އަހަރުގެ ފުރަތަމަ 8 މަހުގައި 282 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި 282 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖެނުއަރީން ފެށިގެން އޮގަސްޓުގެ ނިޔަލަށް މަސްތުވާތަކެއްޗާ ގުޅޭ 113 އޮޕަރޭޝަނެއް ހިންގާފައިވާއިރު، އެ އޮޕަރޭޝަންތަކުގައި 8،554 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަންތަކުގައި 712 މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އޮޕަރޭޝަންތަކުގައި 158.8 ކިލޯގެ މަސްތުވާތަކެއްޗާައި 5,252 ބަނގުރާ ފުޅި އަތުލައިގަނެފައިވާއިރު، އެ ތަކެތީގެ މަގުމަތީ އަގު […]

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ޑީޕޯޓްކޮށްފި

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ޑީޕޯޓްކޮށްފިއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ބުނީ ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި މައްސަލާގައި މި މަހުގެ 5ވަނަ ދުވަހު ހައްޔަރުކުރި ފަސް ބިދޭސީންގެ ތެރެއިން ދެ މީހަކު ޑީޕޯޓްކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ޑީޕޯޓްކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. މި މައްސލައިގައި ހައްޔަރުކުރި މީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ އާއި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެއް ވަނީ ފެނިފައެވެ. އިމިގްރޭޝަނުން ވަނީ މިރެއިޑުގައި […]

ފޭކް ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ

ބެންކު ޓްރާންސްފަރ ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާތީ، ސަމާލުވުމަށް ފުލުހުން މިއަދުއެދިއްޖެއެވެ. ފުލުހުން މިއަދު ބުނީ އޮޅުވާލައިގެން ބެންކު ޓްރާންސްފަރ ސްލިޕްތައް ފޮނުވާ ފަރާތްތަކުން ވަކި ޚާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްހަ ނޫން ޓްރާންސްފަރ ސްލިޕް އުފައްދާކަން ފާހަގަކުރެވެމުންދާ ކަމަށެވެ. އަދި ޚާއްސަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން މިފަދަ ސްލިޕްތައް ފޮނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ […]

ނޭޕާލްގައި ފެން ބޮޑުވެ 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ނޭޕާލްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންގޮސް ހިނގި ހާދިސާތަކުގައި ސަތޭކައަށްވުރެގިނަ މިހުން މަރުވެއްޖެއެވެ. ދެދުވަސް ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވެރިރަށް ކަތުމަންޑޫ ގެ ވަށައިގެންވާ ވާދީގައި ވަރަށް ބޮޑަށް ފެން ބޮޑުވެ ގިނަބަޔަކު ފުރާޅުތަކުގެ މަތީގައާއި އެކި ތަންތަނުގައި ބަންދުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ފެނުގެ އަސަރު އެންމެބޮޑަށް ކޮށްފައިވަނީ ކޯރުތަކާ ކައިރީގައިވާ ހިސާބުތަކަށެވެ.އެހިސާބުގެ މަގުތަކާ ހައިވޭ ތަކުގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ ބަންދުވެފައެވެ. އެހެންކަމުން އެހީގެ މަސައްކަތަށް ވެސް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.ސަރުކާރުގެ ތަރުޖަމާނަކު […]

މަސް ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

މަސް ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. ފުލުހުން މިއަދު ބުނީ ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި މިއަދު ހެނދުނު 6:30 ހާއިރު އަލިފާން ރޯވެފައިވާ ކަމަށެވެ.އަދި ފުލުހުންނާއި ސިފައިން އެ ދޯނީގައި ރޯވި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައިވާ ކަަމަށް ފުލުހުން ހާމަކުރެއެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިިއޯއަކުން މަސްދޯންޏެއްގެ ފަހަތުގައި ވަރަށް ބޮޑަށް ރޯވެ އަނދަމުންދާ މަންޒަރު ފެނެއެވެ. ސިފައިން ކުރި މަސައްކަތުން ދޯނީގައި ރޯވި އަލިފާން ގަނޑު މިހާރު ވަނީ ނިވާލާފައެވެ. މި ހާދިސާގައި އެއްވެސް […]

ހިޒްބުﷲގެ އައު ލީޑަރަކަށް ޙާޝިމް ސައިފުއްދީން

އިޒްރޭލްގެ ވަރުގަދަ ހަމަލާއެއްގައި އަވަހާރަ ކޮށްލާފައިވާ ހިޒްބުއްﷲ ގެ ލީޑަރުހަސަން ނަސްރުﷲ ގެ ބަދަލުގައި އޭނާގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ ހާޝިމް ސައިފުއްދީން އެޖަމާއަތުގެ ލީޑަރަކަށް އައްޔަން ކުރެވިއްޖެ ކަމަށް ޚަބަރު ލިބެއެވެ.މިހަބަރު ހިޒްބުﷲއާއި ގާތް ބައެއް އިސްފަރާތްތަކުން ވަނީ ޓްވީޓް ކޮށްފައެވެ. ލުބްނާންގެ މުޖާހިދުންގެ ޖަމާއަތް ހިޒްބުﷲގެ ވެރިޔާ ހަސަން ނަޞްރުﷲ ޝަހީދު ކޮށްލާފައިވަނި ހުކުރު ދުވަހު ޔަހޫދީ ފައުޖުން ބެއިރޫތަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާއެއްގައެވެ.ޔަހޫދީ ފައުޖުން ބުނެފައިވަނީ ހަސަން ނަސްރުﷲ ޝަހީދުކޮށްލަން […]

