ބައިގަރުނު ކުރި

ބައިގަރުނު ކުރީގައި ދަރީން މައިންބަފައިންނަށް އިޙުތިރާމުކުރެއެވެ. މިއަދު މައިންބަފައިންނަށް ޖެހިފައިވަނީ ހަމައެކަނި ދަރީންނަށް އިޙުތިރާމު ކުރާށެވެ. ބައިގަރުނު ކުރީގައި ކައިވެނިކުރުމަކީ ފަސޭހަ ކަމެކެވެ. ކައިވެނި ރޫޅައިލުމަކީ އުނދަގޫ ކަމެކެވެ. މިއަދު ކައިވެނިކުރުމަކީ ނުހަނު އުނދަގޫ ކަމެކެވެ. ވަރިވުމަކީ ދާދި ފަސޭހަ ކަމެކެވެ. ބައިގަރުނު ކުރީގައި އިންސާނުން ވަރަށް ގިނައިން ކައިބޮއެ އުޅެއެވެ. މަސައްކަތްކުރާނެ ހަކަތަ ހޯދުމަށެވެ. މިއަދު ބައެއް ބާވަތުގެ ކާނާ ކެއުމަށް އިންސާނުން ޖެހިލުންވެއެވެ. ފަލަވުމާއި ހަކުރުބަލިފަދަ ބަލިތަކަށް ވާރުތަކުރާތީއެވެ. ބައިގަރުނު ކުރީގައި އެކަކު ކުރާ […]

އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވަން ރައީސް މުޢިއްޒު ގޮވާލައްވައިފި

އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެ މަނިކުފާނު މިކަމަށް ގޮވައިލެއްވީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރޭ ތަޤްރީރު ކުރައްވަމުންނެވެ. އދ.ގެ ޤަރާރުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުވެ، އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަންނަން ޖެހޭ ކަމަށް […]

އަޅުގަނޑުމެންނަށް ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއް: ރައީސް

އަޅުގަނޑުމެންނަށް ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަޤުރީރު ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުހިންމު މައްސަލަތައް ޙައްލުކުރުމުގައި ބައިނަލްއަޤުވާމީ އެއްބައިވަންތަކަމަށް ގޮވާލެއްވިއެވެ. ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކީ، ޚުދު އަޅުގަނޑުމެންގެ ޢަމަލުތަކުން އުފެދިފައިވާ މައްސަލަތައްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަޅުގަނޑުމެންނަށް ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއް ކަމަށާއި، ބައިބައިވެ މާޔޫސްވެފައިވާ […]

ސްރީލަންކާގެ އައު ބޮޑުވަޒީރަށް ރައީސް މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ 16 ވަނަ ބޮޑުވަޒީރަކަށް ޢައްޔަންކުރެއްވި ޑރ. ހަރީނީ އަމަރަސޫރިޔާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ޑރ. ހަރިނީ އަކީ ލަންކާގެ ތިން ވަނަ އަންހެން ބޮޑުވަޒީރެވެ. އަދި ލަންކާގެ 16 ވަނަ ބޮޑުވަޒީރު ވެސްމެއެވެ. ލަންކާގެ އައު ބޮޑުވަޒީރަށް ރައީސް މުޢިއްޒު ތަހުނިޔާ ވިދާޅުވެފައި ވަނީ މީސްމީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް […]

ނަޑެއްލާ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތައް ނައިބު ރައީސާއި ހިއްސާކުރައްވައިފި

ގދ.ނަޑެއްލާ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި އެ ރަށު ކައުންސިލުން ހިއްސާކުރައްވައިފިއެވެ. މިކަން ނައިބު ރައީސާއި ނަޑެއްލާ ކައުންސިލުން ހިއްސާ ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލުގެ މެންބަރުން ވަނީ އެ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، […]

ޑޯގް ސްކޮޑް ބޭނުންކޮށްގެން ވީއައިއޭގައި ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް

ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކޮށްގެން ޚާއްސަ އޮޕަރޭޝަނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމް ސަރވިސް އަދި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން ޑޯގް ސްކޮޑް އެއާޕޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި އޮޕަރޭޝަނާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން […]

ހަދިޔާ ހިފިކަމުގެ ކުށުގައި ސިންގަޕޫރުގެ ކުރީގެ މިނިސްޓަރެއް ކޯޓަށް

މަގާމުގައި ހުރިއިރު ހަދިޔާ ހިފިކަމުގެ ކުށް ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުގެ މައްޗަށް ސާބިތުވެއްޖެއެވެ. މިނިސްޓަރު،އުމުރުން 62 އަހަރުގެ ސުބްރަމާނިއަމް އިޝްވަރަން ގެ މައްޗަށް ފުރަތަމަ ކުރެވުނީ ކޮރަޕްޝަންގެ ދައުވާ ކަމަށް ވެއެވެ.ނަމަވެސް އަންގާރަދުވަހު ފެށުނު ޝަރީއަތުގައި ޕްރޮސެކިއުޓަރުން ވަނީ ދައުވާ ބަދަލުކޮށް ހަދިޔާ ހިފިކަމުގެ ކުށަށް ބަދަލު ކޮށްފައެވެ. ސިންގަޕޫރަކީ ކުށްމަދު ހުރިހާގޮތަކުންވެސް ސާފުތާހިރު ފައިނޭންޝަލް ހަބް އަކަށް ވާއިރު،ސަރުކާރުގެ އިސްމަގާމްތަކުގައި ތިބޭ ފަރާތްތަކާބެހޭ މިފަދަ މައްސަލަތައް ވަރަށް މަދު ކަމަށް ވެއެވެ.އެހެންކަމުން އިޝްވަރަންގެ މައްސަލައިގެ […]

3 ރަށެއްގައި އައިސްޕްލާންޓާއި، އައިސް ސްޓޯރޭޖް ހެދުމަށް ސޮއިކޮށްފި

ތިން ރަށެއްގައި އައިސްޕްލާންޓާއި، އައިސް ސްޓޯރޭޖް ހެދުމަށްފިޝަރީޒް މިނިސްޓްރީއާއި މިފްކޯއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލަރ އީނާޒް ނަސީރެވެ. މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނި ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ހަނީފެވެ. މި އެއްބަސްވުމުގެ ދަށުން 3 ރަށެއްގައި މުޅިން އަލަށް 30 ޓަނުގެ އައިސްޕްލާންޓާއި، 50 ޓަނުގެ އައިސް ސްޓޯރޭޖްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. އެ ތިން ރަށަކީ […]

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމަށް ބާކީ ދެ ދުވަސް

ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމަށް އަލުން ހުޅުވައިލި ފުރުސަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެއެވެ. ފުރުސަތު ހަމަވާނީ އެ ދުވަހުގެ މެންދުރުފަހު 14:00 އަށެވެ. ޔޫތު މިނިސްޓްރީން ބުނީ އެވޯޑަށް އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލްލިންކް ނުވަތަ ޔޫތު މިނިސްޓްރީ (ސޯޝަލްސެންޓަރ) އަށް ކަމަށާއި އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30 އިންމެންދުރު 14:00 އަށް ކަމަށެވެ. […]

ރާއްްޖެއިން އަބަދުވެސް ފަލަސްޠީނަށް އެއްބާރުލުން ދޭނެ: ރައީސް

ދެއްވެވެން އޮތް ހުރިހާ ގޮތަކުން ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްޠީނަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ފަލަސްޠީނަކީ މިނިވަން ދައުތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަމަށެވެ. އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ހާލަތު ބަދަލުކުރުމަށް […]