޅާނެ ކަމެއްކަމަށް ވިދާޅުވެ ”ވޯނިންގ“ ދެއްވިއެވެ. ރާޖްނާތު ސިންގ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އަންގާރަ ދުވަހު،ޖަންމޫ އެންޑް […]
ކެލިފޯނިޔާގެ އަލިފާން ނިއްވާލުމުގައި އީރާނުން ބައިވެރިވުމުގެ ފުރުސަތަކަށް އެދިއްޖެ

އެމެރިކާގެ ތާރީޚުގައި ކެލިފޯރނިޔާ ސަރަހައްދަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އަދި ގެއްލުން ލިބެމުންދާ އަލިފާން ފެތުރުމުގެ ކާރިސާގައި އަލިފާން ނިއްވާލަން ކުރަމުން ގެންދާ މަސައްކަތުގައި ފާހަގަކުރެވޭފަދަ ކާމިޔާބީއެއް ލިބެމުންނުދާތީ އެ ކަމުގައި ބައިނަލް އަގްވާމީ އެހީއަށް އެމެރިކާއިން އެދިފައިވާކަމަށް މީޑިއާތަކުން ހާމަކޮށްފިއެވެ. އެމެރިކާގެ މި އެދުމަށް ޖަވާބު ދިން ފަރާތް ތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އީރާނުގެ ރެޑް ކްރެސްންޓުން އެމެރިކާގެ ރެޑް ކްރޮސް އަށް ފޮނުވާފައިވާ މެސެޖެވެ. އެ މެސެޖްގައި އީރާނުގެ ރެޑް […]
ދެން ނިކަން އެނދު ދަށުގައި މީހަކު އޮވެބަލަ !

އެންމެ ކުޑައިރުން ފެށިގެންވެސް އަހަރެން ގަންނަ ޒާތެއްގެ ބިރެއް ވެއެވެ.އެއީ އަހަރެންގެ އެނދުގެ ދަށުގައި މީހަކު ވަދެއޮންނަހެން ހީވާތީ ގަންނަ ބިރެކެވެ.މިކަމާ އަހަރެން ގެ މައިންބަފައިންނާއި އަދި އާއިލާގެ އެހެން މީހުންވެސް ވާހަކަ ދެއްކުމުންވެސް އެބިރު ފިލާދާގޮތެއް ނުވިއެވެ.އުމުރުގެ ދުވަސްތައް ގުނެމުން ގޮސް އަހަރެން ބޮޑުވެ މީހަކާ އިންނަ ވަރު ވީއިރުވެސް އެބިރު އޮވެއެވެ.އެއްރޭވެސް ހަމަޖެހިގެން ނިދާލެވޭ ގޮތެއް ނުވެއެވެ.އެކި ޑަކްޓަރުންނަށް ދައްކާ ބޭސް ކޮށް ހެދުމުންވެސް ރަގަޅެއް ނުވިއެވެ.މިބިރުގެ ކަންތައް މާބޮޑުވެގެންގޮސް އެންމެ ފަހުން މިކަމުން […]
ޓްރަމްޕް މަރަން ހަމަލާ ދޭނެ ކަމަށް ”ޕްރެޑިކްޓް“ ކުރި މީހާ،އެމެރިކާއަށް ބާރުގަދަ ބިންހެލުމެއް އަންނަން އުޅޭ ކަމަށް ”ޕްރެޑިކްޓް“ ކޮށްފި

ކްރިސްޓިއަން ދީނުގެ ރަސޫލެއް ކަމަށް ދައުވާކުރާ ބްރެންޑަން ޑޭލް ބިގްސް ކިޔާ މީހަކު،އެމެރިކާ އަށް ބާރުގަދަ ބިންހެލުމެއް އަންނަންއުޅޭ ކަމުގެ“ވިޝަން“ އޭނާޔަށް ފެނިއްޖެ ކަމަށް ބުނެފިއެވެ.އޭނާ ބުނެފައިވާ ގޮތުގައި މެގްނިޓިއުޑް 10ގެ ބާރުގަދަ ބިންހެލުމެއް އެމެރިކާގެ ”ނިއު މެޑްރިޑް ފޯލްޓް ލައިން“ ކިޔާ ސަރަހައްދަށް އަންނާނެއެވެ. އަދި މިބުނާ ފޯލްޓް ލައިން މަތީގައިވާ އެތައް ސްޓޭޓަކަށް އެއްފަހަރާ ބިންހެލުން އަންނާނެކަމަށް އޭނާ ބުނެފައި ވެއެވެ. މިތަންތަނުގެ ތެރޭގައި މިސޫރީ،އާކަންސާސް،ޓެނެސީ ކެންޓަކީ އަދި އިލިނޯއީ ހިމެނެއެވެ.”ނިއު މެޑްރިޑް ފޯލްޓް […]
100 ރުފިޔާގެ އައު ނޫޓު މި މަހު 19 ގައި ނެރެނީ

ސަތޭކަ ރުފިޔާގެ އައު ނޫޓު މި މަހުގެ 19 ގައި ނެރޭނެ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބުނެފިއެވެ. އެމްއެމްއޭއިން ބުނީ މި ފަހުން ޗާފު ކުރި 100ގެ ނޫޓުތައް މި މަހުގެ 19 ވަނަ ދުވަހު ނެރޭނެ ކަމަށާއި އެ ނޫޓު ދައުރު ކުރާއިރު، މިހާރު ބޭނުންކުރަމުންދާ ނޫޓުތައް ވެސް ދައުރު ކުރަމުންދާނެ ކަމަށެވެ. އެމްއެމްއޭ އިން އަލަށް ޗާޕު ކުރި 100 ރުފިޔާ ނޫޓުގެ ދެ ފަރާތުގައި ވެސް ދިވެހި ރުފިޔާގެ ނިޝާން […]
ވަގު ފޯމެއް މެދުވެރިކޮށް މެމްބަރު ޒިޔާދު ޕީއެންސީއަށް ވެއްދި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަން މަތީގައި ވަގު ފޯމެއް ފުރައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވެއްދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ. އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު […]
ފާއިތުވި އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވޭ!

މުދަލު ޒަކާތުގެ ގޮތުގައި ފާއިތުވި އަހަރު 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުނު ފުރަތަމަ ފަހަރުކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ދިވެހިރާއްޖޭގެ ޒަކާތު ހައުސް 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު އިފްތިތާޙު ކުރެވިގެން […]
ފާއިތުވި އަހަރު 7،606 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ބުނެފި

މަގުމައްޗަކީ އެންމެނަށް އަމާން ތަނަކަށް ހެދުމަށް ކުރެވުނު މަސައްކަތުން ފާއިތުވި އަހަރު ޖުމްލަ 73،953 އުޅަނދު ޗެކްކޮށް، 7،606 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ޓްރެފިކް އަދި ޓޯވިންގ ތަފާސްހިސާބުން ދައްކާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން، ފުލުހުން ބުނީ 66،347 މީހަކަށް ނަސޭހަތް ދީފައިވާއިރު، 7،606 މީހަކަށް ވަޔަލޭޝަން ސްލިޕް ދޫކޮށްފައިވާ ކަމަށެވެ. އަދި ލައިސަންސް ނެތި ދުއްވި 2،138 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ދެފުރޮޅުލީ 2،005 އުޅަނދާއި ހަތަރު ފުރޮޅުލީ 133 އުޅަނދު […]