ރާއްޖޭގެ އާބާދީގެ 40 އިންސައްތަ އަންހެނުންނަކީ އެކަނިވެރި މައިން

ރާއްޖޭގެ އަންހެނުންގެ އާބާދީގެ 40 އިންސައްތަ އަންހެނުންނަކީ އެކަނިވެރި މައިންނެވެ. މީގެ ތެރޭގައި ގިނައީ 20 އަހަރާއި 35 އަހަރުގެ އަންހެނުންނެވެ. ކައިވެނި ރޫޅިފައިވާ މިއިން ކޮންމެ އަންހެނަކަށް ލިބިފައި ވަނީ އެއްދަރި ނުވަތަ ދެ ދަރިންނެވެ. އެހެން ކަމުން ދައުލަތުން އެ ދެއްވާ ދެހާސް ރުފިޔާއަކުން މިދެންނެވި އެކަނިވެރި މައިންނަކަށް ދެކޮޅެއް ނުޖެހެއެވެ. މިފަދަ އަންހެން ކުދީންގެ ތެރެއިން ވަޒީފާ އަދާކުރަނީ 10 އިންސައްތަ އަންހެނުންނެވެ. ގިނަ އަންހެނުންނަށް ވަޒީފާއަދާނުކުރެވެނީ ދަރިފުޅު ބަލަހައްޓާނެ އިތުރު ފަރާތެއް […]

ސަރުކާރުން 22 ރިސޯޓު ރަށެއްގެ އެއްބަސްވުން ބާތިލު ކުރަން މަސައްކަތް ފަށައިފި

ސަރުކާރުން 22 ރިސޯޓު ރަށެއްގެ އެއްބަސްވުން ބާތިލުކުރަން މަސައްކަތް ފަށައިފިއެވެ. ތަރައްގީ ނުކުރެވި ހުރި 22 ރަށެއްގެ ލީސް އެގްރިމަންޓް ބާތިލު ކުރުމާ ގުޅޭގޮތުން ގާނޫނީ ލަފާ ހޯދުމަށް ބަންޑާރަނައިބު އަހުމަދު އުޝާމްއާއި ހިއްސާކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ. އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ފައިސަލް މި ވާހަކަ ދެއްކެވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ރިފާއު (ބޮޗޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރިފާއު ފާހަގަކުރެއްވި ގޮތުގައި ޓޫރިޒަމަށް ދޫކޮށްފައިވާ […]

ސިޔާސީ މުވައްޒަފުންނާއި، ދައުލަތުގެ ވެރިންނާއި، މެންބަރުންގެ މުސާރައިން %10 އުނިކުރަން ނިންމައިފި

ސިޔާސީ މުވައްޒަފުންނާއި، ދައުލަތުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މުސާރައިން %10 އުނިކުރަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސް ޑރ. މުޢިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން މުސާރައާއި ގުޅޭ ގޮތުން 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމި ފިޔަވަޅުތައް ރައީސް ވަނީ […]

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ!

ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް އެ ދެމީހުން ހޯދަން އާންމުކޮށް އަންގާ އިއުލާނުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން އަންނަނީ އަޙްމަދު ރާއިފް، ގަނދަކޯޅިމާގެ / މ. މުލައް، (25އ) އަދި އިސްމާޢީލް ޝައިމަން، ގ. ރަންނާޅިގެ / މާލެ، (28އ) އެވެ. ފުލުހުން ބުނީ އެ ދެ މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި […]

އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީ ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ ޕްރޮގްރާމުގެ ދެވަނަ ބުރު ފެށިގެން ކުރިއަށް!

ދިވެހި ފުލުހުންގެ ޚިދުމަތުން މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސެކިއުރިޓީ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމުގެ ދެވަނަ ބުރުގެ ޓްރެއިނިންގ ފަށައިގެން ކުރިއަށް ގެންދާކަމަށް އެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ މި ޓްރެއިނިންގ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 20 ވަނަ ދުވަހުން ފެށިގެން ފަސްދުވަހުގެ މުއްދަތަށް ކަމަށެވެ. އިންޑޯ އަދި އައުޓްޑޯ ކްލާސްތައް ހިމެނޭ މި ޓްރެއިނިންތައް […]

