ފަލަސްޠީނަށްޓަކައި އެމެރިކާގެ އެކްޓަރަކު ސްޓޭޖުގައި ސްޓާބަކްސް ކޮފީ ބޯން ދެކޮޅު ހަދައި ބޮއިކޮޓް ކުރަން ގޮވާލައިފި
މަޝްހޫރު ސީރީޒް “ދަ ވެމްޕަޔަރ ޑައިރީސް” ގައި “އެންޒޯ” ގެ ރޯލުން މަޝްހޫރުވި އިނގިރޭސި އެމެރިކާގެ އެކްޓަރު މައިކަލް މަލާކީ ސްޓޭޖުގައި ސްޓާބަކްސް ކޮފީ ބޯން ދެކޮޅު ހަދާ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި ޢާއްމުވެއްޖެއެވެ. މި ގޮތަށް ސްޓާބަކްސް ކޮފީ ބޯން އިންކާރު ކުރިއިރު މި އިވެންޓް ސްޕޮންސަރ ކޮށްފައިވަނީވެސް ސްޓާބަކްސްއިންނެވެ. އުމުރުން 41 އަހަރުގެ މަލާކީ ބުނިގޮތުގައި އޭނާ ސްޓާބަކްސް ކޮފީއަށް ދެކޮޅުހެދީ މިއީ ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ލާއިންސާނީ ޢަމަލުތަކަށް ތާއީދު ކުރާ […]
މާލޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވުނު އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް %82 ދަށަށް
މާލޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވުނު އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް %82 ދަށަށް ގޮސްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން އިއްޔެ ބުނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ނޫންގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުން ނިމުމަކަށް ގެނެވިފައިވާ ކަމަށާއި، މީގެ އިތުރުން، ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމު މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި އަދި އުސޫލުން […]
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ތިން ހާލަތެއް ހިމަނާ ގާނޫނު އަސާސީއަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި
ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް އިތުރުކޮށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އިސްލާހު ތަޞްދީޤުކުރައްވާފައި ވަނީ މިއަދުއެވެ.މި ބިލަކީ މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 52 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ވަނީ މައިގަނޑު ފަސް އިޞްލާޙެއް ގެނަސްފައެވެ. މި ބިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް އިޞްލާޙަކީ، ޤާނޫނުއަސާސީގެ 73 ވަނަ […]
ޔޫކްރެއިންގައި ހުރި ބޭރުގެ އެމްބަސީތައް ބަންދުކުރަނީ
އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ދުރުރާސްތާ މިސައިލްތައް ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމުގެ ހުއްދަ އެމެރިކާގެ ރައީސް ޖޯ ބައިޑްން ޔޫކްރެއިނަށް ދިނުމާ ގުޅިގެން ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވަށް ދޭ ހަމަލާތައް ވަރުގަދަ ކޮށްފިއެވެ. އެމެރިކާއިން މި ހުއްދަ ދިނުމުގެ ސަބަބުން ކްރެމްލިން އިން ވަނީ ވަރަށްބޮޑަށް ރުޅިއައިސްފައެވެ. ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރެވިދާނެ ހާލަތުތައް ކަނޑައޅާފައިވާ ގާނޫނީ ލިއެކިއުންތައް ރަޝިޔާގެ ރައީސް މިދިޔަ އަންގާރަ ދުވަހު ވަނީ ބަދަލުކުރައްވާ ފައެވެ. ތަޖްރިބާކާރުން ދެކޭގޮތުގައި މި […]
އިސްރާއީލުން ސީރިއާގެ ޕަލްމައިރާއަށް ދިން ބޮމުގެ ހަމަލާތަކުގައި 36 މީހަކު ޝަހީދުކޮށްލައިފި
އިސްރާއީލުން ސީރިއާގެ ޕަލްމައިރާއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއްދީ 36 މީހަކު ޝަހީދުކޮށްލައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިސްރާއީލުން ވަނީ ސީރިއާގެ ޕަލްމައިރާ ސަރަހައްދުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއްދީފައެވެ. އެގޮތުން މިއަދު މެންދުރު ފަހު ސީރިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕަލްމައިރާގައި އެތައް ގޮވުންތަކެއް ގޮވުމުގެ އަޑު ވަނީ އިވިފައެވެ. އޭގެ ފަހުން އެ މީޑިއާތަކުން އިތުރަށް ބުނީ އިސްރާއީލުން އެ ސަރަހައްދުގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. ޕަލްމައިރާއަށް […]
