އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރެން އުޅުނު މީހަކު ހައްޔަރުކޮށް 7 ދުވަހަށް ބަންދުކޮށްފި

މާލޭ އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށް ފޭރިގަންނަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ. އިއްޔެގެ ވަގުތެއްގައި އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދުއްވާފައި ދަމުން، އެހެން ސައިކަލެއްގައި ދިޔަ އަންހެނަކު ހުއްޓުވައި ފޭރެން އުޅުނު މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވ.ފިޔަބަރި، ޙަސަން އިސާމް (30އ) އެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ހާޒިރުކުރުމުން 7 ދުވަހަށް […]
ވަގަށް ގޯތި ދިން މައްސަލާގައި 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލައާ ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ފުލުހުން މިއަދު ބުނީ ފުލުހުން ތަހުގީގުކުރަމުންދާ ބިންވެެރިޔާ ހައުސިންގ ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން ޖުމްލަ 20 މީހުން ފުރުން މަނާކުރުމުގެ އަމުރު ނެރެފައިވާ ކަމަށެވެ. އޭގެތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދާއި، އޭނާގެ ބޭބެ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލު ރަޝީދު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. […]
އީރާނުގެ އެއާރކްރާފްޓް ކެރިއަރ އެމެރިކާއާއި އިސްރާއީލަށް ސިހުމަކަށް

އިންޑިއާ ޑޮޓްކޮމް އިން އާންމު ކޮށްފައިވާ އެންމެ މުހިންމު އެއް ޚަބަރަކީ އީރާނުންކުއްލިއަކަށް މޫދަށް ބޭލި އާދަޔާ ޚިލާފު 3 އެއާރކްރާފްޓް ކެރިއަރގެ ވާހަކައެވެ. އެ ޚަބަރުގައި ބުނެފައިވާގޮތުން އީރާނުން ޝަހީދު ބާރޣޭރީގެ ނަން ދީފައިވާ އެއާރކްރފްޓްގައި އާންމުކޮށް ބޭނުންކުރަމުންގެންދާ އެއަރކްރާފްޓް ކެރިއަރ ތަކާއި ޚިލާފަށް ޑްރޯން ނުފެންނާނެގޮތަށް ބެހެއްޓުމާއި އަދި އުދުއްސާލުމުގެ އިންތިޒާމް ހަމަޖެހިފައި ހުރުން ހިމެނެއެވެ. އެ އުޅަނދުގައި ރަންވޭ ތައްޔާރު ކޮށްފައިހުރީ ހަމައެކަނި ޑްރޯން އުދުއްސާލުމުގެ ބޭނުމަށް ތައްޔާރުކޮށްފައެވެ. ޕާރޝިއަން ގަލްފުގެ ތެރެއިން […]
ވަގަށް ގޯތި ވިއްކި މައްސަލަ: ފަޟުލްގެ ބޭބެ ފަޒީލް ސަސްޕެންޑްކޮށްފި

“ބިންވެރިޔާ” ސްކީމަށް ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގު ލިޔުން ތައްޔާރުކޮށް، މަކަރާއި ހީލަތުން ބިންތައް ދީފައިވާ މައްސަލާގައި އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ ފަޒީލް ރަޝީދު ސަސްޕެންޑްކޮށްފިއެވެ. ބިންވެރިޔާ ސްކީމުގެ ބޭރުން އުސޫލާ ޚިލާފަށް ގޯތި ވިއްކިކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިންގ މިނިސްޓްރީގައި އެދުމުން އެ މީހުންނަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން ހައުސިންގ މިނިސްޓްރީން އެންގުމުންނެވެ. ގޯތި […]
ބިންވެެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އަމުރުކުރައްވައިފި

ބިންވެެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް އަމުރުކުރައްވައިފިއެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބިންވެެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް އެދި ފޯމު ބަލައިގަތުމުގަޔާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް އަމަލުކޮށްފައިވުމުގެ ކަންބޮޑުވުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ މިއީ ފުރިހަމަ ޖިނާއީ […]
ދައުލަތް ދަރާވިކުނީ ރައްޔިތުންނަށް ކޮންއެއްޗެއް ދީގެން!

