ޓްރަމްޕަށް ވެރިކަން ލިބިވަޑައިގެންފިނަމަ ނަތަންޔާހޫ އަށް ފައިދާވާނެތަ؟
އެމެރިކާގެ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރު މިހާރު އުފެދޭ އެއް ސުވާލަކީ ރިޕަބްލިކަން ޕާޓީން ވާދަ ކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވެރިކަން ލިބިވަޑައިގެންފިނަމަ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަށް ފައިދާވާނެ ބަދަލުތަކެއް ގެންނަވާނެތޯ މިސުވާލެވެ.ކުރީ ފަހަރުވެސް ޓްރަމްޕް ގެ ވެރިކަމުގައި އެޅުއްވި ބައެއްފިޔަވަޅު ތަކުގެ ސަބަބުން ވަނީ ނަތަންޔާހޫއަށް އަމިއްލަ ގައުމުގައި އޭނާއަށް އޮތް ތާއީދު އިތުރު ވެގެން ގޮސްފައެވެ.އަދި ފަލަސްތީނާއި އަދި އަރަބި އެހެން ގައުމުތަކާ މެދު […]
ފުލުހުންނަށް ޤައުމިއްޔަތު ސެޝަނެއް ކުރިއަށް ގެންގޮސްފި
ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން ދިވެހި ފުލުހުންގެ މުވައްޒަފުންނަށް ގައުމިއްޔަތާ ގުޅޭ މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ކަމަށެވެ.އަދި މި ސެޝަނުގައި، ގޭންގު ކްރައިމް އެންފޯސްމަންޓާއި ޑްރަގް އެންފޯސްމަންޓުގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ .ކަމަށް ފުލުހުން ހާމަކުރެއެވެ އެ ސެޝަނަކީ ފުލުހުންގެ ގޭން ކްރައިމް އެންފޯސްމަންޓާއި ދިވެހި ބަހާއި […]
އެކުވެރި ޖިންނި
”ބައްޕާ! އަހަރެންވެސް ގެންދެބަލަ!“ އަހަރެން ބޭނުންވީ ބައްޕައާއި ދޮންބޭބެ އަދި ތިއްތިބޭއާއެކު ޑައިނަސޯގެ ދުނިޔެއަށް ދާށެވެ. ދޮންބޭބެއާއި ތިއްތިބޭއަކީ ބައްޕަގެ އެއްބަނޑުއެއްބަފާ ބޭބެއިންނެވެ. އަހަރެން އެންމެ ލޯބިވާ ބޮޑުބޭބެއިންނެވެ. އެމީހުން އަހަރެމެން ދިރިއުޅޭ ރަށަށް އަތުވެއްޖެނަމަ އަބަދުވެސް އަހަރެން އުޅެން ބޭނުންވަނީ އެމީހުންނާ އެކުގައެވެ. ”ކުޑަކުދިންނެއް ނުގެންދެވެޔޭ ދަރިފުޅާ! އެއީ ވަރަށް ނުރައްކާތެރި ތަނެއް.“ މިހެން ބުނެފައި ބައްޕަމެން އުދުހޭ އުޅަނދެއްގައި ދަތުރު ފަށައިފިއެވެ. ފޮތްތަކުންނާއި ކާޓޫނުތަކުން ޑައިނަސޯ ފެނި، އޭގެ ވާހަކަތައް އިވިފައިވާތީ އަހަރެން […]
އެމެރިކާއަކަށް ދެނެއް ބޮޑު ހަނގުރާމައެއް ނުކުރެވޭނެ
ބިޒްނަސް އިންސައިޑަރުން މިއަދު ހާމަކޮށްފައިވާ ރިޕޯރޓެއްގައި އިރުމަތީ އޭޝިޔާގައި ދެކޮޅުވެރިކަމެއް ފެށިއްޖެނަމަ އެމެރިކާއިން ހަނގުރާމަ ނުކުރެވޭނެކަމަށް ޖެނެރަލް ޗާލްސް ފްލިން އިންޒާރު ދީފިއެވެ. އޭނާ ބުނެފައިވަނީ މެދުއިރުމަތީގެ ގައުމުތަކުން ފެށިގެން ރަޝިޔާއާ ހަމަޔަށް ހުރި ގައުމުތަކަކީ ޚުދު މުޚްތާރު ވެރިކަމެއް ކުރާ ގައުމުތަކަކަށްވެފައި އަދި އެ ގައުމުތަކަކީ ޔޫ އެސް ގެ މިލިޓްރީ ގަދަފަދަ ކަމަށް އޮތް ޗެލެންޖެއް ކަމަށެވެ. ބައެއް ތަޖްރިބާކާރުން ދެކޭ ގޮތުގައި އެމެރިކާގެ މިލިޓްރީ ހަންފަތުރަމުންގޮސް މިހާރު މިއޮތީ ނުފޯރާ ފޮށައިން ފޫގެޅީމާވާގޮތް […]
ސަފާރީއެއްގައި ކުރަމުންދިޔަ ބަނގުރަލުގެ ވިޔަފާރި ހުއްޓުވައި، ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް
ގދ.ގައްދޫ ބޭރުގައި އޮތް ސަފާރީއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މިއަދު އާންމުކުރި ޚަބަރެއްގައި ބުނީ ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުން އެ ސަފާރީ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ގައްދޫ ޕޮލިސް ސްޓޭޝަނާއި ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި […]
