މަޖީދީ މަގުގެ ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތުކުރަނީ

މަޖީދީ މަގުގެ ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ މާލެސިޓީގެ މަގުތަކުގެ ޙާލަތު ދެނެގަނެ، ކުރިމަތިވާ މައްސަލަތައް ޙައްލު ކުރުމަށް ކުރެވުނު ސާވޭގެ ތެރެއިން، މަޖީދީ މަގުގެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަޙައްދުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލުގެ މުވައްޒަފުން ޗާންދަނީމަގާއި ރަށްދެބައިމަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފޮޓޯތައް އާންމުކޮށްފައެވެ. ހަމައެހެންމެ […]
ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހަ އަހަރުގެ ސްޓްރެޓަޖީ ފާސްކޮށްފި

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން، މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030 މިއަދު ފާސްކޮށްފިއެވެ. މި ސްޓްރެޓަޖީ ފާސްކޮށްފައި ވަނީ މިއަދު ހެނދުނު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމަށްފަހުއެވެ. މިއަދު ފާސްކުރި މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީގެ މައިގަނޑު މަޤްސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރި ކުރުމާއި، ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި، ކާރިސާތަކަށް […]
ވިސްނުންތެރި ޑޮކްޓަރު

ޑޮކްޓަރުކަން ކިޔަވައިގެން އައި ޒުވާނަކަށް ވަޒީފާއެއް ނުލިބި ގިނަ ދުވަސް ތަކެއްވަންދެން ހުންނަން ޖެހުނެވެ. އެންމެ ފަހުން އޭނާ އަމިއްލަ ކްލިނިކެއް ހުޅުވަން ނިންމިއެވެ. އޭނާގެ ކްލިނިކްގެ ބޭރުގައި ޚާއްސަ ބޯޑެއް ލިޔެފައި ބެހެއްޓިއެވެ. ”މިތަނުން 500 ރުފިޔާއަށް ކޮންމެ ބައްޔަކަށްވެސް ފަރުވާ ލިބޭނެއެވެ. ފަރުވާ ނުދެވިއްޖެނަމަ އެއްހާސް ރުފިޔާ ދޭނަމެވެ.“ މި ބޯޑު، ކްލިނިކްގެ ބޭރުގައި ހަރުކުރިތާ މާގިނަ އިރެއްނުވެ ޒުވާނަކު އެމަގުން ދަނިކޮށް އެއްކަލަ ބޯޑު ފެނިއްޖެއެވެ. އަދި ހިތަށް އެރިއެވެ. މަކަރެއް ހަދާލައިގެން […]
ޗައިނާގެ ބިޔަ މަޝްރޫއުތަކާހުރެ އިލޯން މަސްކް ހާސްވެފާ

އިންސާނާ ބޭނުންވާ ވަރަށް ދުވަހަކުވެސް މުއްސަނދިކަމެއް ނުލިބޭނެއެވެ. އަދި އެ އިންސާނާގެ ބާރު ހިނގާނަމަ އެހެން އިންސާނަކަށް އެއްޗެއް ލިބެންޖެހޭނީ އޭނާގެ އަތުން ފުރޭނިގެންނެވެ. މީޑިއާގެ ޚަބަރުތަކަށް ބަލާއިރު މިހާރު 430 ބިލިއަން އެމެރިކާ ޑޮލަރުގެ މުއްސަނދި ކަމެއް ލިބިފައިވާ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ފަޚްރުވެރި މަގާމުގައި ހުރި އިލޯން މަސްކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޗައިނާގެ ބޮޑެތި މަޝްރޫއުތަކުން އޭނާގެ މުއްސަނދިކަން އަދިވެސް އިތުރުކުރަން ހުރަސް އެޅިދާނެ ކަމުގެ ފިކުރުތަކެވެ. ޗައިނާއަކީ ދުނިޔޭގެ […]
ރަޝިޔާގެ މުސްލިމުންނަށް ހަތަރު އަނބިންނާ އިނދެވޭ ގޮތަށް އޮތް އޮތުން ބާތިލުކޮށްފި

