ފަޒުލް އިސްތިއުފާ ދެއްވައިފި!

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި އިސްތިއުފާ ދެއްވާކަން ހާމަކޮށް ފަޒުލް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހޭދަކުރެއްވި މުއްދަތުގައި އޭނާއާ ދޭތެރޭ ކުރަމުންދިޔަ އަދި މިހާރު އެކި މަންސަތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އެގޮތުން ފަޒުލް ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ”ބިންވެރިޔާ“ ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ […]
ހަށިވިއްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ އެ އިދާރާއާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ބިދޭސީ 7 އަންހެނަކާއި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ 2 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށެވެ. މީގެއިތުރުން މި މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 3 އަންހެނަކު މިހާރު ޑީޕޯޓުކޮށްފައި ވާއިރު، ބާކީ 6 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ތުހުމަތުތަކާ ގުޅިގެން ރަޖުނީ މަސައްކަތްތަކުން އެކަހެރިކޮށްފި

ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަސްއޫލިއްޔަތުތަކުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވަގުތީ ގޮތުން އެކަހެރިކޮށްފިއެވެ. ރަޖުނީއާ ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި އާންމުވެފައިވާ މައުލޫމާތާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޚިދުމަތުން ދަނީ ބަލަމުންނެވެ. ނުގަވާއިދުން ވިނަރެސް ފުލެޓުތަކެއް ދީފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު، ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވިނަރެސް ފުލެޓު ލިބުނު މީހުންގެ ލިސްޓުގައި ރަޖުނީގެ ނަން ވެސް އެބައޮތެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މިރޭ […]
ހޫތީ މުޖާހިދުންގެ މިސައިލް ހަމަލާއެއް އަނެއްކާވެސް ތެލް އަވީވަށް!

މިއަދު ހަވީރު ސީ އެން އެން ޚަބަރުގައި ހޫތީ މުޖާހިދުންގެ މިސައިލް ހަމަލާއެއް އިސްރާއީލުގެ ތެލްއަވީވަށް އަމާޒުވެއްޖެކަމަށް ބުނެފިއެވެ. އެ ހަމަލާ އަމާޒު ވެފައިވަނީ ތެލް އަވީވުގެ ޖައްފާގެ ދެކުނު ސަރަހައްދަކަށް ކަމަށް އިސްރާއީލުގެ މިލިޓްރީން ބުނެފައި ވެއެވެ. އިސްރާއީލުގެ މިލިޓްރީން ބުނެފައިވަނީ އެގައުމުގެ ދިފާއީ އައްޑަނަތަކަށް ނާރާގޮތަށް ތެލް އަވީވަށް މިސައިލުން ހަމަލާދެވުމަކީ ވަރަށް މަދުފަހަރަކު ނޫނީ ނުކުރެވޭނެ ކަމެކެވެ. ކުއްލި ހާލަތުގައި އެހީ ފޯރުކޮށްދޭ ވަސީލަތްތަކުން ބުނެފައިވަނީ މަދުވެގެން ސޯޅަވަރަކަށް މީހުންނަށް މި ހަމަލާގައި […]
މާލޭ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ މައުލޫމާތު މިއަދު 17:02 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. ނިިޔާވެފައި އޮއްވާ ފެނިފައިވަނީ ގ.ފްރެސް ލައިޓް ޢަލީ ރަޝީދު (35އ) ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
އެސްޕީ ރަޖުނީ ފްލެޓު ގަތްކަމަށް ބުނާ މައްސަލަ ބަލަނީ

ވިނަރެސްއިން ފްލެޓު ގަތް ކަމަށް ބުނެ ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބުއާ ގުޅޭގޮތުން ދައުރުވަމުން އަަންނަ ވާހަކަތަކާއި ގުޅިގެން އެ މައްސަލައިގައި ރަޖުނީގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިކަން ހާމަކޮށްފައި ވަނީ ހަސަން ކުރުސީގެ ނަމުގައި ޓްވީޓްކުރަމުން އަންނަ އެކްސް އެކައުންޓުން ވިނަރެސް ޓަވަރުތަކުގައި ހުރި ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ރަޖުނީ ގަނެފައިވާ ކަމަށްބުނެފައި ވަނިކޮށެވެ. އެ އެކައުންޓުން އިއްޔެ ވަނީ ރަޖުނީ ހިމެނޭހެން އިތުރު ބަޔަކު ނުގަވާއިދުން ވިނަރެސް […]
ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމު ކުރަނީ

ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. އެމްއެމްއޭ އިން ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމުކުރުމަށް ދިރާސާއެއް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައެވެ. އެމްއެމްއޭއިން ބުނީ މި ފަދަ ސެންޓަރެއް ގާއިމުކުރުމުގެ މަގުސަދުތަކުގެ ތެރޭގައި އިސްލާމީ ޝަރީއާ އާއި އެއްގޮތް ހައްލުތައް ގެނެސް މާލީ ބައިވެރިވުން އިތުރުކުރުން ހިމެނޭ ކަމަށެވެ. ހަމައެހެންމެ ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ސަރަހައްދީ ގޮތުންނާއި ތަންފީޒީ ގޮތުން […]
މަންމަ

އެދުވަހު އަހަރެންގެ މަންމަ އަހަރެންގެ ގެޔަށް އައީ ކުރިން ބުނުމަކާ ނުލައެވެ. އައިއިރު ގެނައީ އެންމެ ކޮތަޅެކެވެ.އޭގައިވަނީ އިސްޓާކީނަކާ، ގޭތެރޭ އަރާކަހަލަ ފައިވާނަކާ، ފެންވަރައިގެން ނިކުންނަ އިރު ލާކަހަލަ ބާތު ރޯބް އަކާއި އެއްހެދުން އަދި ބާލީހު އުރައެކެވެ. އިސްޓާކީނުގައި ވަނީ ”މުޅިދުނިޔޭގައިވާ އެންމެ ބެސްޓް މާމަ“ މިހެން ރޮދިން ލިޔެފައެވެ.އެއީ އަހަރެންގެ ކުދިން މަންމަޔަށް ދިން ހަދިޔާއެކެވެ.އެދުވަހު އައި ގޮތަށް މަންމަ އުޅެމުން ދަނީ އަހަރެންނާއެކު އަހަރެންގެ ގޭގައެވެ. މިހާރު ތިންހަފްތާ ވީއެވެ. އަހަރެންނަށް ހީވަނީ […]
ރަޝިޔާއިން ކީވަށް ދިން ހަމަލާގައި ހުޅަނގުގެ އެމްބަސީތަކަކަށް ގެއްލުން ލިބިއްޖެ

ހުކުރު ދުވަހު ހަވީރު ބުލޫމްބާރގުން ދީފައިވާ ޚަބަރުތަކުގައި މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ރަޝިޔާއިން ކީވަށް އަނެއްކާވެސް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި އެ ޝަހަރުގައި ހުރި ހުޅަނގުގެ ގައުމުތަކުގެ އެމްބަސީތަކަށްވަނީ ގެއްލުންތަކެއް ލިބިފައެވެ. އެހެންނަމަވެސް އެމްބަސީތަކުގައި މަސައްކަތްކުރާ އެއްވެސް މީހަކަށް ގެއލުން ލިބިފައިނުވާކަމަށް ބުނެފައި ވެއެވެ. ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ މިހާރުގެ އެންމެ އިސްވެރިޔާ ކާޖާ ކަލާސް ވަނީ ރަޝިޔާގެ މި ހމަލާތައް ކުށްވެރި ކުރައްވާފައެވެ. ރަޝިޔާއިން މި ހަމަލާދިނުމުގައި ޔޫކްރެއިނުގެ ސިއްރު […]
ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުގެ އިސްވެރިންނަށް ރައީސް މުއިއްޒު އިންޒާރު ދެއްވައިފި

ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ކޮރަޕްޝަނުގައި ބައިވެރިވާ ކޮންމެ މީހަކާއި މެދުގައި އަވަސް ފިޔަވަޅު އަޅަން ވައުދުވެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. މި އިންޒާރު ދީފައި ވަނީ ބިން ދޫކުރުމާ ގުޅޭ މައްސަލައަކާ ގުޅިގެން ކުރިއަށްދާ ތަހުގީގުތަކާ ގުޅިގެންނެވެ. ސީއީއޯ އާއި މެނޭޖިން ޑިރެކްޓަރުންނަށް ރައީސް މުޢިއްޒު ފޮނުއްވި ވަޓްސްއެޕް މެސެޖެއްގައި އެ މަނިކުފާނުގެ ޒީރޯ ޓޮލަރެންސް ސިޔާސަތު ތަކުރާރުކޮށް ވިދާޅުވެފައި ވަނީ “ކޮންމެ މީހަކު ކޮރަޕްޝަން ހިންގާނަމަ ނުވަތަ މަގުފަހިކޮށްދީފިނަމަ […]