ފަލަސްތީނުގެ މިނިވަން ދައުލަތަކާނުލައި އެއްވެސް ރޭވުމެއް އެމިރޭޓްސް އިން ގަބޫލެއް ނުކުރާނަން

މަތީގައި އެވަނީ މިއަދު އަލްޖަޒީރާގެ އެންމެ މުހިންމު އެއް ސުރުޚީއެވެ.ޚަބަރުގައި ބުނެފައިވާގޮތުން ހަމާސް އާއި އިސްރާއީލާ ދެމެދު ކުރެވެމުންދާ ހަނގުރާމަ ހުއްޓާލައި ދެން ކަންތައް ކުރަންވީގޮތް ތަރުތީބު ކުރުމުގެ ވާހަކަތައް ދެކެވެމުންދާ މިވަގުތުގައި އެކަމަށް ކުރެވޭ އެއްވެސް މަޝްވަރާއެއް ނުވަތަ ރޭވުމެއްގައި ފަލަސްތީނުގެ މިނިވަންދައުލަތެއް ގާއިމްކުރެވިފައި ނުވާނަމަ އެމިރޭޓްސްއިން އެ މަޝްވަރާއެއްގައި ނުވަތަ ރޭވުމެއްގައި ބައިވެރި ނުވާނެކަމަށް ޚާރިޖީ ވަޒީރު އަބްދު ﷲ ބިން ޒައިދު އަލް ނަހްޔާން ވަނީ ވިދާޅުވެފައެވެ. އަދި ހަނގުރާމައިގެ ފަހުން ގައްޒާއާއި […]

ދުނިޔޭގައިވާ އެންމެ އުމުރުން ދުވަސްވީ ބުޅާ މަރުވެއްޖެ

  މުޅިދުނިޔޭގައިވެސް އެންމެ އުމުރުން ދުވަސްވީ ބުޅާކަމަށް ގަބޫލުކުރެވޭ ބުޅާ އުމުރުން 33 އަހަރުގައި މަރުވެއްޖެއެވެ. ރޯޒީގެ ނަމުން ނަންދީފައިވާ ބުޅާ ގެންގުޅެމުން އައީ އިރުމަތީ އިންގްލަންޑްގެ ސަރަހައްދެއްކަމަށްވާ ނޯފޯކްގައި ދިރިއުޅޭ ލީލާ ބްރިސެޓް ކިޔާ އުމުރުން 73 އަހަރުގެ އަންހެނެކެވެ. ރޯޒީމަރުވީ ލީލާ ބްރިސެޓް ގެ ގޭގެ ހޯލްވޭގައި ކަމަށާ އެވަގުތު އޭނާވެސް ކައިރީގައި ހުރިކަމަށް ވެއެވެ. ރޯޒީ އެދުވަހު ހިނގާލާފައިއައިސް ހޯލްވޭގައި އޮށޯވެ މަރުވީކަމަށް އޭނާ ބުނެފައި ވެއެވެ. ރޯޒީ އުފަންވެފައިވަނީ 1991 ވަނަ އަހަރުއެވެ. […]

ޒިމްބާބުވޭގައި އެތްތައް ބަނޑަށް ޖެހެމުންދާތީ 200އެތް ކަތިލަން ނިންމައިފި

ޒިމްބާބްވޭ އަށް އާދަޔާޚިލާފް ހަނަފަސްކަން ކުރިމަތިވެފައިވުމުގެ ސަބަބުން އެތުގެ އާބާދީއަށް ބޭނުންވާ ކާތަކެތި ނުލިބޭތީ އެތްތައް މަރުވަމުންދާކަމަށް ޚަބަރުލިބެއެވެ.މިކަމާގުޅިގެން 200 އެތް ކަތިލުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.އެގައުމުގައި އެތުގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެފައި ވުމާއިއެކު މިގޮތަށް އެތްތައް މަދުކޮށްލުމުން އާބާދީ ކޮންޓްރޯލް ކުރުމަށް ފަސޭހަވާނެ ކަމަށް ވައިލްޑްލައިފް އޮތޯރިޓީން ބުނެފައިވެއެވެ. ބުދަދުވަހު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޒިންބާބްވޭގެ ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވެފައިވަނީ ޒިމްބާބްވޭއަށް ބޭނުންވާވަރަށް ވުރެ މިހާރު އެތް ގިނަވެފައިވާކަމުގައެވެ. އެހެންކަމުން ޒިމްބާބްވޭގެ ޕާކްތަކަށާ […]

