އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދައިދިނުމުގައި ހުނަރުވެރި ޒުވާނުން މަސައްކަތްކުރޭ:ޗައިނާ ސަފީރު

ތަފާތު އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދައިދިނުމުގައި ހުނަރުވެރި ޒުވާނުން މަސައްކަތްކުރާ ކަމަށް ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ޗައިނާގެ ސަފީރު ވަންގް ލީޝިން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ”ސީޑްސް ފޮރ ދަ ފިއުޗަރ“ ޕްރޮގްރާމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން އެ ކަމަނާ ވިދާޅުވީ ޤައުމެއްގެ ކުރިއެރުއެރުމުގެ ފަހަތުގައި ތިބޭނީ ހުނަރުވެރި ޒުވާނުން ކަމަށެވެ. މިގޮތުން ”ޓެކްނޮލޮޖީ، އިޤްތިސާދީ އަދި ތަފާތު އެކި […]

ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 38 ވަނަ ބުރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ދ. ވާނީ ކެމްޕަހުގައި ފަށައިފިއެވެ. ފުލުހުން ބުނީ 38 ވަނަ އަސާސީ ތަމްރީނު ކޯހުގައި 140 ފުލުހުން ބައިވެރިވާ ކަމަށެވެ. އެގޮތުން މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެ ކަމަށް […]

ޖަހާމުގުރި ގޯޅީގައި ހުރި ގެއަކުން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

މާލޭގެ ގެޔަކުން މަގުމައްޗަށް ބިއްލޫރި ގަނޑެއް ވެއްޓި ދިވެހި ފިރިހެނަކަށް އަނިޔާވެއްޖެއެވެ. ފުލުހުން މިރޭ ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 19:12 ހާއިރު ކަމަށެވެ. އަދި ވެއްޓިފައި ވަނީ މާފަންނު، ޖަހާމުގުރި ގޯޅީގައި ހުރި ގެއެއްގެ ހަ ވަނަ ފަންގިފިލާގެ ދޮރުގެ ބިއްލޫރިގަނޑެއް ކަމަށެވެ. މި ހާދިސާގައި ބިއްލޫރިގަނޑު ވެއްޓި ސައިކަލެއްގައި ޖެހި ތަޅައިގެން ދިޔަ ވަގުތު އެ ސައިކަލްގައި އިން މީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ގޮސް އެމީހާ އަށް އަނިޔާވެފައިވާ […]

ޕޭޖަރު ބޭނުން ކޮށްގެން ދިން ހަމަލާތަކުގައި ބޭނުންކުރި ޕޭޖަރުތައް ހެދީ ކޮންތާކުން؟

މުވާސަލާތު ކުރުމުގައި ބޭނުންކުރާ ޑިވައިސް އެއްކަމަށްވާ ޕޭޖަރު ބޭނުން ކޮށްގެން ލުބުނާނުގައި އިއްޔެދިން ހަމަލާ ތަކުގައި ބޭނުންކުރި ޕޭޖަރުތައް ހެދީ ކޮންފަރާތަކުންތޯ ބެލުމުގެ މަސައްކަތް ތަހުގީގުކުރާ ޓީމްތަކުން ބާރަށް ކުރަމުން އެގެންދެއެވެ. މިހާތަނަށް ހާމަވެފައިވާ ގޮތުގައި ޕޭޖަރުތައް ހަދާފައިވަނީ ރެޔާހަމަޔަށް ގިނަބަޔަކު އަޑުއަހާފައިނުވާ ތައިވާނުގެ ކުންފުޏަކުންނެވެ. ހިޒްބުﷲ ޖަމާއަތުގެ މެމްބަރުންނަށް އަމާޒުކޮށް އެއްފަހަރާ އެއްވަގުތެއްގައި ދިން ހަމަލާތަކުގައި 12 މީހުން މަރުވެ ތިންހާސް މީހުން ޒަޚަމްވެފައި ވެއެވެ. ހަމަލާތަކުގައި ބޭނުންކުރި ޕޭޖަރުތައް ހަދާފައިވަނީ ގޯލްޑް އެޕޯލޯ ކިޔާ […]

ބައިމަދު ނަސްލުތަކުގެ މީހުންނާ ދޭތެރޭ ކަންތައްކުރާ ގޮތަށް ޚާމަނާއި ފާޑު ވިދާޅުވުމުން އިންޑިއާ ނުރުހިއްޖެ

ބައިމަދު ނަސްލުތަކުގެ މީހުންނާމެދު އިންޑިއާއިން ކަންތައް ކުރަމުންގެންދާ ގޮތާއި ދޭތެރޭ އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއި ފާޑުވިދާޅުވުމުން އިންޑިއާއިން ނުރުހުން ފާޅުކޮށްފި ކަމަށް ނިއުދިއްލީއިން މިއަދު ރޮއިޓާރސް ޚަބަރު ދީފިއެވެ. އިންޑިއާގެ ޚާރިއްޖިއްޔާއިން ބުނެފައިވަނީ އަލީ ޚާމަނާއި އަށް ފުރިހަމަ މައުލޫމާތު ލިބިވަޑައިގެންފައި ނެތްކަމަށާއި އެ ވިދާޅުވުން ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި ބައިމަދު ނަސްލުތަކުގެ މީހުންގެ މައްސަލާގައި އެހެން ގައުމުތަކުގެ ވާހަކަ ދެއްކުމުގެ ކުރިން ތިމަތިމާމެން ކަންތައް ކުރަމުންގެންދާ ގޮތާ ދޭތެރޭ ޚިޔާލުކޮށްލުން […]

