ތެހެރާނުގެ މަގަކަށް ޝަހީދު އިސްމާއިލް ހަނިއްޔާގެ ނަން ދީފި
އީރާނުގެ ވެރިރަށް ތެހެރާނުގެ މަގަކަށް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސްގެ ސިޔާސީ ލީޑަރު ޝަހީދު އިސްމާއިލް ހަނިއްޔާގެ ނަން ދީފިއެވެ. ޝަހީދު ހަނިއްޔާގެ ނަމުން ނަން ދީފައި ވަނީ ތެހެރާނުގެ ކުރީގެ އުތުރު ފަލަސްތީނުގެ މަގަށެވެ. އިސްމާއިލް ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑަކު ޝަހީދުކޮށްލާފައި ވަނީ ޖުލައި 31 ވަނަ ދުވަހު ތެހެރާނުގައެވެ. އެއީ އީރާންގެ އާ ރައީސް މަސްއޫދު ޕެޒެސްކިއާން މަޤާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ހަނިއްޔާ ހުންނެވި ގެކޮޅަށް ޔަހޫދީން ދިން ހަމަލާއެއްގަ […]
އިންޓަރނެޓްގެ ވަސީލަތްތައް ރަޝިޔާއަށް ބްލޮކް ކޮށްލުމުގެ ސަބަބުން ގޫގުލް ޖުރިމަނާކޮށްފި
ސަންދާނުގެ ކިއުންތެރިންނަށް އަޅުގަނޑު މިގެނެސްދެނީ މިދިޔަ ހުކުރު ދުވަހު ވައިޓްހައުސް އިން ލައިވްކޮށް އިންޑިއާގެ ވިންޓޭޖް ޗެނަލުން ފޮނުވާފައިވާ ޚަބަރެކެވެ. އިންޓަރނެޓްގެ ވަސީލަތްތައް އިންސާނުންގެ ދިރިއުޅުމާ މިއަދު ގުޅި ލާމެހިފައިވަނީ އެއާނުލައި އިންސާނުންގެ ދިރިއުޅުމުގެ އެންމެ އާދައިގެ ބޭނުންތައްވެސް ފުރިހަމަ ނުކުރެވޭނެ މިންވަރަކަށެވެ. އެހެންނަމަވެސް މިއަދު އެ މުހިންމެ ވަސީލަތްވެސް މިއޮތީ ހުޅަނގުން ޚާއްސަކޮށް އެމެރިކާއިން ދިން އެތިކޮޅެއް ނުނީ ބޭނުން ނުކުރެވޭވަރަށް އަމިއްލަ ކޮށްލާފައެވެ. ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާއި ގުޅިގެން ޔޫޓިއުބުން ވަނީ ރަޝިޔާގެ ޕްރޮގްރާމްތައް […]
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މާފަށް އެދިއްޖެ
ފަނަރަ ވަނަ ބޮޑީ ބިލްޑިންގް މުބާރާތް ބޭއްވުމަށްފަހު ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއެމް) އިން ދިވެހި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ފަރާތުން މާފަށް އެދިއްޖެއެވެ. ބީބީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ކެނެރީފް މޯލްޑިވްސް ރިސޯޓުގައި ކުރިއަށް ގެންދާ 15 ވަނަ ވޯލްޑް ބޮޑީ ބިލްޑިން މުބާރާތާ ބެހޭ ގޮތުން އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން މާފަށް އެދޭ ކަމަށެވެ. އެގޮތުން މި މުބާރާތް […]
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކުރި ގޮތުގައި، މާލޭގެ ދެކުނުން ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރުމަށް ރޭވިފައިވާ ”ރަސްމާލެ“ މަޝްރޫޢުގެ މަސައްކަތް އަލުން ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މި މަޝްރޫޢުގެ ދަށުން 1,153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ރޭވިފައެވެ. މިއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުން އުފެދޭ ސަރަހައްދަށްވުރެ ތިން ގުނަ ބޮޑު ސަރަހައްދެކެވެ.ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން […]
ހިޒްބުﷲ އިން އިސްރާއީލުގެ އަސްކަރީ މުވާސަލާތީ މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި!
ހިޒްބު ﷲ އިން އިސްރާއީލުގެ އަސްކަރީ މުވާސަލާތީ މަރުކަޒަށް ވަރުގަދަ ހަމަލާތަކެއްދީފިއެވެ. ލުބުނާނުގެ ހިޒްބުﷲ ރެސިސްޓެންސް މޫވްމަންޓުން ޒަޔަނިސްޓް އިސްރާއީލުގެ އަސްކަރީ މުވާސަލާތީ މަރުކަޒަކަށް ވައިގެ ހަމަލާ އަމާޒުކޮށްފައި ވަނީ ސުއިސައިޑް ޑްރޯންތަކުގެ ސްކޮޑްރަންއަކާ އެކުގަ އެވެ. ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ހިޒްބުﷲ އިން ބުނީ އެ ޖަމާއަތުން ޓިބެރިއާސް ލޭކްގެ ދެކުނުން ލުބުނާނާއި ފަލަސްތީނުގެ ބޯޑަރާއި 55 ކިލޯމީޓަރު ދުރުގައި އޮންނަ އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ އައިން ޚޮޒްލޮޓް ބޭސް އަށް ހަމަލާދީފައިވާ […]
ޓްރަމްޕްގެ އަމިއްލަ ސޯޝަލްމީޑިޔާ ޕްލެޓްފޯމްގައި ކުރި އެންމެ ޕޯސްޓަކުން 500 މިލިއަން ޑޮލަރު
އެމެރިކާގެ ރައީސް ކަމަށް މިހާރު ހޮވިވަޑައިގެންފައިވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ އަމިއްލަ ސޯޝަލް މީޑިޔާ ޕްލެޓްފޯމް ”ޓްރުތު ސޯޝަލް“ ގައި އޭނާ ކުރެއްވި އެންމެ ޕޯސްޓަކުން ޓްރަމްޕްގެ މީޑިޔާ ކޮމްޕެނީގެ ނެޓް އަގު 500 މިލިއަން ޑޮލަރުން އުފުލިގެންދިޔަ ކަމަށް ސީއެންއެން އިން ރިޕޯޓް ކޮށްފިއެވެ. ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން ”ޓްރަމްޕް މީޑިޔާ“ ގެ ސްޓޮކް ގެ އަގު އުފުލުމަށްފަހު ހުކުރު ދުވަހު އަލުން ވަނީ ވަރަށް ބޮޑަށް އަގު ވެއްޓިފައެވެ. […]
ދަތުރުވެރިންނާއި އަމިއްލަ ފަރާތްތަކަށް ގެންނަ ތަކެތީގެ ޑިއުޓީ މާފުކުރުމުގެ އާ އުސޫލެއް އިއުލާންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު (9 ނޮވެންބަރު 2024) ވަނީ ދަތުރުވެރިންނާއި އަމިއްލަ ފަރާތްތަކަށް ގެންނަ ތަކެތީގެ ޑިއުޓީ މާފުކުރުމާ ބެހޭ އާ އުސޫލެއް އިއުލާންކޮށްފިއެވެ. މި އުސޫލުގެ ދަށުން، އަމިއްލަ ބޭނުމަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތީގެ ތެރެއިން 10،000 ރުފިޔާގެ (އެފް.އޯ.ބީ އަގުން) ތަކެތި ޑިއުޓީ މާފު ކުރެވޭނެއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި އުޅެފައި އަންނަ ފަރާތްތަކަށް އިތުރު އިނާޔަތްތަކެއް ދެވޭނެއެވެ: – 6 މަހާއި 1 އަހަރާ ދެމެދު: 9،000 ރުފިޔާގެ ތަކެތި […]
ގަތަރުގައިތިބޭ ހަމާސްގެ އޮފިޝަލުން އެގައުމުން ނިކުންނަން އަންގައިފި
ގަތަރުގައި ހުންނަ ހަމާސް ގެ އޮފީސް ބަންދުކޮށް އެ ގައުމުގައި ތިއްބަވާ ހަމާސްގެ އޮފިޝަލުން އެ ގައުމު ދޫކޮށްދިއުމަށް އަމުރުކޮށްފިކަން އިނގިރޭސި ވިލާތުގެ ދަ ޓެލިގްރާފުން މިއަދު ހަވީރު ޚަބަރު ދީފިއެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި ދޯހާ ސަރުކާރުން މިގޮތަށް ނިންމާފައިވަނީ ހަމާސްގެ އޮފިޝަލުން ގަތަރުގައި ތިބުމާދޭތެރޭ އެމެރިކާއިން ޝަކުވާކުރުމުން މީގެ ދިހަވަރަކަށްދުވަސް ކުރިންނެވެ. މިއީ ހަމާސްގެ ލީޑަރުންނަށް މެދުވެރިވި ނިކަމެތި ކަމެއް ކަމުގައި ބައިނަލް އަގްވާމީ މީޑިއާތަކުން ބުނެފައި ވެއެވެ. ( މިއީ ހަމާސްގެ […]
އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ވިޝަން ކުރިއަރުވަން ސޮއި ކޮށްފި
ދިވެހި އިޤްތިޞާދު ތަނަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕީއެލްސީ (އެމްއައިޑީއެފްޒެޑް) އިން ވަނީ ސިންގަޕޫރުގެ އިންވެސްޓްމަންޓް ކުންފުނި ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް (ސީއޭއައި) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިޝަންއާ އެއްގޮތަށް ދިވެހިރާއްޖެ ހަރުދަނާ އިޤްތިޞާދީ މަރުކަޒަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ (އެމްއީޖީ) ޕްރޮޖެކްޓް ކުރިއެރުވުމެވެ. އެމްއައިޑީއެފްޒެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް […]
ޕާކިސްތާނުގެ ރޭލްވޭ ސްޓޭޝަނެއްގައި ދިން ބޮމުގެ ހަމަލާއެއްގައި 25 މީހުން މަރުވެއްޖެ
ޕާކިސްތާނުގެ ރޭލު ސްޓޭޝަނެއްގައި ޖާނުން ފިދާވެގެން މިއަދު ދިން ބޮމުގެހަމަލާއެއްގައި 25 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދު 09:00 ގައެވެ. މި ހަމަލާގެ ޒިންމާ ނަގާފައި ވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތެއްކަމަށްވާ ބެލޫޗިސްތާން ލިބަރޭޝަން އާމީ އިންނެވެ. އަދި މިއީ ސިފައިންނަށް އަމާޒުކޮށްގެންދިން ހަމަލާއެއް ކަމަށް އެނގިފައި ވެއެވެ. ރެއިލްވޭ ސްޓޭޝަނަށް ދިން މި ހަމަލާގައި 25 މީހުން މަރުވެފައި ވާއިރު 53މީހަކު ވަނީ ޒަޙަމްވެފައެވެ. ”ހަމައެހެންމެ ކަމާބެހޭ ފަރާތްތަކުން ވަނީ […]