ހިޒްބު ﷲ ގެ ޕޭޖަރުތައް ގޮއްވާލުމާ ގުޅޭ މީހަކު ނޯވޭއިން ހޯދަނީ

އެސޯޝިއޭޓެޑް ޕްރެސް ކޯޕެންހޭގަނުން ދީފައިވާ ޚަބަރުތަކުގެ ތެރޭގައި ހިޒްބުގެ ޕޭޖަރުތައް ގޮއްވާލުމާ ގުޅޭ ގޮތުން އެ ޕޭޖަރުތަކުގައި އިލެކްޓްރޯނިކް ގޮވާތަކެތި ހަރުކުރި ކަމަށް ތުހުމަތުކުރެވޭ ބަލްގޭރިޔާގެ ކުންފުނީގެ މީހަކު ހޯދަން ބައިނަލްއަގްވާމީ އެހީއަށް މިދިޔަ ބުރާސްފަތި ދުވަހު ނޯވޭ ސަރުކާރުން އެދިފައިވާ ޚަބަރު ފާހަގަކުރެވެއެވެ. ނޯވޭ ސަރުކާރުގެ ޖިނާއީ ތަޙްގީގުތަކާބެހޭ އިދާރާގެ ފަރާތުން އަސްޓޭ ޑަހްލޭ ސަންޑެޓް އެސޯޝިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދީފައިވަނީ ޕޭޖަރުތައް ގޮއްވާލި މީހުން ނޯވޭ ފުލުހުންގެ އެދުމުގެ މަތިން ދެނެގަތުމަށްޓަކައި ނޯވޭ ސަރުކާރުން […]

2024 ގެ ރިޔާސީ ރޭހުގައި އަންހެނަކު ކުރި ހޯދަމުންދާތީ ޓްރަމްޕް ބޯގޮވައިފި

ޑެއިލީ ބީސްޓުން މިއަދު ހަވީރު ދީފައިވާ ޚަބަރު ތަކަށް ބަލާއިރު 2024 ގެ ރިޔާސީ ރޭހުގައި އަންހެނަކު ކުރިހޯދަމުންދާތީ ކުރީގެ ރައީސް ޓްރަމްޕް ހައިރާންވެއްޖެ ކަމަށް ބުނާ ޚަބަރު ފާހަގަ ކުރެވެއެވެ. ޓްރަމްޕް އިޝާރާތް ކުރައްވާފައި އެވަނީ މިހާރުގެ ނައިބު ރައީސާ އަދި މިއަހަރު ނޮވެމްބަރުގައި ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑިމޮކްރެޓުންގެ ކެންޑިޑޭޓް ކަމަލާ ހަރިސް އަށެވެ. އެންމެފަހުން ފޮކްސް ނިއުސް އިން ނެގި ވޯޓުގައިވެސް ކަމަލާ ހަރިސް އުޅުއްވަނީ ޓްރަމްޕަށްވުރެން 2 ޕޮއިންޓް ކުރީގައެވެ. […]

އެމެރިކާ ނޭވީންގެ އުޅަނދަކަށް މެދުއިރުމަތީގައި ގެއްލުން ލިބިއްޖެ

އެމެރިކާ ކަނޑު ސިފައިންގެ އުޅަނދުފަހަރަށް ތެޔޮ ފޯރުކޮށްދޭ  ޔޫ އެސް އެން އެސް ބިގް ހޯން މެދުއިރުމަތީގައި އެކްސިޑެންޓްވެ ގެއްލުންތަކެއް ލިބިއްޖެއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު ބިގް ހޯން ކަނޑުމަތިން ކޮންމެވެސް އެއްޗެއްގައި ޖެހުނީ ކަމަށް ލަފާކުރެވެއެވެ.                      އެމެރިކާ ކަނޑު ސިފައިންގެ އޮފިޝަލަކު ބިޒްނަސް އިންސައިޑަރަށް ކިޔާދީފައިވަނީ ލަފާ ކުރެވޭގޮތުގައި އެރޭބިއަން ސީ ތެރޭގައި ބިގް ހޯން ޖެހުނީ ހުއްޓިފައިއޮތް އެއްޗެއްގައެވެ. އެ ހާދިސާގައި އެ އުޅަނދަށް ލިބިފައިވާ ގެއްލުމާ ބެހޭ ތަފްސީލެއްވެސް […]

އަވަސް ކަޅިއަކުން ހިޒްބުﷲގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ  

ސައްޔިދު ހަސަން ނަސްރު ﷲ ދުނިޔޭގެ އަލިކަން ދެކިވަޑައިގަތީ  އުތުރު ބެއިރޫތުގެ ރަށްބޭރުގެ ފަގީރު އަވަށެއް ކަމުގައިވާ ބުރުޖް ހައްމޫދުގައި 1960 ވަނަ އަހަރު އޯގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. ބައްޕާފުޅަކީ ދެކުނު ބެއިރޫތަށް ނިސްބަތް ވެވަޑައިގަންނަވާ ފަގީރު ތަރުކާރީ ވިއްކާ މީހެކެވެ. އެއްބަޑު އެއްބަފާ އިތުރު 8 ބޭފުޅުން އާއިލާގައި ތިއްބައެވެ. އިރާގުގެ ޝިޔައީންގެ މުގައްދަސް ސިޓީއެއް ކަމުގައިވާ ނަޖަފްގައި ސިޔާސީ އިލްމާއި ގުރުއާނުގެ އިލްމު ދަސްކުރައްވަން އިރާގުގައި އޮތް ސުންނީންގެ ވެރިކަމުގައި ޝިޔައީ […]