އިޒްރޭލާއެކު ވިޔަފާރި ނުކުރަން އަޔަލޭންޑުން ނިންމައިފި

އިޒްރޭލާއެކު ވިޔަފާރީ ނުކުރަން އަޔަލޭންޑުން ނިންމައިފިއެވެ. އަޔަލޭންޑްގެ ޕްރައިމް މިނިސްޓަރު ޓާއޮއިސެކް ސައިމަން ހެރިސް ބުދަ ދުވަހު ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ނިންމުމަކަށް އަޔަލޭންޑުން ”އިންތިޒާރު ނުކުރާނެ“ ކަމަށެވެ. އެގޮތުން ހަފްތާތަކެއްގެ ތެރޭގައި ހިފާފައިވާ ހުޅަނގު އައްސޭރިން އުފައްދާ އުފެއްދުންތަކުގެ ވިޔަފާރި ހުއްޓާލުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ޖުލައި މަހު ނެރުނު ލަފާދޭ ޚިޔާލުގެ ތެރެއިން، ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގެ ވިޔަފާރީގެ މައްސަލައިގައި ޔޫރަޕްގެ އެހެން ޤައުމުތަކުން ގޮތެއް ނިންމަންދެން […]

ކެޓް ޝެލްޓާއަށް ޖަނަވާރަށް ހާއްސަ ޑޮކްޓަރަކާއި ދެ ނަރުހުން ހޯދަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމް ކުރަމުންދާ ކެޓްޝެލްޓާއަށް ޖަނަވާރަށް ހާއްސަ ޑޮކްޓަރަކާއި އެކަމަށް ހާއްސަ ދެ ނަރުހުން ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ. މި ފެސިލިޓީން ދޭނެ ހިދުމަތްތަކުގެ ތެރޭގައި އާންމު ޗެކަޕްތަކާއި، ފަރުވާތައް ހިމެނެއެވެ. އަދިއޮޕަރޭޝަންތަކުގައި ވެޓެރިނޭރިއަންއަށް އެހީތެރިވުމާއި ވެޓެރިނޭރިއަން އަންގާ ގޮތުގެ މަތިން ބުޅަލަށް ބޭސް ދިނުމާއި ލޭ ނެގުމާއި ކުޑަކަމުދާ ތަކެތި ޓެސްޓްކުރުން ހިމެނެއެވެ. މީގެ އިތުުރުން ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތަކާއި އެނެސްތީސިއާ ބެލެހެއްޓުމާއި އޮޕަރޭޝަނަށްފަހު ރިކަވަރީގައި ތިބޭ […]

އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން ރާއްޖެއާއި ސަމޯއާއިން މަޝްވަރާކޮށްފި

އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން ރާއްޖެއާއި ސަމޯއާއިން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިހާރު ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަމޯއާގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާ އެކު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، ކޮމަންވެލްތު މެންބަރު ގައުމުތަކުގެ ހައިސިއްޔަތުންނާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން ދެ ގައުމުން ހިއްސާކުރާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެކުގައި ކުރެވިދާނެ […]

ފުރާޅުމައްޗަށް ވެއްޓުނީ ޖޭޒް ކެފޭއާ ޖެހިގެން ހުރި ގެޔަށް ހޮޅިދަނޑިއަކުން އަރަން އުޅުނު މީހެއް

  ފުރާޅުމައްޗަށް ވެއްޓިފައި ވަނީ ޖޭޒް ކެފޭއާ ޖެހިގެން ހުރި ގެޔަށް ހޮޅިދަނޑިއަކުން އަރަން އުޅުނު މީހެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން ރޭ ބުނީ ޖޭޒް ކެފޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިގެން އުޅޭ ކަމަށް 11:14 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ މީހާ ނަގައިގެން އޭޑީކޭ އަށް ގެންގޮސްފައިވާ ކަމަަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. […]

ބައެއް ޒުވާނުންގެ ސަބަބުން މަގުމަތި ނުރައްކަލުގެ ތެރެއަށް

ޢުމުރުން ދުވަސްވީހުނަށް ބިރުދައްކައިގެން ފޭރުމާއި ދެޖިންސްގެ ޒުވާނުން ޖަމާޢަތް ހަދައިގެން ޢުމުރުން ދުވަސްވީ މީހުންނަށް ޒުވާން އަންހެންކުދީން ދައްކައި ބަދުއަޚުލާގީ ޢަމަލުތަކަށް ހިއްވަރުދީ ގެސްޓް ހައުސްތަކަށާއި ގޭގެއަށް ގެންގޮސް ފޭރުމުގެ ޢަމަލްތައް ދުވަހެއް ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. އަދި މީގެ އިތުރުން މަގުމަތިން ދުއްވާފައިދާ ސައިކަލްތައް ހުއްޓުވައި މިވެނި ތަނަކަށް ގެންގޮސް ދޭން ބުނެ ސައިކަލް ފަހަތަށް އެރުވުމުން އެ ބުނިތަން ނޫން އެހެން ތަނަކަށް ބާލަދޭން ބުނެ އެ ތަނަކަށް ބާލާ ދިނުމުން ކަޓަރުނަގާ ބިރު […]