ރަޝިޔާގެ މުސްލިމް ފިރިހެނުންނަށް އެކަކަށްވުރެގިނަ އަނބިންނާ އިނދެވޭ ގޮތަށް އޮތް އޮތުން އެގައުމުގެ އެންމެ މަތީ އިސްލާމިކް ކައުންސިލުން ބަދަލުކޮށްފިއެވެ. ރަޝިޔާގެ އިސްލާމިކް ކައުންސިލް އޮފް ސްކޮލާސްގެ ފަރާތުން މިގޮތަށް ނިންމުމުގެ ކުރިން، ޑިސެމްބަރ 17 ވަނަ ދުވަހު ވަނީ މުސްލިމް ފިރިހެނުންނަށް ހަތަރު އަނބިން ހުއްދަވާ ހާލަތްތައް ހާމަކޮށް ފަތުވާއެއް ނެރެފައެވެ. އެއީ ކައިވެނީގައި ހުރިހާ އަނބިންނަށް ހަމަހަމަ ކޮން ހިތުމާއި ވަކިން ދިރިއުޅެވޭނެ ތަންތަން ހަމަޖައްސައި ދިނުމާއި އަދި ކޮންމެ އަންބަކަށް ހަމަހަމަޔަށް ފިރިމީހާ […]
އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށްނަގައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަސް ލެޕްޓޮޕް ވަގަށް ނަގައިފިއެވެ. ފުލުހުން މިރޭ ބުނީ ފަރުކޮޅުފުށީގައި ހުންނަ އެ ކުންފުނީގެ އޮފީސް މީގެ ތިން ދުވަސް ކުރިން ފަޅާލައި ފަސް ލެޕްޓޮޕް ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓް މިއަދު ލިބިފައިވާ ކަމަށެވެ. އެގޮތުން ލެޕްޓޮޕް ވަގަށް ނެގިކަމުގެ ތުހުމަތު ކުރެވޭ މީހާ މިހާރު ހޯދާފައިވާ ކަމަށާއި އޭނާ ހުރީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ޖަލަށް ލާފައި ކަމަށް ފުލުހުން ހާމަކުރެއެވެ. މިހާތަނަށް ކުރި މަސައްކަތުން ލެޕްޓޮޕްތައް އަދި […]
ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އާންމުކޮށްފި

ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ“ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް“ އާންމުކޮށްފިއެވެ. ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ“ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް“ އާންމުކޮށްފައި ވަނީ މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި މިންގަނޑު އާންމުކޮށްދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި އަސާސްތަކާއި މިންގަނޑުތަކަކީ ދިވެހިރާއްޖޭގައި އަލަށް ތައްޔާރުކޮށް އާންމުކުރެވުނު އަސާސްތަކާއި މިންގަނޑުތަކެކެވެ. މިއީ ޒަކާތް ނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުޢީ އަސާސްތައް ބަޔާންކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޒަކާތު […]
ފެނަކައިގެ އެމްޑީއަކަށް ނަޖާހު އައްޔަންކޮށްފި

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް ސިފައިންގޭގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އައްޔަންކޮށްފިއެވެ. ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދުގެ އިސްތިއުފާ ގަބޫލުކުރައްވާ އެ މަގާމުން އޭނާ ވަކިކޮށްދީފައިވާ ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް […]
ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން، ޗެއާޕާސަންގެ މަގާމަށް ނަމްޒާ!

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއާޕާސަނަކަށް ލޯކަލް ގަވަމެންޓުގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ އަދި އެ ކުންފުނީގެ އެމްޑީއަކަށް ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިންގް މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިބްރާހިމް ނަސްރީން މިއަދު އައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާޕާސަން ކަމުގެ މަގާމަށް، މ.ހަނީކޯމްބް، އާމިނަތު ނަމްޒާ އައްޔަން ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން […]
އައިޖީއެމްއެޗުން 100 ޑަސްބިން އަދި އައިކެއާއިން 100 ނޯޓުފޮތް ހައުސިން މިނިސްޓްރީއަށް ހަދިޔާކޮށްފި!

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ފަރާތުން 100 ޑަސްބިން އަދި އައިކެއާއި އޮޕްޓިކަލްގެ ފަރާތުން 100 ނޯޓުފޮތް ހައުސިން މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ. ގްރީން ބިލްޑިންގައި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ ހިމެނޭހެން ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.އެހެންކަމުން އެ މިނިސްޓްރީން ދެމުން އައި ޚިދުމަތްތައް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެ މިނިސްޓްރީތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތްތައް ދޭން ވަނީ […]