ނައިބު ރައީސް ސަމޯއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް (ޗޮގަމް 2024)ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފު ސަމޯއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. އޮކްޓޫބަރު 21 އިން 26 އަށް ނައިބު ރައީސް ކުރެއްވި މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޚަލީލާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް، އެންޑް ރިކްރިއޭޝަން، ރާފިޢުއާއި، ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ. އިރުތިޝާމް އާދަމާއި، ސަރުކާރުގެ މަތީ […]
ވަރުދެރަވެ ހަކަތަ ނެތިފައިވަނިކޮށް އުތުރު ކޮރެޔާގެ ދިދަ ފެނުމުން ހިތަށް ބިރުވެރިކަން ވަދެއްޖެ
މަތީގައި އެވަނީ އިއްޔެ ހަވީރު ދަ ޓެލިގްރާފުގެ ރިޕޯޓަރ އަންނާ ކޮންކްލިންގް ދީފައިވާ ޚަބަރުގެ ސުރުޚީން ތަންކޮޅެކެވެ. ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކުން ރަޝިޔާ ސިފައިން ގޮއްވާލާފައިވާ ތަންތަނުގައި ރަޝިޔާގެ ތިންކުލައިގެ ދިދައާއެކު އުތުރު ކޮރެއާގެ 5 ތަރި ހިމެނޭ ރެޑް، ބްލޫ ކުލައިގެ ދިދަ ވިހުރުވެމުން ދިއުމަކީ ޔޫކްރެއިން ސިފައިންނަށް މީގެ ކުރިން ފެނިފައިވާ މަންޒަރެއް ނޫނެވެ. އަދި އެއީ ޔޫކްރެއިން ސިފައިން ދެކެން ބޭނުންވާ މަންޒަރެއްވެސް ނޫނެވެ. އަދި އެއީ ހަނގުރާމައިގެ ތެރޭގައި ގިނަ ދުވަސްތަކެއް […]
އިރާނުގެ މިސައިލް ފެޝިލިޓީތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ދެ މީހަކު ޝަހީދުވެއްޖެ
އިސްރާއީލުން ރޭ ދަންވަރު ވައިގެ މަގުން އީރާނަށް ދިން ހަމަލާތަކުގައި އިރާނުގެ ސިފައިންގެ ދެ މީހަކު ޝަހީދުވެއްޖެއެވެ. އިރާނުގެ އަސްކަރިއްޔާއިން ނެރުނު ނޫސްބަޔާނުގައި ބުނީ ރޭ ދަންވަރު އިޒްރޭލުން އިރާނަށް ދިން ހަމަލާ ކާމިޔާބު ކަމާއެކު އެ ގައުމުގެ އިންޓަގްރޭޓެޑް އެއާ ޑިފެންސް ސިސްޓަމުން ކުރިމަތިލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާގައި ބައެއް ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި މި ހަމަލާތަކުގައި އިރާނުގެ އަސްކަރިއްޔާގެ ސިފައިންގެ ދެ މީހަކު ޝަހީދުވެފައިވާ ކަމަށްވެސް ހާމަކޮށްފައި ވެއެވެ. […]
އިސްރާއީލުން އީރާނަށް ދޭނެކަމަށް އިޝްތިހާރު ކުރަމުންދިޔަ ވަރުގަދަ ހަމަލާދީ ނިންމާލައިފި
އިސްރާއީލުން އީރާނަށް ދޭނެކަމަށް އިޝްތިހާރު ކުރަމުންދިޔަ ވަރުގަދަ ހަމަލާދީ ނިންމާލައިފިއެވެ. އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާގުޅިގެން ހޮނިހިރު ދުވަހުގެ ފަތިހުންފެށިގެން އީރާނުގެ ވައިގެ ބަނދަރުތަކުން ކުރާ ދަތުރުތައް ވަގުތީގޮތުން ވަނީ ހުއްޓާލައިފައެވެ. އީރާނުގެ ރަސްމީ އިދާރާއިން އެކަން ހާމަކޮށްފައި ނެތް ނަމަވެސް ޕައިލެޓުންނަށް ފޮނުވާފައިވާ ކުއްލި އިރުޝާދު އެސޯސިއޭޓެޑް ޕްރެސް އަށްވެސް ވަނީ ފެނިފައެވެ. އަދި ފްލައިޓް ޓްރެކް ޑޭޓާ ތަކަށް ބަލާއިރު އެއާރޕޯރޓްގެ ޖައްވު ވެސް އޮތީ ވަރަށް ހުސްކޮށްކަން އެސޯޝިއޭޓެޑް ޕްރެސްއަށްވެސް ވަނީ އެނގިފައެވެ. […]
ގޭސް ލީކް އަކާއި ގުޅިގެން ޗެއްނާއީގެ ސްކޫލެއްގެ 30 ކުދިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި
އިންޑިޔާގެ ޗެންނާއީގެ ސްކޫލެއްގައި ކުދިންތަކަކަށް ކުއްލި ސިއްހީ އުނދަގޫތަކެއް ވެގެން ތިރީހަކަށް ކުދިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ. ބައެއްކުދިންވަނީ ނޭވާލާން އުދަގޫވެ، ކަރުތެރެ ހިރުވުމާ،ލޮލުން ދިލަނެގުމާއި ކުއްލިއަކަށް ހޮޑުލެވުންފަދަ އުދަގޫތަކެއް ވާކަމަށް ރިޕޯޓް ކޮށްފައެވެ. މިކަމާ ގުޅިގެން އޮފިޝަލުން ބުނެފައިވަނީ ބެލެވޭ ގޮތުގައި އެސްކޫލްގައި ވަނީ ގޭސްލީކެއް ހިގާފައެވެ. މިހާދިސާއާއި ގުޅިގެން ކިޔަވާކުދިންނާއި އަދި ސްކޫލްގެ އިދާރީ މުވައްޒަފުންގެ މެދުގައިވެސް ވަނީ ކަންބޮޑުވުން އުފެދިފައެވެ. ބޮޑަށް އުދަގޫވީ ކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާ ދެމުންދާކަމަށާ އެކުދިންނަށް ނުރައްކަލެއް […]