ސޯމާލިއާ ބަޔަކު ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ރާއްޖެ ސަރަހައްދުން އަތުލައިގެންފި

ސޯމާލިއާ ބަޔަކު ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ރާއްޖެ ސަރަހައްދުން އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ދެންމެ ބުނީ ސޯމާލިއާ މީހުން ކަމަށް ޝައްކުކުރެވޭ ތިން މީހުން ތިބި ޑިންގީއެއް ފުވައްމުލައް ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ފެނިފައިވާ ކަމަށެވެ. އެގޮތުން އެ ޑިންގީ ވަނީ އެމްއެންޑީއެފް ކޯސްޓުގާޑުގެ ބެލުމުގެ ދަށައް ގެނެސްފައި ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. އަދި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބާ ޕެޓްރޯލުން އެ ސަރަހައްދަށް […]
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މުޢާޒް އިސްތިއުފާ ދެއްވައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މުޢާޒް މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ. މިއަދުން ފެށިގެން ފެނަކައިގެ އެމްޑީގެ މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރައްވައި ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ފޮނުއްވި ސިޓީ މުޢާޒް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. މުޢާޒް ވިދާޅުވީ ފެނަކައިގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު، ހަމައެކަނި ހިންގުމުގެ ޚަަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށާއި، މި ހާލަތުން އަރައިގަތުމަށްޓަކައި ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންތައް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ ހިއްސާކުރެވިފައިވާ […]
ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ތަހުގީގަށް މަގުފަހި ކުރުމަށް އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ތަހުގީގަށް މަގުފަހި ކުރުމަށް އެޗްޑީސީގެ 15 މުވައްޒަފަކު އެ ކުންފުނީގެ ވަޒީފާއިން ވަކިކޮށްފިއެވެ. އެޗްޑީސީން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އާއި ބައެއް އެހެން މުވައްޒަފުންވެސް ހިމެނެއެވެ. އެޗްޑީސީން 15 މުވައްޒަފަކު ވަކިކޮށްފައި ވާއިރު ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީގެން އުޅޭ މައްސަލައިގައި ރޭގެ ވަގުތެއްގައި އިސްތިއުފާދެއްވި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދާއެކު 20 މީހެއްގެ […]
ބަދަލުދިން މައްސަލައިގައި ޞާލިހާއި، ފައްޔާޒު އަދި ޝިޔާމްގެ މައްސަލަ ތަހުގީގުކުރަން ޕީޖީން އަންގައިފި

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން (ޕީޖީއޯ) ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ހިމެނޭ ގޮތަށް ކުރީގެ ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް، ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާގެ ސެޓްލްމަންޓް އެގްރިމެންޓްތަކަކާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގާފައެވެ. 2018އިން 2023 އަށް ވެރިކަން ކުރި އެމްޑީޕީ ސަރުކާރުން 1.6 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ސެޓްލްމަންޓް އަމިއްލަ ކުންފުނިތަކަށް ދީފައިވެއެވެ.މި ސެޓްލްމަންޓް އެގްރިމެންޓްތަކަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތަޙުޤީޤުކުރި […]
އެޗްޑީސީގެ އެމްޑީއަކަށް މަޢުރޫފް ޖަމީލު

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މ.ދޫރެސް މުޙައްމަދު މަޢުރޫފް ޖަމީލު މިއަދު އައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް މަޢުރޫފް އައްޔަން ކޮށްފައިވާ ކަމަށެވެ. މަޢުރޫފަކީ ހުޅުމާލެ ހިއްކުމާއި ތަރައްގީކުރުމުގެ ޕްރޮޖެކްޓުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް […]
އަނެއްކާ ވެސް ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ މައުލޫމާތު ރޭ 1:27 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި، މަރުވެފައި އޮއްވާ ފެނިފައިވަނީ ގ.ބިއުޓީވިލާ، ދާވޫދު ޖިމްރީޒް (45އ) ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. […]
ސަލަފް ޖަމިއްޔާއިން އަލީ ރަމީޒް ވަކިވެއްޖެ

ސަލަފް ޖަމިއްޔާއިން އަލީ ރަމީޒް ވަކިވެއްޖެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި އަލީ ރަމީޒް ކުރި ޕޯސްޓެއްގައި ބުނީ ޖަމިއްޔަތުން ސަލަފުން އިސްތިޢުފާ ދީފައިވާ ކަމަށެވެ. ނަމަވެސް އަލީ ރަމީޒު ސަލަފުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މީގެ އަހަރުތަކެއް ކުރިން ލަަވަކިޔުމުގެ ދާއިރާއިން މަޝްހޫރުވި އަލީ ރަމީޒް ވަނީ 2003 ވަނަ އަހަރު ލަވަކިޔުން ހުއްޓާލުމަށްފަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ގިނަ މަދަހަ ސީޑީތަކެއްވެސް […]
ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ ތަޙުގީގަށް މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ ޕޯޓަލެއް!

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ކުރިއަށްގެންދާ ތަޙުގީގަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ހުށައެޅުމަށް ޚާއްސަ ޕޯޓަލްއެއް ދިވެހި ފުލުހުންގެ ޚިދުމަތުން ޤާއިމުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި ޕޯސްޓެއްގައި ބުނީ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ އެއްވެސް ލިޔުމެއް އޮތްނަމަ، https://evidence.police.gov.mv އަށް ހިއްސާކުރުމަށް އެދޭ ކަމަށެވެ. މައުލޫމާތު ހިއްސާކުރާއިރު އަމިއްލަ މަޢުލޫމާތު ހާމަނުކޮށްވެސް މި ޕޯޓަލް މެދުވެރިކޮށް […]
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ނަފްސުގެ އަގު ވަޒަންކުރުމާއި ގުޅޭގޮތުން ސެޝަނެއް!

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ނަފްސުގެ އަގު ވަޒަންކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ސެޝަން ކުރިއަށް ގެންދާނީ މި މަހު 25 ވަނަ ދުވަހުގެ 16:00 އިން 17:30އަށެވެ. ޖުލައި މަހާއި އޮގަސްޓް މަހާއި އޮކްޓޫބަރު އަދި ނޮވެންބަރު މަހުގައިވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަނުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ […]
މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ އުފެއްދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ (އެމްސީޕީ) ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަދުވެގެން ބޭނުންވާ 3000 މީހުންގެ މެންބަރޝިޕް ފޯމް އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. ”މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ“ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ނޮވެމްބަރު 14 ގައެވެ. ގާނޫނުގައި އޮންނަ ގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ފޯމު އީސީއަށް […]