އިސްރާއީލުން ސީރިއާގެ ޝިންޝާ އަށް ދިން ހަމަލާގައި 9 މީހަކު ޝަހީދުކޮށްލައިފި

ޒަޔަނިސްޓް އިޒްރޭލުން ސީރިއާގެ ހޮމްސްގެ ބޭރުގައި އޮންނަ ޝިންޝާ އަވަށަށް ހަމަލާދީ 9 މީހަކު ޝަހީދުކޮށްލައިފިއެވެ. ސީރިއާގެ ލޯކަލް މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި ސީރިއާގެ ހޮމްސްގެ ބޭރުގައި އޮންނަ ޝިންޝާ އަވަށަށް އިޒްރޭލު ސިފައިން ވަނީ އާ ހަމަލާއެއް ދީފައެވެ. އަލްމަސީރާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ވަނީ ޝިންޝާ އަވަށުގެ އިންސާނީ އެހީގެ ކޮންވޯއީއަކަށް އަމާޒުކޮށް ހަމަލާދީފައެވެ. އެ ހަމަލާތަކުގައި ނުވަ މީހުން މަރުވެ 10 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް […]

ޖާދޫގަރުންނާއި ޕޮލިޓިޝަނުން

ސިހުރުވެރިންނާއި ޖާދޫގަރުންގެ ވާހަކަ ފެށުނު ހިސާބެއް ދުނިޔޭގެ ތާރީޚުގެ އެއްވެސް ހިސާބަކުން އެނގޭކަށް ނެތެވެ. ހަމައެފަދައިން ސިހުރުވެރިންނާއި ޖާދޫގަރުން ނެތް ޒަމާނެއްވެސް ތާރީޚުން އެނގޭކަށް ނެތެވެ. ބައެއް މުއައްރިޚުން ފާހަގަ ކޮށްފައިވާ ގޮތުގައި ފަހަކަށް އައިސް ސިހުރުވެރިންނާއި ޖާދޫގަރުންގެ ބާރު އެންމެ ބޮޑަށް ފެތުރިގެން ދިޔައީ އިނގިރޭސިވިލާތުގެ ވިކްޓޯރިއާގެ ރިޔާސަތުގައެވެ. އެއީ މީލާދީން 1837 އިން 1901 އަށެވެ.  އަޅުގަނޑުމެންގެ މި ލިއުމުގައި ޖާދޫގަރުންގެ އުކުޅުތަކާއި ޕޮލިޓިޝަނުންގެ އުކުޅުތައް އަޅާކިޔާކަށް ބޭނުމެއް ނޫނެވެ. ޕޮލިޓިޝަނުން ދައްކާ ވާހަކަ […]

ފަލަސްތީނުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ރައީސް މުޢިއްޒު ގޮވާލައްވައިފި

ސަޢޫދީ އަރަބިއްޔާގައި ބޭއްވުނު އަރަބި-އިސްލާމީ ސަމިޓުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ފަލަސްތީނުގެ މައްސަލައިގައި ވަރަށް މުހިންމު ވާހަކަފުޅުތަކެއް ދައްކަވާފައެވެ. މި ސަމިޓުގައި ރާއްޖޭގެ ރައީސް ވަނީ ފަލަސްތީނު މައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއިން ވަނީ ސައުތު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި ހުށަހަޅާފައިވާ ޖެނޮސައިޑްގެ މައްސަލައިގައި ބައިވެރިވުމަށް ނިންމާފައެވެ. މިއީ އިންސާނީ ޙައްޤުތަކާއި […]

ޓާޝަރީ ހޮސްޕިޓަލެއް ގޮތަށް ފެސިލިޓީތައް ޤާއިމުކޮށް މި މަހު 16 ގައި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަނީ

ޓާޝަރީ ހޮސްޕިޓަލެއް ގޮތަށް ފެސިލިޓީތައް ޤާއިމުކޮށް މި މަހު 16 ގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން ސަރުކާރުން ނިންމައިފިއެވެ. ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްޤީކޮށް ނިންމާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި ބޭނުންކުރަން ފެށި ހޮސްޕިޓަލެކެވެ. ނަމަވެސް އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާފައެއްް ނުވެއެވެ. ރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް މި މަހުގެ 16 ވަނަ ދުވަހު […]

ބައިޑެން އާއި ޓްރަމްޕާއެކު ބޭއްވޭ ބައްދަލުވުމުގައި ޔުކްރެއިންއަށް އެހީތެރިވުމަށް ބާރުއަޅާނެ

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ވިދާޅުވެފައިވާ ގޮތުގައި، އަންނަ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޓްރާންސިޝަން ބައްދަލުވުމުގައި، އިންތިޚާބުވެފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޔުކްރެއިންއަށް ދެމުންދާ އެހީތެރިކަން ކުރިއަށް ގެންދިއުމަށް ބާރުއަޅުއްވާނެކަމަށް ވިދާޅުވެއްޖެއެވެ. ޖޭކް ސަލިވަން ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ޔޫރަޕްގެ ސަލާމަތަށްޓަކައި ޔުކްރެއިންއަށް އެހީތެރިވުން މުހިންމުކަން ޓްރަމްޕަށް ބައިޑެން ވިދާޅުވެދެއްވާނެއެވެ. ބައިޑެންގެ ވެރިކަމުގައި، އެމެރިކާއިން ޔުކްރެއިންއަށް 174 ބިލިއަން ޑޮލަރުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.އެހެންނަމަވެސް، ޓްރަމްޕް ވަނީ […]

