ސަމާހުގެ މަރު: ކާރު ދުއްވި މީހާއަށް ދައުވާކުރަން ފޮނުވައިފި

މިދިޔަ އޮގަސްޓް މަހު 6 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑްގައިި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރަކުން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވި މައްސަލާގައި، އެ ކާރު ދުއްވި މީހާއަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލާގައި ހައްޔަރުކުރީ ސ.ހިތަދޫ، ވައިލެޓްފެހި، މުޙައްމަދު ވިސާމް ސިދުޤީ (26 އ) އެވެ. އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުން މިއަދު ބުނީ […]
ޓެކްސް އެޕީލް ޓްރައިިބިއުނަލަށް ކުރިމަތިލެއްވި 13 ބޭފުޅުންގެ ނަންތައް މަޖިލީހަށް

ޓެކްސް އެޕީލް ޓްރައިިބިއުނަލްއިން ހުސްވެފައިވާ 4 މަގާމަށް 13 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. ޖުމްލަ 5 މެންބަރުން ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު އިސްމާޢީލް ސާޖިދު ފިޔަވައި ދެން ތިއްބެވި 4 މެންބަރުން މަގާމުން ވަކިކުރުމަށް މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމުން، އެ ބޭފުޅުން ވަކިކުރެއްވީ މިދިޔަ އޮގަސްޓުމަހުގައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޓެކްސް އެޕީލް ޓްރައިިބިއުނަލްއިން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ފޮނުއްވައިފައެވެ. ރައީސް […]
ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅަނީ

ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައަޅަން ނިންމައިފިއެވެ. މިކަންހާމަކުރެއްވީ ރައީސް ޑރ.މުހައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކޮށް، ބޭނުން ކުރުން މަނާ ކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި […]
ރަޝިޔާ ސިފައިން ގެންދަނީ އިރުމަތީ ޔޫކްރެއިންގެ ރަށްތައް ސުންނާފަތިކުރަމުން

ބައިނަލް އަގްވާމީ އެކިއެކި ވެބްސައިޓްތަކާއި ޖާރނަލްތަކަށް ލިޔަމުންގެންދާ ލިއުންތެރިންގެ ފަރާތުން ރޮއިޓާރސް އަށް މައުލޫމާތު ދީފައިވާ ގޮތުގައި ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި އިރުމަތީ ޔޫކްރެއިންގެ ޓައުންތައް ދަނީ ތަޅާ ސުންނާފަތި ކުރަމުންނެވެ. މޮސްކޯއިން ރޮއިޓާރސް އަށް ލިބިފައިވާ މައުލޫމާތުތަކަށްބަލާއިރު ރަޝިޔާ ސިފައިންނާއި ޔޫކްރެއިން ސިފައިންގެ ކުރިމަތިލުންތަކުގައި މިހާރު ޔޫކްރެއިންގެ ސެލައިޑޯވް ގައި ބަދަލުކުރެވެމުންދާ ހަމަލާތަކަށް ބަލާއިރު ވަރަށް އަވަހަށް މުޅި ޑޮންބަސް ސަރަހައްދުން ޔޫކްރެއިންގެ ސިފައިން އެއްކޮށް ފައްސާލެވޭނެއެވެ. ރަޝިޔާގެ ކާރސްކް ސަރަހައްދުން ބައެއް ޔޫކްރެއިން ސިފައިންގެ […]
ޕާކިސްތާންގައި ޕޯލިއޯ ފެތުރެނީ

