ހިޒްބުﷲ އިން އިސްރާއީލުގެ އަސްކަރީ ޖާސޫސީ މަރުކަޒަކަށް ހަމަލާދީފި

ހިޒްބުﷲ އިން ޓެލްއަވީވްގައި ހުންނަ އިސްރާއީލުގެ އަސްކަރީ ޖާސޫސީ މަރުކަޒަކަށް ހަމަލާދީފި އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކުގެ ޓެލް އަވީވް ސިޓީގެ ސަބަރބްސްގައި ހުންނަ އިސްރާއީލުގެ އަސްކަރީ ޖާސޫސީ މަރުކަޒަކަށް ވަނީ ރޮކެޓް ހަމަލާއެއް ދީފައެވެ. އެ ޖަމާއަތުން ވަނީ އިސްރާއީލުގެ އަސްކަރީ ޖާސޫސީ ޔުނިޓް 8200 އަށް ނިސްބަތްވާ ގްލިލޮޓް ބޭސްއާ ދެކޮޅަށް ބަދަލު ހިފުމުގެ ހަމަލާދޭނެކަން އިއުލާންކޮށް ހޯމަ ދުވަހު އިންޒާރުދީފައެވެ. އެ ޖަމާއަތުން […]
ޖޭޒް ކެފޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ

މާލެ މާފަންނު ޖޭޒް ކެފޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެއެވެ. ފުލުހުން ދެންމެ ބުނީ ޖޭޒް ކެފޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިގެން އުޅޭ ކަމަށް މިރޭ 11:14 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ މީހާ ނަގައިގެން އޭޑީކޭ އަށް ގެންގޮސްފައިވާ ކަމަަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މީގެ އިތުުރުން މި ހާދިސާއާ ގުޅިގެން ފުލުހުން ސީން އަދި އޭޑީކޭގައިވެސް މިހާރު […]
ކުޅުދުއްފުށި ސިޓީގައި 55 ބައިވެރިންނާއެކު ޖަނާޒާ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

ކުޅުދުއްފުށި ސިޓީގައި 55 ބައިވެރިންނާއެކު ޖަނާޒާ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ. މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ވޯކްޝޮޕްގައި 55 ބައިވެރިން ބައިވެރިވެ ކާމިޔާބު ކަމާއެކު އެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. މި ވޯކްޝޮޕްގެ ދަންފަޅިތައް ނަންގަވައިދެއްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡް އައްޝައިޚް ޢަބްދުލް ޤާދިރުއެވެ. އިސްލާމިކް މިނިސްޓްރީއާއި ރަށްރަށުގެ ކައުންސިލްތައް ގުޅިގެން ކުރިއަށް ގެންދާ […]
ހެޕިނެސް އިންޑެކްސް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ދާ ވަގުތެއްގައި އަންހެން ބޭފުޅުންގެ މަޝްވަރާ ވަރަށް މުހިންމު:އާދަމް ޝަރީފް

އުފާވެރިކަމުގެ މިންގަނޑެއް( ހެޕިނެސް އިންޑެކްސް) ރާއްޖޭގައި ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ވަގުތެއްގައި އަންހެންބޭފުޅުންގެ މަޝްވަރާ އާއި މުހިންމުކަން ވަރަށް ބޮޑުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެޖެއެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ ގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަުންނަށް ޚާއްސަކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިންނާއި ވާހަކަދައްކަވަމުންނެވެ. މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިނާއި މުހާތަބު ކުރައްވާ ވަޒީރު ވިދާޅުވީ […]
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކާ ބިމުގެ އަގު ކުޑަކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނުކުރި ބިމުގެ ބޮޑުމިނާއި އަގު ކުޑަކޮށް، އަލުން އިއުލާންކޮށްފިއެވެ. ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިން ގަންނަ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 5،500 ރުފިޔާކަމަށެވެ. އެ ކޯޕަރޭޝަނުން މީގެ ކުރިން ކުރި އިއުލާނުގައިވާގޮތުން ބީލަން ފެށޭނީ އަކަފޫޓަކަށް 7،500 ރުފިޔާއިންނެވެ. އަދި އޭރު ވިއްކަން އިއުލާނުކުރި ބިމުގެ ސައިޒުވެސް ވަނީ ކުޑަކޮށްފައެވެ. އެގޮތުން މިހާރު އިއުލާނުކޮށްފައި ވަނީ 1،515 އަކަފޫޓުގެ ހަތަރު ބިމާއި 1،538 […]
މަރުގެ ހުކުމް ތަންފީޒު ކުުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފި

މި ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ތައްޔާރުވަމުން އަންނަކަން ހާމަކޮށްފިއެވެ. މިކަންހާމަކޮށްފައި ވަނީ ދާޚިލީ ވުޒާރާއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާންއެވެ. އިހްސާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަންދޭން ކެރިދާނެ ކަމަށާއި އިއުލާނު ކުރައްވާފައި ވާގޮތަށް އެ ކަން ދިވެހި ރާއްޖޭގައި ކުރާނެ ކަމަށެވެ. ހަމައެހެންމެ މިހާރު ކުރިއަށްދަނީ ތައްޔާރުވާންޖެހޭ އުސޫލުތަކަކާއި ގަވާއިދު ތަކަށް ކަމަށް އިހްސާން ވިދާޅުވިއެވެ. އެގޮތުން […]
ފޭކް ބޭންކެއް ހަދައިގެން މީހުން އަތުން ފައިސާ އަތުލަމުން ދިޔަބަޔަކު ހިފިއްޖެ

އިންޑިޔާގެ ޗަޓިސްގާހް ސްޓޭޓްގައި،މައިބޭންކް އެސްބީއައިގެ ވަގު ބްރާންޗެއް ހުޅުވައި، މީހުންނަށް ލަނޑުދީ ފައިސާ އަތުލަމުން ދިޔަ ސްކޭމް ގްރޫޕެއް އިންޑިޔާ ފުޅުހުން އަތުލައިގެންފި ކަމަށް ޚަބަރު ލިބެއެވެ. މިމީހުން ވަނީ ބޭންކް ގެ ލޯގޯ ޖެހި ކަރުދާސް ތައްޔާރުކޮށް،ގޮނޑިމޭޒާ މުވައްޒަފުންނާއެކު ވަކި އޮފީހެއް ހުޅުވާފައި ކަމަށް ވެއެވެ. ބީބީސީގެ ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މިކަން ފަޅާއަރާފައިވަނީ ވަޒީފާއެއް ހޯދަމުން ދިޔަ ޖިއޯތީ ޔާދާވް ކިޔާ މީހަކަށް އެމީހުން ވަޒީފާ ދިން ހަމައިންނެވެ.ހަތަރު އަހަރުވަންދެން ވަޒީފާއެއްނެތިފަ ހުރި ޖިއޯތީ […]
އޭސީޕީ ޝިފާން މަޤާމުން ޑިމޯޓް ކޮށްފި

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝިފާންގެ މަޤާމު ބަދަލުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ފުލުހުންގެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް އަބަދުވެސް ދަނީ ބަދަލު ގެންނަމުން ކަމަށާއި އެގޮތުން ހެޑް އޮފް ސާވިސް ޑިވަލޮޕަމެންޓް ޑިރެކްޓަރޭޓްގެ މަގާމަށް ޝިފާން ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން، ފުލުހުން ބުނީ ހެޑް އޮފް އޮފީސް ކޮމިޝަނާގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މޫސާ އަލީ އަައްޔަން ކުރައްވާފައިވާ ކަމަށެވެ.
ތިން ޑޮކްޓަރުންނަށް ޔުނިވަރސަލްގެ ސްކޮލަރޝިޕް

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ އިސް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޔުނިވަރސަލް ކުންފުނިން ތިން ދިވެހި ޑޮކްޓަރުންނަށް ޚާއްޞަ ސްކޮލަރޝިޕްތަކެއް ދީފިއެވެ. މި ސްކޮލަރޝިޕްތައް ލިބުނު ޑޮކްޓަރުންނަކީ: މި ސްކޮލަރޝިޕްތައް ހަވާލުކުރެވުނީ ޔުނިވަރސަލް ކުންފުނީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ސްކޮލަރޝިޕް ލިބުނު ތިން ޑޮކްޓަރުންވެސް ސްކޮލަރޝިޕް ފުރިހަމަ ކުރާނީ މެލޭޝިޔާގައެވެ. ޔުނިވަރސަލް ފައުންޑޭޝަން އުފެއްދުމުން ފެށިގެން މި ފައުންޑޭޝަނުން ދިވެހިރާއްޖޭގެ ތަޢުލީމާއި ސިއްޙަތުގެ ދާއިރާ ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވެއެވެ. ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ފަރާތުން މިއަދާ ހަމައަށް […]
ޗައިނާގެ އެގްޒިމް ބޭންކުން 75 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ނަގައިފި

ޗައިނާގެ އެގްޒިމް ބޭންކުން 75 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ނަގައިފިއެވެ. ދިވެހި ސަރުކާރުން މި ލޯނު ނަގާފައި ވަނީ އެ ބޭންކުން 2015 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓަށް ނެގި ލޯނުން ބައެއް އަނބުރާ ދެއްކުމަށެވެ. އަލަށްނެގި 75 މިލިއަން ޑޮލަރުގެ ލޯނު ހަ އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭއިރު އިންޓަރެސްޓާއެކު ގްރޭސް ޕީރިއަޑްގެ ގޮތުގައި 3 އަހަރު ލިބޭނެއެވެ.2030 ވަނަ އަހަރު މި ލޯނު އަނބުރާ ދައްކާ ނިންމާއިރު މުޅިޖުމްލަ ދައްކަން […]