ރައްޔިތުން ވެރިޔަކު ހޮވާ ދައުލަތް ހިންގުމަށް ސަރުކާރެއް އެކުލަވާލަނީ ރައްޔިތުންގެ ފައިސާ ސަރުކާރުގެ ވެރިން ހިތުހުރި ވަރަކަށް ކާންދޭ ކަށެއް ނޫނެވެ. ރައްޔިތުން ވެރިޔަޔަކު އިންތިޚާބުކޮށް ދައުލަތް ހިންގުމަށް ސަރުކާރެއް އެކުލަވާލަނީ ރައްޔިތުންގެ ލާބަޔާ މަންފާ އަށްޓަކައެވެ. ރައްޔިތުމީހާ ތަރައްގީކޮށް އަމިއްލަ ބޯހިޔާވަހިކަމުގައި މީހަކަށް ނުދަރާ ދުޅަހެޔޮ ތަނަވަސް ދިރިއުޅުމެއްގައި އަމިއްލަ ފައިމަށްޗަށް ތެދުވެ އުފާވެރި ކަމާއެކު ދިރިއުޅެވޭނެ އަމާން ރައްކާތެރި ވެއްޓެއް ބިނާކުރުމަށެވެ. އަދި ރައްޔިތުން އިންތިޚާބު ކުރާ ވެރިޔަކާ ސަރުކާރު ޙަވާލު ކުރަނީވެސް އިސްވެ […]
ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަނީ: ބިން ވިއްކުމުގެ މައްސަލައަކާ ގުޅިގެން އެޗްޑީސީގެ ބޯޑު މެމްބަރުން ސަސްޕެންޑްކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތުތައް ހައްލުކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކޮރަޕްޝަނާއި ދުރު ލީޑަރޝިޕްގެ ދަށުން ސަރުކާރުން ވަނީ ކެރިގެން ފިޔަވަޅުތަކެއް އަޅާފައެވެ. ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރު ހިންގުމަށް ކުރާ މަސައްކަތުގައި، ގޯތިތައް އޮޅުވާލައިގެން ވިއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންގެ ތަހުގީގެއް ކުރިއަށްދާންދެން ޗެއާމަން އަހުމަދު ނަސީފް ފިޔަވައި އެޗްޑީސީގެ ބޯޑު މެމްބަރުން ސަސްޕެންޑްކޮށްފި އެވެ. ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ރެގިއުލޭޓަރީ ބޮޑީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު […]
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިސްތިއުފާ: ސައީދު ވިދާޅުވީ ސިޔާސީ ޕްރެޝަރެއް ނެތް ކަމަށް

ޕީއެސްއެމް ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދު އިސްތިއުފާ ދެއްވުމުގައި އެއްވެސް ސިޔާސީ ޕްރެޝަރެއް ނެތް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ސައީދު، މަގާމާ ހަވާލުވެ ހަތަރު މަސް ފަހުން އިސްތިއުފާ ދެއްވީއެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވާފައިވަނީ ސިއްޙީ ސަބަބުތަކާ ހުރެ ކަމަށެވެ.”އަޅުގަނޑު ކުރިއަށް އޮތް ތަނުގައި ވަރަށް ގިނަގިނައިން ރާއްޖެއިން ބޭރުގައި އުޅެން ޖެހޭނެ. އެއީ މިވަގުތު ސިއްހީ ހާލަތު ހުރި ގޮތުން ކުރަން ޖެހޭ ކަމެއް. އެހެންވެ، މަގާމުގައި ފުރަމުން އެ […]
ގުރައިދޫގައި ނިޔާވެފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވައިފި

ކ.ގުރައިދޫގައި ނިޔާވެފައި އޮއްވާ ފެނުނު ހަތަރު މަހުގެ ކުއްޖާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވީ އިންޑިއާއަށް ކަމަށެވެ. އިންަޑިއާއަށް ފޮނުވީ މިއަދު 12:00 ގެ ފުލައިޓުގައި ކަމަށް ފުލުހުން ބުންޏެވެ. ކުއްޖާގެ ޚަބަރު ހުސްވެފައި އޮތުމުން ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހުގެރޭ މެންދަމުއެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ކުއްޖާ […]
ގެއްލިގެން ހޯދަމުންދިޔަ ނިހާލު ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ޙަސަން ނިހާލު ފެނިއްޖެއެވެ. ތ. މަޑިފުށި / ބޮންތި، ޙަސަން ނިހާލު (34 އ) ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 20:07 ހާއިރުއެވެ. އާއިލާއާ ހަވާލާދީ ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ގެއްލިގެން ރިފޯޓުކުރުމާ ގުޅިގެން ހޯދަމުންދިޔަ ނިހާލު އިއްޔެގެ ވަގުތެއްގައި ފެނިފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ނިހާލު ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ. ނިހާލު ގެއްލުމުގެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އިތުރު […]