މެދުއިރުމަތި ނުރައްކާވަމުންދަނީ އިސްރާއީލާއި އެމެރިކާގެ ސަބަބުން

މެދުއިރުމަތީގެ ހާލަތު ނުރައްކާތެރި ހަނގުރާމައެއްގެ ހާލަތަށް ބަދަލުވެގެން އެ ދަނީ އިސްރާއީލާއި އެމެރިކާގެ ސަބަބުންކަމަށް ވިދާޅުވެ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ވެރިން ޔުނައިޓެޑް ނޭޝަންސްގެ އާންމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވައިފިއެވެ. އޭގެތެރެއިން އެއްބޭފުޅަކު އިސްރާއީލުގެ ބޮޑުވަޒީރަށް މުޚާތަބު ކުރައްވައި، އެއީ މި ޒަމާނުގެ ”ހިޓްލަރ“ ކަމަށް ވެސް ސިފަކުރެއްވިއެވެ. އެބޭފުޅުންގެ ވާހަކަފުޅުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އަދި ޔުނައިޓެޑް ނޭޝަންސް އިންވެސް މެދުއިރުމަތީގައި ހިނގަމުންދާ ދެކޮޅުވެރިކަމާއި ހަނގުރާމަ ހުއްޓުވުން ނާކާމިޔާބުވުމުގެ ލަދުވެތިކަން ބޮލުގައި އަޅަން ޖެހޭނެއެވެ. ގައްޒާގައި ހިނގަމުންދާ […]

އެމެރިކާގެ ސިފައިން އިރާޤުގައި ދިގު މުއްދަތެއް ވަންދެން ބޭނުންކުރި ބައެއް އަސްކަރީ މަރުކަޒުތަކުން ފައިބަން ނިންމައިފި

އެމެރިކާގެ ސިފައިން އިރާޤުގައި ދިގު މުއްދަތެއް ވަންދެން ބޭނުންކުރި ބައެއް އަސްކަރީ މަރުކަޒުތަކުން ފައިބަން ނިންމައިފިއެވެ. އެމެރިކާއިން ހުކުރު ދުވަހު އިޢުލާނުކޮށްފައިވަނީ އިރާޤު ސަރުކާރާއެކު އެއްބަސްވުމަކަށް އައިސް، އެމެރިކާގެ އިސްނެގުމުގެ ދަށުން އައިސިސް ޖަމާޢަތާ ދެކޮޅަށް އިރާޤުގައި ކުރިއަށްގެންދިޔަ އަސްކަރީ މަސައްކަތްތައް އަންނަ އަހަރު ނިމުމަކަށް ގެންނާނެ ކަމަށެވެ. މި މަސައްކަތްތައް ނިމުމަކަށް ގެނައުމާއެކު، އެމެރިކާގެ ސިފައިން އެ ޤައުމުގައި 20 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ބައެއް އަސްކަރީ މަރުކަޒުތަކުން ފައިބާނެއެވެ. ނަމަވެސް، […]

އިސްރާއީލުން ޙިޒްބުﷲގެ އިސްވެރިޔާއަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއްދީފި

އިސްރާއީލުން ޙިޒްބުއްﷲގެ އިސްވެރިޔާއަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއްދީފިއެވެ. އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ހުކުރު ދުވަހު ބައިރޫތުގައި ހުރި ޙިޒްބުއްލާގެ މައި މަރުކަޒަށް ޙަމަލާދިން ކަމަށެވެ. މި ޙަމަލާއަކީ އެ ޖަމާޢަތުގެ އިސްވެރިޔާއަށް އަމާޒުކޮށް ދިން ޙަމަލާއެއް ކަމަށާއި މި ޙަމަލާގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އިމާރާތްތަކެއް ވަނީ ފުނޑުފުނޑުވެފައެވެ. ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނެފައިވާ ގޮތުގައި މަދުވެގެން 6 މީހުން މަރުވެ 91 މީހުން ވަނީ ޒަޚަމްވެފައެވެ. މިއީ ވޭތުވެދިޔަ އަހަރު ތެރޭގައި ލުބުނާނުގެ ވެރިރަށް […]

އދ. އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޑރ.މުޢިއްޒު ނިއުޔޯކުން ފުރާވަޑައިގެންފި

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކުން ފުރާވަޑައިގެންފިއެވެ. އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސް ޑރ. މުޢިއްޒު، އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ، އިރާކޮޅުގެ ވަގުތެއްގައެވެ. މިއީ އެމަނިކުފާނު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ފުރާވަޑައިގަތީ […]

ފުރިހަމަ މުސްލިމުން ތިމާގެ ހައްޤުތައް ލިބެން އެދޭ ފަދައިން އެހެން މީހުންގެ ހައްޤުތައް ލިބިދެވޭތޯ ބަލާނެ:ޚުތުބާ

ތިމާގެ ހައްޤުތައް ލިބެން އެދޭ ފަދައިން އެހެން މީހުންގެ ހައްޤުތައް ލިބިދެވޭތޯ ފުރިހަމަ މުސްލިމުން ބަލާނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާ ހާއްސަކޮށްފައި ވަނީ ”ޒިންމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުން“ މި މައުޟޫއުގެ މައްޗަށެވެ. ޚުތުބާގައި ބުނީ ކަންކަން ކުރުމުގައި ރައްޔިތުންގެ ހައްޤުތަކަށާއި ޤައުމީ މަސްލަހަތަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ. ކޮންމެ މަސްއޫލިއްޔަތަކީ، މާތް ﷲ އެ ފަރާތަކާ ހަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި ދުނިޔެމަތީގައި އިންސާނާއާ ހަވާލުކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ […]