ހޫތީންގެ ހައިޕަރސޯނިކް މިސައިލް އިސްރާއީލާ ހަމަޔަށް 11 މިނިޓުން

ބިޒްނަސް އިންސައިޑަރ ގެ ޚަބަރުތަކަށް ބަލާއިރު އެންމެ ފާހަގަ ކުރެވޭ އެއް ޚަބަރަކީ ހޫތީ މުޖާހިދުން ހައިޕަރސޯނިކް ބެލިސްޓިކް މިސައިލަކުން އިސްރާއީލަށް ހަމަލާ ދިން ޚަބަރެވެ. އެ މިސައިލް 1200 މޭލުގެ ދުރުގައި އޮތް އިސްރާއީލާ ހަމަޔަށް ދިއުމަށްޓަކައި ހޭދަކުރީ ހަމައެކަނި 11 މިނިޓް ކަމަށް މުޖާހިދުން ބުނެފައިވެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބުނެފައިވަނީ އެ ހަމަލާގެ ބަދަލުގައި ހޫތީ މުޖާހިދުން ވަރަށް ބޮޑު އަގެއް ދޭން ޖެހޭނެ ކަމަށެވެ. އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފައިވަނީ ހޫތީ މުޖާހިދުންގެ […]

ޕީޖީގެ މަގާމަށް ޢައްބާސް އައްޔަންކުރުމަށް ރުހުންދިނުމަށް މަޖިލީހުން ފާސްކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޢައްބާސް ޝަރީފް އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ޕީޖީގެ މަގާމަށް ޢައްބާސް އައްޔަންކުރުމާގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވުމުން، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު ޢައްބާސަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކުރީ އިއްޔެގައެވެ. ޢައްބާސަށް ރުހުން ދޭން ފެންނަ ކަމަށް ނިންމައި ކޮމިޓީން ފާސްކުރި ރިޕޯޓް،ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގެ ތަޅުމަށް ވަނީ ހުށަހަޅާފައެވެ. […]

ބަންޔަން ޓްރީ ވައްބިންފަރު މި އަހަރުގެ ޓީޓީއެމް އެވޯޑްސްގައި ’އެންމެ ދެމެހެއްޓެނިވި ރިސޯޓް‘ ގެ މަޤާމް ހޯދައިފި

ބަންޔަން ޓްރީ ވައްބިންފަރު 2024 ވަނަ އަހަރުގެ ޓީޓީއެމް އެވޯޑްސްގައި ’އެންމެ ދެމެހެއްޓެނިވި ރިސޯޓް‘ ގެ ޝަރަފުވެރި މަޤާމް ހޯދައިފިއެވެ. މިއީ ދިވެހިރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ހޮޓެލްތަކާއި ޒިންމާދާރު ފަތުރުވެރިކަމަށް އެ ރިސޯޓުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ޝަރަފެކެވެ. މި ރިސޯޓުގެ ދެމެހެއްޓެނިވި ކަންތައްތަކުގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނެނީ އެ ރިސޯޓުގެ މެރިން ލެބެވެ. މިއީ ދިވެހިރާއްޖޭގައި ޤާއިމްކުރެވުނު މިބާވަތުގެ ފުރަތަމަ ލެބެވެ. މި ލެބުން އަމާޒުކުރަނީ ކަނޑުގެ މާހައުލު ހިމާޔަތްކުރުމުގެ މަޝްރޫޢުތަކަށެވެ. މީގެ ތެރޭގައި […]

ޕީޖީގެ މަގާމަށް ޢައްބާސް އައްޔަންކުރުމަށް ކޮމިޓީން ރުހުންދީފި

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޢައްބާސް ޝަރީފް އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ. ޕީޖީގެ މަގާމަށް ޢައްބާސް އައްޔަންކުރުމާގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ސިޓީ އިއްވެވީ މަޖިލީހުގެ ދައުރުން ބޭރުން މި މަހުގެ 11 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައެވެ އެގޮތުން ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ހަމަ އެރޭ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ. މައްސަލަ […]

ގެސްޓު ހައުސްއަކަށް މީހަކު ވައްދައި ފޭރުނު ދެ މީހަކަށް ދައުވާކުރަން ފޮނުވައިފި

ގެސްޓު ހައުސްއަކަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް ފޭރުނު މައްސަލައެއްގައި ދެ މީހަކަށް ދައުވާކުރަން ފޮނުވައިފިއެވެ. މި ކަން ހިނގީ މާލޭގައި ހުންނަ ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްގައެވެ. ފުލުހުން މިއަދު ބުނީ ޖުލައި 19 ވަނަ ދުވަހު އެ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފަރކޮށް […]

ހުޅުމާލޭގައި ލޮރީއަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ބުރިޖު މަތީގައި ލޮރީއަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ބުރިޖު މަތީގައި ލޮރީއަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެގޮތުން ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް މެސެޖުގައި ބުނެފައިވެއެވެ. މި އެކްސިޑެންޓްގައި، ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މީހަކު ގެއަކަށް ވައްދައި އޮރިޔާންކޮށް ބިރުދައްކައި ފޭރުނު ބަޔަކަށް ދައުވާކުރަން ފޮނުވައިފި

މާލޭގެ ގެއަކަށް މީހަކު ވައްދައި އޮރިޔާންކޮށް ބިރުދައްކައި ފޭރުނު ބަޔަކަށް ދައުވާކުރަން ފޮނުވައިފިއެވެ. ފުލުހުން މިއަދު ބުނީ މިދިޔަ ޖުލައި 24 ވަނަ ދުވަހުގެ ވަގުތެއްގައި، މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފަރކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ދައުވާކޮށްދިނުމަށް […]