ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ޤައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް ނެތް:ރައީސް

ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ޤައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދިވެހި ޒުވާން އަންހެނަކު ރީތީގެ މުބާރާތެއްގައި ވާދަ ކުރާކަން ހާމަކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ރައީސް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ ޤުރުއާނުގެ އާޔަތަކާއި މާނަވެސް ހިއްސާ ކުރައްވާފައެވެ. وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ […]

އިސްރާއީލުން އީރާނަށް ތީރެއް ޖަހާލިޔަސް އެކަމަށް ރައްދު ދޭނަން

އިސްރާއީލުން އީރާނަށް ތީރެއް ޖަހާލިޔަސް އީރާނުން އެކަމަށް މާފު ނުކުރާނެ ކަމަށާއި ޔަގީނުންވެސް އިސްރާއީލަށް ރައްދު ދޭނެ ކަމަށް އީރާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އީރާނުގެ ޑިފެންސް މިނިސްޓަރު ބްރިގޭޑިއާ ޖެނެރަލް އަޒީޒް ނާސިރުޒާދޭ މިހެން ވިދާޅުވީ މިއަދު ހެނދުނު ބޭއްވި ކެބިނެޓް ޖަލްސާގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އިސްރާއީލުން އެގައުމުގެ ފަސްގަނޑަށް ކުރާ ކޮންމެ އަނިޔާއަކަށް އީރާނުން ރައްދުދޭނެކަން ފާހަގަކުރައްވާ އަޒީޒް ނާސިރް ޒާދޭ ވިދާޅުވީ އިސްރާއީލުން އީރާނަށް ތީރެއް ޖެހި ނަމަވެސް އެ […]

އިންތިގާލީ އިންސާފުގެ އޮފީހަށް 400 އަށްވުރެ ގިނަ މައްސަލަ ހުށަހެޅި، އިންސާފު ހޯދައިދޭން މަސައްކަތް އެބަކުރަން: އޭޖީ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އުވައިލިއިރު، އެ އޮފީހަށް 400 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް މިހެން ވިދާޅުވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އުޝާމް ވިދާޅުވީ އޭޖީ އޮފީހުން މިހާރު ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ އޮމްބަޑްސް ޕާސަން އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ […]

މިސް ޔުނިވާސްގައި ބައިވެރިވުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމަށް ދިވެއްސަކު ބައިވެރިވުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފައެވެ. ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިއީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ނޫން ކަން ހާމަކޮށް އެހެން ދޭހަވާ ގޮތަށް ވާހަކަތައް ނުފަތުރަން ގޮވާލާފައެވެ.އަދި  މިސް ޔުނިވާސްގައި ބައިވެރިވުމަށް ނިންމާފައިވާ ދިވެހި ޒުވާނާއަށް އެ ކަން ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފައެވެ. ޔޫތު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ […]

ފަސޭހައީ ބަޖެޓް ހުށަހަޅައި ފާސްކުރާށެވެ.

ހިނގަމުންދާ 2024 ވަނަ އަހަރަށް ފާސްކުޅަ 49.8 ބިލިއަންގެ ބިޔަ ބަޖެޓު، އޮޔާ ގޮސްގެން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް، 24 އޮކްޓޯބަރުގައި ހުށަހަޅުއްވައި، 29 އޮކްޓޯބަރގައި ފަސޭހަކަމާއެކު މިއަދު ފާސްކުރައްވައިފިއެވެ. ވޭތުވެދިޔަ 3 އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް ތަކެކޭވެސް އެއްފަދައިން، 2024 ގެ ސަޕްލިމެންޓަރީ ބަޖެޓުވެސް ފާސްކުރެއްވީ، ފުން ދިރާސާއަށްފަހު ސަރުކާރުން ހުށަހެޅުއްވި ގޮތަށް، އަކުރަކަށް ފިއްޔަކަށް ބަދަލެއް ނުގެންނަވައެވެ. ސަރުކާރު ހިންގާ ޕާޓީއެއްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މަޖިލިހަކުން، ސަޕްލިމެންޓަރީ އަދި ކިއެއްތަ، […]

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަން ކުރަނީ ކުށްކުރުމުގެ ނިޔަތުގައެއް ނޫން

މަސްތުވާތަކެތި ބޭނުން ކުރާމީހުންނަކީ ކުށްވެރިންނެއް ނޫނެވެ. އެހެނަސް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ދުނިޔޭގެ އާޖުފާއްޖު ނުދަންނަ ގަމާރުން މަސްތުވާތަކެތި ބޭނުން ކުރާމީހުންގެ މައްޗަށް ކަނޑައަޅާފައި އެވާގާނޫނީ އަދަބަކީ އެއަދަބު ދިނުމުގެ ސަބަބުން އެކަން ހުއްޓޭނެ ކަމަށް ބަލައިގެން ކަނޑައަޅާފައިވާ އަދަބެކެވެ. މަސްތުވާތަކެތި ބޭނުންކުރާމީހެއްގެ އަތުގައި ފަސްގުރާމު ނުވަތަ ދިހަ ގުރާމް އޮތުމަކީ އެމީހަކު އެތަކެތި ވިއްކާ ވިޔާފާރި ކުރުމަށްޓަކާ އަތުގައި ބެހެއްޓުންކަމަށް ނިންމުމަކީ އެއްވެސް ހަމައެއް އުޞޫލެއް ނެތި ނިންމާ ޣައިރުގާނީ ނިންމުމެއް ކަމަށް ބެލެވިދާނެއެވެ. މަސްތުވާތަކެތީގެ […]

ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަކުރާ އުތުރު ކޮރެއާ ސިފައިންނަށް މެހެމާންދާރީ ހުޅުވާލައިފި

ރަޝިޔާއާ އެކުގައި ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމައިގާ ބައިވެރިވަމުންދާ އުތުރު ކޮރެއާގެ ސިފައިންނަށް ޔޫކްރެއިނުން މެހެމާންދާރީ ހުޅުވާލައިފިއެވެ. ޔޫކްރެއިނުން ބުނެފައިވަނީ ރަޝިޔާގެ ލަޝްކަރުތަކުން ވަކިވެ ޔޫކްރެއިނަށް އަންނަ އުތުރު ކޮރެއާގެ ސިފައިންނަށް ތިންއިރުގެ މީރު ކެއުމާއި އަރާމުގައި ނިދާލެވޭނެ އެނދާއި ތަންމަތި ފޯރުކޮށްދޭނެ ކަމަށެވެ. މިކަމަށް އެދޭ މީހުންނަށް ޚާއްސަ ކިޔޫ އާރް ކޯޑަކާއި އަދި ހޮޓްލައިނެއް ވެސް މިހާރު ވަނީ ހުޅުވާދީފައެވެ. އަދި ކޮރެއާގެ ބަހުން “ ކަލޭމެން އައިސް ތިޔަ ތިބީ ޕޫޓިންގެ ވެރިކަމަށްޓަކައި ހަނގުރާމަކުރާށެވެ. […]

އެއާ އެރޭބިއާ ގެ ދަތުރުތައް ރާއްޖެޔަށް ފަށައިފި

މެދުއިރުމަތި އަދި އުތުރު އެފްރިކާގެ ފުރަތަމަ އަދި އެންމެ ބޮޑު ”ލޯކޮސްޓް“ ނުވަތަ އަގުހެޔޮ ކެރިއަރ އޮޕަރޭޓަރ ކަމަށްވާ އެއާ އެރޭބިއާ ގެ ދަތުރުތައް ރާއްޖެޔަށް ފަށާ، ފުރަތަމަ ދަތުރު އާދީއްތަ ދުވަހު ވަނީ ބާއްވާފައެވެ. މި ދަތުރުތައް އޮންނާނީ ޝާރުޖާ އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއާ އެރޭބިޔާގެ ދަތުރުތައް ރާއްޖެޔަށް ފެށުން ފާހަގަ ކުރުމުގެ ގޮތުން އާދީއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ޝާރުޖާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ވަނީ […]

އިންޑިޔާގައި ”ސްޓްރީޓް ފުޑް“ ވިއްކާ މީހުން ކާއެއްޗިއްސަށް ކުޅުޖަހާ މައްސަލަ ބޮޑު ވެއްޖެ

އިންޑިޔާގެ މަގުމަތީގައި ކާއެއްޗެތި ވިއްކާ ފަރާތްތަކުން އެތަކެއްޗަށް ކުޅުޖަހާ ތަޣައްޔަރު ކުރާ މައްސަލަ ބޮޑުވެގެންގޮސް އެކަން ހުއްޓުވުމަށް ގާނޫނު ހަދާ ހިސާބަށް ހިނގައްޖެ ކަމަށް ޚަބަރު ލިބެއެވެ.މިކަން އެންމެ ބޮޑުވެފައިވަނީ ވެރިކަންކުރާ ބީޖޭޕީގެ ވެރިކަން އޮންނަ އުތުރުގެ ސްޓޭޓް ތަކުގައި ކަމަށް ވެއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ ތަކާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުން އެފަދަ ބައެއް ތަންތަނުގައި ކާއެއްޗިއްސަށް ކުޅުޖެހުމާއި، ވެލި އެޅުމާއި އަދި ބައެއް ފަހަރު ކުޑަކަމުދާ އެއްޗެތިވެސް އަޅާކަމަށް ވެއެވެ. […]

ސައޫދީއަށް ކަނޑައަޅުއްވާ ސަފީރަކަށް ސަރީރު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ރާއްޖެއިން ސައަުދީ ރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އަޙްމަދު ސަރީރު އައްޔަންކުރެއްވުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގޮތަށް ފާސްކުރީ 86 މެންބަރުންގެ ވޯޓުންނެވެ. ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި މިހާރު ހުންނެވި ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަގާމުތަކާއި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ސަރީރު ވަނީ […]