ޕާކިސްތާނުން ޕޯލިއޯ ޖެހިފައިވާ އިތުރު ހަކުދިން ފެނިފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ކަށަވަރު ކޮށްދީފިއެވެ. މިއާއެކު ބަލިޖެހުނުކަން މިއަހަރު ހާމަވެފައިވާ ކުދިންގެ އަދަދު މިވަނީ 39އަށް އަރާފައެވެ. އަލަށް ފެނުނު ޕޯލިއޯވައިރަސް ޓައިޕް ވަންގެ ކޭސްތައް ފެނިފައިވަނީ ބަލޮޗިސްތާނުން 3ކޭސް،ސިންދު ޕްރޮވިސްސުން 2ކޭސް އަދި ޚައިބަރު ޕަޚްތުންޚުވާއިން އެއްކޭހެވެ.ޕޯލިއޯއަކީ އެބަލިޖެހުން ކުދިންގެ ފައިކޮޅުގެ ވާގިނެތޭ ބައްޔަކަށް ވާއިރު،ބަލިނައްތާލުމަށް އަމާޒުކޮށް މުޅިދުނިޔޭގައި ހިންގުނު ވަރުގަދަ ވެކްސިނޭޝަން ޕްރޮގްރާމް ގެ ސަބަބުން ބަލީ އޮތީ މުޅިންހެން ނައްތާލެވިފައެވެ.ނަމަވެސް ފަހަކަށް […]
ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު ފައިސާ ހަވާލުކުރިތޯ ސުވާލު ކުރަން ޚަލީލް މަޖިލީހަށް ހާޒިރު ކުރަނީ

މިދިޔަ ޖޫން މަހު ޕީއެސްއެމުން ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު 19.1 މިލިއަން ރުފިޔާ ހަވާލުކޮށްފިތޯ ސުވާލު ކުރަން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފިއެވެ މިކަމާއި ގުޅޭގޮތުން މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ނިންމާފައިވީ ނަމަވެސް ފޮރިން މިނިސްޓްރީން މިދިޔަ އޮގަސްޓު މަހު ވަނީ އެ ފައިސާ އދ. ގެ ޖަމިއްޔާ އަންރުއާ އާ ހަވާލުކޮށްފައިވާ ކަން ހާމަކޮށްފައެވެ. އެގޮތުން މިކަމާއި ގުޅިގެން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން […]
ސިނަމަން ވެލިފުށި މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ވ. އަތޮޅު ރިސޯޓެއް ކަމަށްވާ ސިނަމަން ވެލިފުށި މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ. ފުލުހުން ބުނީ މި މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 11:29 ހާއިރު ކަމަށެވެ. އަދި ވ. ފެލިދޫގައި ހުންނަ ހޮސްޕިޓަލަށް އަންހެން މީހާ ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ހާމަކުރެއެވެ. މި ހާދިސާގައި މަރުވެފައި ވަނީ ބެލަރޫސްއަށް ނިސްބަތްވާ 63 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން […]
ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް ފެންމަތިވެއްޖެ

ޓީޗަރަކު ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރުންތަކެއް ގްރޫމް ކުރި މައްސަލައެއް ފެންމަތިވެ ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަަލައެއް މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން ސްކޫލުގެ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ހާމަކުރެއެވެ. މި ހާދިސާ ހިނގާފައި ވަނީ މ، ފ، ދ، ތ އަދި ލ. އަތޮޅުގައި […]
ގއ.އަތޮޅު ފަޅުރަށެއްގައި ފޮރުވާފައިހުރި ޑްރަގް އަތުލައިގެންފި

ގއ.އަތޮޅު ފަޅުރަށެއްގައި މަސްތުވާތަކެތިރައްކާކޮށްފައިހުރި ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ރަށުގައި ފޮރުވާފައިހުރި މަސްތުވާތަކެތި ހޯދައިފިއެވެ. ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނީ ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ ރަށް ބަަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. މި […]
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ ފައިސާއާއެކު 3 މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ ފައިސާއާއެކު 3 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 19 ވަނަ ދުވަހު މާލޭގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ / އެވަރގްރީން، މުޙައްމަދު އައިޝަރު ޔޫސުފް (22އ)، ކ. ކާށިދޫ / އަންދަލީބުގެ، މުޙައްމަދު މައިހާން ފަޔާޒް (19އ) އަދި ދ. […]