އެފްއޭއެމްގެ ފައިސާގައި ބައްސާމް 2 އެޕާޓްމަންޓް ގަތް މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފި

(އެފްއޭއެމް)އަށް ދިން ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތްކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފިއެވެ. ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާ އިން ބައްސާމް ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަން ހާމަކުރީ މިއަދު އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެޕާޓްމަންޓް ގަތްކަމަށް ތުހުމަތު ކުރެވޭ ފައިސާއަކީ ކޮވިޑު ތެރޭގައި […]

އިންސާފުވެރި ފަނޑިޔާރު

އެއްދުވަހަކު ވަރަށް ފަގީރު މީހަކަށް ކޮންމެވެސް މީހެއްގެ ވޮލެޓެއް ހޮވުނެވެ.އޭނާ ބަލާލިއިރު އޭގައި 700 ޑޮލަރު އޮތެވެ.މިމީހާއަކީ ވަރަށް ބޮޑު ފަގީރެއް ނަމަވެސް ވަރަށްވެސް އީމާންތެރި ތެދުވެރި މީހެކެވެ. އެހެން ކަމުން އޭގައިވާ ފައިސާގައި ޖެހުމުގެ ބަދަލުގައި އޭނާގަސްތުކުރީ ވޮލެޓުގެ ވެރިމީހާއަށް ވޮލެޓާއި ފައިސާ ރައްދު ކުރެވޭނެ ގޮތެއް ހޯދުމަށެވެ. އެހެން ކަމުން ބައެއް މީހުންގެ އެހީތެރިކަމާއިއެކު، ހޮވި ވޮލެޓެއް އެބައޮތްކަމާ އޭގެ ވެރިފަރާތުން އޭނާއާއި ބައްދަލް ކުރުމަށް އެދި ނޫހުގައި އިސްތިހާރު ޖެހިއެވެ މިވޮލެޓަކީ ވަރަށް […]

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްބާސް ޝަރީފު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ހ.ޔެލޯރޯޒް، ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު ޢައްޔަން ކުރައްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އައްޔަންކުރެއްވި އަލްއުސްތާޛު ޢައްބާސް ޝަރީފަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އަލްއުސްތާޛު ޢައްބާސް ޝަރީފު އައްޔަން ކުރައްވާފައި ވަނީ ޤާނޫނުއަސާސީގެ 221 […]

އެމެރިކާގެ މީޑިއާތަކުން ލުބުނާނުގެ ޕޭޖަރ ގޮވުންތަކުގެ ފަހަތުގައިވާ ސަބަބު ހާމަކޮށްފި

އެމެރިކާގެ މީޑިއާތަކުން ލުބުނާނުގެ ޕޭޖަރ ގޮވުންތަކުގެ ފަހަތުގައިވާ ސަބަބު ހާމަކޮށްފި އެވެ. އެގޮތުން އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ ނޫސްތަކުން ވަނީ އަންގާރަ ދުވަހު ލުބުނާނުގައި ޕޭޖަރސް ގޮވުންތައް ހިނގި ސަބަބު ހާމަކޮށްފައެވެ. މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިން އެމެރިކާ އާއި އެހެން ބައެއް ޤައުމުތަކުގެ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ބުނީ އިސްރާއީލުން ގޮވާ ތަކެތި ފޮރުވާފައި ވަނީ ލުބުނާނަށް އެތެރެކުރި ޓައިވާނުން އުފައްދާފައިވާ ޕޭޖަރުގެ އާ ބެޗެއްގެ ތެރޭގައި ކަމަށެވެ. ހިޒްބުالله […]

މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންފި

އެންމެންގެ ރައްކާތެރިކަމަށްޓަކައި އެންމެން ގުޅިގެން މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސް ޑރ. މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ. ރައީސް މި ގޮތަށް އެދިވަޑައިގަތީ ރާއްޖޭގެ މަޝްހޫރު އެނިމޭޓަރު ޔާމީން ރަޝީދު އުފައްދާފައިވާ ކާޓޫނު ވީޑިއޯއެއް ހިއްސާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ފުރާނައަކީ އަގުހުރި އެއްޗެއް ކަމަށް ވިދާޅުވެ ރައީސް އެދިވަޑައިގަތީ ރައްކާތެރިކަމާއެކު ދުއްވުމަށެވެ. އަދި އެންމެން ގުޅިގެން މަގުތަކަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަށް ވެސް އެދިވަޑައިގެންނެވިއެވެ. އަމިއްލަ އަތުން […]