ގައުމުގެ އިގްތިޞާދު ރަނގަޅުވާނީ ވިޔަފާރިއަށް ގައުމު ހުޅުވާލައިގެން

      ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަން ޙައްލުވެގެންދާނީ މިނިވަން ވިޔާފާރީގެ ސިޔާސަތެއް އެކަށައަޅައިގެންނެވެ. މިއަދު އެވަނީ ރާއްޖޭގެ މެދުފަންތީގެވިޔާފާރިތައް ބަނގުރޫޓުވެ މުއްސަދިން ފަގީރުވާން ފަށާފައެވެ. އަނެއްކޮޅުން ރާއްޖޭގެ މަސަވެރިކަމުގެ ސިނާޢަތުވެސް އެވަނީ ދުވަހަކުވެސް ދަށަށްނުދާ މިންވަރަކަށް ދަށަށް ގޮސްފައެވެ.      މަސްވެރިކަމުގެ ސިނާޢަތަށް މިފަދަ ނޭދެވޭ ބަދަލެއް އައިސްފައި އެވަނީ ސަރުކާރުގެ ފޯކަސް މަސްވެރިންނާ ދިމާލުން ނެއްޓި ދައުލަތަށް ލިބޭ ފައިސާ  ސަރުކާރަށް މެނޭޖްކުރަން ނޭނގުމުގެ ސަބަބުންކަމަށް ގިނަބަޔަކު ދެކެއެވެ. ރާއްޖޭގެ މަސްދޯނިފަހަރަކީ 3 ވަނަ ޖީލުގެ […]

3 ވަޒީރުންނަށް ރުހުން ދޭން މަޖިލީހުން ފާސްކޮށްފި

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި ތިން ވަޒީރަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އައްޔަންކުރެއްވި ޑޮކްޓަރ ޚަލީލާއި، މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް އައްޔަންކުރެއްވި މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް އައްޔަންކުރެއްވި ނާޡިމް އިބްރާހީމަށް ރުހުން ދިނުމަށެވެ. އެ ތިން ބޭފުޅުންނަށް ވެސް ރުހުން ދޭން […]

ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްފި

ސަރުކާރުގެ ފަރާތުން މި އަހަރަށް ލަފާކޮށް ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ. އެގޮތުން މަޖިލީހުގެ ތަޅުމުގައި ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމަށް މިއަދު ނެގި ވޯޓުގައި ބަޖެޓް ފާސްކުރުމަށް 75 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި މި ބަޖެޓް ފާސް ކުރުމާއި ދެކޮޅަށް 11 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އެހެންކަމުން މި އަހަރަށް ލަފާކޮށް މަޖިލިހުން ހުށަހެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓާއެކު ސަޕްލިމެންޓްރީ ބަޖެޓު ހިމެނޭހެން […]

އިސްރާއީލަކީ ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް،ޕާކިސްތާން އޮތީ އީރާނާއެކު: ޕާކިސްތާނުގެ ޖަމާއަތު އިސްލާމް

އިސްރާއީލަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި ޕާކިސްތާން އޮތީ އީރާނާއެކު ކަމަށް ޕާކިސްތާނުގެ އިސްލާމިސްޓް ސިޔާސީ ޕާޓީއެއް ކަމަށްވާ ޖަމާއަތު އިސްލާމްގެ ނައިބު ލީޑަރު އިލްމުވެރިޔާ ލިޔާޤަތު ބަލޫޗް ވިދާޅުވެއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާނުގެ ޖަމާއަތު އިސްލާމްގެ ޑެޕިއުޓީ ލީޑަރު ދާދިފަހުން ދިން އިންޓަވިއުއެއްގައި ވަނީ ”އިސްރާއީލަކީ ދުނިޔެއަށް ބޮޑު ނުރައްކަލެއް“ ކަމަށް ވިދާޅުވެ، ”ޕާކިސްތާން އޮތީ އީރާނާ އެކު“ ކަމަށް ވިދާޅުވެފައެވެ. އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ […]

ޒީ….3

(ކުރީގެ ބަޔާ ގުޅޭ) ”އެއީ ތެދެއް؟“ އިޔާޒު އަވަސް އަވަހަށް އެހިއެވެ. ދެބެއިން ކުރުނުކޮށް ސުވާލުކުރަމުންދިޔައީ އެއީ ކޮންކުއްޖެއްކަން ނޭނގިގެންނެވެ. އެންމެފަހުން އަހަރެން ހަތިޔާރު ބެހެއްޓީމެވެ. ކޮންކުއްޖެއްކަން ބުނީމެވެ. އެއްވެސް މީހަކު ގާތުގައި ނުބުނުމަށް ޝަރުތުކޮށް ހުވާކުރުވާފައެވެ. އެއީ ނާޒިމާއެވެ. މީހަކަށް އެނގިދާނެތީ އަހަރެން ޖަހާފައިވާ ނަމެކެވެ. އެއްދުވަހަކު ޝިޔާޒް އަހަރެންގެ އަތަށް ފަތްޖަހާފައި އޮތް ހުދުކުލައިގެ ކުޑަރުމާލެއް ގެނެސްދިނެވެ. ޝިޔާޒް ބުނީ އެއީ ”ޒީގެ ކޮޓަރީ ދޮރުމައްޗަށް ވެއްޓިފަ އޮތް އެއްޗެއް“ ކަމަށެވެ. އަހަރެން ހުޅުވައިލީމެވެ. […]

އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ ޚިޔާލައްވެސް ނުގެނެވޭނެ

އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ ޚިޔާލައްވެސް ނުގެނެވޭނެ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ވެރިޔާ ހުސެއިން ސަލާމީ ވިދާޅުވެއްޖެއެވެ. ސަލާމީ މިހެން ވިދާޅުވީ އިރާނުގެ ބިމަށް އިޒްރޭލުން ދިން ހަމަލާއަށް އިޝާރާތް ކުރައްވައެވެ. އެގޮތުން މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ ވިދާޅުވީ އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ އިސްރާއީލަށް ތަސައްވަރު ނުކުރެވޭނެ ކަމަށެވެ. ސަލާމީ މިހެން ވިދާޅުވީ އީރާނުގެ ސިފައިންގެ އިސް ކޮމާންޑަރު މޭޖަރ ޖެނެރަލް އަބްދުލްރަހީމް މޫސާވީއަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި […]

އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އަޒީމާ އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޢާއިޝަތު އަޒީމާ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އަޒީމާ އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މައްސަލަ މަޖިލީހަށް ފޮނުއްވީ އޮކްޓޫބަރު 14 ގައެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށްފަހު އަޒީމާއަށް ރުހުންދޭން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ފާސްކުރީ 15 ވަނަ ދުވަހުއެވެ. އެގޮތަށް ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި […]

އަސްލާ ހިލާފު ލިޔުމެއް ތައްޔާރުކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަން އިއުލާނުކޮށްފި

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން  ތަހުގީގު ކުރަމުންދާ، އަސްލާ ހިލާފު ލިޔުމެއް ތައްޔާރުކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް އޭނާ ހޯދަން އިއުލާނުކޮށްފިއެވެ. ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ ނާޝިޠު އިބްރާހީމް، އަނޯނާގެ / ބ. ތުޅާދޫ (23އ)އެވެ. ފުލުހުން މިއަދު ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން […]

ފުލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމުކުރެވޭނީ އަންނަ މަހު: ހައުސިންގ މިނިސްޓްރީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާގައި އާންމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިންގ މިނިސްޓްރީން މިއަދު ބުނެފިއެވެ. ކުރީ ސަރުކާރުން، ފުލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަަށް ތުހުމަތުކޮށް، އާންމު ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅިއެވެ.އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން، “ހައުސިންގ އެޑްވައިޒަރީ ކޮމިޓީ“ އެއް […]

ހުޅަނގުގެ ބޯޓު ފަހަރަށް ހަމަލާދޭން ހޫތީ މުޖާހިދުންނަށް އެހީތެރިވަނީ ރަޝިޔާއިން

އިނގިރޭސި ވިލާތުގެ ޑިފެންސް އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އިނގިރޭސި ވިލާތާއި ހުޅަނގުގެ ބައެއް ގައުމުތަކުގެ ބޯޓުފަހަރު ރެޑް ސީ ތެރެއިން ދަތުރުކުރަމުންދާއިރު ހޫތީ މުޖާހިދުން އެ ބޯޓުފަހަރަށް ހަމަލާ ދިނުމުގައި ބޭނުންކުރަމުންގެންދަނީ ރަޝިޔާއިން ފޯރުކޮށްދޭ ސްޓެލައިޓް ޑޭޓާ ކަން ހާމަވެއްޖެއެވެ. ވޯލްސްޓްރީޓް ޖާރނަލުން ބުނެފައިވަނީ ރަޝިޔާއިން ހޫތީ މުޖާހިދުންނަށް އެ ޑޭޓާތައް ފޯރުކޮށްދެނީ އިރާން މެދުވެރިކޮށްގެންނެވެ. ރަޝިޔާއަކީ ވަކި ގައުމުތަކަށް ނިސްބަތްކުރެވޭ ބޯޓުފަހަރު ރެޑްސީގެ ތެރެއިން ދަތުރުކުރުން ހުއްޓުވުމަށްޓަކައި ހޫތީ މުޖާހިދުން ދެމުން ގެންދާ ހަމަލާތަކަށް ފުރިހަމައަށް […]