ދުނިޔެއަށް ދެވަނަ ”ހަނދެއް“ ފެންނަނީ

މިސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ދުނިޔެއަށް ދެވަނަ ”މިނީ“ ހަނދެއް ފެންނާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ. ކުޑަ ހަނދެއްގެ ގޮތުގައި ފެންނާނީ ހަގީގަތުގައި އެސްޓަރރޮއިޑް އެއްކަމަށްވެއެވެ. ސައިންސް ގެ ހޯދުންތަކުން ދައްކާފައިވާ ގޮތުގައި ކުޑަ އެސްޓަރރޮއިޑް އެއް ދުނިޔޭގެ ގްރެވިޓީގެ ބާރުގެ ސަބަބުން ހަނދެއްހެން ދުނިޔެ ވަށާ އެނބުރެން ފަށަނީއެވެ. އައު ހަނދު މިމަހުގެ 29ން ފެށިގެން ފެންނަން ފަށާނެ ކަމަށާ ނަމަވެސް ހަމަލޮލަށް ނުފެންނާނެ ކަމަށް ޚަބަރު ތަކުގައި ބުނެފައިވެއެވެ. ޕްރޮފެޝަނަލް ޓެލެސްކޯޕް އަކުން އެކަނި […]

އިސްރާއީލުން ލުބުނާނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ޔޫކޭގެ ބޮޑުވަޒީރު ގޮވާލައްވައިފި

ޒަޔަނިސްޓް އިސްރާއީލުން ލުބުނާނުގައި ހިޒްބު ﷲ ޖަމާއަތާއި ކުރިމަތިލާ ހިންގަމުން އަންނަ ހަމަލާތައް ހުއްޓާލަން ޔޫކޭގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ގޮވާލައްވައިފިއެވެ.  ސްޓާމަރ މިގޮތަށް ގޮވާލައްވާފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ދުނިޔޭގެ ލީޑަރުންގެ މެދުގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. ސްޓާމަރ ވަނީ ލުބުނާނުގައި އިސްރާއީލާއި ހިޒްބުالله އާއި ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ. ހަމައެހެންމެ ޑިޕްލޮމެޓިކް ސެޓްލްމަންޓަކަށް ޖާގަ ހޯދުމަށް ވަގުތުން ހަނގުރާމަ ހުއްޓާލަން ބަލަން ޖެހޭ ކަމަށް ސްޓާމަރ […]

އެމެރިކާއިން ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވަން 4.4 މިލިއަން ޑޮލަރުގެ އެހީ ދެނީ

އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)އިން ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވަން 4.4 މިލިއަން ޑޮލަރު ދޭން ނިންމާފައިވާކަން ހާމަކޮށްފިއެވެ. މިކަންހާމަކޮށްފައި ވަނީ އދ ގެ އާންމު މަޖިލީހުގެ ހަވާސާގައި ޔޫއެސްއެއިޑުގެ އެޑްމިނިސްޓްރޭޓާ ސަމައިންތާ ޕަވާއެވެ. އެގޮތުން ޑިމޮކްރަސީ ކުރިއެރުވުމަށް ރާއްޖެއަށް 4.4 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާއިރު އޭގެ ތެރެއިން ތިން މިލިއަން ޑޮލަރު ދޭން ނިންމާފައި ވަނީ މީޑިއާ ލިޓްރެސީ ޕްރޮގްރާމިން ހަރުދަނާކޮށް ޕަބްލިކް އަދި މީޑިއާގެ ދާއިރާގައި ދެފުށް […]

ކުރެވޭ ޝައްކެއްގެ މައްޗަށް ހަޔާތް ބަރުބާދު ކޮށްނުލާށެވެ.

 އަހަރެންނާއި އަހުމަދުގެ ކައިވެންޏަށް މިވީ އަށް އަހަރެވެ.މިމުއްދަތުގެ ތެރޭގައި އަހަރުމެން ދެމިހުންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހިފައެއް ނުވެއެވެ.އިލާހީ ރަހުމަތުން އަހަރުމެންނަށް ލިބިފައިވަނީ ވަރަށްވެސް ހަމަޖެހޭ އުފާވެރި ދިރި އުޅުމެކެވެ. އަހަރުމެންގެ ކުޑައަންހެން ކުއްޖަކު ހުރެއެވެ.ނަމަކީ ލިލީއެވެ. އެއްދުވަހަކު އަހުމަދު އޮފީހަށް ދިއުމުން އާދައިގެ މަތިން ދުވަހުގެ މަސައްކަތް ތަކުގައި އަހަރެން އުޅުނީމެވެ. މިހެން އުޅެމުން ބަދިގޭ ކުޑަދޮރުން ބޭރު ބަލަލިއިރު ޖެހިގެންހުރިގެޔަށް ބަޔަކު އައިސްގެން ސާމާނުތައް ވައްދާތަން ފެނުނެވެ. އަހަރެންނަށް އަވަށްޓެރިއެއްލިބުނީއެވެ. އޭގެ ގަޑިއެއްހާއިރު ފަހުން […]

ސައްހަ ނޫން ބަޔާން ދައުރުކުރި މައްސަލައިގައި ޠައްޔިބު ފުލުހަށް ހާޒިރުކޮށްފި

ފުލުހުންގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރުކުރި މައްސަލާގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ޝަހީމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ޠައްޔިބު އެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އޭނާ ހާޒިރުކޮށް ސުވާލުކުރީ ކޮން ދުވަހަކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 12 ވަނަ ދުވަހު ވަނީ ޠައްޔިބު ފޯނާއި އިލެކްޓްރޯނިކްސް ބައެއް ސާމާނު ހިފަހައްޓާފައެވެ. އޭގެތެރޭގައި ލެޕްޓޮޕަކާއި […]