2025 ވަނަ އަހަރުގެ ބަޖެޓް: ދަރަނި އިންތިހާއަށް އިތުރުވެދާނެކަމުގެ ބިރު

މިނިސްޓްރީ އޮފް ފިނޭންސްއިން 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓާމެދު އިޤްތިޞާދީ މާހިރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދެއެވެ. މި ބަޖެޓުގައި 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހުންނާނެކަމަށް ލަފާކޮށްފައިވެއެވެ. މިއީ ޤައުމުގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީ.ޑީ.ޕީގެ 7.8 އިންސައްތައެވެ. އަދި މިއީ ފިސްކަލް ރެސްޕޮންސިބިލިޓީ ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. އިޤްތިޞާދީ މާހިރެއް ވިދާޅުވި ގޮތުގައި، ”މިއީ އަޅުގަނޑުމެންގެ ޤައުމުގެ ފަހުގެ ތާރީޚެއްގައި ފެންނަން އޮތް އެންމެ […]

އަހަރެމެން މިގެންދަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުން އަވަސްކުރަމުން:އުތުރު ކޮރެއާ

އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރު ހުއްޓުވަން ބާރުއެޅުމުގެގޮތުން ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް މިދިޔަ ހޯމަ ދުވަހު ބާއްވައިފިއެވެ.  އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާ ނުލާނެކަމަށާއި އަދި މިހާރު ކުރިއަށްވުރެން ވެސް ބާރު ދުވެލީގައި އެކަން ކުރިޔަށް އެބަ ގެންދާކަމަށް އުތުރު ކޮރެއާއިން ޔޫ އެން އަށް ކަނޑައަޅާފައި ހުންނަ ސަފީރު ކިމް ސޯންގް ވިދާޅުވެއްޖެކަމަށް ބިޒްނަސް އިންސައިޑަރުން ޚަބަރު ދީފިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން […]

ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި

ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛަށް ވަޑައިގެންފިއެވެ. މިއީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް ރައީސް މުޢިއްޒު ކުރެއްވި ދަތުރުފުޅެކެވެ. އެގޮތުން ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވީ، ރިޔާޛު ސަރަޙައްދުގެ ޑެޕިއުޓީ ގަވަރނަރ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޢަބްދުލްޢަޒީޒެވެ. މަތީ ފަންތީގެ ވަފުދަކާއެކު […]

ސައޫދީ އާއި އީރާނުގެ ދިފާއީ ވާހަކަތަކަށް ސައޫދީގެ ޗީފް އޮފް ސްޓާފް އީރާނަށް

އިސްލާމީ ދުނިޔޭގެ ލީޑަރުން ގައްޒާގެ މައްސަލާގައި މިއަދު މަޝްވަރާ ކުރަން ހަމަޖެހިފައިވާއިރު ކުއްލިއަކަށް މި ފެނުނީ ސައޫދީ އާއި އީރާނުގެ ދިފާއީ މަޝްވަރާތަކަކަށް ސައޫދީ އެރޭބިޔާގެ ޗީފް އޮފް ސްޓާފް ފައްޔާދް އަލް ރުވައިލީ އީރާނަށް ވަޑައިގެން އެގައުމުގެ ސިފައިންގެ ވެރިޔާ މޭޖަރ ޖެނެރަލް މުހަންމަދު ބާޣެރީ އާއި އިއްޔެ ބައްދަލު ކުރެއްވި ޚަބަރެވެ.  މި ބައްދަލުކުރެއްވުން އިންތިޒާމް ކުރެވިފައިވަނީ އިސްރާއީލުން ގައްޒާއަށާއި ލެބަނަންއަށް ދެމުންގެންދާ ހަމަލާތަކާބެހޭގޮތުން މިއަދު މުސްލިމް ގައުމުތަކުގެ ވެރިން މަޝްވަރާ ކުރަންފެށުމުގެ ކުރިން […]

ތެހެރާނުގެ މަގަކަށް ޝަހީދު އިސްމާއިލް ހަނިއްޔާގެ ނަން ދީފި

އީރާނުގެ ވެރިރަށް ތެހެރާނުގެ މަގަކަށް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސްގެ ސިޔާސީ ލީޑަރު ޝަހީދު އިސްމާއިލް ހަނިއްޔާގެ ނަން ދީފިއެވެ. ޝަހީދު ހަނިއްޔާގެ ނަމުން ނަން ދީފައި ވަނީ ތެހެރާނުގެ ކުރީގެ އުތުރު ފަލަސްތީނުގެ މަގަށެވެ. އިސްމާއިލް ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑަކު ޝަހީދުކޮށްލާފައި ވަނީ ޖުލައި 31 ވަނަ ދުވަހު ތެހެރާނުގައެވެ. އެއީ އީރާންގެ އާ ރައީސް މަސްއޫދު ޕެޒެސްކިއާން މަޤާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ހަނިއްޔާ ހުންނެވި ގެކޮޅަށް ޔަހޫދީން ދިން ހަމަލާއެއްގަ […]