ޕޫޓިންގެ އިންޒާރު
އާ ނިއުކްލިއާ ޑޮކްޓްރިންއަކާއެކު އެމެރިކާއަށް ރަޝިއާގެ ރައީސް ވްލަޑިމިއަ ޕޫޓިން އިންޒާރު ދެއްވައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އާ ނިއުކްލިއާ ޑޮކްޓްރިންއަށް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ވަނީ ރުހުން ދެއްވާފައެވެ.ކްރެމްލިން ބުނާ ގޮތުގައި މިއީ ހުޅަނގަށް ދޭ އިންޒާރެކެވެ. މީގެ ކުރިން 2020 ވަނަ އަހަރު ނެރުނު ގަރާރެއްގައި ބަޔާންކޮށްފައިވާ ކުރީގެ ޑޮކްޓްރިންގައި ބުނެފައި ވަނީ ދުޝްމަނެއްގެ ނިއުކްލިއާ ހަމަލާއެއް ނުވަތަ ދައުލަތް ދެމިއޮތުމަށް ނުރައްކާވާ ފަދަ ކޮންވެންޝަނަލް ހަމަލާއެއް ދީފިނަމަ ރަޝިއާއިން ނިއުކްލިއާ […]
ކެލިފޯނިޔާގެ ގޮނޑުދޮށަކުން“ޤިޔާމަތުގެ މަސް“ ތިން މަސްތެރޭ ދެ ފަހަރަށް ފެނިއްޖެ
ކެލިފޯނިޔާގެ އެންސިނިޓަސް އަވަށުގައި އޮންނަ (ދަ ގްރޭންޑް ވިއު ބީޗް) ގެ ގޮނޑުދޮށުން އާދަޔާ ޚިލާފު ޙާދިސާއެއްކަމުގައި ބެލެވޭ ޤިޔާމަތުގެ މަހުގެ ނަމުން ނަންދެވިފައިވާ ބޮޑު ޕެޑްލްފިޝްއެއް ފެނިއްޖެއެވެ. މިމަހަށް (ހަލާކުގެ އިންޒާރު) މިހެންވެސް ކިޔައެވެ. މިއީ ޑޫމްސްޑޭ ފިޝްގެ ނަމުން ނަންދީފައިވާ މި މަސް ވޭތުވެދިޔަ ތިންމަސްތެރޭގައި މަރުވެގެން ލައްގާފައި އޮއްވާ ފެނުނު ދެވަނަ ފަހަރެވެ. އެހެންކަމުން މިއީ ދިރާސާކުރައްވާ ބޭފުޅުންނާއި ޢާއްމުންނަށްވެސް ޚާއްޞަ މުހިންމުކަމެއް ދެވޭ ކަމަކަށް ވަނީ ވެފައެވެ. މި މަހުގެ ދިގުމިނުގައި […]
ރަޝިޔާއާއި ހޫތީ މުޖާހިދުންގެ ގުޅުމާމެދު އެމެރިކާ ކަންބޮޑުވެއްޖެ
މޮސްކޯއާއި ހޫތީ މުޖާހިދުންގެ ގުޅުން ވަރަށް ނުރައްކާތެރި ލެވެލްއަކަށް ހިނގައްޖެ ކަމަށް އެމެރިކާގެ ޚާރިޖިއްޔާގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ. ޚާރިޖިއްޔާގެ އޮފިޝަލް ބިޒްނަސް އިންސައިޑަރަށް ވިދާޅުވެފައިވަނީ ރަޝިޔާއިން ހޫތީ މުޖާހިދުންނަށް މިހާ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ. މިހާރުވެސް ހޫތީ މުޖާހިދުންނަށް ބޭނުންވާ ހުރިހާ ހަތިޔާރަކާއި މިލިޓްރީ ތަމްރީނުތަކެއް އީރާނުން ފޯރުކޮށްދެމުން ގެންދާއިރު އެ ވަސީލަތްތައް ބޭނުންކޮށްގެން ރެޑްސީގެ ތެރެއިން ކުރަމުންގެންދާ ބައިނަލްއަގްވާމީ ދަތުރުތައް މިވަނީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓާލާފައެވެ. މިކަން […]
އިސްރާއީލުގެ ގަތުލު އާންމުގެ ތެރޭގައި ކުޑަކުދިންގެ ގަބުރުސްތާނަކަށް ގައްޒާ!
އިސްރާއީލުގެ ހަމަލާތަކުގެ ތެރޭގައި ކުޑަކުދިންގެ ގަބުރުސްތާނަކަށް ގައްޒާ ވެފައިވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެސްމައިލް ބަޣާއީ ވިދާޅުވެއްޖެ އެވެ. އެސްމާއިލް ބަޣާއީ މިހެން ވިދާޅުވެފައި ވަނީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ބަޣާއީ ވިދާޅުވީ، ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް ނޮވެމްބަރު 20، ވަނަ ދުވަސް ހުރިހާ ކުދިންނަށް ވެސް އަމާން ކަމާއެކު އުޅުމުގެ ހައްގު ހަނދާންކޮށްދޭ ކަމަށެވެ. އަދި މި މުނާސަބަތަކީ ޣައްޒާގެ ކުޑަކުދިންގެ ތަކުލީފުތައް […]
ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހު، ދުސްތޫރީ ހުރިހާ މަބްދައުތަކާ ޚިލާފު: ޖަމީލު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ ދުސްތޫރީ ހުރިހާ މަބްދައުތަކާ ޚިލާފު އިސްލާހެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަން މިއުޅެނީ ހުރިހާ ބާރެއް ވެރިކަންކުރާ ޕާޓީއަަކަށް ލިބޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރުން ކަމަށެވެ. ނަތީޖާއަކީ ގާނޫނު އަސާސީގައި ސަރުކާރަށް ފާރަވެރިވުމުގެ ގޮތުން، […]