ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ސަޢީދު އިސްތިއުފާ ދެއްވައިފި

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ސަޢީދު އިސްތިއުފާ ދެއްވައިފިއެވެ. ސަޢީދު މަގާމުން އިސްތިއުފާދެއްވިކަން ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އޭނާ އިިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެއެވެ. ސަޢީދު މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ޕީއެސްއެމްގެ ކޮންޓެންޓާ ގުޅޭ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. އެއިން އެއް މައްސަލައަކީ ޕީއެސްއެމްއިން ލައިވްކުރި ޖަލްސާއެއްގައި ކީރިތި ޤުރްއާން ކިޔަވަމުންދިޔައިރު، ޤުރްއާނުން ބައެއް އުނިކޮށްގެން ގެނެސްދިން މައްސަލައެވެ. އޭނާ ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަންކުރީ މިދިޔަ އޮގަސްޓުމަހު […]
އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދެވޭ އުސޫލު ތަސްދީގު ކުރައްވައިފި

އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދެވޭ އުސޫލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ، މި މަހުގެ 9 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލުގެ ދަށުން، މިހާރު ތަންފީޛުކުރެވެމުންދާ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި ޤާނޫނުގައި މިހާރު އެކުލެވޭ، ކަފާލާތުގެ ޢާންމު އުސޫލުތަކާއި، ތަޙްޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާގުޅޭ އުސޫލުތައް […]
ސައިބާ ކްރައިމާއި ގުޅުންހުރި އަމަލުތަކަކީ ކުށެއް ކަމަށް ކަނޑައަޅާ ބިލު ތަސްދީގު ކުރައްވައިފި

ސައިބާ ކްރައިމާއި ގުޅުންހުރި އަމަލުތަކަކީ ކުށެއް ކަމަށް ކަނޑައަޅާ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ، މި މަހުގެ 9 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ، ސައިބަރސްޕޭސްގައި ކުރާ ކުށްތައް ދިވެހިރާއްޖޭގައި އިތުރުވެފައިވާތީއާއި، އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ ޢަމަލުތައް ހިންގަމުންދާ ގޮތް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން […]
އަސަދު ރަޝިޔާއަށް ވަޑައިގެންނެވުމުގެ ކުރިން 250 މިލިއަން ޑޮލަރު އެ ގައުމަށް ފޮނުވި: ފައިނޭންޝަލް ޓައިމްސް

ވެރިކަމުން މިހާރު ދުރުކުރެވިފައިވާ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގެންނެވުމުގެ ކުރިން 250 މިލިޔަން ޑޮލަރު ސިއްރިޔާތުގައި މޮސްކޯއަށް ވައިގެ މަގުން އުފުލާފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. ބައްޝާރުލް އަސަދުގެ އެންގެވުމަށް ސޫރިޔާގެ ސެންޓްރަލް ބޭންކުން މިކަން ކޮށްފައިވަނީ ދެއަހަރެއްހާދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށް ވެއެވެ. ބޭރު ފައިސާގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ސޫރިޔާ އިން ދެޓަނުހާ ނަގުދު ޑޮލަރު އަދި ޔޫރޯ ބޭރުކޮށްފައިވަނީ 100ޑޮލަރުގެ ނޫޓުންނާއި 500 […]
ތަފާތު ރޮނގުތަކުން ޒުވާނުން ބިނާކުރެވޭނެމަގުތައް ސަރުކާރުން ހުޅުވާދޭން ޖެހޭ!

މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށެވެ. މިރަށުގެ ވަށައިގެންއޮންނަ ކަނޑުތޮށީގެ އެތެރެ ހިއްކާ ނިމި އެ ހިއްކާނިމުނު ބައިވެސް ވަނީ ގޯތިގެދޮރާ ޝޮޕިންގ ސެންޓަރު ތަކާ ރެސްޓްރާންޓް ތަކުން ފުރިފައެވެ. އެހެނަސް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ގިނަބޭފުޅުންގެ ވިސްނުންފުޅުގައި ޒުވާނުން ކުޅިވަރު ކުޅޭނެ ހުސްބިންތަކާއި ނުވަތަ ދަނޑުތައް ހުންނަންޖެހޭނެ ކަމުގެ ޚިޔާލާތެއް ނެތެވެ. މާލެ ފުރި ދެން ހަދާނެ ގޮތް ހުސްވުމާއެކު މާލެ ކައިރީގައި ހުރި ފަޅުތައް ހިއްކަން ފެށުނެވެ. އެ ފަޅުތަކުން ދިހަވަރަކަށް މާލެ ވަނީ […]
އައްޑޫން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ ބޯޓަކުން މީހަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ ބޯޓަކުން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ ”ސީމެކްސް ބޯޓު“ގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ނޭޕާލް ރައްޔިތެއް ކަމަށްވާ ރާޖް ކުމާރް އެވެ. ފުލުހުން ބުނީ އެ ބޯޓު މިހާރު އޮތީ ފުވައްމުލައް ސިޓީ ބަނދަރުގައި ކަމަށާއި އޭނާ ބޯޓުގައި ނެތްކަން އެނގުނީ އައްޑޫ އާއި ފުވައްމުލަކާއި ދެމެދު ކަނޑުމަތިން ފުވައްމުލަކާއި އަށް މޭލު ކައިރިވެފައި ވަނިކޮށް ކަމަށެވެ. އައްޑޫން ފުރައިގެން މާލެއަށް ދަތުރު […]
ޖަނަވަރީ 2 ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި

މި ފެށޭ އަހަރުގެ ޖަނަވަރީ މަހުގެ 2 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، މީލާދީ އާ އަހަރު ފެށޭ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ކަލަންޑަރުގައިވާގޮތުން 2025 ޖަނަވަރީ 1ވަނަ ދުވަސް ދިމާވަނީ ބުދަ ދުވަހާ ކަމަށްވެފައި، އެ […]
ދުނިޔޭގެ ބިމުގެ ގާތްގަނޑަކަށް %20 އަކީ 2 އާއިލާއެއްގެ މިލްކެއް

މިއީ ގަބޫލުކުރަން ދަތި އުދަނގޫ ހަގީގަތެކެވެ. މި ދައްކަންފެށީ މި ދުނިޔޭގެ ބިން ކަމުގައި ބެލެވޭ ގާތްގަނޑަކަށް 573 މިލިއަން އަކަމޭލުގެ ބިމުގެ ވާހައެވެ. އެހެންނަމަވެސް ދުނިޔޭގެ މިއޮއްބޮޑު ބިމުގެ ގާތްގަނޑަކަށް %18 އަކީ 2 އާއިލާއެއްގެ މިލްކެކެވެ. އޭގެތެރެއިން %16 މިލްކުވެރިޔަކީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާއެވެ. ދިވެހިން ބުނެ އުޅޭ ފަދައިން ދަތްހުރިއިރު ކާށި ކާލީއެވެ. އިނގިރޭސި ވިލާތުގެ އިސްތިއުމާރީ ވަކި ތަކުން ރީތިގޮތަކަށް ސަލާމަތް ވެވުނީ ދުނިޔޭގެ ވަރަށް މަދު ގައުމަކަށެވެ. ގައުމުތަކުން ފައިބަން […]
ރުކުމަޑި ކޮންޓްރޯލް ކުރަން ޗައިނާގެ އެހީގައި ރާއްޖޭގައި ލެބޯޓަރީއެއް ޤާއިމުކުރަނީ

ރުކުމަޑި ކޮންޓްރޯލް ކުރަން ޗައިނާގެ އެހީގައި ރާއްޖޭގައި ލެބޯޓަރީއެއް ޤާއިމުކުރަން ނިންމައިފިއެވެ.މި ލެބޯޓަރީ ތަރައްޤީކުރަން ނިންމާފައި ވަނީ ހދ. ހަނިމާދޫގައެވެ. ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު މި އަހަރު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ރުކު މަޑި ކޮންޓްރޯލްކުރުމަށް ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ސަރުކާރުގެ ދެމެދުގައި ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލްއަށް ހަމަލާދޭ ޕެރެސިޓޮއިޑް […]
އީސީގެ މެންބަރު ކަމުގެ މަގާމަށް ޢަބްދުލްޙަސީބު އިސްމާޢީލް އައްޔަން ކުރައްވައިފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ހުޅުމާލެ ހިޔާ، 11-23-05 ޢަބްދުލްޙަސީބު އިސްމާޢީލް މިއަދު އައްޔަން ކުރައްވައިފިއެވެ. މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، ޢަބްދުލްޙަސީބު އިސްމާޢީލްއާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ރައީސް ޑރ. މުޢިއްޒުގެ ކުރިފުޅުމަތީގައި، ޢަބްދުލްޙަސީބު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައިފައެވެ. އޭނާއަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް […]